ފަންވަތް ދިވެހި ސަމާސާ އަދަބު އިންސާނާ ދިރި ދުނިޔޭގައި އުޅޭއިރު، އެކި އެކި ޢުމުރުގައި އުޅެންވާ ގޮތް
ބެލި ޢަދަދު: 721
އިންސާނާ ދިރި ދުނިޔޭގައި އުޅޭއިރު، އެކި އެކި ޢުމުރުގައި އުޅެންވާ ގޮތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
14 މެއި 2010، 16:10 ހުކުރު



ފަޟީލަތުއްޝަައިޚުލްމަރުޙޫމު ޙުސައިންޞަލާޙުއްދީން

އަހުރެންގެ އެދުރު އައްޑޫ މީދޫ އައިސާބީގެ ދަރި، އައްޝައިޚުލްޙާފިޡް އިބްރާހީމް ތަކުރުފާނު ދޮންބެއްޔާ ވާހަކަ ކިޔައިދެއްވަޔޭ ތިމަންނާމެން ކުޑާވަރު އިރު، މާލޭ ފަނޑިޔާރުގޭގައި އުޅޭއިރު އެތާގެ ބަނޑޭރިކަމުގައި ހުންނަނީ ކަޅު އިބްރާހީމް ކަލޭގެފާނެވެ ކިޔޭ މީހެކެވެ. މި ކަލޭގެފާނަކީ ވަރަށް ވެސް ލޮނުހެޔޮވަރު ބުއްދިވެރި މީހަކު ކަމުގައި ނޫނީ އަހުރެން ނުދެކެވެ. މި ކަލޭގެފާނު އަހުރެމެންނާ ދިމާޔަށް ބުނެޔޭ ކުދީންނޭވޭ ދުނިޔޭގައި އުޅޭނޭ ގޮތް ދަސްކުރާން މަ ގާތަށް އަންނާށޭ.

