ފަންވަތް ދީން އިސްލާމީ ތާރީޚް މުސްލިމު ސައިންސްދާނުން - 16
ބެލި ޢަދަދު: 1016
މުސްލިމު ސައިންސްދާނުން - 16 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - އިސްލާމީ ތާރީޚް
27 ޖުލައި 2009، 00:05 ހޯމަ

أَبُو الْحَسَنُ ثَابِتُ بْنِ سِنَانُ اَلْحَرَّانِي

363/974

 
އަޙްމަދު ފަހުމީ

ތަޢާރުފު

ޘާބިތު ބިން ސިނާނަކީ، ކުޅަދާނަ ބޭސްވެރިއެކެވެ. އަދި ހަމަ އެހައި ފުރިހަމަ މުންތަޡިމެއް ވެސް މެ އެވެ. އޭނާ ގާތްގަނޑަކަށް 12 ވަރަކަށް ރަސްރަސްކަލުންގެ ދަވްރު ދެކެވަޑައި ގެންފައި ވެ އެވެ. ބޭސްވެރިކަމުގެ ދާއިރާގައި އޭނާ ވަރަށް ގިނަ އިޞްލާޙުތައް ގެންނަވައިފައިވެ އެވެ.
 



ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

ޘާބިތުގެ ޚާންދާނަކީ، ޢިލްމީ ޚާންދާނެކެވެ. އޭނާގެ ބައްޕާފުޅަކީ ، މޮޅު ހިސާބު ޢިލްމުވެރިއެކެވެ. ތަޢުލީމުގެ ބޮޑު ބައެއް އޭނާ ޙާޞިލުކުރެއްވީ އޭނާގެ ޤާބިލު ބައްޕާފުޅުގެ އަރިހުންނެވެ. ބަޣުދާދުގެ އެހެނިހެން އުސްތާޛުންގެ އަރިހުން ވެސް އޭނާ ކިޔަވައި ވިދާޅުވި އެވެ.

ޘާބިތަކީ، ބޭސްވެރިކަމުގެ ޢިލްމަށް ވަރަށް ޝައުޤުވެރިވީ ބޭފުޅެކެވެ. އިންތިޒާމު ކުރެއްވުމުގެ ކުޅަދާނަކަން އޭނާގެ ގައިގައި ހުރީ، އާދަޔާ ޚިލާފު މިންވަރަކަށެވެ. ޘާބިތު ބާރަވަރަކަށް ރަސްރަސްކަލުންގެ ދައުރު ދެކެވަޑައިގެންނެވި އެވެ. އެއިން ކޮންމެ ދައުރެއްގައި ވެސް ސިނާނު ފުރުއްވާފައި ވަނީ، ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމެވެ. މި ދާއިރާގައި އޭނާ ވަރަށްގިނަ އިޞްލާޙުތައް ކުރައްވާފައި ވެ އެވެ.


ނުބައިކޮށް ފަރުވާ ކުރުމުގެ ޙާދިޘާ

ތާރީޚު ޢިލްމުވެރިން ލިޔުއްވާ ގޮތުގައި ކުރީކޮޅުގައި ބޭސް ވެރިންނަކަށް ބޭސް ކުރުމުގައި އެއްވެސް ހުރަހެއް ނޯވެ އެވެ. ބޭނުން މީހަކު ބޭސް ކުރަންވީ އެވެ. ފެންވަރު ހުރިތޯ ބެލުމެއް އިމްތިޙާނެއްގައި އިށީނދެ ސެޓްފިކެޓެއް ހޯދުމެއް ނޯވެ އެވެ. މިކަންކަން ޙައްލަކަށް އަޅުވަން ޖެހުނީ، ދިމާވި ޙާދިޘާއަކާ ގުޅިގެންނެވެ. އެ ކަން ވީގޮތަކީ، ބަޣުދާދުގެ ބޭސްވެރިޔަކު ބަލިމީހަކަށްދިން ބޭހެއްގެ ސަބަބުން އޭނާ މަރުވީ އެވެ. މި ކަން ސަރުކާރަށް އެނގުމާ އެކު، އެ ކަން ތަޙްޤީޤު ކުރެވުނެވެ. ހޯދައި ބެލިއިރު އެ ބޭސްވެރި އަކީ، ބޭސްވެރިކަމާ ބެހޭ ހުރިހައި ފޮތްތައް މުޠާލަޢާ ކޮށްފައިނުވާ އަދި ޑަކްޓަރެއްގެ ބެލުމުގެ ދަށުން ތަމްރީނު ލިބިފައިނުވާ ބޭސްވެރިއެއްކަން އެނގުނެވެ.

