މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުކުރު ހަދިޔާ - (2) |
|
|
| ދީން - ސުއާލާއި ޖަވާބު | |||
| 26 ޑިސެމްބަރ 2008، 02:31 ހުކުރު | |||
|
2 - ކީރިތި މާތް ރަސޫލާ، އައްސައްޔިދާ ޢާއިޝާތުގެފާނާ ކާވަނި ބައްލަވައިގަތް ޢުމުރުފުޅެއް ކަމަށް ސީރަތުގެ ޢިލުވެރިން ލިޔުއްވަނީ އެކަމަނާގެ ޢުމުރުޅުން ހަތް އަހަރުފުޅެވެ. އެކަމަކު ތާރީޚު ޢިލްމުވެރިންގެ ތަޙުޤީޤުތަކުގެ ނަތީޖާ ވަރަށް ތަފާތެވެ. ތާރީޚީ ހޯދުންތަކާ ދިރާސާތަކުގެ އަލީގައި، ދުނިޔޭގެ އިތުބާރު ހުރި އިސްލާމީ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢާއިޝަތުގެފާނު، ކީރިތި މާތް ނަބިއްޔާގެ އަނބި ކަނބަލެއްގެ މަޤާމު ފުރުއްވަން ފައްޓަވާފައިވަނީ، އެކަމަނާގެ ޢުމުރު ފުޅުން 19 އަހަރުފުޅުގައެވެ. 3 - ފަލަކީ ޢިލްމުގެ ސައިންސުވެރިން، އެއްޒަމާނެއްގައި ބުނަމުން އައީ، އިރަކީ އޭގައި ދައުރުވުމެއް ނުވާ ތަރިއެއް ކަމަށެވެ. ހުންނަތާ ސާބިތުވެ ހުންނަ ތަރިއެއް ކަމަށެވެ. އެކަމަކު، ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވަނީ، އިރު ހަނދު އެއީ އެއަށް ކަނޑަ އަޅުއްވާފައިވާ ވަކި ދާއިރާއެއްގެ ތެރޭގައި، ދައުރުވާ ދެ ޖުރުމު ކަމަށެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތަށް މި އަދުގެ ސައިންސް ވަނީ، މި ޙަޤީޤަތް ހާމަ ކޮށްދީ ކަށަވަރު ކޮށްދީފައެވެ. 4 - ކީރިތި މާތް ރަސޫލާ އެކަލޭގެފާނުގެ ޢީދު މީލާދު (އުފަން ދުވަސް) ފާހަގަ ކުރައްވައެވެ. އެކަމަކު، އުފަން ދުވަސް ފާހަގަ ކުރުމުގައި އަޅުގަނޑުމެންނަށް ތަބާވެވެނީ އެމާތް ރަސޫލާ ދެއްކެވި ނަމޫނާ އަކަށް ނޫނެވެ. އެކަލޭގެފާނުގެ މާތް ޢީދު މީލާދު (އުފަންދުވަސް) ފާހަގަ ކުރައްވަނީ އަޅުކަމަކުންނެވެ. ކޮންމެ ހޯމަ ދުވަހަކު ހުންނަވަނީ ރޯދަފުޅަށެވެ. 5 - ކީރިތި މާތް ރަސޫލާ އެންމެ ފުރަތަމަ ހުކުރު ނަމާދެއް ކުރެއްވީ، މަދީނާޔަށް ހިޖުރަޔަށް ވަޑައިގަތް މަގުމަތީގައި، ބިނާ ކުރެއްވި ޤުބާ މިސްކިތުގައެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ތާރީޚު ޢިލްމުވެރިންނާއި ސީރަތު ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވަނީ، އެދުވަހަކީ، ރަބީޢުލް އައްވަލު މަހެއްގެ 8 ވަނަ ދުވަސްކަމެވެ. ނަމަވެސް ފަހުން އެމާތް ހުކުރު ދުވަހުގެ މީދާލީ ތާރީޚު، ހޯދުނެވެ. އެއީ 21 ސެޕްޓެމްބަރު 622 އެވެ.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |