ފަންވަތް ދީން ފިޤުހު ތަސްބީޙަ ނަމާދު
ބެލި ޢަދަދު: 2131
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ތަސްބީޙަ ނަމާދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދީން - ފިޤުހު
08 އޮގަސްޓް 2009، 13:48 ހޮނިހިރު

ޢަބްދުލްމުޢީދު ޙަސަން


ތަސްބީޙަ ނަމާދަކީ، މި ނަމާދުކުރުމަށް ކުޅަދާނަ ވެގެންވާ މީހާ، ކޮންމެ ދުވަހަކު ކުރުން އައުލާވެގެންވާ ނަމާދެކެވެ. ކޮންމެ ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ ހުކުރު ދުވަހަކު ކުރުން ހުއްޓެވެ. ކޮންމެ ހުކުރު ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ އަހަރަކު އެއްފަހަރު ކުރުން ހުއްޓެވެ. ކޮންމެ އަހަރަކު އެއްފަހަރު ނުކުރެވިއްޖެ ނަމަ، ޢުމުރުގައި މަދުވެގެން އެއްފަހަރު ކުރުން ހުއްޓެވެ.

މި ނަމާދުގައި ވަނީ، ހަތަރު ރަކުޢަތެވެ. މި ނަމާދު ދެރަކުޢަތުން ދެރަކުޢަތުން ކުރެވިދާނެއެވެ. އަދި ހަތަރު ރަކުޢަތް ނަމާދެއްގެ ގޮތުގައި ކުރެވިދާނެއެވެ.

މި ނަމާދު ކުރާގޮތް ތިރީގައި މިވަނީއެވެ.


1. އަލްޙަމްދަށްފަހު، ސޫރަތެއް ކިޔަވާށެވެ! ކިޔަވާކަށް ވަކި ސޫރަތެއް ނެތެވެ. ކޮންމެ ސޫރަތެއް ކިޔެވިޔަސް ރަނގަޅުވާނެއެވެ.

2. އަލްޙަމްދާއި ސޫރަތް ކިޔެވުމަށްފަހު އަންނަނިވި ތަސްބީޙަ ފަނަރަ ފަހަރު ކިޔާށެވެ!

سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ

(އަންނަނިވި ރުކުންތަކުގައި މި ތަސްބީޙަ ކިޔާނީ، އެ ރުކުންތަކުގައި ކިޔާ ދުޢާ ނުވަތަ ތަސްބީޙަ ކިޔުމަށްފަހުގައެވެ.)

3. ދެން ރުކޫޢުކުރުމަށްފަހު ރުކޫޢުގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

4. ދެން ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުރެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

5. ދެން ސަޖިދައަށް ގޮސް، ސަޖިދައިގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

6. ދެން ދެ ސަޖިދަ ދެމެދުގައި އިނދެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

7. ދެން ދެވަނަ ސަޖިދަ ކޮށް، ސަޖިދައިގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

8. ދެން ސަޖިދައިން ތެދުވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

9. ދެވަނަ ރަކުޢަތުގައި މެދު އައްތަޙިއްޔާތަށްފަހު، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

10. ހަތަރު ވަނަ ރަކުޢަތުގައި ފަހު އައްތަޙިއްޔާތަށްފަހު، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔައި ސަލާމްދޭށެވެ!

11. ތަސްބީޙަ ނުކިޔާ ފަހަރެއް ފާއިތުވެއްޖެނަމަ، ހަނދާންވީ އިރަކުން، ނުކިޔުނު ޢަދަދު ހަމަވަންދެން ކިޔާށެވެ!


މަޢުލޫމާތުގެ މަޞްދަރު: ފިޤުހުއްސުންނާގެ ފުރަތަމަ މުޖައްލަދުގެ 179 ވަނަ ޞަފުޙާ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ މުސްތޮ, 2009-08-08 15:48:32
މެދު އައްތަހިއްޔާތަކީކޮބާ. އެހެން ނަމާދު ތަކުގަ ކިޔާ ތަސްބީހަ ތައް މިނަމާދު ގައި ކިޔަން ނުޖެ ހެނީތަ؟
މިނަމާދާ ބެހޭގޮ ތުން އެއް ވެސް ހަދީސެއް ނެތީ ތޯ؟ ވާނަމަ ލިޔުމުގައި ނުހިމެނީ ކީއް ވެތޯ؟
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-08-09 07:38:44
މެދު އައްތަޙިއްޔާތޭ އޮތުމުން އަޅުގަނޑުގެ ހިތުގައި ވެސް ސުއާލު އުފެދުނެވެ. އެއީ ކޮން އައްތަޙިއްޔާތެއްކަން އެނގުނީ ޢިބާރާތް އޮތްގޮތުންނެވެ. ދެވަނަ ރަކުޢަތުގައި މެދު އައްތަޙިއްޔާތޭ އޮތުމުން، އެއީ ފުރަތަމަ އައްތަޙިއްޔާތުގެ ވާހަކަ ކަން އެނގުނެވެ.
ނަމަވެސް މުސްތޮ އެ އުފައްދާ ދެވަނަ ސުއާލު މިތަނުގައި އުފައްދާކަން ނުޖެހެއެވެ. އެހެން ނަމާދުގައި ކިޔާ ތަސްބީޙައާއި ދުޢާގެ ވާހަކަ އެއޮތީ، 2 ވަނަ ނަންބަރުގެ ފަހު ފޮޅުވަތުގައި ބަޔާންވެފައެވެ.
މި ނަމާދާ ބެހޭގޮތުން އާޔަތެއް ނުވަތަ ޙަދީޘެއް ވާނަމަ، އެތަކެތި ގެނެސް ނުދެއްވީ ކީއްވެތޯ އަޅުގަނޑުގެ ހިތުގައި ވެސް ސުއާލު އުފެދެއެވެ. ލިޔުންތެރިޔާގެ ޤަލަމުން ޖަވާބަކަށް އިންތިޒާރުކުރަމެވެ.
...
ލިޔުނީ عبد المعيد حسن, 2009-08-09 18:34:22
ޚިޔާލު ހުށަހެޅުއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ބަރުތީލަކުރާ ޙާލު ދަންނަވަމެވެ.

