ފަންވަތް ދިވެހި ސަމާސާ އަދަބު މަންމަގެ ސިޓީ
ބެލި ޢަދަދު: 2625
މަންމަގެ ސިޓީ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
04 މެއި 2010، 02:41 އަންގާރަ

 ޢަބްދުﷲ ނަޢީމު އިބްރާހީމް
  
ދެމަފިރިއެއްގެ ގުޅުން ހިތް ހަމަ ޖެހޭ ފަދަ ގޮތަކަށް ދެމި އޮންނަނީ އެކަކު އަނެކަކަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އަޅުގަނޑުގެ އަންހެނުންވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. އަޅުގަނޑުވެސް އަންހެނުންނަށް ހަމަ އެހައި ބޮޑަށް އިތުބާރު ކުރަމެވެ.
    
އެކަކު އަނެކަކަށް ކުރާ ސުވާލު ތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި އެހައި ބޮޑު މައްސަލައެއް ނޫނެވެ. އެއީ އިތުބާރު ނުކުރާ ކަމުގެ ޢަލާމާތެއްވެސް ނޫނެވެ.
    
އޮފީހުގައި ތަންކޮޅެއް ގިނަ އިރު އުޅެފައި ގެއަށް އައީމާ އަންހެނުން އަހާނެ އެވެ. "ތިޔަހައި ލަސް ވަނީ އޮފީހުގެ މަސައްކަތް ހަމަ އެހައި ބުރައީ ހެއްޔެވެ?؟" އަޅުގަނޑަކަށް ދޭނޭ ޖަވާބެއް ނޭނގެއެވެ. މަސައްކަތެއް ނެތިއްޔާ އޮފީހުގައި އުޅެނީ ކީއްކުރަން ހެއްޔޭ އަހާފާނަމޭ ހިތަށް އަރައެވެ. އެކަމަކު އެހެން ނާހަނީ އެ ކުރާ ސުވާލަކީ އަންހެނުން ކުރުން އެންމެ ރަނގަޅު ސުވާލެއް ކަމަށް ދެކޭތީއެވެ.
    
އަޅުގަނޑުވެސް އެ ކަހަލަ ސުވާލު ކުރަމެވެ. އޮފީހުގައި ދެ ގަޑި ބައިގެ ފަހުން ކުރަނީ ކޮން މަސައްކަތެއް ހެއްޔޭ، ނުވަތަ ބާޒާރަށް ގޮސްފައި އެހައި ލަހުން އަންނަނީ ކީއްވެގެން ހެއްޔޭ، މި ކަހަލަ މާނައެއް ނެތް ސުވާލު ކުރަމެވެ.
    
އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކަށް އިތުބާރު ކޮށްގެން އުޅުނު ކަމުގައި ވިޔަސް އެއީ ތެދެއް ކަމަށް ޤަބޫލު ނުކުރާ މީހަކު އުޅެއެވެ. އެއީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ބުނާ ގޮތުގައި އިތުބާރަކީ އިތުބާރު ކުރަމޭ ދުލުން ބުނެލުން އެކަންޏެއް ނޫނެވެ. ޢަމަލުންވެސް އެކަން ފެންނާން ޖެހޭނެ އެވެ. އެކަމަކު އިތުބާރު ނުކުރެއޭ ހީވާ ކަހަލަ ކަމެއް ކުރެވުނު ހަނދާނެއް ނެތެވެ. އަންހެނުންވެސް އެ ކަހަލަ ކަމެއް ކުރި ކަމެއް އެނގިފައެއް ނެތެވެ.
    
ކޮންމެއަކަސް މަންމަގެ ހާސަރު ގިނަ ވެގެން އަންހެނުންގެ ޝަކުވާ އިތުރު ވާން ފެށީމާ އަޅުގަނޑު މަންމަ ރަށަށް ފޮނުވައިލައިފީމެވެ.
    
