މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "އެންމެ ހަރުކަށި އަދަބު" |
|
|
| ދިވެހި - އާދަކާދަ | |||
| 16 ޖޫން 2009، 03:32 އަންގާރަ | |||
|
ތިރީގައި މިވަނީ، ހަރުކަށި އަދަބު ދިނުމަށް ގޮވާލެވޭ ގޮތުގެ ބައެއް މިސާލުތަކެވެ. ސުރުޚީ: މިތުއްތު ކުއްޖާ މަރާލި މީހުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ އެއްމެ ހަރުކަށި އަދަބު ދެއްވާށެވެ. ސުރުޚީ: މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުން އައްޑަގުޑާރު ވިދާޅުވީ ނަންގަނެވިދިޔަ ފަދަ ގޮވާލުންތައް އަޑުއިވޭއިރު، އަޅުގަނޑުމެން ކޮށްލަން ޖެހޭ ވަރަށް މުހިންމު ސުއާލުތަކެއް އެބަހުއްޓެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ސަމީޢު, 2009-06-17 03:12:20
އަޅުގަނޑަށް ވިސްނޭގޮތުގައި ހަރުކަށި އަދަބުދިނުމަށް މީހުން ގޮވާލަނީ ކުއްކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ އެކަމުގެ ހައްލަކީ އެއީ ކަމަށް ދެކިގެންނެވެ. އާންމުން ހީކުރަނީ ގާނޫނުގައި ކަނޑައެޅިފައި ވާއަދަބުތަށް މާލުއީ ކަމަށެވެ. އަދި ކުއްކުރާ މީހުންނަށް އެމީހުންނަށް ގާނޫނޫނުގައި ކަނޑައެޅިފައިވާ އަދަބުދެވޭކަމަށެވެ. ނަމަވެސް ހަޤީގަތަކީ އެއެއްނޫނެވެ. ކުއްވެރިންނަށް އިއްވޭހުކުންތަކުގެތެރެއިން ދެބައިކުޅައެއްބައި މީހުންނަސްވެސް ހުކުމް ތަންފީޒު ނުކުރެވެއެވެ. މިދިޔަ އަހަރު ހުސްވިއިރުވެސް 800 އަށްވުރެގިނަ ކުއްވެރިން ހުކުންތަންފީޒް ނުކުރެވިތިއްބެވެ. އެމީހުންލާނެ ޖަލުތަކެއްނެތިގެންނެވެ. އެމީހުން ބެލެހެއްޓުމަކީ މާލީގޮތުންވެސް ދަތި އޫނދަގޫ ކަމަކަށް ވާތީއެވެ. މިދިޔައަހަރު ހުސްވިރު ޖަލުގެ ކޮންމެގައިދީއަކަށް ދުވާލަކު 1250ހަށްވުރެގިނަ ރުފިޔާހަރަދުވެއެވެ. މިއީ ދިވެހި ދައުލަތުގެ ބަޖެޓަށް ކުޅަދާނަވަރެއް ހެއްޔެވެ. މިވަރުންވެސް ހިޔުމަންރައިޓުން ބުނަނީ ޖަލުތަކުގެ ހާލަތު މީހުން ބަންދު ކޮއްފާ ބޭތިއްބޭވަރަށްވުރެ ފެންވަރު ދަށްކަމުގައެވެ. ވީމާ މިއަދު މިވަނީ ކުއްވެރިންނަށް ހަތްތަރީގެ ހޮޓާއަޅަންޖެހިފެއެވެ. އެހެންނޫނީ ކުއްވެރިންބަންދު ކުރެވޭކަށް ނެތެވެ. އަދިދަންނަވަމެވެ. ކުއްވެރިންގެ ހައްގުތަށް މިނިވަނުންގެ ހައްގުތަކަށް ވުރެމަތިކޮށް ކުއްވެރިންނަކީ ބަލަހައްޓަން ނުކުޅަދާނަވެ އާމް މޫޖުތަމައަށް ދޫވެފައި ތިބޭ ބަޔަކަށް ވެގެންނޫނީ އެއްވެސް މުޖުތަމައެއް ހަލާކުކޮއްލިމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ދެރަކަމަކީ މިކަން އޅުގަނޑުމެންގެތެރެއިން ވިސްނެންޖެހޭ ބޭފުޅުންނަށް ނުވިސްނޭތީއެވެ.
...
