ފަންވަތް ދިވެހި ސަމާސާ އަދަބު ކަނޑުގެރިޔާ ހަމަލާ ދެވޭނީ ހިތްވަރުގަދަމީހުންނަށެވެ.
ބެލި ޢަދަދު: 790
ކަނޑުގެރިޔާ ހަމަލާ ދެވޭނީ ހިތްވަރުގަދަމީހުންނަށެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
29 ޖުލައި 2010، 00:05 ބުރާސްފަތި

ލިޔުނީ: އަޙްމަދު ޙުސައިން

މީލާދީ ސަނަތުން ހާހާއި ނުވަސަތޭކަ ނުވަދިހައިގެ ކުރީކޮޅެވެ. އެ ދުވަސްވަރު ތިލަދުންމަތިން ފުރައިގެން މާލެ ދެވޭނީ އެއް ރޭ ނައިފަރުގައި ޖައްސާފައި އަނެއް ރެއަށެވެ. މިގޮތްމަތިން އެ އަތޮޅުގެ ބައިހެޔޮ ރަށަކުން މާލެދާން ފުރި ބައްތެއްޔަށް ދަތުރުވެރިއެއްގެގޮތުން އެރި ޒުވާނަކުހުއްޓެވެ. އެކަމަކު އޮޑީ މީހުންނާ ހުންނަ ގާތްކަމަކުންވެސް ތޯޗެކޭ... ފަޅުވެރިއެކޭ މީނާއެކޭ ބައްތެލީ ތެރޭގައި ތަފާތެއްނެތެވެ. ހެނދުނުފަތިހާ ފުރައިގެން ހަރުގަންނަވާފައި ދުއްވިއިރުވެސް.... އިރުއޮއްސި މޫނުއަނދިރިކަން ނުކެނޑެނީސް ނައިފަރު ފަޅަށްވަދެ އޮޑި އެޅުނީ ހަމަ ކިރިޔާއެވެ.

ދެން ފެންވަރައިގެން މީހުންގަނޑު ނައިފަރަށް ފައިބާހިތުން އުޅެގަތުމުން ޒުވާނާ ވަރުބަލިވެ ނިދިއައިސްފައި ހުރުމުންވެސް ތޯޗެކޭ.. އަމިއްލައަށް ބައްތެލި ބެލެހެއްޓުމަށް ބައްތެލީގައި މަޑުކުރުމުގެ ޒިއްމާ އުފުލައިފި އެވެ. ރެއަކީ އުޑުމަތީ ޒާތެއްގެ ވިލައެއް، ބައެއް މީހުން ކޮތަރިވިލައޭ އަނެއް ބަޔަކު ކަފަވިލައޭކިޔާ ޒާތުގެ ވިލައެކެވެ. ވިލާ ބޯކަމުން، އަރާހުރި ހަނދުގެ އަލި ފަނޑުވެފައިވާރެއެކެވެ. އެކަމަކު އުތުރުއަރިން އެހެރަ ސޮއްސާލާ ނަލަ ނަލަ ރޯޅީގައި ޒުވާނާއޮށޯވެލީ ދިރުނބާކޮޅުން ވާ އައްސާ ހުސެންދަރީގެ ކައިރީގައެވެ. ގެ ގަނޑުގެ ދޮރާ ދިމާއަށް ދެފައި ދަމާލާ މަތި ބަލާލާފައި ލޯމެރުމުގެކުރިން، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނުބާވައެވެ.

