ފަންވަތް ދިވެހި ސަމާސާ އަދަބު މުލަކު ދޮންއަލިމަނިކާގެ ދޮންމަނިކާ
ބެލި ޢަދަދު: 1725
މުލަކު ދޮންއަލިމަނިކާގެ ދޮންމަނިކާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
26 ޖޫން 2010، 21:57 ހޮނިހިރު

ފަޟީލަތުއްޝަައިޚުލްމަރުޙޫމު ޙުސައިންޞަލާޙުއްދީން (1363ހ.)

މީނާއަކީ، ފުވައްމުލަކުގައި ހުރި ވަރަށް ބޮޑު ބޭސްވެރިއެކެވެ. ހިރިހަމާދި ކަލޭގެފާނު މިއީ ދައުލަތުގެ ފަރާތުން އޭނާއަށް ލައްވާފައިވާ ކޮލިނަމެކެވެ. މީނާއަކީ ވަރަށް ފިކުރު އަވަސް ބުއްދި ރަނގަޅު ނާދިރު މީހެކެވެ. މީނާޔާއި އަދި މީނާގެ ދަރީންތައް ވެސް އަހަރެމެން ދުށީމު އެވެ. މިއިން ކޮންމެ މީހަކީ ވެސް ރާއްޖޭން ރަނގަޅު މުދައުވެރި މީހުންކަމުގައި ހިމެނެ އެވެ.

މި ހިރިހަމާދި ކަލޭގެފާނު އެއްފަހަރަކު މާލޭގައި ހުންނަވައިފައި ރަށަށް ދުރުވާން އައްޑޫ އައްޑޫ ހިތަދޫ ގަނޑުވަރު މޫސާދީދީގެ (ފަންތުބާއޭ ކިޔޭ) އޮޑިޔަކަށް އަރުއްވައިފި އެވެ. ދަތުރު ކުރަމުން ގޮަސް ކޮޅުމަޑުލު ޅޮހީގައި އޮޑި ޖައްސައިފައި ދޯލި ކުޅައުމަށާއި، އަދި އެހެން ވެސް ކަންތައް ކުޅައުމަށް، ރަށަށް ފޭބި މީހުންގެ ތެރޭގައި މި ކަލޭގެފާނު ފައިބަންނަވައިފި އެވެ.  ފައިބަންނަވައިފައި އެ ފޭބި މީހުންގެ ގާތުގައި ބުނުއްވައިފިޔޭ. މި ރަށްކާމީހުން ތިބޭ ރަށް ތިޔޮތީ ދާދި ކައިރީގަ އެވެ. މި ރަށަށް އޮޑިޔެއް ލަފާއްޖެއްޔާ އެ މީހުން ޚަބަރު ބަލާން ނައިހެއްވެސް ނުތިބޭނެތެވެ. ތިޔަ ކުދީން ރަށުގެ އެއްޗެއްގައި ކޮންމެ ވެސް ނުޖެހޭށެވެ. ރުނބަޔަށް ފެންއަޅައި ހަދާށެވެ. ދަރުކޮޅު އެއްޗެހި ހޯދާނީ ވެސް ހޭޅީން، އަތިރީން، ގޮނޑުދޮށުންނެވެ. މިހެން ބުނުއްވާފައި އެ ކަލޭގެފާނު އެއްކިބާތަކަށް ދުރުވެ ކުރައްވާންވީ ކަމެއް ކުރައްވައިގެން މި ތަނަށް އައިސް ނުކުންނެވި އިރު، ރަށްކާމީހުންގެ ދޯނި ވެސް ފަލިޖަހާފައި އެބަ އައުދެ އެވެ. ދާދި ކައިރި ވެސް ކޮށްފި އެވެ. ރަށަށް ފޭބި މީހުން ހުރީ ގަބުޅި، ކުރުނބާ އަޅައި، ކާށި ވެސް ނެރެފަ އެވެ. މި ތަން ދެކެލައްވައިފައި މި ކަލޭގެފާނު ބުނުއްވިޔޭ. ތިޔޮއް އަންނަނީ މި ރަށު ރަށްވެރިންގެ ދޯންޏެވެ. ކަލޭމެން ކަންތައް ކޮށްފައި ހުރި ގޮތަކީ މި ހިރީ އެވެ.  ދެން އެތައް ދުވަހަކު މި ތާގާ ހައްޔަރުވެ އަތޮޅުވެރިން ގާތަށް ގެންގޮސް، ނާއިބު މީހާ ޝަރީއަތް ކޮށް މި ކަހަލަ ކަންތައްތައް ޖެހޭނެ އެވެ. އަހަރެމެން ކަހަލަ މުސްކުޅީންގެ ބަސް ނާހަނީ ވިއްޔާ ވާނީ ތިޔަހެންނެވެ. މި ބައިމީހުން ކިޔައިފޫ އޭ. ދެން ކުރާނީ ކިޔެއްތޯ އެވެ؟ އަވަހަށް އޮޑިޔަށް ހިންގަވާށެވެ!

ހިރިހަމާދިކަލޭގެފާނު: އޮޑިޔަށް ދިޔާމާ މިކަން ފޮރުވޭން އެބަ އޮތްހޭ؟ އެ މީހުން މި ރަށް ބަލައިފައި، އޮޑިޔަށް އަރައި ނުބަލައިދާނެހޭ؟ އެހެން ނޫނަސް މަށަކީ ދައުލަތުގެ ފަރާތުން ކޮއްޔެއްލައްވައިފައިހުރި ބޭކަލެކެވެ. މި ކަހަލަ ކަމެއްގައި ބެދިގެން ތިޔަބައިމީހުންގެ ތެރޭގައި ވެގެން މަ އޮޑިޔަށް ގެންދާނީ ކާކުހޭ؟ މަގޭ ޤަދަރު ދަންނާންވާނީ މަށޭ. މި ކަހަލަ ޒުވާބު ކުރައްވައި އެހެން މީހުން ދެރަވެ ކުރާނޭ ކަމެއް ނޭނގި އަނގަ ހުޅުވި ދެ ލޯ ބޮޑުވެފައި ތިއްބައި އެ ދޯނި އައިސް، ގޮނޑު ދޮށުގައި ތިބި މީހުން ކުރާ ނުކުރާކަމެއް އެނގޭ ހިސާބަށް ލެފުމުން ބުނުއްވައިފިޔޭ. ދެން ވެސް މަބުނި ކަމެއް ކުރާނީ ވިއްޔާ ތިޔަ ތަނުން އެކަކު މިތާ ގޮނޑު ދޮށުގައި ޤިބުލަޔަށް ކުރިމަތި ލައިގެން އޮށޯންނާށޭ. ބޮލުގައި ތިޔަ އޮތް ފޮށައި ގައިމަތިން އަލައި ނިވާ ކޮށްލާށެވެ. ބޮއްކުރާގައި ތިޔަހަރަ ދެ ފާ އިން ދެ މީހުން ލޮނު އަރުވަން ފަށާށޭ. އަނެއް ދެމީހުން އެމީހާގެ ދެ ފަރާތުގައި އަރިނަގާން އިށީންނާށޭ. މި ކަންތަކަށް ފަށައިގަތްތަނާ ބޭރުން އައި ދޯނީގެ މީހުން މި ތަން ދެކެފައި ކުޑައިކޮށް މަޑު ކޮށްލައިގެން ތިބެފައި އިހުއައިވަރަށް ވުރެން ބާރަށް ފަލިޖަހާފާ އެމީހުންގެ ރަށާދިމާޔަށް އަނބުރާލައިފައި ހިނގައްޖައޫ އެވެ. ދެން ރަށު ގޮނޑުދޮށުގައި ރޯފަނެއް ޖަހާފައި ހިރިހަމާދި ކަލޭފާނު އެ މީހުން ގޮވައިގެން އޮޑިޔަށް ދުރުވެއްޖެޔޭ. ބުނުއްވިޔޭ. ދިރިހުރި މީހަކު ހިނަވައިގެން ވެސް، މި ކަހަލަ ކަމަކުން ސަލާމަތްވީކަން ރަނގަޅުތާޔޭ. ހިރިހަމާދި ކަލޭފާނުން އޮޑިޔަށް ދުރުވީ އެ މީހުން އެ މީހާ ހިނަވާން ތިބި ތަނާ ދިމާއިން ތަންކޮޅެއް އެއްގަމުގައި މަހާނައެއް ހަދައި، ދެ ކޮޅުގައި ރޯ ދެގަނޑު އޮއްޓާއި ދެ ގަނޑުގައު ޖައްސަވައިފަ އެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އަފްޒޫން, 2010-06-27 12:23:26
ފުވައްމުލަކު ދަރިއަކަށް ވިޔަސް މި ވާހަކއަކީ މިހާތަނަށް އަދި އަޑު އިވިފައި ނެތް ވާހަކައެއް. ވަރަށް ރަނގަޅު މަޢުލޫމާތު ކޮޅެއް. މި ލިޔުންވި ބޭފުޅާއަށް ޝުކުރިއްޔާ! މިފަދަ އިތުރު ލިޔުންތަކަށް އިންތިޒާރު ކުރަން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1725
extra avandia and congestive heart failure