ހުޅުމާލެއިން 3 ކޮޓަރީގެ އެޕާރޓްމަންޓެއް...... 9915519

ފަންވަތް ދީން ޤުރުއާނާއި ސައިންސް ނަބަވީ މުޢުޖިޒާތް - އިންސާނާގެ ހިތް
ބެލި ޢަދަދު: 14165
ނަބަވީ މުޢުޖިޒާތް - އިންސާނާގެ ހިތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 132
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
18 ފެބްރުވަރީ 2009، 01:55 ބުދަ


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނީ ألاوإن فى الجسد مضغة إذا صَلحَتْ صَلُحَ الجسد كُلُّه وإذا فَسَدَت فَسَدَ الجسدُ كله ألا وهى القَلْبُ  – متفق عليه:

ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ.


މިއީ ވަރަށް ދިގު ޙަދީޘްފުޅެއްގެ ބަޔެކެވެ. މި ޙަދީޘް ރިވާކުރައްވާފައި ވަނީ އައްނުޢުމާނު ބްނު ބަޝީރެވެ. މި ޙަދީޘްފުޅުގެ ފުރަތަމަ ބައިގައި އަންގަވަނީ ޙަލާލުކަންތަކާއި ޙަރާމްކަންތައް މާތްﷲ ކަނޑައަޅުއްވާ ބަޔާން ކޮށްދެއްވާފައިވާ ކަމެވެ. ޙަލާލުކަންތަކާ ޙަރާމްކަންތަކާ ދެމެދުގައި ގިނަބަޔަކަށް އޭގެ ޙުކުމް ކަނޑައަޅައި ބުނަންނޭނގޭ ކަންތައްތަކެއް ވެއެވެ. ރަސޫލުﷲގެފާނު އަޅުގަނޑުމެންނަށް މިކަންތައްތަކާ ދުރުހެލިވުމަށް އެންގެވިއެވެ. އެއީ އެފަދަކަމަކާ ކައިރީގައި އުޅެން ފަށައިފިނަމަ އެއިން ކަމަކަށް އަރައިގަނެވި ދާނެތީއެވެ.

ކީރިތި ރަސޫލާގެ މިބަސްފުޅުގައި އައިސްފައިވާ ޢިލްމީ މުޢުޖިޒާތައް ބަލައިލުމުގެ ކުރިން ހިތަށް ބަލައިލަމާތޯއެވެ. އާދެ! ހިތަކީ ގާތްގަނޑަކަށް  0.3 ކިލޯގްރާމްގެ މަސްކޮޅެކެވެ. ހިތުގެ ބޮޑުމިނަކީ އަތް މުށްކަވައިލުމުން ލިބޭ ބޮޑުމިނެވެ. ހިތުގެ މަސައްކަތަކީ ގުންބާއެއް ނުވަތަ މޯޓަރެއްގެ މަސައްކަތެވެ. ހަށިގަނޑުގެ އެންމެހާ ބައިތަކަށް ލޭ ގުންބާކޮށްދޭ މޯޓަރަކީ ހިތެވެ. މީގެ އިތުރަށް ހަށިގަނޑުގެ ހުރިހާ ބައިތަކުން އަންނަ ލޭ ޖަމާވާ ތަނަކީވެސް ހިތެވެ. އެއަށްފަހު މިލޭ ސާފުކުރުމަށްޓަކައި ފުއްޕާމެއަށް ފޮނުވައިދެއެވެ. ފުއްޕާމެއިން ސާފުކޮށްދޭ ލެއި އަނބުރާ އަންނަނީ ހިތަށެވެ. އެއަށްފަހު މިލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވައިދެއެވެ. މިނެޓަކު ގާތްގަނޑަކަށް  70 ފަހަރު ހިތް ވިންދު ޖަހައެވެ. އަހަރެއްގެ ތެރޭގައި މިލޔަނަކަށްވުރެ ގިނަ ފަހަރު ވިންދު ޖަހައެވެ. މިހިތް މިނެޓަކު ފަސްލިޓަރުގެ ލޭ ހަށިގަނޑު ތެރެއަށް ގުންބާ ކުރެއެވެ. މީގެ މާނައަކީ ދުވާލަކު 7200 ލިޓަރުގެ ލޭ ހިތުން ގުންބާކޮށްދެއެވެ. އިންސާނާ އޭނާގެ މަންމަގެ ބަނޑުތެރޭގައި ގަރުބަގަންނަތާ ހަތަރުވަނަ ހަފުތާއިން ފެށިގެންގޮސް އޭނާ މަރުވަންދެން މި ކުޑަކުޑަ މަސްކޮޅު މި މަސައްކަތް ހުއްޓާނުލައި ކުރެއެވެ. ހިތުގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ހިތް މަސައްކަތް ކުރަނީ އެންމެ ހަތައެއްގެ (ސެލެއްގެ) ގޮތުގައެވެ. މި މަސައްކަތް ހިތްކުރަނީ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނެއްގެ އެހީއަކާ ނުލައެވެ. އެކަތިގަނޑެއް ގޮތަށެވެ. އަރާމުކުރާ ވަގުތު އަރާމުކުރަނީވެސް ހަމައެކަތިގަނޑެއް ގޮތަށެވެ.

