ފަންވަތް ދީން ޙަދީޘް ޙަދީޘެއްގެ ހިޔަލުގައި (2)
ބެލި ޢަދަދު: 373
ޙަދީޘެއްގެ ހިޔަލުގައި (2) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - ޙަދީޘް
02 ޑިސެމްބަރ 2009، 21:27 ބުދަ

މުސްލިމުންނާއި ޔަހޫދީންގެ ހަނގުރާމަ


ޢަބްދުލްމުޢީދު ޙަސަން


عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:

(لاَ تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِىُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ فَيَقُولُ الْحَجَرُ أَوِ الشَّجَرُ يَا مُسْلِمُ يَا عَبْدَ اللَّهِ هَذَا يَهُودِىٌّ خَلْفِى فَتَعَالَ فَاقْتُلْهُ. إِلاَّ الْغَرْقَدَ فَإِنَّهُ مِنْ شَجَرِ الْيَهُودِ).




ޙަދީޘުގެ މާނަ

އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވެ އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ.
(މުސްލިމުން ޔަހޫދީންނާ ހަނގުރާމަ ކޮށްފުމަށް ދާންދެން، ޤިޔާމަތް ދުވަސް ނާންނާނެ އެވެ. ފަހެ، ގަސްގަހާގެއްސާއި ހިލަތަކުގެ ފަހަތަށް ޔަހޫދީ މީހާ ވަދެ ފިލައްޖައުމަށް ދާންދެން މުސްލިމުން އެބައިމީހުންނާ ހަނގުރާމަކުރާނެ އެވެ. ދެން (ޔަހޫދީ މީހާ ނިވާވި) ހިލަ ނުވަތަ ގަސް ބުނާނެ އެވެ. އޭ މުސްލިމާ އެވެ! އޭ ﷲ ގެ އަޅާ އެވެ! އަހުރެންގެ ފަހަތުގައި މިހުރީ ޔަހޫދީ އެކެވެ. ތިބާ އައިސް އޭނާ ޤަތުލުކުރާށެވެ! މިހެން ނުބުނާނީ ޣަރުޤަދު ގަހެވެ. ފަހެ، އެއީ، ޔަހޫދީންގެ ގަހެކެވެ.)



ޙަދީޘުގެ ފައިދާތައް

1.    މި ޙަދީޘުގައި ބަޔާންކުރައްވާފައި މިވަނީ، ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އެއީ، ޔަހޫދީންނާ މުސްލިމުން ހަނގުރާމަކުރުމެވެ. ޤިޔާމަތް ދުވަސް އަންނާނީ އެ ހަނގުރާމައަށްފަހުގަ އެވެ.

2.    ޤިޔާމަތްވާނެ އިރެއް، މި ޙަދީޘުގައި ބަޔާންކުރައްވާފައެއް ނެތެވެ. އެއީ، ކޮންއިރަކުން ވާނެ ކަމެއްކަން ދެނެވޮޑިގެންވަނީ، މާތް ﷲ އެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް އެކަލާނގެ އަންގަވާފައިވަނީ، ޤިޔާމަތްވުމުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވުމެވެ.

3.    މި ޙަދީޘުގައި މިވަނީ، މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރާނެ ކަމަށެވެ. ހަމައެކަނި ޢަރަބި މުސްލިމުން ހަނގުރާމަކުރާނެ ވާހަކައެއް ނޫނެވެ. ނުވަތަ ހަމައެކަނި ފަލަސްޠީނުގެ މުސްލިމުން ހަނގުރާމަކުރާނެ ވާހަކައެއް ވެސް ނޫނެވެ.

4.    މި ޙަދީޘާމެދު އެތައް ޤަރުނެއް ވަންދެން މުސްލިމުން ވަނީ ޙައިރާންވެފަ އެވެ. ކީއްވެގެންތޯ އެވެ؟ ޔަހޫދީންނަށް އަމާންދޭ ހަމައެކަނި ބަޔަކީ މުސްލިމުންކަމަށް ވީތީ އެވެ. ޔަހޫދީންނަކީ، މުސްލިމުންނާ ހަނގުރާމަކުރެވޭ ވަރުގެ ޤާބިލު ކަމެއް ލިބިފައިވާ ބަޔަކު ކަމުގައި ނުވާތީ އެވެ. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޔަހޫދީންނަށް ދީނީ ގޮތުންނާއި މަދަނީ ގޮތުން ޙިމާޔަތް ލިބިފައިވަނީ، ހަމައެކަނި ދާރުލް އިސްލާމް ގައި ކަމަށް ވީތީ އެވެ. މިފަދަ މިފަދަ އެތައް ސަބަބުތަކަކަށްޓަކައި، މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ހަނގުރާމަ ކުރެވޭނެ ގޮތަކާމެދު ވަނީ އެތައް ސުވާލުތަކެއް އުފެދިފަ އެވެ. ކަންމިހެން އޮއްވައި، ފަލަސްޠީނުގެ ބިން، ޔަހޫދީން ފޭރިގަތުމާ ވިދިގެން މުސްލިމުންނާ ޔަހޫދީންނާ ދެމެދުގައި ހަނގުރާމަ ފެށުނެވެ.

