ފަންވަތް ދިވެހި ސަމާސާ އަދަބު
ބެލި ޢަދަދު: 1788
ސަމާސާ އަދަބު
ބޭބެ މިހިރީ ފައްތަރެއްގެ މަތީގަ އެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 11
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
16 ޑިސެމްބަރ 2011، 05:02 ހުކުރު

އާދަމް ނަޞީރު އިބްރާހީމް (2011)

ދިވެހިންގެ އާއްމު ޚަޞީލަތަކީ، އިޚްލާޞްތެރިވުމެވެ. ދުލުގެ އިތުބާރު ދެމެހެއްޓުމެވެ. ދީނަށް ފަރުވާތެރިވުމެވެ. ވެރީންނަށް ކިޔަމަންގަތުމާއި، ދައުލަތަށާއި، ސަރުކާރަށް ވަފާތެރިވުމެވެ. މި ކަންކަމަކީ، މައް ދިވެހީންގެ ދިރިއުޅުމުގެ އެންމެ ޚާއްޞަ އެއްބަ އެވެ.
 
މީރު ޕޯޓިލޯ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
18 ނޮވެމްބަރ 2011، 10:31 ހުކުރު


ޢަލީ މުނީޒު, މަގުސީދާގެ, ހދ.ނޮޅިވަރަން


މިހާރު ލިބެން މިހުންނަ ފާޑުފާޑުގެ “އެނަރޖީ ޑްރިންކޭ” ކިޔުނު ބާވަތްތަކަށް ގާދޫކޮލުން އެތެރެވުމުގެ ފުރުޞަތެއް އޭރު އަދި  ނުލިބެ އެވެ. ލުއި ބުއިމުގެ ގޮތުގައި ދިވެހިންގެ މެދުގައި ވަކި ހިއްޕާލައިފައި ވަނީ ކޮކާ ކޯލާ އެވެ. އިތުރުން އެ އާއިލާއަށް ނިސްބަތްވާ އޮރެންޖާއި ސްޕްރައިޓެވެ. ދެން ކޮންމެވެސް ވަރަކަށް “ޑޮންޑޮން” އޭ ކިޔުނު ބުއިމެއްވެސް މި ބައިގައި ހިމެނެ އެވެ.
 
ކާމޭ-ކާމޭ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
01 އޮކްޓޫބަރ 2011، 01:03 ހޮނިހިރު

ޢާއިޝަތު ޝަހުލާ، ލ.މާވަށް

ނޯޓް: މިއީ ފުޅިބައްތީގެ ޒަމާނުގައި މާވަށުގައި ހިނގި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.


ކަނބުރުމަނިކުގޭ ބީފާނަކީ ބުރުސޫރައާއި ލޫޅާފަތިކަމުން ރަަށުގެ ހުރިހާ ޒުވާނުންގެ ލޮލުގައި އަޅައިގެންފައިވާ ޖިންސުއްލަޠީފެކެވެ. ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ކަނބުލޭގެ މާވަށަށް އައީ ދާދި މިދާކަށް ދުވަހުއެވެ. އެހެންނަމަވެސް މީނާގެ ބަނިޔާދަންކަމާއި ބަނޑިބަނޑިލާ ވަނާތަކުގެ ސަބަބުން ރަށުގެ ޒުވާންފުރައިގެ ހުރިހާ ފިރިހެން ކުދިން މީނާގެ އާޝިޤުންނަށް ހަދައިފިއެވެ. ފާތުމަގޭ ތައްޚާނަކީ ވެސް މި ކަނބުލޭގެ މަޅީގައި ޖައްސައިފައިވާ ޒުވާނެކެވެ.
           
ސަފަރުމަހުގެ އަނދިރިކަންގަދަ ރޭތަކުގެ ތެރެއިން ރެއެކެވެ. ފާރުގައި ހުރި ރަނގަބީލުޖަހާ ގަޑިޔަކުން އެހެރަ އިޢުލާނުކުރީ ދަންވަރު ދޭއްޖަހައިފިކަމެވެ.
 
ރޯ ޚަރާބު! ރޯ ޚަރާބު! އިންޖީނު މަރައިލައި! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
02 ސެޕްޓެމްބަރ 2011، 15:19 ހުކުރު

އާދަމް ނަޞީރު އިބްރާހީމް (2011)


ދަތުރު ކޮށްފައި ދާ ދޯންޏެއް ކަނޑިންމަޔަކުން ނުވަތަ ނެރަކުން ވަދެގެން ދާ އިރު، އެ ދޯނީގެ ދިރުނބާކޮޅުގައި އާންމުކޮށް މީހަކު ހުންނާނެ އެވެ.  އޭނާގެ ވަޒީފާއަކީ، ރައްކާތެރިކަމާއެކު ދޯންޏަށް ދެވޭނެ މަގު ދައްކައި ދިނުމެވެ. އެހެން އޮޑިއަކާ ދިމާޔަށް، ދާ އިރު އެވެ.   ތިލަ ތަނަކާ ދިމާ ވާ ހިނދު އެވެ.  ނުވަތަ ގަލަކާ ދިޔާމަށް ދޯނީގެ މިސްރާބު ޖެހިފައިވާ ހާލަތުގަ އެވެ. މި ފަދަ ދަނޑިވަޅުތަކުގައި ކޮޅުފަސްކޮޅުގައި ހުންގާނުގައި ހުންނަ މީހާއަށް އެކަން އަންގައި އޮޑި ސަލާމަތް ކުރުމަކީ ދިރުނބާކޮޅު ފެންފިލައިގައި ހުންނަ މީހަކު ކުރަންޖެހޭ ކަމެކެވެ.  މި އެންގުން އެންގުމަށް  ގަލަށް ކިޔުމޭ ކިޔައެވެ. އަދި މި އެންގުން އަންގަން ދިރުނބާކޮޅުގައި ހުންނަ މީހާއަށް ގަލަށް ކިޔާމީހާއޭ ކިޔައި އުޅެ އެވެ. ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށޭ ބުނެ އެ ދެވޭ ނަސޭހަތް ރައްދުވާ މީހަކީ ގަލަށް ކިޔަން އަރާ މީހާ އެވެ.
 
ވަގަށްނެގި ކިރު ސައިތަށި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
16 އޮގަސްޓް 2011، 17:48 އަންގާރަ

ޅޮހީ ޢަބްދުއްރަޙީމް

ދުވަސްވަރަކީ އައްޑު އަތޮޅުގައި އިނގިރޭސި ސިފައިން ތިބި ދުވަސްވަރެވެ. އެމީހުން މަރުކަޒު ގާއިމުކޮށްގެން ތިބީ ގަމުގައެވެ. މިހާރު އެބައިމީހުންގެ އެންމެ ބޮޑު އަސަރުތައް ވެސް ފެންނަން ހުރީ މިތަނުންނެވެ. އިނގިރޭސި ސިފައިން މިގޮތުން އެތަނުގައި ތިބި އިރު އައްޑޫ މީހުންގެ ދީނަކީ އިސްލާމްދީންކަން އެމީހުން ދަނެތިއްބެވެ. އަދި މިގޮތުން އެމީހުންގެ އާދައަކަށްވެފައިވަނީ ނަމާދަށް ހުންނަ މީހަކާއި އެއްވެސް ގޮތަކުން އުނދަގުލެއް ތުރާލެއް ނުކުރުމެވެ.
 
"ޥުޟޫގެއްލޭ ކަންތައް" ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
08 ޖުލައި 2011، 09:14 ހުކުރު
    
ޢަލީ މުނީޒު - މަގުސީދާގެ - ހދ. ނޮޅިވަރަން
       
އުނގަންނައިދިނުމުގެ ފެންވަރު މިހާރު މިހުރި ދަރަޖައަށް ފުޅާވެ ތަރައްޤީވީ ދާދި މިދާކަށް ދުވަހު އެވެ. ބާރަށް ފެތުރިގަތް ސައިލެއްހެން ތަޢުލީމުދިނުން ރާއްޖޭގެ ހަތަރުބިތަށް ފެތުރިގަތީ މިޖީލުގަ އެވެ. އެދުރުގެތަކާއި މަކުތަބުތައް ކަފުންކޮށް ސުކޫލުތަކާއި މަދުރަސާތަކާއި މަރުކަޒުތަކާއި ކޮލެޖުތައް ވުޖޫދަށް އައީ ނިސްބަތުން ދާދި މިދާކަށްދުވަހު އެވެ.
       
އެހެނެއްކަމަކު އުނގަންނައިދިނުމަކީ އިހުވެސް ކޮށް އުޅުނުކަމެކެވެ. ދިވެހީން ލޯބިކުޅަ ކަމެކެވެ.
 
ފަނަރައަށް ވުރެ ދިހައެއް އަގުބޮޑު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
25 އެޕރީލް 2011، 00:20 ހޯމަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަލަށް ހައްޖަށް ދިޔަ މީހެކެވެ. "ކުޑަ" ވިޔަފާރިވެރިޔެކެވެ. މައްކާގައި ތަކެތި އަގުހެޔޮ ވާނެތީ ހިސާބަކަށް އެތަނުން މުދާގަނެގެން ގެނައުގެ ޚިޔާލުވެސް ހައްޖަށް ދިޔައިރު ގެންގުޅުނެވެ.

މައްކާއަށް ދެވިއްޖެ އެވެ. އެއްދުވަހަކު މަސޖިދުލް ޙަރަމުން މެންދުރު ނަމާދުން ފައިބައިގެން ގެޔަށް ދިޔަ މަގުމަތީގައި އެކި ފާޑުގެ އެއްޗެހި ވިއްކަން ފޮތިފޮތިގަނޑުގައި އަތުރައިގެން ބައިވަރު މީހުން ތިއްބެވެ. އޭގެ ތެރެއިން ލަބީބަށް (އަޞްލު ނަމެއް ނޫން) އެންމެ އަޅައިގަތީ ސައިބޯނި ބޮކި އަރުވާ ބަޑިއެކެވެ. މީހުންތައް ގަނެގަނެގެން ގެންދެއެވެ. ފިހާރައަށް ގެންދަން
 
އުފަލުގެ ޚަރަދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
02 އެޕރީލް 2011، 12:04 ހޮނިހިރު

އަޙްމަދު ސަލީމް،  މުނިޔާގެ،  ކ.ގާފަރު

1990 ގެ އަހަރުތަކުގައި އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ އަޙުމަދު މުނީޒް (އަޞްލު ނަމެއް ނޫން) އަޅުގަނޑަށް ކިޔައިދެއްވި ޙަޤީޤީ ޙާދިސާއެއް ތިޔަ ކިޔުންތެރީންނާ ޙިއްޞަކޮށްލާނަމެވެ. އާދެ! އޭނާ ކިޔައިދެއްވި ގޮތަށް އަކުރުން އަކުރަށް އަޅުގަނޑު ޢިބާރާތްކުރެވޭތޯ ބަލާނަމެވެ. އެއީ ކޮން ރަށެއް ކަމެއް އަދި އެއީ ކޮން އަތޮޅެއް ކަމެއް ވެސް އޅުގަނޑު ނުދަންނަވާނަމެވެ.
 