ހަށިގަނޑުގެ ހުރިހާ ހަތާތަކަށް ބޭނުންވާ އޮކްސިޖަން ހިތުން ފޮނުވާދެނީ ލޭފޮނުވުމަށް މާތްﷲ ހަށިގަނޑުގައި ލައްވާފައިވާ ލޭ ވިޔުގައަކުންނެވެ. މި ވިޔުގައިގައި ހިމެނެނީ އާޓަރީތަކާއި ވޭންތަކާއި ކެޕިލަރީ ތަކެވެ. އާޓަރީއަކީ ހިތުން ހަށިގަނޑުގެ ހަތާތަކަށް ލޭގެންގޮސްދޭ ނާރުތަކެވެ. ވޭނަކީ ހަށިގަނޑުގެ ހަތާތަކުން ނުސާފު ލޭ ހިތަށް ގެންގޮސްދޭ ނާރުތަކެވެ. މިވިޔުގައިގެ ނާރުތައް އެއްކޮށް ގުޅާލައިފިނަމަ އެއްލައްކަ ކިލޯމީޓަރުގެ ދިގު ހޮޅިއެއް (ނާރެއް) ލިބޭނެއެވެ.
الله سبحان وتعالى އުފައްދަވާފައިވާ މިކުޑަކުޑަ މަސްކޮޅުން ގުންބާކުރާ ލޭ 8 ސިކުންތުގެ ތެރޭގައި ސިކުނޑިއަށް ފޯރައެވެ. އަދި ފައިތިލައިގެ އިނގިލިތަކުގެ ކުރިއަށް 18 ސިކުންތުގެ ތެރޭގައި މިލޭ ވާޞިލުވެއެވެ. އެއްވެސް ސަބަބަކާހުރެ މި ލޭ ސިކުނޑިއަށް ދެމިނެޓް އިރުވަންދެން ނުގޮސް ހުރެއްޖެނަމަ މީހާ ހޭނެތިދާނެއެވެ. އޭނާ ހޭއެރުމާ ނޭރުމަކީ ﷲ ފިޔަވާ އެހެން ފަރާތެއްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. މިލޭ ސިކުނޑިއަށް ނުގޮސް 4 މިނެޓް ވެއްޖެނަމަ ސިކުނޑި މަރުވާނެއެވެ.

މި އަޖައިބުވަނިވި ގުނަވަން ހިތް، ކީރިތި ރަސޫލާ މިސިފަ ކުރައްވަނީ ألا فى الجسد مضغة إذا صلحت صلح الجسد كله وإذا فسدت فسد الجسد كله - "ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ." އޭ ވިދާޅުވެއެވެ. މިއީ މީގެ ކުރިން އެއްވެސް މީހަކު ބުނެފައިވާ ވާހަކައެއް ނޫނެވެ. މިހިތް ރަނގަޅުވެ ލޭދައުރުކުރުން ރަނގަޅަށް ކުރިއަށްދާނަމަ އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް، ކޮންމެ ބަޔަކަށް ލިބެންޖެހޭ ލޭ ލިބި ބޭނުންވާ ގުލްކޯޒާއި ސަރުބިއާއި ލޮނާއި ވިޓަމިނާއި ހޯރމޯންތައް ލިބޭނެއެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ އޮކްސިޖަން ލިބޭނެއެވެ.

އަނެއްކޮޅުން ހިތް ނުރަނގަޅު ވެއްޖެނަމަ މުޅި ހަށިގަނޑު ނުރަނގަޅު ވެދެއެވެ. އެއީ ލޭ ހިނގުމަށް ބަދަލުއައުމުގެ ސަބަބުންނެވެ. ލޭހިނގުން ގަޑުބަޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން ހިތަށް އެއްވެސް ކަހަލަ ނުރަނގަޅު ބަދަލެއް އަތުއްޖެނަމަ މުޅި ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ފޯރާނެއެވެ. މުޅިހަށިގަނޑު ނުބައިވެދާނެއެވެ.

