މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޙަދީޘެއްގެ ހިޔަލުގައި (1) |
|
|
| ދީން - ޙަދީޘް | |||
| 30 ނޮވެމްބަރ 2009، 23:10 ހޯމަ | |||
ރޭގަނޑާއި ދުވާލު އަރާ ފައިބާ ވަޑައިގަންނަވާ މަލާއިކަތުންޢަބްދުލްމުޢީދު ޙަސަން
(يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ وَيَجْتَمِعُونَ فِى صَلاَةِ الْعَصْرِ وَصَلاَةِ الْفَجْرِ ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِكُمْ فَيَقُولُ كَيْفَ تَرَكْتُمْ عِبَادِى فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ) ޙަދީޘުގެ މާނަ އަބޫ ހުރައިރަތުގެފާނު ރިވާކުރެއްވި އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ. (ރޭގަނޑާއި ދުވާލުގައި އަރާ ފައިބާ ވަޑައިގަންނަވާ މަލާއިކަތުން ތިޔަބައިމީހުންގެ ތެރޭގައިވެ އެވެ. އެ ބޭކަލުން ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައި ޖަމާވެވަޑައިގަންނަވަ އެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ތިއްބެވި މަލާއިކަތުން އުޑަށް އަރާ ވަޑައިގަންނަވަ އެވެ. ދެން، (ﷲ) ތިޔަބައިމީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ޙާލު، އެބޭކަލުންނާ ސުއާލު ކުރައްވަތެވެ. ތިޔަ މަލާއިކަތުން ތިމަންރަސްކަލާނގެ އަޅުތަކުންނާ ވަކިވެވަޑައިގެންނެވި އިރު، އެއުރެން ވަނީ ކޮން ކަމެއްގައި އެވެ؟ ފަހެ، މަލާއިކަތުން ދަންނަވަތެވެ. ތިމަންބޭކަލުން، އެއުރެންނާ ވަކިވެވަޑައިގެންނެވި އިރު އެއުރެން ވަނީ ނަމާދުކުރުމުގަ އެވެ. އަދި ތިމަންބޭކަލުން އެއުރެންގެ ގާތަށް ވަޑައިގެންނެވި އިރު ވެސް އެއުރެން ވަނީ ނަމާދުކުރުމުގަ އެވެ.) ޙަދީޘުގެ ފައިދާތައް 1. މަލާއިކަތުންނަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މާތް ﷲ އަންގަވާފައިވާ މަލާއިކަތުންގެ ސިފަފުޅުތަކާއި އެބޭކަލުންގެ ޢަމަލުފުޅުތައް ހިތުގެއަޑިން ތެދުކޮށް ޤަބޫލުކުރުމަކީ، މަލާއިކަތުންނަށް އީމާންވުމުގެ ތެރެއިން ވާ ކަމެކެވެ. މާތް ﷲ، މަލާއިކަތުން ޚަލްޤުކުރައްވާފައި ވާކަމާމެދު އިނާކާރުކޮށްފި މީހާއީ ބޮޑުވެގެންވާ ކުފުރަކުން ކުފުރުވެއްޖެ މީހެކެވެ. 2. ވަގުތުގައި ނަމާދު ޤާއިމުކުރާ އަޅުތަކުންނާމެދު، މާތް ﷲ ގެ ޢިނާޔަތްތެރިވެ ވޮޑިގެންވާކަން މި ޙަދީޘުން އެނގެ އެވެ. އަދި އެ އަޅުތަކުންނަށް ތަކުރީމުކުރައްވައި، އެ އަޅުތަކުންގެ ގާތަށް ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައި މަލާއިކަތުން ފޮނުއްވާކަން ވެސް އެނގެ އެވެ. އެއަށްފަހު، އެ މަލާއިކަތުން މާތް ﷲ ގެ ޙަޟުރަތުގައި، އެ އަޅުތަކުން ނަމާދުކުރާ ކަމަށް ހެކިވެވަޑައިގަންނަވަ އެވެ. 3. ފަތިސް ނަމާދާއި ޢަޞްރު ނަމާދުގެ ވަގުތުގައި މަލާއިކަތުންގެ ދެ ފައުޖުގެ ބޭކަލުން (އަރާވަޑައިގަންނަވާ ބޭކަލުންނާއި ފައިބާވަޑައިގަންނަވާ ބޭކަލުން) ޖަމާވެވަޑައިގަންނަވާތީ، މި ދެ ނަމާދުގެ މާތްކަން އެނގެއެވެ. އެހެން ނަމާދުތަކަށް ޙާޟިރުވެވަޑައިގަންނަވަނީ، މަލާއިކަތް ބޭކަލުންގެ މި ދެ ފައުޖުންކުރެ އެއް ފައުޖެވެ. 4. އަޅުކަމުގެ ތެރެއިން ނަމާދުގެ މުހިންމުކަން ވެސް މި ޙަދީޘުން އެނގެ އެވެ. އެހެނީ، މާތް ﷲ ޢައްޒަ ވަޖައްލަ، މަލާއިކަތުންނާ ސުވާލު ކުރައްވަނީ، އަޅުތަކުންގެ ނަމާދުކުރުމާ ބެހޭ ގޮތުންނެވެ. 5. މި ޙަދީޘަކީ، ޣައިބުގެ ޚަބަރު ގެނެސް ދެއްވާފައިވާ ޙަދީޘެކެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވާރިދުވެފައިވާ ޣައިބުގެ ޚަބަރުތަކަށް އީމާންވުން، މުއުމިނުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |