މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިންޓަރނެޓް |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 15 ސެޕްޓެމްބަރ 2009، 12:52 އަންގާރަ | |||
|
އިބްރާހީމް ނަޢީމު މީގެ އަހަރުތަކެއް ކުރިން އަތޮޅުތެރެއަށް ކުރެވުނު ދަތުރެއްގައި އެއަތޮޅުގެ ރަށެއްގައި ފަނަރަ ވަރަކަށް ދުވަހު މަޑުކޮށްލަން ޖެހިއްޖެއެވެ. ރަސްމީ ދަތުރެއްކަމުން ރަށުގެ ކަތީބާއެކު ކަންކަމުގައި ލައްކަ ގިނަ ވަގުތު ހޭދަ ކުރަންވެސް ޖެހުނެވެ. ދުވަސްވަރަކީ އިންޓަރނެޓް ހަމަ ކިރިޔާ އަތޮޅުތެރޭގެ ރަށްރަށަށް ލިބެން ފެށި ދުވަސްވަރުކަމުން އެކަމަށް އަހުލުވެރި މާގިނަ ބަޔަކު އޮފީހުގައިވެސް އުޅޭކަމަށް ނުވެއެވެ. ކޮންމެއަކަސް މިދެންނެވި ކަތީބުވެސް އިންޓަނެޓްގެ ހުރި ވަރެއް ބަލާލާ ހިތްވެގެން އަޅުގަނޑު ކައިރީ އެހީއަކަށް އެދިއްޖެއެވެ. އަޅުގަނޑު ކޮށްދޭންވި ކަމަކީ އިންޓަނެޓަށް ވަންނަން ދަސްކޮށްދިނުމާއި އޭގެ ބޭނުން ހިފޭނެ ދިމަދިމާ ކިޔައިދިނުމެވެ. އަޅުގަނޑު، ކަތީބަށް ކޮންމެވެސް ވަރަކަށް އެދިލެއްވި ބައިތައް ކިޔައިދީފީމެވެ. އޮފީހުގެ ދެންތިއްބެވި އެހެން ބޭކަލުންނަށް މި ކަންތަކަށް އަހުލުވެރި ކޮށްދިނުމުގައި އަޅުގަނޑުގެ އެހީތެރިކަމެއް ބޭނުންވެދާނެހެން ހީވެގެން އެވާހަކަ ކަތީބަށް ނަންގަނެލުމުން ބުނުއްވީ، ކަތީބަށް ދަސްކޮށްދިނުމުން ކަތީބު ދެންތިބި އެހެން މުވައްޒަފުންނަށް އެކަން އުނގަންނައި ދެއްވާނެކަމަށެވެ. އަޅުގަނޑު ފުރައިގެން މާލެ އައިތާ ދެވަނައަށް ވީދުވަހު ކަތީބު ގުޅުއްވައިފިއެވެ. އަދި ވަރަށް ހާސްވެފައި މިހާރު އިންޓަރނެޓުން ކުރިން ވަދެވުނު ސައިޓްތަކަށް ނުވަދެވޭ ވާހަކަ ބުނުއްވައިފިއެވެ. އަދި މިކަމެއް ލައިގަތީ ކުޑަކަތީބު އެޔާ ކުޅުނުފަހުން ކަމަށް ވެސް ބުނުއްވިއެވެ. ކުޑަކަތީބު ޗުއްޓީގައި ހުންނެވުމުން ހެދި ނުހެދި ގޮތެއް އޮޅުން ފިލުވެން ނެތްވާހަކަ ވެސް ބުނުއްވިއެވެ. ކަތީބަށް މިހާރު މިވަދެވެނީ 'ޕޭޖް ކެނޮޓް ބީ ޑިސްޕްލޭޑް' މިހެން ކިޔާ ސައިޓަކަށް ކަމަށް އޮފީހު ދެންތިބި މުވައްޒަފުން ބުނާކަމަށް ކަތީބު ބުނުއްވިއެވެ. ހަގީގަތުގައި މި ވީގޮތަކީ އޮފީހުގައި އުޅޭ ޒުވާންފުރައިގެ ކުއްޖަކު ކަތީބު ކަންތައްކުރައްވާގޮތާ ހިތްހަމަ ނުޖެހިގެން ކޭބަލް އުފުރާލީއެވެ. ދެން ވަދެވޭނީ އެބުނާ ސައިޓަކަށް ތާއެވެ.
|
| ހަމަ މި ގަލަމުން |
|---|