ލިޔުނީ ألم, 2009-06-20 16:49:26
އަޅުގަނޑަށް މާފު ކުރައްވާށެވެ! އަޅުގަނޑަށް ވިސްނޭގޮތް ކުށްކަމަށްވުން ވެސް ވެދާނެއެވެ. އެކަމަކު އިސްލާމް ދީނުގައި ބައެއް ކަންތައްތައް ވަނީ ވަރަށް ހަރުކަށި ޢިބާރާތުން މަނާ ކޮށްއެކަންތައްތަކަކީ ޙަރާމް ކަންތައްތައް ކަމުގައި ހަދާފައެވެ. މިސާލަކަށް ޙަލާލު ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭ ކުރުމުން ރަޖަމް ކުރުމަކީ ހަރުކަށި އަދަބެކެވެ. އެހެނެއްކަމަކު އެއަދަބަކީ އާދައިގެ އަދަބެއް ނޫނެވެ. އޭނާއަށް އެއަދަބު ނުލިބެންޏާ އެހެން މީހުންނަށް އެކަމަކީ އާދައިގެ ކަމަކަށް ވެދާނެއެވެ. އޭރުން ޒިނޭ ކުރުމަކީ ޢާއްމު ކަމެއްކަމަށް ވެދާނެއެވެ. އޭނާ އެކުރި ނުބައި ފާފައަށް ހަރުކަށި އަދަބު ނުލިބިއްޖެއްޔާމުން މުޅި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވަދެގެން ހިގައިދާނެއެވެ.
...
ލިޔުނީ ސަމީޢު, 2009-06-20 18:55:21
އަޚުންނޭވެ! ހަރުކަށި އަދަބާއި ހައްގު އަދަބާއި އޮޅުވާނުލެއްވުން އެދެމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވާ އެހެން ކަމެއް އެބަ އޮތެވެ. ދުނިޔޭގައި މިހާރު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ފިކުރާ ހަނގުރާމަތަކުގައި ބަސް މިއީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. އެހެންކަމުން ''ހަރުކަށި'' މިއީ ދީނާ ގުޅުވައިގެން ކިތަންމެ ރަނގަޅު ނިޔަތެއްގައި ވެސް ބޭނުން ކުރުން އެހާ އެދެވިގެންވާ ލަފުޒެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އޭގެ ބަދަލުގައި ''ޙައްޤު އަދަބު'' ނުވަތަ އެކަށީގެންވާ އަދަބު ފަދަ ބަސްތައް ބޭނުން ކުރުން ރަނގަޅު ކަމަށް ފެނެ އެވެ. ސަބަބަކީ، ނޭއްގާނީކަމާއި، ހަރުކަށިކަމާއި، އޮޅުވާލުމާއި މަކަރާ ހީލަތަކީ ޔަހޫދީންނާއި ޣައިރުދީނުގެ މީސްތަކުން ދުވަތަ އިސްލާމް ދީނުގެ ދުޝްމަނުންގެ ކަށީގެ މަދުގައި ހަރުލާފައިވާ ސިފަތަކެވެ. އެކަމަކު ވެސް އެވެރިން މިހާރު އެ ހުރިހާކަމެއްގެ އިލްޒާމު އެޅުވޭތޯ މަސައްކަތްކުރަނީ ސަމާޙަތާ ރަޙުމަތުގެ މާތް އިސްލާމްދީނުގައެވެ. އިސްލާމުންގެ ބޮލުގަ އެވެ. ވީމާ، މި ކަންކަމަށް ފަރުވާތެރިވުން މުހިންމު ކަމަށް ދެކެމެވެ.
ޔަހޫދީންގެ މަކަރުވެރި ރޭވުންތަކުގެ ތެރޭން އެއްކަމަކީ ފަހަކަށް އައިސް ދުނިޔެއަށް ތަޢާރުފު ކޮށްގެން އުޅޭ ''ނަންރީތި ޙައްޤުތައް'' އިނގޭ ތޯ އެވެ؟ ނަންރީތި ޙައްޤުތަކޭ އަޅުގަނޑު މި ދަންނަވަނީ އޭގެ ރަނގަޅު މާނައިގެއިން އިމުން ބޭރުވެފައިވާ '' އިންސާނީ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، ކުށްވެރިންގެ ޙައްޤުތަކަށެވެ.''
އެހެންނާފަހެ، ކުޑަކުދިންގެ ކަރާމާތް ސުންނާފަތި ކުރާ މީހުންނަކީ ވެސް ބަލި މީހުންނޯ އެވެ؟ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ވެސް ބަލި މީހުންނޯ އެވެ. އެއްޖިންސުން ގުޅުން ހިންހިންގުމަކީ ނެޗްރަލް ކަމެކޯލަ އެވެ. ވީމާ މީގެ ތެރޭން ބައެއްކަންކަން ހުއްދަކޮށް އަދި ބައެއްކަންތައްތައް ކުރާމީހުންނަށް އިޙްސާންތެރިކަމާއެކު ފަރުވާދޭނެ ފައިވް ސްޓަރ ރިޒޯޓުތައް ހެދުމަކީ އެންމެ ކާމިޔާބު ހައްލޯ އެވެ. ސުބުޙާނަﷲ އެވެ.
މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ސަލާމަތްކަން މިންވަރު ކުރައްވާށި އެވެ!