ފަންވަތް ދީން ފަތުވާ ދަރިންނަށް ނަންކިޔާނީ ކާކު؟
ބެލި ޢަދަދު: 1326
ދަރިންނަށް ނަންކިޔާނީ ކާކު؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދީން - ފަތުވާ
20 ޖޫން 2009، 09:37 ހޮނިހިރު


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުއާލު:

ދަރިފުޅަށް ކިޔާނެ ނަމަކާމެދު ދެމަފިރިޔަކު އެއްބަސްވިއެވެ. ފިރިހެން ކުއްޖެއް ލިބިއްޖެނަމަ ކިޔާނީ ޔޫސުފު އެވެ. އަންހެން ކުއްޖެއް ލިބިއްޖެނަމަ ކިޔާނީ، ލައިލާ އެވެ. ނަމަވެސް ފިރިމީހާއާ އެދޭ ގޮތާ ޚިލާފަށް ފިރިހެން ދަރިންނަށް ނަންކިއުމަށް އަނބިމީހާ ބޭނުންވިއެވެ. މިކަމުގައި އަނބިމީހާ ހަމަހިލާ ފިރިމީހާއާ އެއްބަހެއް ނުވިއެވެ.

ސުއާލަކީ، ދަރިންނަށް ނަން ކިޔުމާމެދު ދެމަފިރިންގެ މެދުގައި ޚިޔާލު ތަފާތުވެއްޖެނަމަ، ދަރިންނަށް ނަންކިޔުމުގެ ޙައްޤު ލިބިގެންވަނީ ކާކަށްތޯއެވެ؟ ފިރިމީހާ އެދޭ ގޮތާ ޚިލާފަށް އަނބިމީހާ ނަން ކިޔުމަށް އުޅުމުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯއެވެ؟


 

ޖަވާބު:

ދެމަފިރިންގެ މައްޗަށް ވާޖިބުވެގެންވަނީ، އެ ދެ މީހުންގެ ދެމެދުގައި ހިނގާ ކަންކަމުގައި އެއްބަސްވެ، ދެމީހުންގެ ދެމެދުގައި ކަންތައްތައް ހަމަޖައްސައިގެން ދިރިއުޅުމެވެ. ދެމަފިރިންގެ ދެމެދުގައި ރަޙުމަތާއި ލޯބި ދެމިއޮންނާނީ އޭރުންނެވެ. މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِى ذَلِكَ لآيَاتٍ لِّقَوْمٍ يَتَفَكَّرُونَ) [الروم :21]

މާނައީ، "ތިޔަބައިމީހުންނަށްޓަކައި، ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

ދަރިއަކަށް ނަންކިޔުމުގައި، ދެމަފިރިންގެ ޚިޔާލު ތަފާތުވެއްޖެނަމަ، އެ ކުއްޖާއަށް ނަންކިޔުމުގެ ޙައްޤު ލިބިގެންވަނީ، އެ ކުއްޖާގެ ބައްޕައަށެވެ. އެއީ، ފިރިހެން ކުއްޖެއް ކަމުގައި ވިޔަސް، އަދި އަންހެން ކުއްޖެއް ކަމުގައި ވިޔަސް، ނަން ކިޔުމުގެ ޙައްޤު ލިބިގެންވަނީ، ބައްޕައަށެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَأَسْمَاءِ آبَائِكُمْ فَأَحْسِنُوا أَسْمَاءَكُمْ) ރިވާކުރެއްވީ އަބޫ ދާވޫދު. މާނައީ، "ޤިޔާމަތް ދުވަހު، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ، ތިޔަބައިމީހުންގެ ނަމުންނާއި ތިޔަބައިމީހުންގެ ބަފައިފުށުގެ ނަމުންނެވެ. ފަހެ، ތިޔަބައިމީހުންގެ ނަންތައް ރިވެތިކުރާށެވެ!" މި ޙަދީޘްގައި މުޚާޠަބާއި އަމުރު އޮތީ ފިރިހެނުންނަށެވެ. އަދި ޤިވާމަތުގެ ޙައްޤު ދެއްވާފައިވަނީ، ބައްޕައަށެވެ. އެހެންވީމާ، ދަރިންނަށް ނަންކިޔުމުގެ ޙައްޤު އޮންނާނީ ބައްޕައަށެވެ.

ދެމަފިރިންގެ މެދަށް ޝައިޠާނާ ވަނުމަށް ޖާގަ ނުދިނުމަށާއި ކަންތައްތަކުގައި އަރާރުން ނުވެ، އެއްބަސްވެގެން އުޅުމަށް، ސުއާލުކުރެއްވި ފަރާތަށް ނަސޭހަތްތެރިވަމެވެ.

ޖަވާބުދެއްވީ: ފަޟީލަތުއްޝައިޚު އަލްއުސްތާޛު ޑރ. ޢަލީ ޖުމްޢާ މުޙައްމަދު.
މަޞްދަރު: ދާރުލް އިފުތާއިލް މިޞްރިއްޔާ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ސަމީޢު, 2009-07-24 01:38:58
ދަރިންނަށް ނަންކިޔާނީ ކާކު؟ މިސުވާލުގެ މިޒަމާނުގެ ޖަވާބަކީ ކުޑައިރު މަންމަމެން ، ބޮޑުވުވުން އެކުއުޅޭ ޕާޓޭން ، ސިޔާސީ ދާއިރާއަށް ވަނުމުން ރައްޔިތުން

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 52 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416386
free counters
ބެލި ޢަދަދު: 1326