ޑޮކްޓަރުން އިމްތިޙާނު ކުރުމާއި ރަޖިސްޓަރީ ކުރުން

ޘާބިތު ބިން ސިނާނު، ކަމުގެ ނާޒުކު ކަމާމެދު ވިސްނައިވަޑައިގެން އިޞްލާޙުގެ ފިޔަވަޅު ތަކެއް އެޅުއްވި އެވެ. އޭނާ ހުރިހައި ޑޮކްޓަރުން ހިމެނޭ ލިސްޓެއް ތައްޔާރުކުރައްވައި އިމްތިޙާނެއްގައި ބައިވެރިކުރުމަށް އެންގެވި އެވެ. އެ އެންގެވުމާ އެއްގޮތަށް ކުރެވުނު ސާރވޭއިން ދެއްކި ގޮތުގައި އޭރު 1000 ޑޮކްޓަރުން ތިއްބެވި އެވެ. އެ މީހުންނަށް އަނގަބަހުންނާއި ލިޔުމުން އިމްތިޙާނު ދެވުނެވެ. އޭގެ ތެރެއިން 700 ބޭސްވެރިން ފާސްވި އެވެ. 300 ބޭސްވެރިން ފޭލް ވީ އެވެ. ފާސްވީ ބޭފުޅުންނަށް ސަނަދު ދެއްވައި ކުލިނިކް ހުލުވުމުގެ ހުއްދަ ދެވުނެވެ. އެހެންމީހުންނަށް ވަގުތީގޮތުން އެކަން މަނާ ކުރެވުނެވެ.

ޢިލްމީ ޚިދުމަތްތައް
 
ޘާބިތަކީ، ބޭސްވެރިކަމުގެ ކަންތައް ބޮއްސުންލައިގެން ދިޔަ ނުދެއްވައި އެ ކަން ހަމައަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ޑޮކްޓަރުން އިމްތިޙާނު ކުރުމުގެ ސިސްޓަމް އުފެއްދެވި އެވެ. ސަރުކާރުން ރަސްމީ ސިފައެއްގައި ސަނަދެއް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވި އެވެ. ކުލިނިކު ހުޅުވުމަށްޓަކައި ހުއްދަ ދިނުމުގެ ގޮތް އުފެއްދެވި އެވެ. ހޮސްޕިޓަލުތައް އިޞްލާޙު ކުރެއްވި އެވެ. 908މ ގައި އިތުރަށް ހޮސްޕިޓަލްތައް ހުޅުއްވެވި އެވެ.

އެއްތަނުން އަނެއްތަނަށްދާ ހޮސްޕިޓަލް
 
ގިނަ ބަޔަކަށް ފައިދާ  ޙާޞިލުވާނޭ ފަދައިން ދަތުރުކުރާ ހޮސްޕިޓަލްގެ ސިސްޓަމް އޭނާ އަލަށް އުފެއްދެވި އެވެ. މި ކަމުގައި ޑަކްޓަރުންގެ ޓީމަކާއި ކަމާބެހޭ އެހެނިހެން މުވައްޒަފުންނާއި ސާމާނާ އެކީގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ ޓީމެއް އުފެއްދެވި އެވެ.

ޤައިދު ކުރެވިފައި ތިބޭ މީހުންނަށް ފަރުވާ ދިނުން

ޘާބިތުގެ ދުވަސްވަރު، ޖަލުގޭގައި ހައްޔަރު ކުރެވިފައިވާ މީހުންނަށް ޖަލުގައި ފަރުވާ ދެވޭނެ ގޮތަށް އެ ކަން އިންތިޒާމު ކުރެއްވި އެވެ. ޖުމުލަކޮށް ބުނާނަމަ އޭނާގެ ޒަމާނުގައި ބޭސް ފަރުވާގެ ދާއިރާ ވަރަށް ފުޅާކުރައްވައި ހެޔޮ ބަދަލުތަކާއި އިޞްލާޙުތައް ގެންނެވި އެވެ. އެ ދުވަސްވަރު ރާޒީ ވެސް ދުނިޔޭގައި ހުންނެވި އެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ najuwa, 2009-09-13 04:21:47
varah gina mauloomaathu libigen dhiya.mifadha mauloomaathakee muslimun nah varah beynun theri mauloomaathe.muslim sciencedhaanun gai himeney hurihaa liumeh ves varah furihama.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1016
extra avandia and congestive heart failure