|
ތަޢުލީމާއި ތަރުބިޔަތު
|
|
06 ފެބްރުވަރީ 2012، 00:00 ހޯމަ |
މުޚްތާރު އަބްދުއްރަޙްމާން، ނޫރާނީގެ ށ. މިލަންދޫ ދުނިޔޭގެ ވަރަށް މަޝްހޫރު ކޮލެޖެއްގައި ވަރަށް ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ތަފާތު އެކި ދަރަޖަދަރަޖައިގެ ކުދިންނެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުން އައިސް އުޅޭ ކުދިންތަކެވެ. މުއްސަނދިކަމުގެ އަހުލުވެރިންނާއި ފަޤީރުކަމުގެ އަހުލުވެރިންނެވެ. މިހެންވުން އެކި ކުދިންގެ އެދުންތަށް ނިޔާކުރާގޮތުން، އެކި ކުދިންގެ އަޚުލާޤާއި ސުލޫކު ވެސް ތަފާތެވެ. މި ހުރިހާ ކުދިންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުއްޖަކު އުޅެއެވެ. އޭނާގެ މަންމަ އަކީ ރަނގަޅު ތަޢުލީމާއި، ތަރުބިއްޔަތުން މަޙްރޫމުވެފައިވާ އަޚުލާޤެއް ނެތް މީހެކެވެ. އޭނާއަށް އެއްޗެއްސަކީ ލޮލަށް ފެންނަ އެއްޗެއްސެވެ. އެ އެއްޗެއް ދުނިޔޭގެ ދިރިއުޅުމަށް ބޭނުންހިފޭ ކޮންމެ އެއްޗެކެވެ.
|
|
ވާހަކަ
|
|
05 ފެބްރުވަރީ 2012، 00:00 އާދީއްތަ |
އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ  އަހަރެން ހިތްއެދޭކަހަލަ ފިރިއަކު ލިބުނެވެ. ތަނަވަސް މޭމައްޗެއްގައި ބޯއަޅާލެވުނެވެ. އެއީ މުރުއްވަތްތެރި ކަމުގެވެސް ދެވަނައެއް ނުވާފަދަ ޚުލްޤު ރަނގަޅު މީހެކެވެ. ފެނުމުން އުފާވެރިކަން އިޙްސާސްކުރެވޭފަދަ ހިތްގައިމު ހިނިތުންވުމެއް ލިބިފައިވެއެވެ. މުލައްދަނޑީގެ ބާރުގަދަ އެވެ. އެކި ހިސާބުން މަސްތައް އުފުލިފައިވާ ގޮތުން ވެސް ޖަޒްބާތުތައް ކެކިއަރައެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކެއް ލިބިފައިވެއެވެ. ލޯބިވެތިކަމުގައި ވެސް މިސާލެއްނެތެވެ. ކޮންމެ ފަހަރަކީ އާ ތަޖުރިބާތަކެއް އިޙްސާސްކުރަންޖެހޭ ފަހަރެކެވެ.
|
|
ތަޢުލީމާއި ތަރުބިޔަތު
|
|
04 ފެބްރުވަރީ 2012، 21:54 ހޮނިހިރު |
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ1. ފެށުން: ފުރާވަރަކީ ކުޑަކުއްޖެއްގެ އުމުރުފުރާއިން ނެއްޓި ބޮޑު މީހެއްގެ އުމުރުފުރާއަށް ބަދަލުވަމުންދާ ދުވަސްވަރެވެ. އާދެ! 10 އަހަރާއި 19އަހަރާއި ދެމެދުގެ ދުވަސްވަރެވެ. މި އުމުރުފުރާ އަކީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. މި އުމުރުފުރާ ކަޑައްތު ކުރާއިރު ކޮންމެ ކުއްޖެއްގެ ވެސް ޖިސްމާއި ނަފްސަށް އަންނަ ބަދަލުތަކާ ގުޅިގެން ކުއްޖާގެ ވިސްނުމާއި އިހްސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ.
|
|
އާދަކާދަ
|
|
04 ފެބްރުވަރީ 2012، 12:42 ހޮނިހިރު |
ޚާއްޞަ ނޯޓު: މި ލިޔުމަކީ ފަންވަތަށް ވަރަށް އެހީތެރި، ޤާބިލު ލިޔުންތެރިއެއްކަމުގައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން މި ރަބީޢުލް އައްވަލު މަސް ފެށުމުގެ ރަސްމިއްޔާތަށް ޚާއްޞަ ކުރައްވައި ފޮނުއްވާފައިވާ އަސަރުގަދަ ޢިލްމީ ތާރީޚީ މަޒުމޫނެކެވެ. މަޒުމޫނު ޝާއިޢުކުރުން މި ވަނީ މާ ބޮޑަށް ވެސް ލަސްވެފަ އެވެ. އެ ސަބަބަށްޓަކައި އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަނުގެ އަރިހުންނާ ތިޔަ ކިޔުންތެރީންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. - އެޑިޓަރު -
ޢަބްދުﷲ ފާރޫޤު ޙަސަން
ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް ކުރިމަތިލަނީއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެމަހުގައި އިސްލާމްދީނުގެ ނަބިއްޔާ صلى اللّه عليه وسلم ގެ ޛިކުރާގެ މަޙެފިލްތައް ބޭއްވޭނެއެވެ. ޝައްކެއްވެސް ނެތެވެ. އެމާތް ސާހިބާގެ ޛިކުރާ އައުކުރުމަކީ ހަމައެކަނި ބަރަކާތްތެރި ރަބީޢުލްއައްވަލްމަހުގެ މުޤައްދަސް ގަޑިތަކަށް ޚާއްޞަކަމެއްނޫނެވެ. އަދި ކީއްތޯއެވެ.
|
|
އިޖުތިމާޢީ
|
|
02 ފެބްރުވަރީ 2012، 13:17 ބުރާސްފަތި |
އެއްތަނުން އަނެއްތަނަށް ފައިސާ ފަދަ ތަކެތި އުފުލުމުގައި ސަމާލުވެލައްވާ!އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ ފޭރުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ވެސް ޢާއްމުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެކެވެ. މަގުމަތިން ހިނގައިފައި ދާ މީހުންގެ ވޮލިޓާއި، އަތްދަބަހާއި ފޯނުފަދަ ތަކެއްޗަކީ މިފަދަ މީހުންގެ ލޯތަކުގައި އެންމެ ގިނައިން އަޅައިގަންނަ ތަކެއްޗެވެ. އަދި މީގެ އިތުރުން މީހުންގެ އަތުގައި ހުންނަ ފައިސާ ގަދަކަމުން ޖަހައިގަތުމަކީ ވެސް މިހާރަކަށް އައިސް ވެރިރަށް މާލޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.
|
|
ވާހަކަ
|
|
31 ޖެނުވަރީ 2012، 08:30 އަންގާރަ |
އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ
 އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެ އެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަނގަޅު އާދަތަކެކެވެ. އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުން އިރަށް ހެދުން ބަދަލުކޮށް ހަދަމެވެ.
