ފަންވަތް ދީން ޤުރުއާނާއި ސައިންސް ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް
ބެލި ޢަދަދު: 1243
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
17 ޖެނުވަރީ 2010، 08:07 އާދީއްތަ

ކީރިތި ޤުރްއާނުގައިވާ ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް



 ސައިންސް ވެރިން ކަށަވަރު ކޮށްދިން



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ހަނަފަސްކަމަށް މަޝްހޫރު ސަޢޫދީ ޢަރަބިޔާގެ ސަރަޙައްދެއް ކަމަށްވާ [ރުބުޢުލް ޚާލީ] ގައި ހިނދިފައިވާ ދެކޯރު ދެމިގެން ގޮސްފައިވާ ރޮނގު ފެނުމުން އެމެރިކާ މީހުން ޢަޖާއިބުވިއެވެ.

ދެކޯރު ދެމެދުގައި އިންސާނުން އެފަދައެއް ދެކިފައި ނުވާފަދަ ގަދަފަދަ ބިޔަ ޢިމާރާތް ތަކެއް ފެނުމުން އެތައް މަޝްވަރާ ތަކަކަށްފަހު އެއްބަސްވީ އެއީ ކީރިތި ޤުރްއާނުގައި އެބައެއް ސިފަކުރައްވާފައިވާ އިރަމްގެ ގަނޑުވަރުތައް ކަމަށެވެ.

ޢިލްމީ ޙަޤީޤަތްތައް ހުޅަނގުގެ ޢިލްމުވެރިން ސިފަކޮށްދީފައިވާ ސިފަކުރުން ކީރިތި ޤުރްއާނުގެ ބައެއް އާޔަތުގެ މާނައާ ތަފާތުނުވާކަން އެއީ ޢަޖާއިބުވާންވީ ކަމެއް ނޫނެވެ. އެސިފަކުރުން ހީވަނީ އެއީ ހަމަ ޤުރްއާނުގެ އާޔަތުގެ މާނަހެންނެވެ. ނަމަވެސް އެމީހުންނަކީ ކީރިތި ޤުރްއާން ކިޔަވާ ބައެއް ނޫނެވެ.

ކީރިތި ޤުރްއާނުގައިވާ ތާރީޚީ މުޢުޖިޒާތްތަކުގެ ތެރެއިން މިސާލަކަށް ބަލައިލާނަމެވެ. ތާރީޚް ޢިލްމުވެރިން ޢާދުބާގައިގެ މީހުންގެ ޙަޤީޤަތާމެދު ޝައްކުކުރެއެވެ. ސަބަބަކީ އެމީހުންނަށް ޢާދުބާގައިގެ މީހުންގެ އެއްވެސް އަސަރެއް ފެނިފާ ނުވާތީއެވެ. ނަމަވެސް ފަޟާގެ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި ބޭނުންކުރި އުޅަނދުގައި ރާޑަރެއް ހަރުކުރިއެވެ. އެރާޑަރަކީ ބިމުގެ ވެލިގަނޑުގެ 10 މީޓަރު އަޑީގައި ހުންނަ އެއްޗެހިވެސް ފެންނަވަރުގެ ބާރުގަދަ އެއްޗެކެވެ. އަދި މިއުޅަނދު ސަޢޫދީ ޢަރަބިޔާގެ އިރު ދެކުނު ސަރަޙައްދެއް ކަމަށްވާ [ރުބުޢުލް ޚާލީ] ސަރަޙައްދުގެ މަތިން ދަރުކުރަމުން ދަނިކޮށް އެތަނުން އެމީހުނަށް ފެނުނީ ހިނދިފައިވާ ދެކޯރު ދެމިގެން ގޮސްފައިވާ ރޮނގެވެ. މީގެ ތެރެއިން އެއްކޯރު ދަތުރުކޮށްފައިވަނީ ހުޅަނގުން އިރަށެވެ. އަނެއް ކޯރު ދަތުރުކޮށްފައިވަނީ ދެކުނުން އުތުރަށެވެ. މިކަން ފެނުމުން އެމެރިކާ މީހުން ޢަޖާއިބުވިއެވެ. ސަބަބަކީ މިސަރަޙައްދަކީ އެތަނުގެ ހަނަފަސްކަމުގެ ސަބަބުން ދުނިޔޭގައި ހަނަފަސްކަމަށް މަޝްހޫރު ސަރަޙައްދެކެވެ. އެކަމަކު އެއީ ކުރީ ޒަމާނުގައި ކޯރުތަކެއް ހިނގަހިނގާ އޮތްތަނެއްކަން އެނގުމުން އެކަމާ ޢަޖާއިބުވިއެވެ. (ފޮޓޯ)

މި އުޅަނދުގެ ދެވަނަ ދަތުރުގައި ކުރިއަށްވުރެ ބާރުގަދަ ރާޑަރެއް ބޭނުން ކުރިއެވެ. މިދަތުރުގައި އެމީހުންނެގި ފޮޓޯތަކުން ފެނިފައިވަނީ އެ ދެކޯރުގެ ފެންގޮސްފައިބަނީ 40 ކިލޯ މީޓަރަށްވުރެ ޑައިމީޓަރ ބޮޑު ކުޅިއަކަށް ކަމެވެ. މިކުޅި އޮންނަނީ ރުބުޢުލްޚާލީގެ އިރު ދެކުނުގައެވެ. އަދި އެ ދެކޯރު ގޮސް މިކުޅިއަށް ފައިބާ ދިމާ ދެކޯރު ދެމެދުގައި މިކުޅީގެ ގޮނޑުދޮށުގައި، އިންސާނުން އެފަދައެއް ދެކިފައި ނުވާފަދަ ގަދަފަދަ ބިޔަ ޢިމާރާތް ތަކެކެވެ. ދެން އެމީހުން ތާރީޚް ޢިލްމުވެރިންނާއި އާސާރީ ތަކެއްޗާބެހޭ ޢިލްމުވެރިންނާ ދީނީ ޢިލްމުވެރިން އެއްކޮށް މިއީ ކޮން ޢިމާރާތެއްތޯ ބެލުމަށް މަޝްވަރާ ކުރެވުނެވެ. އަދި އެބައިމީހުން އެއްބަސްވީ އެއީ ކީރިތި ޤުރްއާނުގައި އެބައެއް ސިފަކުރައްވާފައިވާ އިރަމްގެ ގަނޑުވަރުތައް ކަމަށެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ: (سورة الفجر 6-8) "أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ"  (6) މާނައީ: [ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ، ޢާދު ބާގައިގެ މީހުނާމެދު، ކަންތައް ކުރެއްވިގޮތް، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟] "إِرَمَ ذَاتِ الْعِمَادِ" (7) މާނައީ: [އެއީ، ތަނބުތަކުވެރި އިރަމްއެވެ. (އިރަމްއަކީ، ޢާދުބާގައިގެ މީހުންނަށްކިޔޭ އެހެން ނަމެކެވެ. ތަނބުތަކުގެ ވެރީންނޭ އޮތުމުގެ މަޤްޞަދަކީ، އެބައިމީހުންގެ ޢިމާރާތްތަކުގެ ގަދަފަދަކަމާއި އުސްކަން ބަޔާން ކުރެއްވުމެވެ.)] "الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ" (8) މާނައީ: [އެ ބިނާތަކަކީ، ރަށްތަކުގައި، އެފަދަ ބިނާއެއް ހެދިފައިނުވާ ބިނާ ތަކެކެވެ.]
އެބައިމީހުންގެ ތަޤްރީރުގައި ވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އިންސާނިއްޔަތުގެ މިދިގު ތާރީޚުގައި މިހާބިޔަ މިހާ ގަދަފަދަ ވަރުގަދަ ބިނާތަކެއް ދެކިފައެއް ނުވެއެވެ. މިސިފަކުރުމަކީ ކީރިތި ޤުރްއާނުގައި މިބިނާތައް ސިފަކުރައްވާފައިވާ ސިފަކުރުންފަދަ ސިފަކުރުމެކެވެ. އެތަނުގެ މަތީގައިވާ ވެލިތައް ނަގަން ފެށުމުން އެބައިމީހުނަށް ފެނުނީ އެރަށުގެ ވަށާ ފާރުމަތީގައި 8 ކަނަށް ހަދާފައިހުރި ކިއްލާއެކެވެ. އެކިއްލާ ހެދިފައިވަނީ ބިޔަ ބައިވަރު ތަނބުތަކެއްގެ މަތީގައެވެ. މާތްﷲ މިއާޔަތުގައި ސިފަކުރައްވާފައި ވާފަދައިންނެވެ.