الله سبحانه تعالى މި ހިތުގެ ޙަރަކާތްތައް އިންތިޒާމު ކުރައްވާފައިވަނީ ވަރަށް އަޖައިބު ކުރުވަނިވި ގޮތަކަށެވެ. އިންސާނާ ނިދާއިރަށް ހިތުގެ ޙަރަކާތްތައް މަޑުވެދެއެވެ. އޭނާ ދުވަން ފަށާއިރަށް ހިތުގެ ޙަރަކާތްތައް (ވިންދު) އަވަސް ވެދެއެވެ. އެއީ އެވަގުތު ހަށިގަނޑަށް އިތުރު ހަތަކަ ބޭނުންވާތީއެވެ.ހަށިގަނޑަށް އެވަގުތަކަށް ހަކަތަބޭނުންވާ ވަރަށް ހިތުން މިހަކަތަ އުފައްދާދޭނެއެވެ. 

ހިތުގެ ދައުރާއި އަހައްމިއްޔަތާ ބެހޭގޮތުން ކީރިތި ރަސޫލާ عليه الصلاة والسلام މިވަނީ އެންމެންގެ ކުރި ހޯއްދަވައިފައެވެ. މި ޙަޤީޤަތް މިހާރު މިވަނީ ސާފުކޮށް އެނގިފައެވެ. މާތް ރަސޫލާގެ ރިސާލަތުގެ ތެދުވެރި ކަމާމެދު އިންކާރުކުރާ މީހުން ބުނާނީ ފަހެ ކީކޭބާވައެވެ.

 

 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-02 08:54:10
سُبُحَانَ اللّه. މަތިވެރި މާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހާ ތަކެތި އުފެއްދެވި ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ޚަލްޤުކުރެއްވުމުގައި ވިސްނާ ފިކުރު ހިންގާމީހުން އޭގައި ހެކިތަކެއް ވާކަން ކަށަވަރެވެ. ފަހެ. އަޅަމެންގެ ޣާފިލުކަމުގެ ސަބަބުން އަޅަމެން، އަޅަމެންގެ އަމިއްލަ ނަފުސަށް އަނިޔާވެރި ވެއްޖައީމެވެ. އަޅަމެންނަށް ޣާފިލުކަމުގެ ނިދިން ހޭލުމުގެ ހެޔޮތައުފީޤު ދެއްވައި ދުނިޔޭ ދުނިޔޭގެ ލެއްވިގެންވާ އިބަރަސްކަލާނގެ ޚަލްޤުކުރެއްވުމުގެ ޢަޖައިބުތައް ދެނެގަނެ އިބަރަސްކަލާނގެ ކިބަފުޅަށް ފުރިހަމަ އީމާންވާ ބައެއް ކަމުގައި މިންވަރު ކުރައްވާށި
...
ލިޔުނީ Rathiu, 2009-04-08 06:04:44
This information page is exellent.
...
ލިޔުނީ kjkj, 2009-06-01 08:40:07
mifada liunthaku alhugadu mange deeni roohu aalaavey mifaha liuntha alhugadu menaa hamayah genes dahvaa beyfulhunah hithuge enma adin sukuru verivan
...
ލިޔުނީ ހ.މ (ތޮއްޑޫ), 2010-01-04 06:23:15
ހިތާއި ސިކުނޑިއާއި ބެހޭގޮތުން ވަރަށްބޮޑު ސުވާލެއް އެބައޮތެވެ. އިންސާނާ ވިސްނަނީ ހިތުންތޯ ނުވަތަ ސިކުނޑިންތޯ؟ (ފަންވަތުގެ ނޯޓެއް: ތިޔަވިދާޅުވާ މަޢުލޫމާތު، ފަންވަތުގައި ޝާއިޢުކުރެވިފައިވާ އެހެން މަޒުމޫނަކުން ލިބިވަޑައިގަންނަވާނެ އެވެ. އެ މަޒުމޫނުގެ ސުރުޚީއަކީ، "ހިތަކީ ފިކުރުކޮށް ވިސްނާ ގުނަވަނެއްކަން ޔަޤީންކޮށްދޭ އާ ޙަޤީޤަތްތައް" މިއެވެ. އެ މަޒުމޫނަށް ވާޞިލުކޮށްދޭ ފާލަމަކީ، http://www.fanvai.info/dheen/q...52-59.html މިއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 64 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 750406
ބެލި ޢަދަދު: 14165