ދެން ފަނޑިޔާރުގޭތެރޭގައި އުޅޭ މީހުން އެއްކޮށްގެން އިނދެ ބުނެޔޭ އަހާށޭ  ކޮންމެ މީހަކު ވެސް މައިބަނޑުން ބޭރުވާއިރު އެމީހާގެ ރިޒުޤު ހުންނަނީ އެއްވެސް އުނދަގުލަކާ ނުލައި ލިބިފަޔޭ. މައިމީހާ އެ ރިޒުޤު އެ ކުއްޖާޔަށް ދެނީ ހިތް އުފާކަމާ އެކުގަޔޭ. ދެ އަހަރެއް ވީމާ ދަތްތައް ފަޅައިދެޔޭ ދެންވަނީ ހަފައިގެން ކާށޭ. ހަތް އަހަރުވީމާ ތަންދޮރު އެނގިދެޔޭ ދެންވަނީ ތަންދޮރު ބަލައިގެން އުޅޭށޭ. މައިންބަފައިން ތިބީވިއްޔާ ދެން ކޮންމެ ވެސް އެއްޗެއް ދަސްކޮށްދީ ޝަހާދަތެއް ކިޔައިދީ މި ސިފަޔަކަށް އުޅޭން ފަށައިފާނެތެވެ. މި ހަތް އަހަރާ ފަނަރަ އަހަރާ ދެމެދު ލިބުނު ތަޢުލީމެއްގެ މައްޗަށް ނޫނީ އެ މީހާޔަކަށް އެއްޗެހިތަކެއް ދަސްވާކަމަކަށް ނުވާނެޔޭ. މިހެންވެގެންނޭ މައިންބަފައިންގެ ޙައްޤު އެކުން ބޮޑުވީ. މިހައިތަނަށް އުޅެނީ މުޅީން ވެސް މައިންބަފައިންގެ ހެވަތުގައި އެ މީހުން ދެއްކި ގޮތެއްގަޔޭ. ދެން ފަނަރަ އަހަރާ ވިހި އަހަރާ ދެމެދުގައި އުޅޭންޖެހޭނީ މައިންބަފައިންނަށް މަސައްކަތް ކޮށްދީ އެވެ. ރަނގަޅު މައިންބަފައިންނެއް ވިއްޔާ ހައްތާ ވެސް ކުދީންނަށް ދައްކާނީ އެ ކުދީންނަށް މަންފާ ހުރެފައި ތިމާމެންނަށް ފައިދާ ހުންނަ ކަހަލަ މަސައްކަތޭ ވިހި އަހަރު ވީމާ މިރާއްޖޭގައި މީހުން އުޅޭ ގޮތަށް ވިއްޔާ އެހެންކަމެއް ޖެހިދެޔޭ. އެއީ މާ ބޮޑުކަމެކޭ. އެއްބައި މީހުން އެ ކަމަށް ކިޔާނީ އިބިލީހުގެ ވަސްވާހޭ ކަމަށް ވެސް ހީވެޔޭ. އެ ކަމަކީ މީހުންނާ ހިތާވުމޭ އެވީ ދެން މީހުންނާ ހިތާވެ ހިތާވާނޭ މީހުން ހޯދައި މީހުނާ އިނދެ އުޅޭށެވެ. ފަންސަވީސް އަހަރު ވާއިރަށް އިނދެގެން ދުނިޔޭގައި އުޅޭނޭ ރަނގަޅު މީހަކު ވާނީ ހޯދާށެވެ. އެހާތަނަށް ދާއިރަށް މާބޮޑުކަމެއް ޖެހިދެޔޭ އެކަމަކީ ކުދީން ލިބޭން ފެށުމޭ. ދެން އެވީ ބަލަހައްޓާނޭ ގޮެތެއް ހޯދައި އުޅޭށެވެ. މިހެން ގޮސް އުމުރުން ސާޅީސް އަހަރު ވާއިރު ހުންނާނީ އެމީހަކަށް ލިބޭނޭ ދުނިޔެ އުޅުމަކާ ނަސީބަކާ ލިބި އަވަދިވެފަޔޭ. ދެން އޭގެ މައްޗަށް ކުރި އަރަމުން ފުރިހަމަވަމުން ދިޔަޔަކަސް، އެއީ ކުރީގައި މި ބުނި ދުވަސްވަރުގައި ހޯދުނު ހޯދުމެއްގެ ނަތީޖާ އެވެ. ދެން އެވީ މަރުވުމަށްފަހު، އަލި އަލުން ދިރިގެން އުޅޭންވާ ތަނެއް އަންނާތީވެ، އެތަނަކާއި މެދުގައި ފިކުރުކޮށްގެން އުޅޭށްފަށާށެވެ. މިހައިތަނުން ތިމާޔަށް ލިބިހުރި މޮޅުކަމެއްގެފައިދާ  އެހެން މީހުންނަށް ފޯރުވައި މީހުންގެ ތެރޭގައި ކަމުދާ މީހަކު ކަމުގައި އުޅެ ގޯސްގޮތްތައް ދޫކޮށްގެން ނޫނީ މަރުވުމަށްފަހު އުޅޭންވާ ދުނިޔެއެއްގައި މޮޅެއް ލިބޭނޭ ހަމަ އެއްގޮތެއް ވެސް ނެތޭ. ތިމާ ހެއްދެވި ކަލާނގެ ކިބަޔަށް ކުރާންވީ އަޅުކަންތަކަކީ މި ބުނީ އެވެ. ދެން ފަސްދޮޅަސް އަހަރުވީމާ އެވީ ޝަހާދަތް ކިޔައިގެން ޤިބުލަޔަށް އޮށޯންނާށެވެ. ތިބީން އެ މީހާ ވަޅުލާނީ ފުރާނަ ދިޔަ އިރަކުންތާ އެވެ. މި ބުނި ގޮތާ ޚިލާފަށް އެއް ޢުމުރެއްގައި ކުރާންވީ ކަމެއް އަނެއް ޢުމުރެއްގައި ކޮށް އެގޮތް މިގޮތަށް އުޅެގެންފި މީހަކީ، މަޖުނޫނަކު ކަމުގައި ނޫނީ އަހުރެން ނުދެކެވެ. މި ބުނި ގޮތުގެ މިސާލީ ވިހިފަންސަވީ އަހަރު ވެފައިހުރި މީހަކު އަމާ ވައްޓާލައިގެން  ކިރުބޯން އުޅެގެންފީވިއްޔާ އެ މީހާޔަށް މީހުން ފަހެ ކިޔާނީ ކީކޭހޭ. އެ އަމާ ރުހުމުގައި ކިރުދީފިއްޔާ ހަމަގައިމު ފަނޑިޔާރުގެޔަށް  ގެނެސްގެން ނުތަޅަޔެއް ވެސް ނުތިބޭނެތޭ.  ކުދީނޭވޭ ކަންހުރިމަގަކީ މިހިރީޔޭ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ maanaa, 2010-05-14 11:50:38
mi e kureege liumakah viyas hama dhivehinge zamanussure onna dhiri ulhumuge aadhakaadha mi liumun varah rangalhah dhakuvaidhey. gina bayaku adhuthoa maadhanthoa veema noony kalaku vaakan ves handhaan nuhurey.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 60 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416722
free counters
ބެލި ޢަދަދު: 721