މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމު ސައިންސް ދާނުން -12 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 19 ޖޫން 2009، 01:44 ހުކުރު | |||
أَبُو يُوسُفُ يَعْقُوبُ بْنِ إِسْحَاقُ الْكِنْدِي254/796-873އަޙްމަދު ފަހުމީ ތަޢާރުފު يَعْقُوبُ كِنْدِي އަކީ، ފައިސާވެރި ޚާންދާނެއްގެ ވެރިއެކެވެ. އެހެންނަމަވެސް ޢިލްމީ ކަންކަމުގައި މަޝްޣޫލުވެ ވަޑައިގަތުމުގެ ސަބަބުން ޢައިޗު އަރމުން އެއްކިބާވެ ވަޑައިގަތެވެ. يَعْقُوبُ كِنْدِي އަކީ، ފަލަކީ ޢިލްމުވެރި އެކެވެ. ނުޖޫމީ ޢިލްމު ވެރިއެކެވެ. ޑަކްޓަރެކެވެ. ފަލްސަފާވެރި އެކެވެ.ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު يَعْقُوبُ كِنْدِي އަކީ، ވަރަށް ފައިސާވެރި މުއްސަނދި ޚާންދާނެއްގެ ފަރުދެކެވެ. އޭނާގެ ބައްޕާފުޅަކީ، ޚަލީފާ މަހުދީއާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ކޫފާގެ އަމީރުކަން ކުރެއްވި ބޭފުޅެކެވެ. يَعْقُوبُ كِنْدِي ގެ ކާބަފައިންނަކީ، ވެރިކަމުގެ ދާއިރާގައި އިސް ރޯލެއް އަދާކުރެއްވި ބައެއްކަމުގައި ވާތީ، އޭނާގެ ތަޢުލީމާއި ތަރުބިޔަތު ކުރެވިގެން ދިޔައީ ވެސް ޝާހީ މާޙައުލެއްގަ އެވެ. އެހެންނަމަ ވެސް ގިނަ ފައިސާވެރިންގެ ދަރިންނަށް ވާހެން ޢައިޝު އަރާމު ދިރިއުޅުއްވުމެއް ޔަޢުޤޫބު ހޭދައެއް ނުކުރައްވަ އެވެ. އޭނާ ޝައުޤުވެރިވެ ވަޑައިގަތީ ޢިލްމަށެވެ. ރެއާއި ދުވާލު އޭނާގެ ކަމަކީ، ޢިލްމީ ފޮތްތައް މުޠާލަޢާ ކުރެއްވުމެވެ. يَعْقُوبُ كِنْدِي އަކީ، ފަލްސަފީ އެކެވެ. ޚިޔާލު ތަނަވަސް ބޭފުޅެކެވެ. ކުރިސްޗިއަނިޓީގެ ކުރީކޮޅުގައި ސައިންޓިސްޓުންނާ ދިމާވި ބާވަތުގެ ޙާދިޘާއެއް يَعْقُوبُ كِنْدِي އާ ވެސް ދިމާވި އެވެ. މުސްލިމުންގެ ތެރޭގައި ތިބި ބައެއް މީހުން ދެކޭގޮތުގައި ސައިންޓިފިކް ރޮނގުން ކުރިޔަށް ގޮސް ދުނިޔޭގެ ކަންތައްތަކާ ދޭތެރޭގައި ފުންކޮށް ވިސްނައިއުޅޭ ފަލްސަފީންނަކީ، ދީނުން ބޭރުވެފައިވާ ބައެކެވެ. ބައެއް މީހުން މިއަދު ވެސް ޤަބޫލުކުރާގޮތުގައި އިންސާނާއަކަށް ހަނދަކަށް ނޭރޭނެ އެވެ. އެ ފަދަ މީހުން ބުނެ އުޅެނީ ހަނދަކީ، ﷲ އުފެއްދެވި މަޚުލޫޤެއް ކަމަށެވެ. އާދެ އިންސާނާ އަކީ، މާ މާތްކޮށް، ﷲ އުފެއްދެވި މަކުލޫޤެއްކަން އެ ފަދަ މީހުންނަށް ތަޞައްވުރު ނުކުރެވެނީ ކަންނޭގެ އެވެ. ކޮންމެއަކަސް بَلَخُ ގެ ޢިލްމުވެރިޔަކު، އޭނާގެ އެކުވެރިންގެ ގާތުގައި، ކިންދީއަށް ވަރަށް އެއްޗެތި ކިޔުއްވައި އޭނާ އަކީ، ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ބަޔާން ކުރައްވައި ފި އެވެ. މި ކަމެއް މީނާ މި ކުރެއްވީ ބަޣުދާދަށް ދުރުވެ އެވެ. يَعْقُوبُ كِنْدِي ކަންތައް ކުރެއްވި ގޮތަކީ، بَلَخُ ގެ ޢިލްމުވެރިޔާއަށް ދަޢުވަތު ދެއްވައި މާތްކޮށް ހިއްތެވީ އެވެ. އަދި ވަރަށް މަޑުމައިތިރި ބަހުރުވައަކުން އޭނާއަށް ވިސްނަވައި ދެއްވީ އެވެ. ޔަޢުޤޫބު ވިސްނަވައި ދެއްވި ގޮތުގައި، އިސްލާމް ދީނަކީ، ބުއްދިއާ ފިކުރަށް ތަންނުދޭ، ކަވްނުގައިވާ ސިއްރުތަކާއި ޙިކުމަތްތައް ދެނެގަތުމަށް ހުރަސްއަޅާ ދީނެއް ނޫނެވެ. ޤުރުއާނުގައި ވެސް ދުނިޔެއާ ބޭހޭގޮތުން ވިސްނައި ފިކުރު ކުރުމަށް ގޮވައިލައްވައިފައި ވެ އެވެ. ހެއު ގޮތުގައި ކުރިޔަށް ދާކަމުގައި ވަނީނަމަ ފަލްސަފާ އާއި ސައެންސުން ވެސް ސާބިތުވާނެ ޙަޤީޤަތަކީ، ކަލަކު ވޮޑިގެންވާ ކަމާއި އެ ކަލާނގެ ކުޅަދުންވަންތަވެރިކަމާއި ޤުދުރަތްތެރި ކަމެވެ. ކޮންމެއަކަސް بَلَخُ ގެ ޢިލްމުވެރިޔާއަށް ވިސްނިވަޑައިގެން يَعْقُوبُ كِنْدِي ގެ ދަރިވަރަކަށް އޭނާ އެންމެފަހުން ވަވަޑައިގެންނެވި ކަމުގައި ވެ އެވެ. ނާދިރު ޙާދިޘާއެއް ބަޣުދާދުގެ ވަރަށް ބޮޑު ވިޔަފާރިވެރިއެއްގެ ދަރިފުޅަކު މާ ބޮޑަށް ބަލިވެއްޖެ އެވެ. ބޭސްވެރިން ގޮތް ހުސްވެއްޖެ އެވެ. ޔަޢުޤޫބު ކިންދީއާ ހަމައަށް ދިއުމުން، ރަނގަޅަށް ބެއްލެވުމަށްފަހު ވިދާޅުވި އެވެ. މޮޅަށް އޮނު ފުމެން ދަންނަ ބަޔަކު ގެންނާށެވެ. އޭރު ބަލި ކުއްޖާ އޮތީ ޚަބަރު ހުސްވެފަ އެވެ. އޮނު ފުމޭމީހުން ޙާޟިރު ވުމުން ޔަޢުޤޫބު ކިންދީ އެ މީހުންނަށް އިރުޝާދު ތަކެއް ދެއްވި އެވެ. ދެން އެ މީހުން އޮނު ފުމެން ފަށައިފި އެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ، ބަލި ކުއްޖާގެ މޫނާ ދިމާލަށެވެ. ޔަޢުޤޫބު ކިންދީ ވިންދު ބައްލަވަމުން ގެންދެވި އެވެ. އިރުކޮޅަކުން ވިންދު ރަނގަޅުވާން ފަށައިފި އެވެ. މަޑުމަޑުން ގޮސް އެންމެ ފަހުން ހޭ އަރައިފި އެވެ. މޫނު މައްޗަށް އަލިކަން އައިސް ތާޒާ ވެއްޖެ އެވެ. ބަލަންތިބި މީހުން ހައިރާންވެ ބަސްހުއްޓިއްޖެ އެވެ. އެ ކުއްޖާއަށް ހަމަހޭ އެރުމުން ޔަޢުޤޫބު ކިންދީ ބަލިކުއްޖާގެ ބައްޕަގެ ގާތުގައި ބުނުއްވި އެވެ. " ކުރަން ބޭނުން ސުވާލެއް އޮތިއްޔާ ކުރާށެވެ. ވަޞިއްޔަތެއް އޮތްނަމަ ލިޔުއްވާށެވެ. " އޭނާ، އޭނާގެ ބައްޕަ ކުރި ހުރިހައި ސުވާލަކަށް ފުރިހަމައަށް ޖަވާބު ދިން ކަމަށް ވެ އެވެ. އެއަށްފަހު، އޮނުފުމޭ މީހުންނަށް ޔަޢުޤޫބު އިރުޝާދު ތަކެއް ދެއްވުމުން، އެމީހުން އޮނު ފުމެން ފަށައިފި އެވެ. އެ ކުއްޖާ ކުރީ އޮތްގޮތަށް އަނބުރާ ރުޖޫޢަވެ ނިމިއްޖެ އެވެ. (إنا لله وإنا إليه راجعون) ދެން ޔަޢުޤޫބު ކިންދީ ވިދާޅުވި އެވެ. " އޭނާގެ ޙަޔާތުގައި ކުޑަހިނދު ކޮޅެއް ބާކީ ހުރީ އެވެ. ޙަކީމުންގެ ޙިކުމަތުން އެ ވަގުތުކޮޅުން ފައިދާ ޙާޞިލު ކުރީ އެވެ. އިންސާނެއްގެ ޙަޔާތަކަށް އެންމެ ހިނދުކޮޅެއް ވެސް އިތުރެއް ނުވާނެ އެވެ. އަދި ﷲ ގެ އަޖަލަކަށް ބަދަލެއް ވެސް ނާންނާނެ އެވެ. " ޢިލްމީ ޚިދުމަތްތައް ޔަޢުޤޫބު ކިންދީ އަކީ، އެތައް ފަންނެއްގެ އަހުލުވެރި އެކެވެ. އެއީ ފުރިހަމަ ޑަކްޓަރެކެވެ. ބޭހާ ބެހޭ ޢިލްމުގެ މައްޗަށް، އޭނާ ވަރަށް ފުންކޮށް، މުޠާލަޢާ ކުރައްވާފައި ވެ އެވެ. އައު ފަތްޕިލާވެލި ހޯއްދަވައިގެން އެ ތަކެތި ތަޖުރިބާ ކުރައްވައި އެ ތަކެތީގެ ޚާއްޞިއްޔަތާ ތާސީރާ ދަރަޖަ ބަރާބަރަށް ހޯއްދަވާފައި ވެ އެވެ. ބޭސް ބޭނުން ކުރުމުގައި ބޭނުން ކުރެވޭ މިންތައް ކަނޑައެޅުއްވީ ޔަޢުޤޫބު ކިންދީ އެވެ. އޭނާ عِلْمُ اْلأَعْدَاد ގެ ޚާއްޞިއްޔަތުގެ މައްޗަށް ތަޙްޤީޤު ކުރައްވައި އޭގެ މައްޗަށް ހަތަރު ފޮތް ލިޔުއްވި އެވެ. މި ފޮތްތަކަކީ، ޔޫރަޕުގައި ވަރަށް މަޤުބޫލުވި ފޮތްތަކެކެވެ. އޭނާއަކީ، ފަލްސަފީއެއްވެސް މެއެވެ. " ފަލްސަފީ" ގެ ލަޤަބު އެންމެ ފުރަތަމަ ލިބިވަޑައިގަތް ޢިލްމުވެރިޔަކީ، ޔަޢުޤޫބު ކިންދީއެވެ. މިޔުޒިކުގެ ފަންނަށްވެސް އޭނާ ޚިދުމަތްތަކެއް ކުރައްވައިފައި ވެ އެވެ. އޭނާ ކިތަންމެ އާރާގު ތަކެއް އުފައްދަވާފައި ވެއެވެ. އަދި އޭނާ، އެރާގުތަކުގެ ދަރަޖަތައްވެސް ބަޔާން ކުރައްވާފައި ވެއެވެ. ޔަޢުޤޫބު ކިންދީ ފިޒިކުސްގެ މައްޗަށް ފުންކޮށް ތަޙްޤީޤު ކުރައްވައި ލިބި ވަޑައިގަތް ނަތީޖާތައް ފޮތެއްގެ ސިފައިގައި ތަރުތީބު ކުރެއްވި އެވެ. އޭނާގެ މި ފޮތް ޔޫރަޕުގައި ތަރުޖަމާ ކުރެވިފައި ވަނީ މެދު ޒަމާނުގަ އެވެ. ޔަޢުޤޫބު ކިންދީގެ އެހެން ފޮތެއް 1531މ ގައި ލެޓިން ބަހަށް ތަރުޖަމާ ކުރެވި، ޖާމަނީގައި ޗާޕު ކުރެވުނެވެ. ޔަޢުޤޫބު ކިންދީގެ ބައެއްފޮތް މީނާ އަކީ، ވަރަށް ގިނަ ޢަދަދަކަށް ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން ފެންނާން ހުރީ ފަސްދޮޅަހަކަށް ފޮތް ކަމުގައި ވެ އެވެ. ޔަޢުޤޫބު ކިންދީގެ މުހިންމު ފޮތްފޮތް 1. رِسَالَةٌ فِي الْفَلْسَفَةِ اْلأُولَي 2. رِسَالَةٌ فِي حدود الأشياء و رسومها 3. رِسَالَةٌ فِي الْعَقْلِ 4. رِسَالَةٌ فِي كَمِّيَّةِ كُتُبِ أَرَسْطَاطَالِيْسَ 5. رِسَالَةٌ فِي خَبَرِ صِنَاعَةِ التَّأْلِيْفِ 6. مُخْتَصَرُ الْمُوْسِيقَي فِي تَأْلِيْفِ النَّغَمِ 7. رِسَالَةٌ فِي إِيْضَاحِ تَنَاهِي جِرْمِ الْعَالَمِ
|
| ހަމަ މި ގަލަމުން |
|---|