ފަންވަތް ދިވެހި ސަމާސާ އަދަބު އަވަސް ޚިދުމަތް
ބެލި ޢަދަދު: 1472
އަވަސް ޚިދުމަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
21 މާރޗް 2010، 00:00 އާދީއްތަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

އިބްރާހީމް މަނިކަކީ (އަޞްލު ނަމެއް ނޫން) ވަރަށް މަޝްހޫރު ހެއްވާބައި ކުޅޭ މީހެކެވެ. ޙާޟިރު ޖަވާބު ނުވަތަ ކުއްލި ޖަވާބު ދިނުމުގައި ވަރަށް ނަން ހިނގާފައިވާ މީހެކެވެ. ޓެލެޑްރާމާ އާއި، ރޭޑިއޯ ޑްރާމާ އިން ރާއްޖެ އަށް ވަރަށް ބޮޑަށް މަޝްހޫރު ވެފައިވާ ކުޅަދާނަ ފަންނާނެކެވެ. އެހެން ނަމަވެސް މިހާރު އޭނާ ވަނީ އެ ދާއިރާ ދޫކޮށްލާފަ އެވެ.
    
އެއް ދުވަސްވަރެއްގައި އޭނާ މާލޭގެ މަޝްހޫރު ހޮޓަލެއްގެ ކޮށިގަނޑުގައި ސޭޓަކަށް އިނީތީ ފެނުނެވެ. އެ ދުވަސްވަރު އެ ހޮޓަލަކީވެސް ވަރަށް މަޝްހޫރު ހޮޓަލެކެވެ. ގިނަ ބަޔަކު ދާ ތަނެކެވެ. ހޮޓަލުގެ މަތީ ބުރި އަކީ މުނިފޫހި ފިިލުވުމުގެ ޙަރަކާތްތަކެއް ހިނގާ ތަނަކަށް ވާތީ އެހެން ހޮޓާ ތަކަށް ވަންނަ މީހުންނަށް ވުރެ އެ ހޮޓަލަށް ވަންނަ މީހުންގެ ޢަދަދު ގިނަ އެވެ.
    
އަޅުގަނޑުވެސް ރައްޓެހި ދެ ތިން ކުއްޖަކާ އެކީ އެ ހޮޓަލަށް ސައި ބޯން ހިނގައްޖައީމެވެ. ހޮޓަލަށް ވަދެ، މޭޒު ދޮށުގައި އިށީނދެ ތިބޭތާ ފަނަރަ ވަރަކަށް މިނިޓް ވީ އިރުވެސް މީހަކު ޚަބަރު ވެސް ބަލައެއް ނުލިއެވެ. ވޭޓަރުން ކޮޅު ކޮޅު މައްޗަށް ހިނގައެވެ. ވެއިޓަރަކަށް ގޮވައިލީމާ އަތުގެ އިޝާރާތުން މި އަންނަނީއޭ ބުނެފައި ދިޔަ ގޮތަކަށް އޭނާގެ ވެސް ޚަބަރެއް ނުވިއެވެ.
    
އެހެން ތިބޭތާ ކުޑަ އިރުކޮޅެއް ފަހުން އިބްރާހީމް މަނިކު ކޮށިގަނޑުގައި އިނދެފައި ތެދުވެގެން އަޅުގަނޑުމެން ތިބި މޭޒުގެ ކައިރިން ލާފައި ދާތީ ފެނިއްޖެ އެވެ.
    
"އިބްރާހީމް މަނިކާ-" އަޅުގަނޑު ގޮވައިލީމެވެ.
    
އޭނާ ވަރަށް ބާރަށް އައިސް އަޅުގަނޑުގެ ކައިރިއަށް ހުއްޓިއްޖެ އެވެ.
    
"މިހާރު މި ތާނގައި ހިން ދިރުވާލަ ދިރުވާލާ ތިބޭތާ އެއް ގަޑި އިރު ވެއްޖެ- އަދި މީހަކު ޚަބަރުވެސް އަހައެއް ނުލާ-" އަޅުގަނޑު ބުނެލީމެވެ.
    
ކަމަކަށް ލަސް ވެއްޖެ ނަމަ ލަސްވީ ވަގުތު ބުނާ އިރު އެއް ގަޑި އިރު ނުވަތަ ދެ ގަޑި އިރޭ ބުނުމަކީ އަޅުގަނޑުމެންގެ އާދަ އެކެވެ. ކަމަކަށް ލަސް ވެގެން އުޅޭ އިރު ފަސް މިނިޓް ވެސް އޮންނާނީ އެއް ގަޑި އިރަށް ވެފަ އެވެ.
    
"އެހެންތަ-؟ " އޭނާގެ މޫނު މައްޗަކުން ދެރަ ވުމުގެ ނުވަތަ ކަންބޮޑު ވުމުގެ އެއްވެސް އަސަރެއް ނުފެނެ އެވެ.
    
"ތަންކޮޅެއް އަވަސް ކޮށެއް ނުދެވޭނެތަ-?" އަޅުގަނޑު އަހައިލީމެވެ.
    
"ނޫނޭ- އަވަސް ނުކުރެވެންވީ ކީއްވެގެން-؟ އަވަސް ކުރުމުގެ ކަންތައް ހަމަ މިހާރު މި ހަމަ ޖައްސަނީ-"
    
މިހެން ބުނެފައި އިބްރާހީމް މަނިކު ހިނގައްޖެ އެވެ. ދިޔަ ބާރު މިނުގައި އެނބުރި އައިސް އަޅުގަނޑުގެ އަތަށް ކުޑަ ކުޑަ ކަރުދާސްކޮޅެއް ދީފިއެވެ. އެ ކަރުދާސްކޮޅުގައި -/20 ރުފިޔާ މިހެން ޖަހާފައި އޮތެވެ.
    
"މިޔޯ-؟" އަޅުގަނޑު ޙައިރާން ވެފައި އިބްރާހީމް މަނިކާ ދިމާ އަށް ބަލައިލީމެވެ.
    
އޭނާ ބުންޏެވެ. "ތިޔައީ ބިލު- އަހަރެން ކުރާ ކަމަކީ ބިލު ހެދުން- އަހަރެންގެ ކަންތައް ތިޔަ އޮތީ އަވަސް ކޮށްދީފައި-"

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1472
extra avandia and congestive heart failure