އަދިވެސް އެތަޤްރީރުގައި ބަޔާންކޮށްފައިވަނީ އެޒަމާނުގައި އެއްވެސް ދެވަނައެއް ނުވާނެފަދަ މި ޙަޟާރަތްވަނީ އާދަޔާ ޚިލާފު ވެލީގެ ޠޫފާނެއްގެ ސަބަބުން ފޮރުވިފައި ކަމުގައެވެ. ފަހެ ކީރިތި ޤުރްއާން ބާވައިލެއްވީ މީގެ ސާދަސަތޭކަ އަހަރު ކުރިންނެވެ. އެކަލާނގެ ވަޙީކުރައްވަނީ: "وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ" (41) މާނައީ: [އަދި ޢާދުބަގައިގެ މީހުން (ހަލާކު ކުރެއްވުމުގައި) ވެސް އާޔަތެއްވެއެވެ. އެއީ އެބައިމީހުންގެ މައްޗަށް އެއްވެސް މަންފާއެއްނެތް ވައި ފޮނުވި ހިނދުގައެވެ.] "مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ" (42) މާނައީ: [އެވައި އެއްޗެއްގެ  މައްޗަށް ޖެހިއްޖެނަމަ އެ އެއްޗެއް ކުނޑިކުނޑިކޮށް ފުނޑުފުނޑުކޮށް ނުލައެއް ދުލެއް ނުކުރެއެވެ.] (سورة الذاريات 41،42)

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. "فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ" (15) މާނައީ: [ފަހެ ޢާދު ޤައުމުމީހުން ޙައްޤަކާނުލައި ބިމުގައި ކިބުރުވެރިވެ ބުންޏެވެ. ތިމަންމެނަށްވުރެ ބާރުގަދައީ ކާކު ހެއްޔެވެ. އެބައިމީހުން ޚަލްޤުކުރުއްވައި އުފެއްދެވި މާތްﷲ އެބައިމީހުނަށް ވުރެން ބާރުގަދަކަން ނުވިސްނެނީ ހެއްޔެވެ. ތިމަން ރަސްކަލާނގެ އާޔަތްތައް އިންކާރުކުރާ ބައެއް ކަމުގައި އެބައިމީހުން ވިއެވެ.] "فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنصَرُونَ" (16) މާނައީ: [ފަހެ، ތިމަން ރަސްކަލާނގެ އެބައިމީހުނަށް، ހިތާމަވެރި ދުވަސްތަކެއްގައި، ވަރުގަދަ، ވަޔެއް ފޮނުއްވެވީމެވެ. ދުނިޔޭގެ ޙަޔާތުގައި، އެބައިމީހުނަށް ހުރި ނިކަމެތި ޢަޒާބުގެ ރަހަ ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އާޚިރަތުގެ ޢަޒާބު އެއަށްވުރެން ނިކަމެތިކަން ބޮޑުވެގެން ވެއެވެ. އެބައިމީހުނަށް (ދުނިޔޭގައާއި އާޚިރަތުގައި) ނަޞްރު ދެވިގެނެއް ނުވެއެވެ.] (سورة فصلت 15، 16)

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. (سورة الاحقاف 21- 26) "وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتْ النُّذُرُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ" (21) މާނައީ: [ޢާދުބާގައިގެ މީހުންގެ އަޚު (ހޫދުގެފާނުން) ގެ ވާހަކަ ކަލޭގެފާނު ކިޔައި ދެއްވާށެވެ! އެއީ، އަޙްޤާފުގައިވާ އެކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް އިންޒާރުކުރެއްވި ހިނދެވެ. (އަޙްޤާފަކީ، ޔަމަންކަރައިގައިވާ އުސް، ވެލި ފަރުބަދަ ތަކެކެވެ. ޢާދުބާގައިގެ މީހުން އުޅުނު ތަނެވެ.) އޭގެ ކުރީންނާއި އަދި އޭގެ ފަހުން އިންޒާރުތައްވަނީ ފާއިތުވެ ގޮސްފައެވެ. (ހޫދުގެފާނު އެންގެވިއެވެ.) ތިޔަބައިމީހުން މާތްﷲއަށް މެނުވީ އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ ޢަޒާބާމެދު ތިމަން ބިރުގަނެއެވެ." "قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ" (22) މާނައީ: [އެބައިމީހުން ބުންޏެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ އިލާހުން ފިޔަވައި ތިމަންމެން އަނބުރާ ލައްވަންތޯއެވެ. ފަހެ ކަލޭގެފާނީ ތެދުވެރީންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވަނީނަމަ، ތިމަންމެނަށް ތިޔަ ވަޢްދުކުރައްވާ ކަންތައް ތިމަންމެންގެ ގާތަށް ގެންނަވައި ބައްލަވާށެވެ!]