5.    ޣަރުޤަދަކީ، ކަށި ގަހުގެ ވައްތަރެކެވެ. އެއީ ބައިތުލްމަޤުދިސްގެ ސަރަހައްދުގައި ހެދޭ ގަހެކެވެ.

6.    ޣަރުޤަދު ގަސް ފިޔަވައި އެހެން ގަސްތަކާއި ހިލަތައް މުސްލިމުންނާ ވާހަކަ ދައްކާނެ ގޮތަކާމެދު ސުވާލު ކުރެވެ އެވެ. އެ ތަކެތި ވާހަކަ ދައްކާނީ، އަސްލު ދުލުން ވާހަކަދައްކާ ގޮތަށްތޯ އެވެ؟ ނުވަތަ ޙާލުގެ ދުލުންތޯ އެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބުދެއްވާ ޢިލްމުވެރިންގެ އެއް ރައުޔެއްގައި ވަނީ، އެތަކެއްޗަށް ބަސްމޮށުންތެރިކަން ދެއްވުމަށް މާތް ﷲ ކުޅަދުންވަންތަ އެވެ. އެކަލާނގެ އެތަކެއްޗަށް ބަސްމޮށުންތެރިކަން ދެއްވާނީ މުއުމިނުންނަށް ދެއްވާ ކަރާމާތްތެރިކަމެއްގެ ގޮތުގަ އެވެ. އެކަން ވާނީ، އާދަކާދަތައް ފޫއަޅުވައިލަނިވި ކަމެއްކަމުގަ އެވެ. އަނެއް ރައުޔެއްގައި ވަނީ، އެތަކެތި ވާހަކަދައްކާނީ ޙާލުގެ ދުލުން ކަމަށެވެ.

7.    މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ކުރެވޭ ހަނގުރާމަ، ޤިޔާމަތް ދުވަސް އަންނަންދެން ދެމިއޮންނާނެތޯ އެވެ؟ މިސުވާލުގެ ޖަވާބުގައި ފަޟީލަތުއްޝައިޚު ޑރ. ޔޫސުފުލް ޤަރުޟާވީ ވިދާޅުވެ އެވެ. "އެ ހަނގުރާމަ ޤިޔާމަތް ދުވަހާ ހަމަޔަށް ދެމިއޮންނާނެކަން މި ޙަދީޘުން އެނގޭކަށް ނެތެވެ. އެނގެން އޮތީ އެ ހަނގުރާމަ ކުރެވޭނެ ކަމެވެ."

8.    މި ޙަދީޘުގައި ބަޔާންކުރައްވާފައި ނެތް، ޤިޔާމަތްވުމުގެ ޢަލާމާތްތައް އެހެން ޙަދީޘްތަކުގައި ބަޔާންކުރައްވާފައިވެ އެވެ. އޭގެތެރެއިން އެއް ޢަލާމާތަކީ، ހުޅަނގު ފަރާތުން އިރު އެރުމެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އަޙްމަދު, 2009-12-03 01:08:10
މުޢީދު ތިޔަކުރައްވާ ބުރަ މަސައްކަތަށް ވަރަށްބޮޑަށް ޝުކުރުވެރި ވަމެވެ. އިސްލާމް ދީނަށްޓަކައި ތިހޭދަކުރައްވާ ވަޤުތު މާތްﷲ ގެއްލެނި ނުކުރައްވާށިވެ. އަޅުގަނޑަށްވެސް ޣަރުޤަދު ގަހުގެ ޚަބަރުވަނީ ލިބިފައެވެ. އެގަހުގެ ޚަބަރު ލިބުނު ދުވަހުން ފެށިގެން އެގަސް ބަލާލުމުގެ ޝަޢުގުވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ވީމާ އެގަހާ ބެހޭ ލިއުއްވުމެއް ލިޔުއްވައިދެއްވުން އެދެމެވެ. ނުވަތަ އެގަހުގެ ފޮޓޯއެއް މިލިޔުމުގެ ތެރޭގައި ޖައްސަވަިދެއްވުން އެދެމެވެ. އިޙްތިރާމް. (ޣަރުޤަދު ގަހަށް ވާޞިލުކޮށްދޭ ފާލަން: http://www.fanvai.info/engeyth...43-04.html)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 86 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300724
free counters
ބެލި ޢަދަދު: 373