ފަންވަތް ދީން ސުއާލާއި ޖަވާބު ފަންވަތަށް ދީނީ ސުވާލު ހުށަހެޅުން
ބެލި ޢަދަދު: 849
ފަންވަތަށް ދީނީ ސުވާލު ހުށަހެޅުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ސުއާލާއި ޖަވާބު
20 ޑިސެމްބަރ 2009، 17:52 އާދީއްތަ

ތައްޔާރުކުރީ: ފަންވަތުގެ އިދާރާ


ސުވާލު ކުރެއްވި ފަރާތް: ޢަބްދު ﷲ ރިޟުވާން

ސުވާލު: ފަންވަތުގެ ދީނީ ބައިގައިވާ "ސުއާލާއި ޖަވާބު" ގެ ބަޔަށް ސުވާލު ހުށަހެޅިދާނެތޯ އެވެ؟ އަދި ސުވާލުތަކަށް ޖަވާބު ދެއްވާނީ ކޮންފެންވަރެއްގެ ބޭފުޅުންނެއްތޯ އެވެ؟

ސުވާލުކުރެއްވި ބޭފުޅާ ވިދާޅުވެފައިވާ ބަޔަށް މިހާތަނަށް ސުވާލު ހުށަހެޅިފައެއް ނެތެވެ. ނަމަވެސް ފަންވަތުގައި އެބައި ހަދާފައިވަނީ، ފަންވަތަށް ދީނީ ސުވާލެއް ހުށަހެޅިއްޖެނަމަ، އެބައިގައި އޭގެ ޖަވާބު ގެނެސްދިނުމުގެ މަޤުޞަދުގަ އެވެ. އެހެންވީމާ، ސުވާލު ކުރެއްވި ބޭފުޅާގެ އަރިހުގައި ދަންނަވަން ޖެހެނީ، ފަންވަތަށް ދީނީ ސުވާލު ހުށަހެޅުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

ސުވާލުގެ ދެވަނަ ބައިގައި އެވަނީ، ފަންވަތަށް ހުށަހެޅޭ ސުވާލުތަކަށް ޖަވާބު ދެއްވާނީ ކޮން ފެންވަރެއްގެ ބަޔެއްތޯ އެވެ؟ ފަންވަތަށް ހުށަހެޅޭ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށް އަޅުގަނޑުމެން ހަމަޖައްސާފައިވާ ގޮތް އެނގިވަޑައިގަތުމުން މި ސުވާލުގެ ޖަވާބު ލިބިވަޑައިގަންނަވާނެ އެވެ. ތިރީގައި މިވަނީ، ފަންވަތަށް ހުށަހެޅޭ ދީނީ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އަޅުގަނޑުމެން ޢަމަލުކުރާނެ ގޮތެވެ.

1.    ފަންވަތަށް ދީނީ ސުވާލެއް ހުށަހެޅިއްޖެނަމަ، މީގެ ކުރިން އެ ސުވާލަށް އިސްލާމީ ދުނިޔޭގެ މުޢުތަބަރު ޢިލްމުވެރިޔަކު ނުވަތަ ޢިލްމުވެރިން ޖަވާބު ދެއްވާފައިވޭތޯ ބަލާނީ އެވެ. ޖަވާބު ދެއްވާފައިވާނަމަ، އެ ޖަވާބަކީ ކޮންކަހަލަ ޙާލަތެއްގައި ދެއްވާފައިވާ ޖަވާބެއްތޯ ބަލާނީ އެވެ. އެއީ އަޅުގަނޑުމެންނަށް ސުވާލު ހުށަހެޅުނު ޙާލަތާގުޅޭ ޙާލަތެއްގައި ކުރެވިފައިވާ ސުވާލެއްގެ ޖަވާބެއް ކަމަށް ވަނީނަމަ، އެސުވާލަށް ޢިލްމުވެރިޔާ ނުވަތަ ޢިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭނީ އެވެ.

2.    ނަންގަނެވިދިޔަ ގޮތުގެ މަތިން ސުވާލުގެ ޖަވާބު ނުލިބިއްޖެނަމަ، އެއާ އެއްކަހަލަ ސުވާލުތައް ކުރެވިފައިވޭތޯ ބަލާނީ އެވެ. އަދި އެ ސުވާލުތަކަށް މުޢުތަބަރު ޢިލްމުވެރިން ދެއްވާފައިވާ ޖަވާބުތައް ހޯދައި ބަލާނީ އެވެ. ފަންވަތަށް ހުށަހެޅުނު ސުވާލުގެ ޖަވާބު އޭގެތެރެއިން ފެނިއްޖެނަމަ، އެ ޖަވާބު ގެނެސްދޭނީ އެވެ.

3.    ނުވަތަ، ދީނީ ޢިލްމުވެރިންގެ ތެރެއިން މުޢުތަބަރު ޢިލްމުވެރިޔަކު ލިޔުއްވާފައިވާ ފޮތަކުން އެ ސުވާލުގެ ޖަވާބު ލިބޭތޯ ބަލާނީ އެވެ.

