މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ނަމާދު އެޅުމުގެ ޢުޤޫބާތް |
|
|
| ދީން - ފިޤުހު | |||
| 21 ޖެނުވަރީ 2009، 17:50 ބުދަ | |||
|
ތަރުޖަމާ: ޝިފުޒާން އަޙްމަދު (ޒާން) އަސްލު ލިޔުއްވުން: ޢަބްދުލްމަޖީދު ބަދްރާން ސަލާމާއި ޞަލަވާތް ލެއްވި ކައުއިތުރު ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. " ތިބާ އަށް، ތިމަން ކަލޭގެފާނުގެ ކިބައިން އެންމެ އާޔަތެއް ލިބިފައިވީ ނަމަވެސް އެ ހެންބަޔަކަށް ފޯރުކޮށްދޭށެވެ." އެހެންކަމުން މި މެސެޖު އެހެންފަރާތަކަށް ތިބާ ފޮނުވަމަކީ އެކަލޭގެފާނުގެ ކިބައިން އާޔަތެއް މީސްތަކުންނަށް ފޯރުކޮށް ދިނުން ކަމުގައިވެދާނެ އެވެ. އަދި އެއާޔަތަކީ ޤިޔާމަތްދުވަހުން ތިބާޔަށް ޝަފާޢަތްތެރިވާ އެއްޗެއްކަމުގައިވުން އެކަށީގެންވެއެވެ. ނަމާދުއަޅާ މީހާގެ ޢުޤޫބާތް: ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. "ނަމާދާއި މެދު ފަރުވާކުޑަކޮށްފި މީހަކަށް ފަނަރަ ޢުޤޫބާތެއް ކުރިމަތިކުރެވޭނެއެވެ. އެއިގެތެރެއިން 6 ކަމެއް ދުނިޔެމަތީގައި ޖެހޭނެއެވެ. 3 ކަމެއް މަރުމަތީގައި ޖެހޭނެއެވެ. އަނެއް ތިންކަންތައް ކަށްވަޅުގައެވެ. އަނެއް ތިންކަމެއް ޖެހޭނީ ކަށްވަޅުން ތެދުވާ ވަގުތު އެވެ. ދުނިޔޭގައި ކުރިމަތިވާ ފަސް ޢުޤޫބާތް: 1- މާތްﷲ އޭނާގެ ޢުމުރުގެ ބަރަކާތް ކަޑުއްވާނެއެވެ. 2- ޞާލިޙު މީހުންގެ ޢަލާމާތްތައް އޭނާގެ މޫނުމަތިން މާތްﷲ ނެތިކުރައްވާނެއެވެ. 3- ދުނިޔެވީ ގޯތީގައި ޚަލްޤުތަކުން އޭނާއަށް ނަފްރަތުކުރާނެއެވެ. ބަދުދުޢާކުރާނެއެވެ. 4- ޞާލިޙު އަޅުވެރިންގެ ދުޢާއިން އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. 5- އޭނާގެ ދުޢާތައް އަދި އޭނާއަށްޓަކައި ކުރެވޭ ދުޢާތައް އުޑާ ހަމަޔަކަށް ނުއުފުއްލެވޭނެއެވެ. 6- މާތްﷲގެ ޙަޟްރަތުން އޭނާގެ އެއްވެސް ޢަމަލަކަށް ދަރުމައެއް ނުލިބޭނެއެވެ. މަރުމަތީގެ ތިން ޢުޤޫބާތް: 1- އޭނާ މަރުވާނީ ދެރަ ނިކަމެތި ޙާލެއްގަ އެވެ. 2- އޭނާ މަރުގަންނަވާނީ ބަނޑުހައިހޫނުކަންމަތީގައެވެ. 3- މަރުގަންނަވާނީ ފެނަށް ކަރުހިއްކައިގެންފައިވާ ޙާލުގައެވެ. ދުނިޔޭގެ ހުރިހާ ކަނޑުތަކުގައި ހުރި މިންވަރަށް އޭނާ ފެން ބުޔަސް އެކަރު ކަރުހިއްކުމެއް ނުފިލާނެއެވެ. ކަށްވަޅުގެ ޢުޤޫބާތްތައް. 