މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމު ސައިންސްދާން - 19 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 29 ޖެނުވަރީ 2010، 02:14 ހުކުރު | |||
غُرَيْبُ بْنِ سَعِيْدُ الْكَاتِبُ اَلْقُرْطَبِي356/976-964ތަޢާރުފު غُرَيْبُ އަކީ މޮޅު ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މުފައްކިރެއް ވެސް މެ އެވެ. އޭނާ އަންހެނުންގެ ބަލިތަކާ ބެހޭގޮތުން ހޯދުން ތަކެއް ހޯއްދަވައިފައި ވެ އެވެ. އަދި ފޫޅުމައި ކަމުގެ ޢިލްމަށް، غُرَيْبُ ޚާއްޞަ މުހިއްމު ކަމެއް ދެއްވި އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު غُرَيْبُ އަކީ، އަންދަލުސް ނުވަތަ ކުރީގެ އިސްޕޭނުގެ ބޭފުޅެކެވެ. އެ ދުވަސްވަރު އިސްޕޭނަކީ، ބަޣުދާދާ ދާދި އެއް ހަމައެއްގައި ފައިތިލަ ޘާބިތުކުރި ޤައުމެކެވެ. އަންދަލުސްގައި ޢަބްދުއްރަޙްމާން އައްނާޞިރުގެ ޒަމާނަކީ، ވަރަށް ދިގު މުއްދަތަކަށް ދެމިގެން ދިޔަ ޒަމާނެކެވެ. 912 އިން 961 ށް ގާތްގަނޑަކަށް 50 އަހަރު އޭނާ ވެރިކަން ކުރެއްވި އެވެ. އޭނާގެ ޒަމާނުގައި އިސްޕޭން އިންތިހާ ދަރަޖައަށް ތަރައްޤީ ވި އެވެ. غُرَيْبُ އަކީ، އަންދަލުސްގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. މީނާ ދުނިޔޭގައި އުޅުއްވާފައިވަނީ، اَلْحَكَم الثَّانِي ގެ ދުވަސްވަރު 976 ގަ އެވެ. غُرَيْبُ އުފަންވެ ވަޑައިގަތީ އަންދަލުސްގެ ޤުރްޠުބާ ގަ އެވެ. ބޮޑުފުޅުވީ ވެސް އެ ރަށުގަ އެވެ. ތަޢުލީމު ޙާޞިލު ކުރެއްވީ ވެސް އެރަށުގަ އެވެ. ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގަތެވެ. އަދި ޚިދުމަތެއްގެ ގޮތުގައި ބޭސްވެރިކަން އޭނާ އިޚުތިޔާރު ކުރެއްވި އެވެ. އޭނާ ބޭސްވެރިކަމުގެ ތެރެއިން ވަކި ދާއިރާއެއް އިޚުތިޔާރު ކުރެއްވި އެވެ. އެއީ މާބަނޑު މީހާ އާއި މާބަނޑުގައި އޮތް ދަރިފުޅު ޖަނީން އާއި އަދި ކުޑަ ދަރިފުޅެވެ. غُرَيْبُ މި ދާއިރާގައި އޭނާގެ ހޯދުންތަކާއި ތަޙްޤީޤުތައް ކުރިޔަށް ގެންދެވި އެވެ. އަދި އެ ދާއިރާގައި މޮޅު މީހަކަށް އޭނާ ވެ ވަޑައިގެންނެވި އެވެ. އަންދަލުސްގެ ރަސްރަސްކަލުން غُرَيْبُ އަށް މާތްކޮށް ހިއްތެވި އެވެ. އަދި އެ ބޭފުޅުންގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި އޭނާގެ ޚިދުމަތް ލިބިވަޑައިގަތެވެ. ޢިލްމީ ޚިދުމަތްތައް غُرَيْبُ ގެ ތަޙްޤީޤުތައް ކުރިޔަށް ގެންދެވީ ޚާއްޞަ ގޮތެއްގައި މާބަނޑު މީހުންނާއި ގުޅޭގޮތުން ނެވެ. މި ރޮނގުން އޭނާގެ ތަޙްޤީޤުތަކާއި ހޯދުންތައް އޭނާގެ ޑައިރީގައި ނޯޓް ކުރައްވަމުން ގެންދެވި އެވެ. އޭގެ ތެރޭގައި ހިމެނޭ ޚާއްޞަ މަޒުމޫނު ތަކަކީ: (1) ރަޙިމުގައި ޖަނީނު ހަރުލުން ޖަނީނުގެ ރައްކާތެރިކަން. (2) މާބަނޑު އަންހެނާ އާއި ދަރިފުޅު. (3) ފޫޅުމައިމީހާގެ ވާޖިބުތައް. މިއެވެ. އެ ޒަމާނުގައި ވެސް ފޫޅުމައިންނަކީ، މުހިއްމު ބައެކެވެ. މި ދާއިރާގައި އޭރު ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ތަޢުލީމު ލިބިފައިވާ ޤާބިލް އަންހެން ބޭފުޅުންނެވެ. غُرَيْبُ ގެ ހުރިހައި ހޯދުންތަކެއް ފޮތުގެ ސިފައިގައި އެކުލަވައި ލެއްވި އެވެ. އޭނާ ތިންފޮތެއް ލިޔުއްވި އެވެ. މި ފޮތްފޮތަކީ، މި ދާއިރާގައި އެންމެ ފުރަތަމަ ލިޔެވުނު ފޮތްފޮތް ކަމުގައި ބުނެވެ އެވެ. غُرَيْبُ އަކީ، ނަބާތާތުގެ ވެސް މާހިރެކެވެ. މި މަވްޟޫޢުގެ މައްޗަށް ވެސް އޭނާ ފޮތެއް ލިޔުއްވި އެވެ. غُرَيْبُ އަކީ މުއައްރިޚެއް ވެސް މެ އެވެ. އޭނާ އަންދަލުސްގެ ތާރީޚު ފުރިހަމައަށް ލިޔުއްވި އެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|