4.    ނަންގަނެވިދިޔަ ގޮތުގެ މަތިން ސުވާލުގެ ޖަވާބު ނުލިބިއްޖެނަމަ، އިސްލާމީ ދުނިޔޭގެ މުޢުތަބަރު ފަތުވާކޮމިޓީއަކަށް އެ ސުވާލު ހުށަހަޅައިގެން ޖަވާބު ހޯދާނީ އެވެ.

5.    ފަންވަތަށް ހުށަހެޅޭ ދީނީ ސުވާލުތަކުގެ ޖަވާބު، ޢިލްމުވެރިންގެ އަރިހުން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ، ފަންވަތުގެ ލިޔުންތެރިންގެ ތެރެއިން އެކަމަށް ޤާބިލު ލިޔުންތެރިއެކެވެ.

6.    ޙާލަތު ނިޔާކުރާ ގޮތުގެމަތިން، މުސްތަޤުބަލުގައި މި ނުކުތާތަކަށް އުނިއިތުރު ގެންނަން ޖެހިއްޖެނަމަ އެކަން ކުރެވިދާނެ އެވެ.

މިނުކުތާތަކުން އެނގޭ ގޮތުގައި، ފަންވަތަށް ހުށަހެޅޭ ދީނީ ސުވާލުތަކުގެ ޖަވާބު ކަމުގައި ވާނީ، އިސްލާމީ ދުނިޔޭގެ މުޢުތަބަރު ޢިލްމުވެރިން ދެއްވާފައިވާ ޖަވާބެވެ. މި ވެބްސައިޓުގެ ދައުރަކީ، މުޢުތަބަރު ޢިލްމުވެރިން ދެއްވާފައިވާ ޖަވާބުތައް، ސުވާލުކުރައްވާ ބޭފުޅުންނާ ހަމައަށް ގެނެސްދިނުމެވެ.

ފަންވަތުގެ ހަމަތަކުގެ 4 ވަނަ ނަންބަރުގައި ވެއެވެ. "އިސްލާމްދީނުގެ ފަރުޢީ ކަންތައްތަކާއި، މަޒުހަބީ ތަޢައްޞުބުތަކަށް ހިތްވަރުދޭ ފަދަ، ނުވަތަ އެފަދަ ޝުޢޫރުތައް އާލާކުރުވާ ފަދަ ލިޔުންތައް ފަންވަތުގައި ހިމަނައިގެން ނުވާނެއެވެ." ފަންވަތުން ދީނީ ސުވާލެއްގެ ޖަވާބު ގެނެސްދޭއިރު، މިނުކުތާއަށް ވަރަށް ބޮޑަށް ރިޢާޔަތްކުރާނެ އެވެ. މީގެ މާނައަކީ، މަޒުހަބީ ތަޢައްޞުބާ ގުޅުން ހުރި ސުވާލުތަކުގެ ޖަވާބު ގެނެސްދިނުމަށް ފަންވަތް އުޒުރުވެރިވާނެ އެވެ. އެފަދަ ސުވާލުތަކުގެ ޖަވާބު ފަންވަތުން ގެނެސް ނުދޭނެ އެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ އައި-މީ, 2009-12-23 07:24:31
އަންހެން ކުދިން ހިތާނަ ކުރޭ ހެއްޔެވެ؟ އަދި އިސްލާމްދީނުގައި މީ ކުރުން އޮންނަ ކަމެއް ހެއްޔެވެ؟ މިކަން ކުރު މުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ދިވެހިން މިކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟
...
ލިޔުނީ އަމް, 2010-01-01 07:47:24
ކަށުނަމާދު ޝާފިޢީ މަޒްހަބުގައި ވާގޮތަށް ތަފްސީލާއި އެކު، އޭގައި ކިޔާ ދުއާތަކާއި އޭގެ މާނަޔާއި އެކު، ޣައިބުގައި ކުރާނެ ގޮތާއި ނިޔާވީ އަންހެނަކު ނަމަ ނަމާދު ކުރާނެ ގޮތް ތަފްސީލާއި އެކު ބަޔާންކޮށްދީ ބަލަ؟
...
ލިޔުނީ އަމް, 2010-01-13 16:50:11
ފަންވަތުގެ ދީނީ ބައިގައިވާ "ސުއާލާއި ޖަވާބު" ގެ ބަޔަށް ސުވާލު ހުށަހަޅާނެ ގޮތެއް އަޅުގަނޑަކަށް ނޭނގުނެވެ. ވީމާ އެގޮތް ތިބޭފުޅުން ބަޔާންކޮށްދެއްވުން އެދެމެވެ..
...
ލިޔުނީ އައިޝާ, 2010-05-08 09:35:53
ދަރިފަނި އަޅައިގެން ކުދިން ހޯދުމަކީ ކޮންކަހަލަ ކަމެއް؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 32 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300579
free counters
ބެލި ޢަދަދު: 849