"قَالَ إِنَّمَا الْعِلْمُ عِندَ اللَّهِ وَأُبَلِّغُكُم مَّا أُرْسِلْتُ بِهِ وَلَكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ" (23) މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމުގެ ދެނެވޮޑިގަތުން ވާކަން ކަށަވަރީ، މާތްﷲގެ ޙަޟްރަތުގައެވެ. ތިމަން، އެކަމަކާއިގެން ފޮނުއްވެވުނު ކަންތައް، ތިއަބައި މީހުންނަށް ތިމަން އިއްވަވަނީ އެވެ. އެހެނެއްކަމަކު، ތިއަބައި މީހުންނީ، އެއްޗެއް ނުދަންނަ ބައަކު ކަމުގައި، ތިމަން ތިއަބައިމީހުން ދެކެމެވެ.] "فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُّمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُم بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ" (24) މާނައީ: [ދެންފަހެ، އެބައިމީހުންގެ ވާދީތަކަށް ކުރިމަތިލައި އުދަރެހުން އަރައިގެން އަންނަ ވިލައެއްގެ ސިފައިގައި އެބައީމީހުންނަށް އެކަންތައް (ޢަޒާބު) ފެނުނުހިނދު، އެބައިމީހުން ބުންޏެވެ. މިއީ، ތިމަންމެންނަށް ވާރޭވެއްސައިދޭ ވިލައެކެވެ. (ބުނެވުނެވެ.) އަދި ކިއެއްތަ؟ އެއީ، އަވަސްވުމަށް ތިޔަބައިމީހުން އެދިގެން އުޅުނު ކަންތަކެވެ. ވޭންހުރި ޢަޒާބު އޭގައި ހިމެނިގެންވާ ގަދަވައެވެ.] "تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَى إِلَّا مَسَاكِنُهُمْ كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ" (25) މާނައީ: [އޭގެވެރި ރަސްކަލާނގެ އަމުރުފުޅަށް، ކޮންމެއެއްޗެއް އެވައި ހަލާކުކޮށް ނެތިކޮށްލައެވެ. ދެންފަހެ، އެބައިމީހުން އުޅުނު ތަންތަން މެނުވީ ފެންނާންނެތް ބަޔަކު ކަމުގައި އެބައިމީހުން ވެގެން ހިނގައްޖެއެވެ. ކުށްވެރިވެގެންވާ ޤައުމުގެ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ.]

"وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَى عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون" (26) މާނައީ: [އަދި، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވައިފައިނުވާ ކަންކަމުގައި، ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ބާރު ދެއްވީމެވެ. އަދި، އެބައިމީހުންނަށް، ކަންފަތްތަކާއި، ލޯތަކާއި ހިތްތައް ތިމަން ރަސްކަލާނގެ ލައްވައި ދެއްވީމެވެ. ދެންފަހެ، އެބައިމީހުން މާތްﷲގެ އާޔަތްތަކާމެދު އިންކާރުކޮށް ދެކޮޅުހަދަމުން ދިޔަހިނދު، އަދި، އެބައިމީހުން ފުރައްސާރަ ކުރަމުންދިޔަ ކަންތަކުގެ ނަތީޖާ އައިސް އެބައިމީހުން ވަށައިލައިފި ހިނދު، އެބައިމީހުންގެ ކަންފަތްތައް، އަދި، އެބައިމީހުންގެ ލޯތައް، އަދި، އެބައިމީހުންގެ ހިތްތައް، އެބައިމީހުންނަށް އެއްވެސް ކަމެއް ފުއްދައި ނުދިނެވެ.]