1. މެދު އައްތަޙިއްޔާތޭ އެއޮތީ، ފުރަތަމަ އައްތަޙިއްޔާތަށެވެ. ބައެއް ދިވެހިން ކިޔަނީ އެގޮތަށެވެ.

2. އެހެން ނަމާދުތަކުގައި ކިޔާ ތަސްބީޙައިގެ ވާހަކަ، 2 ގެ ފަހު ފޮޅުވަތުގައި އެއޮތީއެވެ. އެއީ ނަމާދުކުރާ މުސްލިމުން ދަންނަ އެއްޗެއް ކަމުގައިވާތީ، މިތަނުގައި ތަފުޞީލުކޮށް ބަޔާންނުކުރީއެވެ.

3. ތަސްބީޙަ ނަމާދުގައި ކިޔާ ތަސްބީޙަ ތަކުރާރުކޮށްފައި އެވަނީ، މަޤުޞަދެއްގައެވެ.

4. މި ލިޔުން ލިޔެފައިވަނީ، ދިރާސާކުރައްވަން ބޭނުންފުޅުވާ މުޙައްޤިޤުންނަކަށް ނޫނެވެ. އަދި މަޛުހަބީ ޚިލާފުތަކުގެ ދުނިޔޭގައި ކޯޅޭ މީހުންނަކަށް ވެސް ނޫނެވެ. ކީއްތޯއެވެ. މި ލިޔުން ލިޔެފައިވަނީ، ދީނަށް ލޯބިކުރައްވާ ބައެއް ބޭފުޅުންގެ އެދިވަޑައިގަތުމަކަށެވެ. އެހެންވެ، މި ނަމާދާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ނުހިމެނީއެވެ. މީގައި ބަޔާންކޮށްފައި މިވަނީ، ހަމައެކަނި ތަސްބީޙަ ނަމާދުކުރާ ގޮތެވެ. މި ލިޔުމަށް އެދިވަޑައިގެންނެވި ބޭފުޅުން ބޭނުންފުޅުވީ މި މިންވަރެވެ.

5. މިފަދަ އެހެން ނަމާދުތަކާބެހޭ ގޮތުން، މި ބީދައިން ލިޔެފައިވާ ލިޔުންތައް ގެނެސްދެވޭތޯ އެބަ ބަލަމެވެ.
...
ލިޔުނީ މީމު, 2009-08-10 02:57:35
މުޢީދު ހުށަހަޅުއްވާފައިވާފައިވާގޮތ
...
ލިޔުނީ މިޙައްމަދު, 2010-01-17 15:16:10
ހަތަރު ރަކުޢަތުން މިނަމާދު ކުރާނަމަ ކޮންމެ ރަކުޢަތެއްގަވެސް އަލްޙަމްދު ފަހުގައި ސޫރަތެއް ކިޔަވަންޖެހޭނެތޯއެވެ؟
...
ލިޔުނީ ނިޔާާ, 2010-09-30 07:49:27
ތަސްބީޙަ ނަމާދަކީ ޞަޙީޙް ޙަދީޘްފުޅުތަކުން ޘާބިތުވާ ނަމާދެއްކަމަށް ކިތައް ޢިލްމުވެރިން ވިދާޅުވޭތޯއެވެ.... އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ތަސްބީޙަ ނަމާދަކީ ޞަޙީޙްކޮށް ޘާބިތުވާ ނަމާދެއްކަމަށް އިތުބާރުކުރެވޭވަރުގެ ދަލީލެއް ނެތެވެ.... މަޛްހަބީ ޚިލާފުތަކާމެދު ނުބެލިކަމުގައިވިޔަސް ދީނުގައި ރަނގަޅަށް ޘާބިތުވާ ކަމެއްތޯ ބަލާލުން ރަނގަޅުވާނެއެވެ... އެހެންވީމާ މުޢީދުގެ އަރިހުން އަޅުގަނޑު އެދޭ އެދުމެއް އެބަ އޮތެވެ... އެއީ އަޅުގަނޑުމެން ދިވެހި ދަރީންނަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.... އެއީ ތަސްބީޙަ ނަމާދު ޝަރުޢު ކުރައްވާފައިވާ ކަމުގެ ދަލީލުތަކުގެ މައްޗަށް އަލިއަޅުވާލަދެއްވައި ލިއުމެއް ލިޔެދެއްވުމެވެ...
...
ލިޔުނީ އ.މޫސާ, 2010-11-19 15:57:00
ތަސްބީހަ ނަމާދު ކުރަން އެންމެ ރަގަޅު ވަގުތަކީ ކޮބާ؟ އަދި މިނަމާދު ކޮށްގެން ކިޔާނެ ވަކިދުއާއެއް އޮވޭތޯ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2131
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone