މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމް ސައިންސް ދާނުން - 13 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 26 ޖޫން 2009، 11:38 ހުކުރު | |||
حَسَنُ بْنِ مُوسَي شَاكِرُ254/873އަޙްމަދު ފަހުމީ ތަޢާރުފު މީނާ އަކީ، ޚަލީފާ މައުމޫނު އާއި އަލް މުތަވައްކިލު ބިﷲ ގެ ޒަމާން ދެކެވަޑައި ގެންފައިވާ، އާކިޓެކްޓެކެވެ. އަދި ސިވިލް އިންޖިނޭރެކެވެ. އެދުވަސްވަރު ކޮނެވުނު ބޮޑު ކޯރު ކޮނުމުގެ މަސައްކަތް ކުރުމުގައި އިސްވެ ހުންނެވީ މީނާ އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު ޙަސަން ބިން ޝާކިރަކީ، ޖިއޮމެޓުރީގެ މާހިރެކެވެ. އަދި މޮޅު އިންޖިނޭރެކެވެ. ޙަސަން އަކީ، އޭނާގެ އަޚުންކުރެ އެންމެ ހަގު ކުއްޖާ އެވެ. މީނާއަށް ވެސް ތަޢުލީމާއި ތަރުބިޔަތު ދެވުނީ بَيْتُ الْحِكْمَة ގަ އެވެ. އޭނާ އިޚްތިޔާރު ކުރި ފަންނަކީ، ޢިމާރާތް، ކުރުމުގެ ފަންނެވެ. އޭނާ މިފަންނުގައި ކުރި ހޯއްދެވި އެވެ. ކޯރު ކޮނުން ޚަލީފާ އަލް މުތަވައްކިލުގެ ޒަމާނުގައި ދަނޑުވެރިކަން ކުރުމަށްޓަކައި ވަރަށް ބޮޑު ކޯރެއް ކޮނުމަށް އެކަށަ އެޅުނެވެ. މި ކޯރު ކޮނުމުގެ މަސައްކަތުގައި އިސްވެ މަސައްކަތް ކުރެއްވީ ޙަސަން އެވެ. ޢިލްމީ ޚިދުމަތްތައް ޙަސަން އަކީ، ޖިއޮމެޓްރީއަށް މޮޅު ބޭފުޅެކެވެ. އޭނާ ފަލްސަފާއާ ފަލަކީ ޢިލްމުގައި ވެސް ކުރިޔަށް ވަޑައިގެންފައި ވެ އެވެ. ނަމަވެސް އޭނާގެ ޚާއްޞަ ދާއިރާ އަކީ، ޖިއޮމެޓްރީ އެވެ. ޙަސަނަކީ، ވަރަށް ތޫނު ބޭފުޅެކެވެ. އޭނާ އަކީ، ކުކުޅުބިސް ބުރުގެ އުޞޫލު ދުނިޔެއަށް ތަޢާރަފް ކޮށްދެއްވި ޢިލްމުވެރިޔާ އެވެ. އޭގެ ކުރިން ހިސާބު ޢިލްމުވެރިން ދަންނަނީ ދާއިރާ ނުވަތަ ވަށްބުރާ ބެހޭ އުޞޫލު ތަކެވެ.
|
| ހަމަ މި ގަލަމުން |
|---|