މަންމަ ރަށަށް ދިޔަތާ މަހެއްހައި ދުވަސް ފަހުން އަޅުގަނޑު އެއް ދުވަހަކު އޮފީހުން ގެއަށް އައި އިރު އަންހެނުން އިނީ ރުޅި އައިސް ފުފިފަ އެވެ. ވީ ކިހިނެއްތޯ އަހައިލީމާ ބުންޏެވެ. "ކަލޭގެ މަންމަ މިއަދު އަނެއްކާ އަހަރެންގެ އަބުރު ނަގައިލައިފިއެވެ."
    
އަޅުގަނޑު ޙައިރާން ވެފައި ބުނެލީމެވެ. "ބަލަ މަންމަ ރަށަށް ދިޔަތާ ކިތަންމެ ދުވަހެއް ނޫން ހެއްޔެވެ?؟ ކަލޭގެ އަބުރަށް މަންމަ އަރައިގަންނާނީ މި ރަށުގައި ހުރެގެން ނޫން ހެއްޔެވެ?؟"
    
"މިއީ ކަލޭގެ މަންމަ ކަލެއަށް ފޮނުވި ސިޓީއެކެވެ. މުހިއްމު ވާހަކައެއް އޮވެދާނެއޭ ހިތައި އަހަރެން ކަނޑާލީއެވެ." އަންހެނުން އަޅުގަނޑާ ދިމާއަށް ދިއްކޮށްލީ މަންމަ ފޮނުވާފައި އޮތް ސިޓީ އެކެވެ. ސިޓީ އެޑްރެސް ކޮށްފައި އޮތީ އަޅުގަނޑަށެވެ. އެ ސިޓީގައި އަންހެނުންގެ ވާހަކައެއް ނެތެވެ. މުޅިންވެސް ހުރީ ޙާލު އަޙްވާލުގެ ވާހަކައެވެ. އެކަމަކު ސިޓީ ނިންމާލާފައި ތިރީގައި ނޯޓެއް ލިޔެފައި އޮތެވެ. އެ ނޯޓުގައި އޮތީ މިހެންނެވެ.
    
"ނޯޓް: ވަޙީދާ އަށް
    
ކަލޭ ކިޔައި ނިމުނީމާ މި ސިޓީ އަހަރެންގެ ދަރިފުޅަށް ދައްކާލާށެވެ."

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ އިބްރާހިމް ނަޢީމް, 2010-05-04 02:04:28
ދަރިފުޅަށްވުރެ ކުރިން އެސިޓީ ކިޔާނީ ދަރިފުޅުގެ އަންހެނުންކަން މަންމައަށް ވިސްނިއްޖެއެވެ.
...
ލިޔުނީ abdulla mumthaz, 2010-10-04 09:10:35
kukulah vure bis doshiy nu ve vay ne heeeeeeeeheee
...
ލިޔުނީ ޗޫބެ, 2011-04-27 07:55:33
މަންމަމެން މުސްކުޅިވީމާ ބައެއްޒުވާނުން މަންމަމެން ދައްކާ ވާހަކަތައް ޤަބޫލެއް ނުކުރާކަން މި ލިޔުމުން ދޭހަވެއެވެ. ނަމަވެސް މި ލިޔުމުގެ ފަހުބައިން ދަރިންނަށް އެ މީހުން ދައްކާ ވާހަކައިގެ ހަޤީގަތް ކޮންމެވެސް އިރަކުން ހާމަވާކަން އަންގާފައިވެއެވެ. މީ ހަމަ ހަޤީގަތުގައިވެސް ކަން ހިނގާގޮތެވެ. ދޮން އަންހެނަކާ އިދެވިއްޖެނަމަ ބައެއްފަހަރު މިކަހަލަ އަނބިމީހާގެ ގަޤީގަތްތައް ފަޅާއަރާނީ އާއިލާގެ އެންމެންނާ މޫނު ކެނޑޭފަހުންނެވެ. ލިޔުންކޮޅު ވަރަށް ކަމުދޭ!!ވަރަށް ސަޅި.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2625
extra avandia and congestive heart failure