މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމު ސައިންސް ދާނުން - 13 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 09 ޖުލައި 2009، 00:17 ބުރާސްފަތި | |||
ثَابِتُ بْنِ قُرَّة حَرَّانِي273/901 އަޙްމަދު ފަހުމީ ތަޢާރުފު ثَابِتُ بنِ قُرَّة އަކީ، ފަލަކީ ޢިލްމާއި ބޭސްވެރިކަމުގެ ދާއިރާގައި تَشْرِيْحُ اْلأَبْدَانِ ނުވަތަ anatomy އަށް ވަރަށް ކުޅަދާނަ ޢިލްމު ވެރިއެކެވެ. عِلْمُ اْلأَعْدَادُ ގެ ވެސް އެތައްކަމެއް އޭނާ އަލަށް ހޯއްދެވި އެވެ. އޭނާ އޮބްޒާވާޓްރީ އެއް ވެސް ބިނާ ކުރެއްވި އެވެ. بَيْتُ الْحِكْمَة އާ އެއްފެންވަރުގެ ސައެންސު އެކަޑަމީއެއް ވެސް އުފެއްދެވި އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު ثَابِتُ އަކީ، حَرَّان ގެ ބޭފުޅެކެވެ. މި ރަށަކީ ޢިރާޤުގެ އުތުރު ރަށެކެވެ. މި ރަށުގައި ޘާބިތު ފިޔަވައި ވެސް ވަރަށް ގިނަ ޤާބިލް ޢިލްމުވެރިން އުފެދިފައި ވެ އެވެ. ثَابِتُ ގެ ޚާންދާނަކީ ވެސް ޢިލްމީ ޚާންދާނެކެވެ. އަދި އެއީ އަޞްލު ޢަރަބި ޚާންދާނެކެވެ. އޭނާގެ ކާބަފައިންގެ މަސައްކަތަކީ ޞައްރާފުންގެ މަސައްކަތެވެ. ( ޞައްރާފުންނަކީ ފައިސާ މާރުކުރުމާ، އަޞްލު ފައިސާ އާއި ނަޤްލީ ފައިސާ ވަކިކޮށް ދެނެގަތުމާ ބެހޭ މަސައްކަތް ކުރާ މީހުންނެވެ.) ޘާބިތު ތަޢުލީމު ޙާޞިލު ކުރެއްވީ، އޭނާގެ ރަށުންނެވެ. އަދި މުޠާލަޢާގެ ސަބަބުން ޢިލްމީ ފެންވަރު ކުރިޔަށް ދިޔަ އެވެ. މުހައްމަދު ބިން މޫސާ ޝާކިރު ކޮންމެވެސް ހަނގުރާމައަކުން އެނބުރި ޢިރާޤަށް ވަޑައިގަތް މަގުމަތީގައި، حَرَّان ގައި މަޑު ކުރެއްވި އެވެ. އެ ތަނުން އޭނާއާ ثَابِتُ بنِ قُرَّة حَرَّانِي އާ ބައްދަލުވެ ވަޑައިގަތެވެ. ޘާބިތަކީ އާދަޔާ ޚިލާފު ޤާބިލްކަމެއްހުރި ބޭފުޅެއްކަމުގައި ފެނިވަޑައިގެން، މުޙައްމަދު ބިން މޫސާ ޝާކިރު އޭނާ ގޮވައިގެން ބަޣުދާދަށް ވަޑައިގަތީ އެވެ. ބަޣުދާދުގައި އޭނާގެ ޢިލްމީ ފެންވަރު އަދި ވަކިން މައްޗަށް ދިޔަ އެވެ. ކޮންމެއަކަސް މުޙައްމަދު ބިން މޫސާއާ ޘާބިތާ ގުޅިވަޑައިގެން ބަޣުދާދުގައި ޢިލްމީ އިދާރާއެއް ޤާއިމް ކުރެއްވި އެވެ. މި ތަނަކީ ބައިތުލް ޙިކުމަތާ އެއް އުޞޫލަކަށް ހިނގަމުން ދިޔަ ތަނެކެވެ. މި ޢިލްމީ ދާއިރާއިން ވަރަށް ގިނަ ޢިލްމީ ޚިދުމަތްތައް ކޮށްފައި ވެ އެވެ. އެއީ މީލާދީން 855 ގެ ފަހުންނެވެ. ޢިލްމީ ޚިދުމަތްތައް ޘާބިޔަކީ، ފަލަކީ ޢިލްމުގެ މާހިރެކެވެ. އެހެންކަމުން ސަރުކާރުން އޭނާއަށް އެ ދާއިރާއާ ބެހޭ އިންސުޕެކްޓަރުކަން ދެއްވި އެވެ.އޮބްޒާވާޓުރީގެ އިންތިޒާމުތަކަށް އޭނާ އިޞްލާޙު ގެންނެވިއެވެ. تَشْرِيْحُ اْلأَبْدَانِ ގައި އޭނާއަކީ، ކުޅަދާނަ މާހިރެކެވެ. މި ޢިލްމުގައި އޭނާ އާ ހޯދުންތައް ހޯއްދެވި އެވެ. ޢިލްމުލް އަޢްދާދުގައި amicable ނަމްބަރުގެ މުރައްކަބު ދެ ޢަދަދު ކުދިކުދި ޢަދަދު ތަކުގެ މައްޗަށް ފުރިހަމައަށް ބައިކޮށްލެވޭ، އަދި އެ ކުދިކުދި ޢަދަދުތައް އެ މުރައްކަބު ޢަދަދުގެ މުރައްކަބު ބައިތަކަކަށް ވާކަހަލަ ކުއްލިއްޔާއެއް ހޯއްދެވި އެވެ. މިޘާލަކަށް 20 އަކީ މުރައްކަބު ޢަދަދެކެވެ. މި ޢަދަދު 1.2.4.5 އަދި 10 އަކުން ގެއްލި ހުސްވާނެ އެވެ. އެހެންވީމައި މި ކުދިކުދި މުފްރަދު އަދި މުރައްކަބު ޢަދަދު ތަކަކީ ވިހީގެ ތެރޭގައި ހިމެނޭ ބައިކުޅަ ބައިތަކެވެ. ޔޫނާނީ ބަހުން ހުރި ވަރަށް ގިނަ ޢިލްމީ ފޮތްތައް، މީނާ ޢަރަބި ބަހަށް ތަރުޖަމާ ވެސް ކުރެއްވި އެވެ. މީނާގެ އެންމެ މަޝްހޫރު ފޮތަކީ، "اَلذَّخِيْرَةُ فِي عِلْمِ الطِّبِّ" އެވެ.
|
| ހަމަ މި ގަލަމުން |
|---|