ފަންވަތް ދީން ޤުރުއާނާއި ސައިންސް
ބެލި ޢަދަދު: 1455
ޤުރުއާނާއި ސައިންސް
ކާވެނީގެ ފައިދާތައް (1) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
02 އޮކްޓޫބަރ 2010، 09:04 ހޮނިހިރު

އަލްމުހަންދިސް ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މިއީ، ކާވެނީގެ ފައިދާތަކާބެހޭ ގޮތުން ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާތަކެކެވެ. ކައިވެންޏަކީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތުން މަޙުރޫމުވެގެން
 
ޞަދަޤާތުގެ ފަރުވާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
27 ސެޕްޓެމްބަރ 2010، 03:42 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ. އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ، އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ޞަދަޤާތް ދިނުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައި ވެ އެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި
 
އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
09 މާރޗް 2010، 14:55 އަންގާރަ

ޢަބްދުއްދާއިމް އަލްކަޙީލު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެކުވެރިކަމަށާއި އަނެކުންނަށް އެހީތެރިވުމަށް އެންމެ ލޯބިކުރާ އެއް މަޚުލޫޤަކީ ހިންޏެވެ. ނަމަވެސް ހިނި އެކަންކުރަނީ ކީއްވެތޯ އެވެ؟

މި ލިއުމާއެކުގައިވާ ފޮޓޯގައި މިވަނީ، އެއް ހިނި، އަނެއް ހިންޏާ ގުޅިގެން ހަދާފައިވާ ފާލަމެކެވެ. މި ފާލަން ހަދާފައިވަނީ، އެހެން ހިނިތަކެއް، އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކަ އެވެ. މިއީ ވަގުތީ ފާލަމެކެވެ. މި ފާލަން ހެދި ހިނިތައް މިވަނީ، އެހެން ހިނިތަކަކަށްޓަކައި، އޭގެ އަމިއްލަ ނަފުސުތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވެފަ އެވެ.

މިފަދަ މަންޒަރުތަކަކީ، މާތް ﷲ ހައްދަވާފައިވާ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލާ އެއްޗެއް ކަމުގައި ނުވޭތޯ އެވެ؟ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ އެއްކަމަކީ، އަނެކުންނަށް އެހީތެރިވުމެވެ. މިހެންވެ ސައިންޓިސްޓުން ވިދާޅުވެ އެވެ. މުއްސަނދިވުމާއި މަޝްހޫރުވުމާއި މަތީ މަޤާމެއް ލިބުންފަދަ ކަންތައްތަކަކީ، ހިތްހަމަޖެހުން ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ. ކީއްތޯއެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ، އަނެކުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވެފައިވާ މީހުންނަށް އަޅާލައި އެހީތެރިވެ އުޅޭނަމަ އެވެ.
 
އަންހެނުން ފިރިހެނުންނަށް ބަދަލުކުރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
09 މާރޗް 2010، 10:46 އަންގާރަ

ޢަބްދުއްދާއިމް އަލްކަޙީލު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އަންހެނުން ފިރިހެނުންނަށް ބަދަލުކުރުމަކީ، މިޒަމާނުގައި އިބްލީސް ދީފައިވާ މަގުފުރެއްދުމުގެ އާ ވަސްވާހެކެވެ. މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވި ދުވަހު، އޭނާވަނީ މިކަން ކުރާނެ ކަމަށް ބުނެފައެވެ. އިބްލީހުގެ މިވަސްވާހަށް މުލްޙިދުން ދަނީ އިޖާބަދެމުންނެވެ.

މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވީއްސުރެ، އޭނާ ވަނީ އިންސާނުންގެ ޢަދާވާތްތެރިއެއް ކަމުގައި ވެފަ އެވެ. އަދި އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، މާތް ﷲ ގެ ޚަލްޤުތަކުންގެ ސިފަ ބަދަލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިވާހަކަ، އައްނިސާ ސޫރަތުގެ 119 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
 
އީމާންކަމާއި ނަމާދު: މައިބަދައާއި ހުޅުތަކުގެ ފަރުވާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
08 މާރޗް 2010، 00:11 ހޯމަ

ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.
 


ސަފްހާ 1 ގެ 7
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1455
extra avandia and congestive heart failure