سورة القمرގެ 18- 22 އަށް ﷲ ވަޙީކުރައްވާފައިވެއެވެ. "كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ" (18) މާނައީ: [ޢާދު ބާގައި މީހުން، (އެބައިމީހުންގެ ނަބިއްޔާ ހޫދުގެފާނުންގެ ބަސްފުޅު) ދޮގުކުޅައެވެ. ފަހެ، (އެބައިމީހުންނަށް އައި) ތިމަން ރަސްކަލާނގެ ޢަޒާބާއި، ތިމަން ރަސްކަލާނގެ ކުރެއްވި އިންޒާރުތައް އޮތީ ކޮންފަދައަކުންހޭ؟] "إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ" (19) މާނައީ: [ސުންޕާކަން ދެމިހުރި، ސުންޕާކަމުގެ ދުވަހެއްގައި، ގަދައަޑު ތަކާއެކު އަންނަ ގަދަ ވައިރޯޅިއެއް އެބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފޮނުއްވީމެވެ.] "تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ" (20) މާނައީ: [އެ ވައިރޯޅި އައިސް މީސްތަކުން (ތިބިތަނުން) ލުހެލައެވެ. ވެއްޓިގެންދާ ކަދުރު ރުއްތަކެއް ފަދައިން އެބައިމީހުން ވާކަހަލައެވެ." "فَكَيْفَ كَانَ عَذَابِي وَنُذُرِ" (21) މާނައީ: [ފަހެ ތިމަން ރަސްކަލާނގެ ޢަޒާބާއި، ތިމަން ރަސްކަލާނގެ ކުރެއްވި އިންޒާރުތައް އޮތީ ކޮންފަދައަކުންހޭ؟] " وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ" (22) މާނައީ: [އަދި ހަމަކަށަވަރުން ހަނދުމަ ކުޅައުމަށްޓަކައި، ތިމަން ރަސްކަލާނގެ ޤުރްއާން ފަސޭހަކޮށްދެއްވީމެވެ. ނަމަވެސް ހަނދުމަކުރާނޭ މީހަކުވޭހޭ؟]

سورة الحاقة ގެ 6- 8 އަށް ﷲ ވަޙީކުރައްވާފައިވެއެވެ. "وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ" (6) މާނައީ: [އަދި ޢާދު ޤައުމު މީހުން ވަރުގަދަ ވައިގެ ޢަޒާބުން ހަލާކުވެއްޖައޫއެވެ.] "سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ" (7) "فَهَلْ تَرَى لَهُم مِّن بَاقِيَةٍ" (8). (7) ، (8) މާނައީ: [އެ،ވައި، އެބައިމީހުންނަށް ހަތްރެއާއި އަށްޑުވަސް ވަންދެން ވިދިވިދިގެން ފޮނުވުނެވެ. ފަހެ، ޤައުމުގެ މީހުން ބިންމައްޗަށް ވެއްޓިފައި، ވަނިކޮށް ފެންނާނެތެވެ. މުލުން ލުހެވިގެން ވެއްޓިފައިވާ ކަދުރު ރުއްތަކެއް ފަދައިންނެވެ. އެބައިމީހުންގެ އެއްވެސް އަސަރެއް ފެންނާނެ ހެއްޔެވެ؟]


މި އާޔަތްތަކުގެ މާނައަށް ބަލާލުމުން ފެންނަނީ ޢާދުބާގައިގެ މީހުންގެ ބިނާތަކުގެ އުސްކަމާއި، ތަނބުތަކުގެ ގަދަފަދަކަމެވެ. އަދި އެބައިމީހުނަށް މާތްﷲ ފޮނުއްވި އާދަޔާ ޚިލާފު ބާރުގަދަ ވަޔާއި ވެލީގެ ޠޫފާނުގެ ގަދަފަދަކަމެވެ. އާދެ! ޢިލްމުވެރިންގެ ސިފަކުރުންތައް ކީރިތި ޤުރްއާނުގައިވާ މިވާހަކަތަކާއި އެއްވެސް ތަފާތެއް ނުވާކަމެވެ.


(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ‰‰ªž°¨™ª ‰ª™¦‡°‰¦‹ª ‡¨°‰§¢©°, 2010-01-17 02:48:24
سُبْحَانَ ﷲ. މާތް ﷲ އަށް ހަމްދު ހުއްޓެވެ.
...
ލިޔުނީ ދަރިވަރެއް, 2010-01-17 08:19:31
ﷲ أكبر...އަދިވެސް މީސްތަކުން އެބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާން ނުވަނީހެއްޔެވެ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 89 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444055

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1243