ފަންވަތް ދިވެހި ސަމާސާ އަދަބު އަހަނ... އެނެގީ މަގޭ ދަތް...
ބެލި ޢަދަދު: 2008
އަހަނ... އެނެގީ މަގޭ ދަތް... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
10 ޖުލައި 2010، 12:58 ހޮނިހިރު

ޢަބްދުﷲ އިބްރާހީމް. ނ.މިލަދޫ

ދަތް ޖެހުމާއި ދަތް އުފުރުމަކީ ފަހަކަށް އަޅުގަނޑުމެންގެ ތެރޭގައި އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. ގިނަ ފަހަރަށް އުމުރުގެ ވަކި ހިސާބަކުން އަނގައިގާ ހުރި ދަތް ކޮޅު ފައިބާ ހުސްވާން ވުމުން މަސްނޫއީ ދަތްޕިލައެއް އަޅުވާލުމުން ހާދަހާ ފައިދާ އެއް ކުރެއެވެ.

 މީރު އެއްޗެހި އަލުން ކާންލިބެއެވެ. ހަމަ މިގޮތުން ދަތްކޮޅު ހަލާކުވެ، އޭގެ ވޭނުގައި އުޅެން ޖެހުމުން، މިހެން އުޅުމަށް ވުރެ ވަކިވުންވެސް މާ ހެޔޮ ކަމަށް ވިސްނައި ހަލާކުވި ދަތް އުފުރާލާ ފަހަރުވެސް އާދެއެވެ. ތަފާތު ގޮތަކަށް ވެސް މިކަން ކޮށްލަފާނެއެވެ.

ކޮންމެއަކަސް މިފަހަރު އަޅުގަނޑު މި ހުށަހަޅާލަނީ ހަމަ ހަޤީގަތުވެސް މި ރާއްޖޭގެ ރަށެއްގައި ދަތް އުފުރުމަށް ކުރި މޮޅު އޮޕަރޭޝަނެއްގެ ވާހަކައެކެވެ.

މޫސަ އާއި ޙައްވަ އިނދެގެން 07 ކުދިން ލިބިއްޖެއެވެ. ދެމީހުން ކައިވެނި ކުރިއިރުވެސް ދެމީހުންގެ އުމުރުގައި ބޮޑު ތަފާތެއް ހުރުމުން ކޫސަނި މައްސަލަ ތަކުގައި ދެބަސްވެ ޒުވާބުކޮށް ހަދައެވެ. ބައެއް ފަހަރު ގަޔަށް އަތްލައި ވެސް ހަދައެވެ. ހިސާބުގަނޑު މީހުންނަށް މިކަންވަނީ މަޖަލަކަށެވެ. ބޮޑު ޝޯވ ފެށުނީމައެވެ. ފަގީރު އާއިލާގެ ތަނބު، މޫސަ އަކީ މަޑުމަޑުން ހުއްޓެއްކަމަކު ސިނގު ރުޅި އަންނަ މީހެކެވެ. ޙައްވައަކީ ވިސްނުމުގައި އުނި ގޮތެއް ހުއްޓެއް ކަމަކު ފޮނި މީހެކެވެ. ރަށުގެ އެހެންމީހުންނަށް ނޭނގޭ ކިތަންމެ ކަމެއް މި ޙައްވައަށް ބަރާބަރަށް އިނގެއެވެ.

