މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމު ސައިންސްދާން - 20 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 30 މެއި 2010، 00:54 އާދީއްތަ | |||
أَبُو عَبْدُاللهِ مُحَمَّدُبْنِ أَحْمَدُ اَلْخُوَارِزَمِي361/980ނުވަތަ928-993 އަޙްމަދު ފަހުމީ ތަޢާރުފު މުޙައްމަދު ބިން އަޙްމަދު ޚުވާރިޒަމީ އަކީ، ދުނިޔޭގެ ނިސްބަތުން މަޝްހޫރު ސައެންސު ދާނެކެވެ. އޭނާ، ހުރިހައި މަވްޟޫޢެއް އެކުލެވޭ ބޮޑު ފޮތެއް ލިޔުއްވި އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު މީނާ އަކީ، ޚުވާރިޒަމްގެ ބޭފުޅެކެވެ. މީނާގެ ފުރިހަމަ ނަންފުޅަކީ، محمد بن أحمد بن يوسف الكاتب الخوارزمي އެވެ. މި މަޝްހޫރު ސައެންސުދާން ވަނީ، ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިފަ އެވެ. ޢިލްމީ ޚިދުމަތްތައް މުޙައްމަދު ބިން އަޙްމަދު ޚުވާރިޒަމީ އަކީ، ވަރަށް ހީވާގި ޢިލްމުވެރިއެކެވެ. އޭނާ އޭނާގެ މިންނެތް މަސައްކަތްޕުޅުން ވަރަށް އިތުބާރު ހުރި ފޮތެއް ލިޔުއްވައިފައި ވެ އެވެ. އެ ފޮތުގައި ދުނިޔޭގައި ވާ ނަމަ ވާ ހައި ޢިލްމެއް ޖަމާ ކުރައްވައިފައި ވެ އެވެ. އެ ފޮތުގެ ނަމަކީ، مَفَاتِيْحُ الْعُلُومِ އެވެ. އޭނާ މި ފޮތް ތަރުތީބު ކުރައްވާފައި ވަނީ މުޅިން އާ ގޮތަކަށެވެ. އާދެ އެއީ މި ޒަމާނުގެ އިންސައިކްލޯޕޭޑިޔާ ލިޔެފައިވާ އުޞޫލެވެ. اَبْجَدُ ގެ ތަރުތީބުންނެވެ. މުޙައްމަދު ބިން އަޙްމަދަކީ، އެހެންވީމައި އިންސައިކޮލޯޕޭޑިޔާގެ އުޞޫލުގެ މޫޖިދޭ ބުނެވިދާނެ އެވެ. އޭނާގެ ކުރިން ވެސް ބައެއް ޢިލްމުވެރިން ޢާއްމު މަޢުލޫމާތުގެ މައްޗަށް ފޮތްފޮތް ލިޔުއްވައިފައި އެބަ ހުއްޓެވެ. އެހެންނަމަ ވެސް އެއީ އަބުޖަދުގެ ތަރުތީބަކުންނެއް ނޫނެވެ. މި އަދުގެ މުސްލިމުންނަށް ދާންދެން އިންސައިކްލޯޕޭޑިޔާ އަކީ ހުޅަނގުގެ އީޖާދެއް ކަމުގައި ހީކުރެ އެވެ. އެއީ ކަނޑައެޅިގެން ކުށް ޚިޔާލެކެވެ. މި ޒަމާނުގެ އިންސައިކްލޯޕޭޑިޔާ އުފެއްދުމުގެ މާކުރިން މުސްލިމުންވަނީ، އެ އުފައްދައިފަ އެވެ. މުޙައްމަދު ބިން އަޙްމަދުގެ ފޮތް مَفَاتِيْحُ الْعُلُومِ ލަންޑަނުގައި 1895 ގައި ޝާއިޢު ކުރެވިފައި ވެ އެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|