|
|
ވަޒަންބަހުރުވަ
|
|
31 ޖެނުވަރީ 2012، 08:02 އަންގާރަ |
އާމިނަތު ނާޒްނީ، ތ. ހިރިލަންދޫ
ދުވަސް މާޒީގެ ވާ އެހަނދާން އުޅުނު ލޯބީގެ ރަންވި ޒަމާން ނުވަން ދެގޮތެއް ތިލޯބީގައި ކުރިން އުންމީދު މި ލްކެއްވުން ފެނުނު ފުރަތަމަ އެ ނަޒަރުންވެސް މަގޭ ހިތް ކަތި ތިބާ ކޮށްލީ ދިނުން ލޯބިން މަގޭ މުޅި ހިތް ތިބާއަށް އަދު މި ނިންމައިލީ
|
|
ވަޒަންބަހުރުވަ
|
|
27 ޖެނުވަރީ 2012، 00:19 ހުކުރު |
ޙަސަން ޒާހިރު (ޢަންދަލީބު)
ނުވަމަސްދުވަހު ގަދަވޭނުގައި، "ހަށިފާރަ" އަށް ހުސްވެސްވެފައި ނުވަ އެއް ދުވަސް އިތުރަށް ބަލާ، މަންމާ ތިއީ ކެތްތެރިއެކޭ
ވިހުމުން އެވާ ގާތްކަން ބޮޑޭ، ކަންނެތްވުމެއްނެތް ބެލުމުގައި ވިހުމުން ލިބޭ އުފަލާއެކީ، ދެގޮތެއްނުވާނެ މިސާލެކޭ
|
|
ވާހަކަ
|
|
26 ޖެނުވަރީ 2012، 00:00 ބުރާސްފަތި |
މުޚްތާރު އަބްދުއްރަޙްމާން، ށ. މިލަންދޫ ވާހަކަ ކިޔާމީހުން ބުނެ އެވެ. "ބަރުޒަމާނު ރާޖާ"ގެ ރަސްކަން ކުރެއްވި ޒަމާނުގާ އެ ރާޖާގެ ރަސްކަން ވަރަށް ދުރަށް ފެތުރި ނަން މަޝްހޫރުވެފާ ވެއެވެ. އެހެންކަމުން އެ ރާޖާގެ ރަސްކަމުތެރޭގައި ދުނިޔަވީ އެންމެހައި ނިޢުމަތެއް އެ ރާޖާއަށް ލިބިވަޑައިގެން ވެއެވެ. އަދި އެ ރާޖާގެ ރަސްކަމުގެ ތެރޭގައި އިންސާނުން ފިޔަވައި ގިނަ ބާވަތް ބާވަތުގެ ޖަނަވާރާ، ދޫނިސޫފާސޫފީގެ ބާވަތްތައް ހިމެނިގެން ވެ އެވެ. މިހުރިހާ މަޚްލޫގުންގެ ތެރޭގައި، ދުނިޔޭގެ ދުރު ހިސާބުހިސާބުން އައިސް އެ ރާޖާގެ އަރިހުގައި ޚިދުމަތް ކުރާ ގިނަ މަޚްލޫގުން ތަކެއް ވެއެވެ.
|
|
ތާރީޚް
|
|
25 ޖެނުވަރީ 2012، 01:58 ބުދަ |
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ 2500  އަށްވުރެ ގިނަދުވަސްވީ ދިވެހިތާރީޚުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް ވަރަށްގިނަ ނަންތައް ބޭނުންކުރެވިފައި ވެއެވެ. އެގޮތުން މަހަލްދީޕް ، ލިޔުޝާން ، މޮލައި، ޖުޒުރުލް ކުޒަޙު ، މަހިލާދީޕް ފަދަ ނަންނަމުން ދިވެހިރާއްޖެއަށް ނަންދެވިފައި ވެއެވެ. މިފަދަ ތަފާތު ނަންތަކަކުން ދިވެހިރާއްޖެއަށް ނިސްބަތްކުރެވިފައި އެވަނީ އެކި ދުވަސްވަރު ދިވެހިރާއްޖެ ހުރަސްކޮށް ދަތުރުކުރި އެކިޤައުމުތަކުގެ ދަތުރުވެރީންނާއި ރާއްޖޭގެ މައްޗަށް ނުފޫޒުފޯރުވި ފަރާތްތަކުން އެބައިމީހުންގެ އަމިއްލަބަހުން، ކޮންމެބަޔަކުވެސް ދިވެހިރާއްޖެއަށް ނަންދީފައިވާތީ ކަމަށް ވެދާނެއެވެ.