"އާދޭހެވެ! އަޅުގަނޑު ކަންތައްކުރާނީ ވިދާޅުވާގޮތަށެވެ!" ޕްރިންޓް އީމެއިލް
ދިވެހި - ސަމާސާ އަދަބު
30 މާރޗް 2011، 23:45 ބުދަ
ޙަޤީޤީ ހާދިސާ
 
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ޢިޝާނަމާދުން ފަހުގެ ވަގުތެކެވެ. އެންދަމާ ދަލަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަދޮންބެ ކޯޓަށް ހާޒިރުކޮށް ޤާޟީ މައްސަލަ ބައްލަވަމުން ގެންދެވި އެވެ. ކުޑަ ދޮންބެ ޤަބޫލުކުރާގޮތުގައި އެއީ އޭނާޔާމެދު ހުށަހެޅިގެންވާނެ ދަޢުވާއެއް ނޫނެވެ. އެހެންވެ ކުޑަދޮންބެ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ނުރުހިފައި އިނދެގެންނެވެ. މައްސަލައިގެ ވަކި ހިސާބަކުން...
 
ޗައިނާ ދަތުރު: ބޫޓުގެ ސަބަބުން މުޅި ދަތުރަށް ފޯރި އަސަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
24 މާރޗް 2011، 01:18 ބުރާސްފަތި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެތަންމިތާނގައި ތެޅިތެޅިފައި ގެޔަށް އާދެވުނީ ހަވީރު 6 ޖެހިފަހުންނެވެ. އިރުކޮޅަކުން ފޮށިތަންމަތި ބަލައި ދެ "ކުއްޖަކު" އަތުވެއްޖެ އެވެ. ފޮށި ހަވާލުކޮށްފައި ގޭތެރެއަށް ވަދެވުނީ ގޭ ދޮރުން ބޭރުގައި ބޫޓު ބަހައްޓައިފައެވެ. 10:30 އަށް ހުޅުލެޔަށް ދިޔުމަށް ޓަކައި 1 ނަންބަރު ފާލަން ދޮށަށް ދާން ޖެހެ އެވެ.

އަތްމަތީ ބައެއް ތަކެތި އަތްދަބަހަށް ހަމަކޮށްފައި ފެންވަރައި ނަމާދުކޮށް ކައިބޮއި ހަދައިގެން 10:20 ގައި ގެއިން ނުކުމެއްޖައީމެވެ. ސަހަރޯ އެވެ!
 
ސޯދުގެ ކޮނޑުހުޅު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
11 މާރޗް 2011، 00:48 ހުކުރު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ސޯދަކީ އަޅުގަނޑުގެ ދިވެހި މުދައްރިސެވެ. ސޯދު ފިޔަވައި ދިވެހިބަހުގެ އެއްވެސް ހަމައެއް، ލިޔުމުގެ އެއްވެސް އުޞޫލެއް އަޅުގަނޑަށް ކިޔައިދިން އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންވީމާ އަޅުގަނޑުގެ ދިވެހި މުދައްރިސަކީ ހަމައެކަނި ސޯދެވެ. ސޯދޭ މި ދަންނަވަނީ މުލީ ޢަބްދުﷲ ޞާދިޤުގެ ވާހަކައެވެ.
 
އަވަހާރަވުމުގެކުރިން... ތަޢުޒިއްޔާ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
08 މާރޗް 2011، 01:39 އަންގާރަ

އާދަމް ނަޞީރު އިބްރާހީމް (2011)

ހުންއަންނާނެ ކަމަށް ރަޖާ ނުލާށޭ ބުނާ އަޑު އައްސަވަމު ދޮގެއްތޯ އެވެ؟ ކޮންކަމަކާ ގުޅިގެން ކާކު ބުނި ބަހެއްކަން ނޭނގުނަސް، މި ބަހަކީ އަޅުގަނޑަށް ވެސް އާ ބަހެއް ނޫނެވެ. ތިޔަ ބޭފުޅާ އަށް ވެސް ބާ ބަހަކަށް ވީ ފަދައިންނެވެ.
 