ޒުވާނާއަށް އެހޭލެވުނީ ފުރަމެންދަމުއެވެ. ތޮށިގަޑުގައި މަޑުމަޑުން ރާޅުޖަހާއަޑު ނާމާންކަން ވެރިކުރުވައެވެ. ލޯހުޅުވާލެވުމާއިއެކު ޒުވާނާ ސިއްސައިގެންދިޔައެވެ. ބިރުން ރޫ ރޫ އަޅައިގަތެވެ. އަވަހަށް ލޯމަރާލިޔެވެ. ފެނުނު މަންޒަރާމެދު ވިސްނަންފެށިއްޖެއެވެ. އެއީ ޔަގީނުންވެސް އެބުނާ ކަނޑުގެރި އޮޑިޔަށް އެރީއެވެ. އެކަމަކު އިހުނަށްވުރެ އަނދިރިއެވީ... ހަނދު އޮއްސެނީ ބާވައެވެ. ސިކުނޑީގައި ތަފާތު ޚިޔާލެއް އެނބުރޭން ފެށިއެވެ. ލޯބިވާ އަނބިމީހާއާއި ދެ ކުދިންނެވެ. ލޯބިވާ މަންމައެވެ. އުޅެވިފައިވާ ޖާހިލު ދިރިއުޅުމެވެ. ދެރަވެއްޖެއެވެ. މަރުވާކަށް ބޭނުމެއްނޫނެވެ. ފަޅި ސިކުންތެއްގެތެރޭ ހުރިހާ އެއްޗެއް އަރާ ފައިބައިގެން ދިޔައެވެ. އަނެއްކާ ކުއްލިޔަކަށް، އެކަމަކު ކުޑަކޮށް ލޯހުޅުވާލިއެވެ. ކުރިޔަށްވުރެ އެޝައިޠާނާގެ މޫނު ކައިރިވެއްޖެއެވެ. ޒުވާނާ ތަނެތް ތަޅުވާވެސް ނުލައެވެ. މުޅިމީހާ ވަނީ ދާހިލިފޯވެފައެވެ. މިހާރު ފޫޓަކަށް އޭތީގެ މޫނު ކައިރިވެއްޖެއެވެ. ބޮޑު ދެކަންފަތެވެ. ބިރުވެރިމޫނެކެވެ. ބަލާކަށްނުކެރެއެވެ. ކިރިޔާ ފެންނަވަރަށް ހުޅުވާފައިވާ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އޭތިއެއުޅެނީ މޫނުން ވަސްބަލަން ބާވައެވެ. އަޖަލުޖެހުނީކަން ޔަގީނެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި އިންސާނާގެ ނަފްސުގައި ލައްވާފައިވާ ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބާރު ހޭލައިފި އެވެ. މިގޮތަށް މަރަށް ހުށައޮޅިގެން ނޯތުމަށް ގޮވަންފަށައިފި އެވެ. މޫނަށް ހަރަކާތެއް ނުގެނެސް ވަށައިގެން ކަޅިހިންގާލި އެވެ. ލޮލުގައި އަޅައިގަތީ ވާ ނަގަން ގެންގުޅޭ ކަނިގަނޑެވެ. އެކަމަކު އޮތީ ދޮޅުފޫޓެއްހާ ދުރުގަ އެވެ. އުއްޑުތިލަމަތިން އޮވެވުނުކަމުން މަޑުމަޑުން ކަނާއަތް އެދިމާއަށް ފިރުކަން ފެށިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަރަކާތްކުރާތަން ފެނިއްޖިއްޔާ އޭތި ހަމަލާދީފާނޭ ހީވަނީ ކަންނޭގެއެވެ. މިހާރު އިނގިލިތަށް ކަނިގަނޑުގައި އަޅުވާލެވުނީ އެވެ. ވަރަށް ހެޔޮވަރަށް ކަނިގަނޑުގެ މެދަށްވުރެ އެއްކައިރީގައި ރަނގަޅަށް ހިފުމުން، އާދެ އެއް ހަރަކާތުން ތެދުވުމާއިއެކު ހަމަލާ ދިނުމަށް ވިސްނުމަށްފަހު... އެތަޅައިގަތީއެވެ. ވަކިގޮތެއްނުބަލައެވެ. އަޑުފައްގަނޑު ގަދަވެއްޖެއެވެ. މުޅިމީހާ ތުރުތުރު އަޅައެވެ. އެ ކަނޑުގެރީގެ އަނގައިން ބިރުވެރިއަޑެއްލައްވައެވެ. އެކަމަކު ޒުވާނާ މާ ހުޝިޔާރެވެ.

އަޑުފައްގަނޑު ގަދަވުމުން ހިޔާމަތީ ނިދަންތިބީ މީހުންތަށް ފައިބައިފި އެވެ. އެތަނުން އެކަކު ޒުވާނާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި ތިހެން ނުހެދުމަށް ބުންޏެވެ. ޒުވާނާ ދުލެއްނުކުރިއެވެ. އެފުރޭތަ (ކަނޑުގެރި) މަރާލައިފިއެވެ.

އެންމެން އެއްއަޑަކުން ހޭން ފަށައިފިއެވެ. ޒުވާނާ ހުރީ ގަބުވެފައެވެ. އާއެކެވެ. މަރާލެވުނީ ނައިފަރުން މާލެގެންދަށް ބޯޓަށް އަރުވާފައި ހުސެންދަރީގައި އައްސާލާފައިވާ ބަކަރިއެކެވެ. ނޭނގޭނެތާއެވެ. އެންމެން އައިސް ބޯޓަށްއަރާ ނިދި އިރުވެސް ޒުވާނާއަށް އޮވެވުނީ ނިދިފާވިއްޔާއެވެ.

 (ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 68 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429195

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 790