|
|
އާދަކާދަ
|
|
24 ޖެނުވަރީ 2012، 19:11 އަންގާރަ |
ޤައުމީ ދުވަހުގެ ޝުޢޫރު މުޙަންމަދު ޝާހިދު ޙަލީމް
ހިނގާ ދާ ބީދައިން ދުނިޔެ ދޭ ހިނގަމުން އެ ގަޑިގަޑި ދިގާ ހުރަހަށް އެ ފަތްފުށް ރިވެތި ކުރަމުން މެ ހަޑިހަޑި
ދިވެހި ޤައުމީ ޢިމާރާތް ތަޅައި ރޫޅާން ޢަދުއްވުން ރިވެލިފަށް ފަހަނަޅައި ވަދެ ވަރަށް އަޅައޭ އެ ބޮނޑިބޮނޑި
|
|
އިޖުތިމާޢީ
|
|
24 ޖެނުވަރީ 2012، 00:43 އަންގާރަ |
އިސްމާއީލް ޢަލީ، ރ.ކަދޮޅުދޫ
 ދިވެހި ގައުމަކީ، ފަޚުރުވެރި، ކަރާމާތްތެރި ތަނެކެވެ. މި ގައުމުގައި ގުގުމަނީ ﷲގެ މަތިވެރި ކަލިމައެވެ. އަބަދާއި އަބަދު ﷲގެ މަތިވެރިކަން ހާމަކޮށްދެއެވެ. އެހެންފަރާތަކަށް އަޅުކަން ކުރާކަށް މި ގައުމުގައި ތަނެއް ނެތެވެ. މި ގައުމުގައި ދިރި އުޅެނީ އަޚުންނާއި، އުޚުތުންނެވެ.
|
|
އާދަކާދަ
|
|
23 ޖެނުވަރީ 2012، 22:49 ހޯމަ |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދިވެހިބަހަކީ ދިވެހީންގެ ބަހެވެ. ދިވެހީންގެ އަމިއްލަ ބަހެވެ. އަމިއްލަ ވަންތަކަމާއި އެތައް ޚާއްޞިއްޔަތުތަކެއް އެ ބަހަށް ލިބިފައިވާ ޚާއްޞަ ބަހެކެވެ. ދިވެހީން އަމިއްލައަށް އުފެއްދި އަކުރަކުން ލިޔާ ބަހެކެވެ. އަދި އެ އަކުރަކީ މި ސަރަހައްދުގެ ބަސްތައް ލިޔަން ބޭނުންކުރާ އަކުރުތަކުގެ ތެރެއިން އެނެމެ ސައިންޓިފިކް އަކުރުކަމަށް ބަސްވާރުން ޤަބޫލުކުރާ އަކުރެވެ. އެހެންކަމުން މި ބަހަކީ ދިވެހީންގެ ފަޚުރެވެ. ދިވެހީންގެ ޝަރަފެވެ. މިފަދަ ފަޚުރުވެރި ބަހެއް ލިބި ތިބި ބަޔަކު އެ ބަޔަކަށް ފުރުޞަތު ލިބުނު
|
|
ވަޒަންބަހުރުވަ
|
|
22 ޖެނުވަރީ 2012، 07:33 އާދީއްތަ |
ޙަސަން ޒާހިރު (ޢަންދަލީބު)
މަލެއް ހަމަ ފޮޅިލުމާއެކުގައި، މަލަށް އާދޭ އެތައް މާބުރު މަލެއް ވަސްނެތި މިލައިދިއުމުން، މަލަށް ނާދޭ ހިލާ މާބުރު ކަމެއް އެދިގެން އުޅޭއިރުގައި ، ގޮވައި އެކުވެރިވެލައި ހަދަޔޭ ނަމެއް ހަމަ ލިބި އުހަށް އެރުމުން،ފިތޭއިރުގައި ނުވެސް ދަނެޔޭ ނާގާނަމަ ޣައިބުވެވި ހުރެގެން ވަގެއްވޭ ޚާދިމެއްކަމުގައި ނާގާ ބިތުފަންގި ދުވަހުންނޭ، ވަނީ ޚާދިމު ވަގެއްކަމުގައި
|
|
ތާރީޚް
|
|
20 ޖެނުވަރީ 2012، 22:51 ހުކުރު |
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ
ތަޢާރުފު
މި މަޒުމޫނުގައި އަޅުގަނޑު ބަލައިލައިފައި ވާނީ ދިވެހި ތާރީޚުގައި އުތުރުކަރައިގެ މަލާބާރީންނާއި ކަންނަންނޫރު ޢަލީރާޖާ ފާހަގަކުރެވެމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެ ގޮތުން މަލާބާރުކަރައާއި، މަލާބާރީންނާއި، ކަންނަންނޫރާއި، ކަންނަންނޫރުގެ ޢަލީ ރާޖާއަކީ ކޮބައިކަން ބަޔާންކޮށްފައި ވާނެއެވެ. އަދިހަމަ މިބައިމީހުން ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކުރެވެމުން އަންނަގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.