"ބްރޯކަން" ދިވެހި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
25 ޖެނުވަރީ 2011، 00:58 އަންގާރަ

ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު ވަރަށް ގިނައެވެ. އޮފީސް އޮފީހުގައި މަސައްކަތް ކުރާ މީހުންގެ އިތުރަށް މިހާރަކަށް އައިސް ގޭގޭގައި މަސައްކަތް ކުރާނޭ ބިދޭސީން ވެސް ވަރަށް ގިނައިން ގެނެއެވެ. ބިދޭސީން ގެނައުމުގެ ސަބަބުން ދިމާވާ މަސައްލަތަކުގެ ތެރޭގައި ބަހުރުވައިގެ މައްސަލަ ހިމެނެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ޢާންމުކޮށް ވާހަކަދައްކައި އުޅެނީ ކޮރު ދިވެހި ބަހަކުންނެވެ. މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ
 
ދަގަނޑުފޮށި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
27 ޑިސެމްބަރ 2010، 07:03 ހޯމަ

އިބްރާހީމް ނަޢީމު

އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ރަށު މަދަރުސާގައި ގުރޭޑު ކިލާސްތައް އުފައްދައި ކިޔަވައިދޭންފެށި ދުވަސްވަރެވެ. އޭރު މަދަރުސާގައި ތިބި ކުދިންގެ އުމުރުގެ ނިސްބަތަށް ބަލައި އެކި ގުރޭޑު ތަކަށް ކުދިން ބަހާލި އެވެ. އޭރުވެސް އިނގިރޭސި ކިޔާ ބަހެއް އޮންނަކަމާއި އެ ބަހުގައި ވެސް "އަލިފުބާ" އޮންނަކަން އެނގެ އެވެ.
 
ފުރަތަމަ ސައިކަލަކަށް އެރި ދުވަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
25 ޑިސެމްބަރ 2010، 13:49 ހޮނިހިރު

އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރެއް ކަމުގައިވާ ރަޖީވް ގާންދީއަކީ އަޅުގަނޑު ވަރަށް ސަޕޯޓްކުރާ ލީޑަރެކެވެ. އެމަނިކުފާނު އަވަހާރަކޮށްލެވުނު ހާދިސާ ހިނގި ދުވަސްވަރު، އަޅުގަނޑު އުޅުނީ އީޕީއެސް ސްކޫލުގެ ދަރިވަރަކަށެވެ. އޭރުގެ އުޞޫލު އޮންނަ ގޮތުން އަވަށްޓެރި ނުވަތަ އިސްލާމީ ޤައުމެއްގެ ވެރިޔަކު އަވާރަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދު ވާނެ އެވެ.
 
ބުއްދިވެރި ޖަވާބެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
20 ޑިސެމްބަރ 2010، 16:16 ހޯމަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

ގަރާޖެއްގައި މަސައްކަތްކުރާ މެކޭނިކަކު އިންޖީނެއް ރޫޅައިގެން އޭގެ ބައިބައި ވަކިކޮށްގެން މަރާމާތު ކުރަނިކޮށް އެތަނަށް ފަޅާ ޑަކްޓަރަކު އަތުވެއްޖެއެވެ. މެކޭނިކަށް ޑަކްޓަރު ފެނިގެން ގޮވައިލިއެވެ.

"ޑަކްޓަރު- ނިކަން މިކޮޅަށް ވަޑައިގެން ބައްލަވާ-!"

ޑަކްޓަރު މަޑު މަޑުން އައިސް އޭނާގެ ގާތަށް ހުއްޓިއްޖެއެވެ.

މެކޭނިކް ބުންޏެވެ.
 