1- މާތްﷲ އޭނާގެ މައްޗަށް ކަށްވަޅު ދަތި ކުރައްވާނެއެވެ. އޭނާގެ ހަށިގަޑުގެ ގުނަވަންތައް ފިސްފިސްވެއްޖައުމަށް ދާންދެން އޭނާގެ ހަށިގަނޑު ފިއްތާ ފެލާލެވޭނެއެވެ. 2- އޭނާގެ ޤަބުރުގައި މާތްﷲ ރަތް އަލިފާންގަޑެއް ލައްވާނެއެވެ. 3- ޝުޖާޢުލް އަޤުރަޢޭ ކިޔުނު ނުބައި ހަރުފައެއް އޭނާގެ މައްޗަށް މާތްﷲ ފާކުރައްވާނެއެވެ. ކަށްވަޅުން ތެދުވާ ހިނދު ޤިޔާމަތް ދުވަހުގެ ޢުޤޫބަތްތައް: 1- މާތްﷲ އޭނާ ނަރަކައިގެ ތެރެއަށް މޫނު ވަތަށް އެއްލާލާނެ މީހަކާ އޭނާ ޙަވާލު ކުރައްވާނެއެވެ. 2- މާތްﷲ ކޯފާގެ ބެއްލެވުމުން ޤިޔާމަތްދުވަހުން އޭނާއަށް ބައްލަވާނެއެވެ. އޭނާގެ މޫނުގެ މަސްތައް(ބިރުން) ވިރިފައިބައްޖައުމަށްދާންދެނެވެ. 3- އޭނާގެ ޙިސާބު ބެއްލެވުން އިތުރަށް ދަތިވެ އުދަގޫވުމެއްނުވާ މިންވަރަށް މާތްﷲ ދަތި ކުރައްވާނެއެވެ. އަދި ނަރަކައަށް ގެންދިއުމަށް އެކަލާނގެ އަމުރުކުރައްވާނެއެވެ. ދެމިތިބޭތަނެއްގެ ގޮތުގައި އެތަނުގެ ނުބައިކަމުގެ ބޮޑުކަމާއެވެ! ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ފަތިސް ނަމާދު އަޅައިފި މީހާގެ މޫނުމަތީގައި އަލިކަމެއް ނުވާނެއެވެ. މެންދުރު ނަމާދު އަޅައިފި މީހެއްގެ ޢަމަލުތަކުގައި ބަރަކާތެއް ނުވާނެއެވެ. ޢަޞްރު ނަމާދު އަޅައިފި މީހެއްގެ ހަށިގަނޑުގައި ބާރެއް ނުހުންނާނެއެވެ. ޢިޝާ ނަމާދު ދޫކޮށްފި މީހެއްގެ ނިދީގައި އޭނާއަށް އަރާމު ލިބުމެއް ނުވާނެއެވެ. ---------------------------- ހަނދުމަފުޅު ނައްތާނުލައްވާށެވެ! ލޮބުވެތި ރަސޫލާގެ ކިބައިން އާޔަތެއްގެ މިންވަރުނަމަވެސް ފޯރުކޮށްދޭށެވެ. އެއާޔަތް ތިބާ ލޯބިވާ މީހުންނަށް ފޯރުކުރާށެވެ. އަހަރުމެންނަށް ޙަޤީޤަތް ހާމަކުރަން ފަސްޖެވޭ ގޮތްވަނީ ކީއްވެހެއްޔެވެ؟ ބާޠިލް ބަސްބުނުމަށްވުރެ ފަސޭހަކަމެއް ނެތީ ކީއްވެހެއްޔެވެ؟ ނަމާދުކުރާއިރު އަހަރުމެންނަށް ފޫހިކަން އިޙްސާސްކުރެވެނީ ކީއްވެހެއްޔެވެ؟ އެކަމަކު ހަމަ ނަމާދު ނިދުމުން ހޭލެވި ގައިބާރުޖެހި މީހާ ޙަރަކާތްތެރިވާން ފަށައެވެ. އަހަރުމެންނަށް މާތްﷲ އާއި އެކަލާނގެ ދީނުގެ ވާހަކަދެއްކުން އުނދަގޫވަނީ ކީއްވެހެއްޔެވެ؟ އެހެންހުރިހާކަމަކާމެދު ވާހަކަދެއްކުން ނުލާހިކު ފަސޭހައެވެ. ދީނީ ލިޔުމެއް ކިޔާއިރު ފޫހިވަނީ ކީއްވެހެއްޔެވެ؟ އެހެނިހެން ބާވަތްތަކުގެ ލިޔުންތައް އަބަދުމެ ކިޔާލާހިތްވާއިރުއެވެ. ދީނީ މަޢުޟޫއުތަކަށް ލިޔެފައި ހުންނަ މެއިލްތައް ފުހެލެވެނީ ކީއްވެހެއްޔެވެ؟ އެކެމަކު އާދައިގެ މެއިލްތައް ތަކުރާރުކޮށް ކިޔާ ހިތްވެއެވެ. މިސްކިތްތައް ފަޅުވެފައިވާކަމުގެ އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ؟ އެހެންނަމަވެސް ނަށާތަންތަނާއި މަޖާކުރާތަންތަން ފުރި ބާރުވަނީ ކީއްވެހެއްޔެވެ؟ މިލިޔުން ތިބާގެ އެކުވެރިންނަށް ފޮނުވާނަމު ހެއްޔެވެ؟ ނުވަތަ އެހެނިހެން ދީނީ ލިޔުންތަކަށް ހަދާހެން ހަދައިލާނީހެއްޔެވެ؟ ތިބާގެ ހަނދާނުގައި އެއްކަމެއް ބަހައްޓާށެވެ. ތިބާގެ ޢަމަލުތަކަށް މާތްﷲ ޖަޒާދެއްވާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ މާލްދީފީ, 2009-01-28 16:24:28
އަޅުގަނޑަށް އެނގިފައިވާ ގޮތުން ނަމާދު އަޅާ މީހަކަށް ހުރި 15 ޢުޤޫބާތާއި ބެހޭގޮތުން މަތީގައި ބަޔާން ކުރެވިފައި އެވާ ޙަދީޘަކީ މައުޟޫޢު (ޟަޢީފް) ޙަދީޘެކެވެ. އެހެންކަމުން ޙަދީޘް ޢިލްމުގެ ޢިލްމުވެރިން އެޙަދީޘް އިން އިސްތިދްލާލް ކުރުން މަނާ ކުރައްވައެވެ. ވީމާ މިކަން ސާފުކޮށްދެއްވައިއެކަން އޮތް ގޮތެއް އަޅުގަނޑުމެން އެންމެހައި ކިޔުންތެރިންނަށް ފޯރުކޮށްދެއްވުން އެދެމެވެ.
... ލިޔުނީ ޒާން, 2009-01-29 05:55:38
އަލްއަޚް މާލްދީފީއަށް ދަންނަވަމެވެ. މިޙަދީޘާމެދު ޢިލްމުވެރިން ވަރަށްގިނަ ގޮތަށް ވާހަކަދައްކަވައިފައިވެއެވެ. އިމާމު އައްޛަހަބީ އޭނާގެ لسان الميزان ގައި މިއީ ޟަޢީފް ޙަދީޘެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ލަޖުނަތުއް ދާއިމާގެ ފަތުވާ ނަންބަރު 8689ގައި މިޙަދީޘަކީ ބާޠިލް ޙަދީޘެއްކަމުގައި ކަޑައަޅުއްވައިފައިވެއެވެ.އަދި އިބުނު ޙަޖަރުވެސް އެފަދައިން ވިދާޅުވެފައިވާކަމަށް ޝެއިޚް ބިންބާޒު ވިދާޅުވެއެވެ. އަދި އަލްބާނީވެސް މިޙަދީޘް ޟަޢީފު ޙަދީޘްތަކުގެ ތެރޭގައި ހިމަނުއްވައެވެ. މިޙަދީޘް މިތަނުގައި ގެނެސްދެވިފައި އެވަނީ އެންމެ އެކަށީގެންވާ މިންވަރަށް ޙަދީޘް ދިރާސާކޮށްފައި ނޫންކަން އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|