|
ދީން -
ފިޤުހު
|
|
26 ޖުލައި 2011، 10:02 އަންގާރަ |
ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު ތަޢާރުފު:  ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ ކައިވެނި ކުރަން ބޭނުންވާ (އަންހެންމީހާ އާއި ފިރިހެންމީހާއާ) ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން (ދަރިފަސްކޮޅަށް) ނަޤުލުވަމުންދާ ނުވަތަ ގައިންގަޔަށްއަރާ ނުވަތަ އެ ނޫން ވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1]
|
|
ދީން -
ފިޤުހު
|
|
15 ޖޫން 2011، 12:13 ބުދަ |
|
ދަރިމައިވުމުގެ އާ ގޮތްތައްއަޙްމަދު ޝާޛު ޢަބްދުލްޣަފޫރުތަޢާރުފު : ޠަބީޢީގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، 21 ވަނަ ޤަރުނުގައި އާ އީޖާދުތަކެއް ވަނީ ކޮށްފައެވެ. އަދި މި އާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ކުދިން ހޯދުމަކީ އަދުގެ ދުނިޔޭގައި ޢާއްމު ކަމެކެވެ. މި ކަން އެންމެ ބޮޑަށް ޢާއްމުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނެއެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
|
|
ދީން -
ފިޤުހު
|
|
22 މެއި 2011، 17:34 އާދީއްތަ |
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
ތިބާ ހިމެނެނީ މީގެ ތެރެއިން ކޮން ބައެއްގައިހެއްޔެވެ؟ ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ."[1]
|
|
ދީން -
ފިޤުހު
|
|
11 ޑިސެމްބަރ 2010، 13:30 ހޮނިހިރު |
ޢާޝޫރާ ދުވަހާއި އެ ދުވަހުގެ މާތްކަމާއި އެ ދުވަހު ރޯދަހިފުން
އިބްރާހީމު ރަޝީދު މޫސާ
ފާއިތުވަމުންދާ ދުވަސްތަކާއި އަހަރުތަކުން ޢިބްރަތްލިބިގަތުން
މާތްﷲވަޙީކުރައްވަނީ: إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الأَلْبَابِ؛ آل عمران/190- ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާތަފާތުކުރެއްވުމުގައި ބުއްދީގެ އަހުލުވެރިންނަށް (ﷲގެކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެ އެވެ.
|