ދަތުރުނާމާއިން ގަނޑެއް: ބޭހަކަށް ކުރި ދަތުރު ވޭނަކަށް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
19 ޑިސެމްބަރ 2010، 00:05 އާދީއްތަ


"މުންޑު މެނޭޖަރ" ވަން ތާކަށް ވަދެ ގެއްލިއްޖެ އެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މީލާދީން ދެހާހުގެ އަހަރުތަކުގެ ތެރެއިން އަހަރެއް ނިމެމުން ދަނިކޮށް ބޭސްފަރުވާ އަކަށް އޮޅުދޫ ކަރައަށް އަޅުގަނޑު ދަތުރެއް ކުރީމެވެ. ހަމަ އެކަންޏެވެ. ބޭސްފަރުވާއަކަށޭ ދެންނެވިޔަސް އަޞްލު މި ދަތުރަކީ ދަކުތަރު އެދިވަޑައިގެންފައިވާނީ ހަމަ އެކަނި [ދައްކައިލުމަށް ޓަކައި] ކުރި ދަތުރެކެވެ. ގެންދިޔައީ ވަރަށް މަދު ފައިސާ ކޮޅެކެވެ.
 
ކޮތަރު އެޔާވޭޒާއި، ގޯނީބާއީ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 16
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
14 ޑިސެމްބަރ 2010، 01:02 އަންގާރަ

އާދަމް ނަޞީރު އިބްރާހީމް

ދިވެހިންގެ ތެރޭން، އެއްޗެއް ކަޅެއްގެ ޒަމާން ފަހަނަޅައިފި އެވެ.  ފަހަނަޅައި ނުދަނީ އެކަމުގެ އާދަ އެވެ. އިރު އިރުކޮޅާ ކަޅަށްޖެއްސުމުގެ އާދަ އެވެ. މި އާދައިގައި، ހުސްވި ކަޅުގެ މަގާމު، މި އަދު ފުރަނީ ޒާތްޒާތުގެ ކޮފީ އެވެ. ލަވާޒާއާއި، ބުރާސޯ.... މާފުކުރައްވާށެވެ! މި ދެންނެވުނީ ރަނގަޅަކަށް ނޫނެވެ. ކަޕަޗީނޯ އެވެ.
 
މީހުން އުފުލުން މަނާ ކުލީ ކާރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
07 ޑިސެމްބަރ 2010، 11:47 އަންގާރަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ((މާޒީ)

މިއަދު ދިވެހިން ގިނަ ޢަދަދަކަށް އުޅެމުންގެންދާ މެލެޔާ ނުވަތަ މެލޭޝިޔާގައި ގިނަ ދުވަސްތަކެއްގައި އުޅުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. އެއީ ޒުވާންކަމުގެ ނޫކަށިފުރާގެ ދުވަސްވަރެވެ. އެހެންކަމުން ބަލައި ހޯދުމާއި ތަޖްރިބާކުރުމުގެ ޝައުޤު އޭރު ހުރީ ވަރަށް ބޮޑަށެވެ.
 
ބައްޕައަށް ގެނައި ބޭސްކޮތަޅު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
04 ޑިސެމްބަރ 2010، 05:44 ހޮނިހިރު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ސުލައިމާނު (އަޞްލު ނަމެއް ނޫން) އުޅުނީ ދަރިފުޅު ގުލައިޒާ އޭޑީކޭ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. ވަކި ބާވަތްތަކެއް ކައިގެން ނުވާނެކަން ޑަކުތަރު އަންގަވައިފައި ވާތީ އާވިން މަޑުކޮށްފައި ހުރި ތަރުކާރީ ކޮޅެއް ކާންދިނުން ރަނގަޅުކަމަށް ދެކިގެންނެވެ.

ގުލައިޒާ އާ އެހީވުމަށް އައިސް އުޅުނު ޢާއިލީ ރަޙުމަތްތެރިއެއްކަމަށްވާ ޤަމަރު، ތަރުކާރީ ކޮޅެއް ރޯފިލުވައިގެން ވަރަށް އަވަހަށް ފޮނުވައިދޭނެ ކަމަށް ބުނެފައި ގެޔަށް ހިނގައްޖެ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ސުލައިމާނުގެ ފޯނަށް ޤަމަރު ގުޅައިފި އެވެ.

"އައްސަލާމް ޢަލައިކުމް! ސުލައިމާން."
 


ސަފްހާ 1 ގެ 6
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1788
extra avandia and congestive heart failure