ދުވަސްތައް އެހެން މިހެން ގޮސް މޫސަގެ ދަތެއްގައި ރިހޭން ފަށައިފިއެވެ. އާމްދަނީ ހޯދުމަށް ގޮނޑުދޮށުން މަސްބާނައިގެން ލިބޭ އެއްޗަކުން ފުއްދަންޖެހިފައިވާ މޫސަ މިކަމުން މިންޖު ވާނެ ގޮތެއް ވިސްނަން ފެށިއެވެ. ހޮޅުއަށިން ލިބުނު މަޢުލޫމާތުގެ މައްޗަށް ބަރޯސާވެ،މޫސަ ވިސްނީ މާލެ ދާށެވެ. ދަތް އުފުރާލާށެވެ. ނަމަވެސް ޑޮކްޓަރީ ފަރުވާއަކީ މޫސަ ނުހަނު ބިރުގަންނަ އެއްޗެކެވެ. ފަޅާތީއެވެ. ފަހާތީއެވެ. ނަމަވެސް ދެން މިދަތާއި އެކު ނޫޅެވޭނޭ ހިތާ ލިބޭ މަދު ފައިސާކޮޅުން ބައެއް އަންހެނުންނަށް ވަގަށް ފޮރުވަން ފެށިއެވެ. ވަކި ހިސާބަކުން ޙައްވައަށް ފަޅާއަރައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ޝޯވ ފެށިއްޖެއެވެ. ޙައްވައަކީ ތަންދޮރު ނުފިލާ މީހެއްކަމުން ފައިސާ އެއްޗަކަށް ހަދާކަށް ނުވިސްނެއެވެ. އޭނާ ބޭނުންވަނީ މޫސަ ފޮރުވާފައި ހުރި ފައިސާކޮޅެވެ. އީދަށް އާ ހެދުމެއް ހޯދާށެވެ. ޒުވާބު އެއްމެ ހޫނުވީ ހައްވަ ހުނިގާނަށް ހުނިގޮނޑި މަތީ ހަމަޖެހިލި ވަގުތު މޫސަ ބުނި އެއްޗަކުންނެވެ.

" އަހަރެން ހާލަށް ނުވިސްނާ ކަލޭ ނިކަން ހެދުން ލިޔަ ދޭނަން.." މޫސަ ބުނެލިއެވެ.
މީގެ ޖަވާބުގައި ޙައްވަ ހަމަ އަނގައިންވެސް ނުބުނެއެވެ، ނަމަވެސް..... ސަހަރޯއެވެ. ގާނާ ހުނި އަޅަން ގެންގުޅުނު އެއޮއް ވަރުގަދަ ސިލަވަރު ތަގަރި އަތަށް ހެޔޮވަރު ކޮށްލާފައި މޫސަގެ އަނގަ މަތީގައި ހިއްޕާލިއެވެ. ވޭނީ އަޑަކާއެކެ މޫސަ ހަޅޭއް ލަވައިގަތެވެ. އަނގައިން ލޭ އަންނަން ފެށިއެވެ. ލެޔާއި އެކު މާ ހަރު އެއްޗެއް ވެސް ވެއްޓިއްޖެއެވެ. މޫސަގެ ލޮލުން އުފާވެރިކަން ވިދައިގަތެވެ. ނުނެގިގެން އުޅުނު ދަތްފުޅު މިއޮތީ ބުޑުން ލުހިގެން ނިކުމެ ދިމާ ކުރިމަތިން ބިންމަތީގައެވެ. މޫސަ ބުނެލިއެވެ.
" އަހަ.. ދެން ލާރި ދީފާން.. އަހަރެން ފައިސާ އެއްކުރީ މިއޮތް ދަތް ނަގަން.. އެކަން މިހާރު މި

ނިމުނީ... "

" ނާ ތެދެއް ދޯ.. ކުރިންވެސް ކަރުން ހަމެއް ދުއްވާނުލަ މިހެން ހެދުނު ނަމަ..."

                        =ނިމުނީ=
    

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ސާޖިއު, 2010-07-11 16:21:38
ހެހެހެ...ވަރަށް މަޖާ
...
ލިޔުނީ މިއީ އަހަރެން...., 2011-05-28 14:59:23
ހަމަ ވަރަށް މަޖާ!! އޭނަ ވަރަށް ނަސީބު ގަދަ ދޯ!!!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2008
extra avandia and congestive heart failure