|
|
އިޖުތިމާޢީ
|
|
18 ޖެނުވަރީ 2012، 02:04 ބުދަ |
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ހާދިސާއެއް އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ ''އަޅުގަނޑަކީ ޢުމުރުން އެންމެ 07 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދޫކޮށް ދޮންމަންމަ އަކާއެކު ދިރިއުޅުން ވަނީ އިންޑިޔާއަށް ބަދަލުކޮށްފައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެންފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ނިދަން އޮންނަނީ އަބަދުވެސް އަޅުގަނޑުގެ ކައިރީގައެވެ. ނަމަވެސް އަޅުގަނޑުގެ ޢުމުރުން 6 އަހަރުން ފެށިގެން އަޅުގަނޑުގެ މަންމަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.
|
|
ވާހަކަ
|
|
17 ޖެނުވަރީ 2012، 00:42 އަންގާރަ |
ގައްދޫ މުޙަންމަދު ރަޝީދު
[ޖަޔާއެވެ.... ނާޖިޔާއެވެ....] ޖަލާލީގެ ނޭވާ އަވަސްވާން ފަށައިފިއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ޖަޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ..... އެވަގުތު އޭނާގެ ހޫނު ތުންފަތް ޖަޔާގެ މޫނާ ކައިރިކޮށްލަން އުޅުނު ވަގުތު ޖަޔާ ސަލާމަތްވުމުގެ ގޮތުން ދެފަރާތަށް ބޯހޫރަން ފަށައިފިއެވެ.
|
|
ތާރީޚް
|
|
16 ޖެނުވަރީ 2012، 09:17 ހޯމަ |
މުޙަންމަދު އިސްމާޢީލުފުޅު
ދިވެހިރާއްޖޭގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް އެންމެ ފުރަތަމަ ތަޢާރަފްވެގެންދިޔަގޮތާއި، އެ ސްކީމްގެކަންތައް ދިވެހި މުޖްތަމަޢުގައި ކުރިޔަށްދިޔަ މިންވަރާއި، އަދި އެންމެފަހުން އެ ސްކީމް ގެ މަސައްކަތްތައް ހުއްޓިގެންދިޔަގޮތުގެމައްޗަށް ކުރީގެ ތާރީޚެއްގައި ފަންވަތުގައި އަޅުގަނޑު ވާނީ ބަލައިލާފައެވެ.
|
|
މާދަރީބަސް
|
|
15 ޖެނުވަރީ 2012، 03:01 އާދީއްތަ |
ފާޠިމަތު އަމްނާ ޢަޒީޒު- ލ. މާވަށް
"އެންމެ ދީލަތިވަންތަ ކީރިތި ޖައްލަ ރައްބީއަށް ދުލުން، ދެންނެވުން އެކަށޭނަހެން އަދު ރަމްޒުކޮށް ކިޔަމޭ ސަނާ އެންމެހައި ޢާލަމްތަކަށް ބޮޑު ރަޙުމަތެއްކަމުގައި އެވާ ނަން އިތުރު ކައު މުޞްޠަފާއަށް ރަމްޒުކޮށް ކިޔަމޭ ސަނާ ޢިއްޒަތާ އަބުރާ މި ދީނަށް ދެއްވި ހޯދައި މިންނަތުން އާލުނާ އަބްދާލުނަށް މޮޅު ރަމްޒުކޮށް ކިޔަމޭ ސަނާ"
|