ފަންވަތް ދީން ޙަދީޘް ޙަދީޘެއްގެ ހިޔަލުގައި (1)
ބެލި ޢަދަދު: 622
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ޙަދީޘެއްގެ ހިޔަލުގައި (1) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދީން - ޙަދީޘް
30 ނޮވެމްބަރ 2009، 23:10 ހޯމަ

ރޭގަނޑާއި ދުވާލު އަރާ ފައިބާ ވަޑައިގަންނަވާ މަލާއިކަތުން


ޢަބްދުލްމުޢީދު ޙަސަން


عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:

(يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ وَيَجْتَمِعُونَ فِى صَلاَةِ الْعَصْرِ وَصَلاَةِ الْفَجْرِ ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِكُمْ فَيَقُولُ كَيْفَ تَرَكْتُمْ عِبَادِى فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ)



ޙަދީޘުގެ މާނަ

އަބޫ ހުރައިރަތުގެފާނު ރިވާކުރެއްވި އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ.

(ރޭގަނޑާއި ދުވާލުގައި އަރާ ފައިބާ ވަޑައިގަންނަވާ މަލާއިކަތުން ތިޔަބައިމީހުންގެ ތެރޭގައިވެ އެވެ. އެ ބޭކަލުން ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައި ޖަމާވެވަޑައިގަންނަވަ އެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ތިއްބެވި މަލާއިކަތުން އުޑަށް އަރާ ވަޑައިގަންނަވަ އެވެ. ދެން، (ﷲ) ތިޔަބައިމީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ޙާލު، އެބޭކަލުންނާ ސުއާލު ކުރައްވަތެވެ. ތިޔަ މަލާއިކަތުން ތިމަންރަސްކަލާނގެ އަޅުތަކުންނާ ވަކިވެވަޑައިގެންނެވި އިރު، އެއުރެން ވަނީ ކޮން ކަމެއްގައި އެވެ؟ ފަހެ، މަލާއިކަތުން ދަންނަވަތެވެ. ތިމަންބޭކަލުން، އެއުރެންނާ ވަކިވެވަޑައިގެންނެވި އިރު އެއުރެން ވަނީ ނަމާދުކުރުމުގަ އެވެ. އަދި ތިމަންބޭކަލުން އެއުރެންގެ ގާތަށް ވަޑައިގެންނެވި އިރު ވެސް އެއުރެން ވަނީ ނަމާދުކުރުމުގަ އެވެ.)



ޙަދީޘުގެ ފައިދާތައް

1.    މަލާއިކަތުންނަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މާތް ﷲ އަންގަވާފައިވާ މަލާއިކަތުންގެ ސިފަފުޅުތަކާއި އެބޭކަލުންގެ ޢަމަލުފުޅުތައް ހިތުގެއަޑިން ތެދުކޮށް ޤަބޫލުކުރުމަކީ، މަލާއިކަތުންނަށް އީމާންވުމުގެ ތެރެއިން ވާ ކަމެކެވެ. މާތް ﷲ، މަލާއިކަތުން ޚަލްޤުކުރައްވާފައި ވާކަމާމެދު އިނާކާރުކޮށްފި މީހާއީ ބޮޑުވެގެންވާ ކުފުރަކުން ކުފުރުވެއްޖެ މީހެކެވެ.

2.    ވަގުތުގައި ނަމާދު ޤާއިމުކުރާ އަޅުތަކުންނާމެދު، މާތް ﷲ ގެ ޢިނާޔަތްތެރިވެ ވޮޑިގެންވާކަން މި ޙަދީޘުން އެނގެ އެވެ. އަދި އެ އަޅުތަކުންނަށް ތަކުރީމުކުރައްވައި، އެ އަޅުތަކުންގެ ގާތަށް ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައި މަލާއިކަތުން ފޮނުއްވާކަން ވެސް އެނގެ އެވެ. އެއަށްފަހު، އެ މަލާއިކަތުން މާތް ﷲ ގެ ޙަޟުރަތުގައި، އެ އަޅުތަކުން ނަމާދުކުރާ ކަމަށް ހެކިވެވަޑައިގަންނަވަ އެވެ.

3.    ފަތިސް ނަމާދާއި ޢަޞްރު ނަމާދުގެ ވަގުތުގައި މަލާއިކަތުންގެ ދެ ފައުޖުގެ ބޭކަލުން (އަރާވަޑައިގަންނަވާ ބޭކަލުންނާއި ފައިބާވަޑައިގަންނަވާ ބޭކަލުން) ޖަމާވެވަޑައިގަންނަވާތީ، މި ދެ ނަމާދުގެ މާތްކަން އެނގެއެވެ. އެހެން ނަމާދުތަކަށް ޙާޟިރުވެވަޑައިގަންނަވަނީ، މަލާއިކަތް ބޭކަލުންގެ މި ދެ ފައުޖުންކުރެ އެއް ފައުޖެވެ.

4.    އަޅުކަމުގެ ތެރެއިން ނަމާދުގެ މުހިންމުކަން ވެސް މި ޙަދީޘުން އެނގެ އެވެ. އެހެނީ، މާތް ﷲ ޢައްޒަ ވަޖައްލަ، މަލާއިކަތުންނާ ސުވާލު ކުރައްވަނީ، އަޅުތަކުންގެ ނަމާދުކުރުމާ ބެހޭ ގޮތުންނެވެ.

5.    މި ޙަދީޘަކީ، ޣައިބުގެ ޚަބަރު ގެނެސް ދެއްވާފައިވާ ޙަދީޘެކެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވާރިދުވެފައިވާ ޣައިބުގެ ޚަބަރުތަކަށް އީމާންވުން، މުއުމިނުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 87 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444036

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 622