މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| 14 ނަންބަރު ކޮޓަރި |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 01 ޑިސެމްބަރ 2010، 18:27 ބުދަ | |||
|
ޙަޤީޤީ ހާދިސާ އާދަމް ނަޞީރު އިބްރާހީމް (2010) މި އަދަކީ، ޝަރީފަށް ލިބުނު އެންމެ ބޮޑު އުފާ ލިބުނު ދުވަހެވެ. އާކާވަންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ލިބުނު ދުވަހެވެ. އަންހެނުން ވިހެއުމާއެކު، ޝަރީފުގެ މިތުރު އަޙްމަދަށް ގުޅާލި އެވެ. އެ ޚަބަރު ދިނުމަށެވެ. ދަރިފުޅު ދެކެލައި ހާލު އަހައިލުމަށް އަޙުމަދު ވެސް ވަގުތުން ހަސްފަތާލަށް އަންނާނެކަމުގެ ޔަޤީންކަމުގަ އެވެ. އަޙްމަދު: (ފޯނު ނަގައިފައި) ވަޢަލައިކުމުއްސަލާމް! ޝަރީފު: އޭ އަންހެނުން ވިހައިފިޔޭ އަޙްމަދު: ހަމަ ތެދެއް؟ އަލްޙަމްދު ލިﷲ! ކޮންކަހަލަ ކުއްޖެއް. ޝަރީފު: ފިރިހެން ކުއްޖެއް. އަޙްމަދު: ވަރަށް ބޮޑަށް މުބާރަކް ބާދީ އަދާކުރަން އިނގޭ! ދެކިލަން ގޮސްލަން ވެސް ބޭނުން. ޝަރީފު: އާދޭ! މި ތިބީ ހޮސްޕިޓަލުގެ 14 ނަންބަރު ކޮޓަރީގާ. އަޙްމަދު: މި ދަނީ. އަޙްމަދު ސައިކަލަށް އަރާ ''އުދުއްސައިގަތެވެ.'' އެ ދިޔަ ގޮތަށް ގޮސް، ހޮސްޕިޓަލުކައިރީގައި ސައިކަލު ބަހައްޓައިފައި، މައިދޮރޯށިން ގޯތިތެރެއަށް ވަނެވެ. އެ އަށްފަހު، ފޯނު ނަގައި ޝަރީފަށް ގުޅާލި އެވެ. ޝަރީފު: އާދެވުނީދޯ! އަޙްމަދު: އެހެން.. ކޮބާ ތި ކޮޓަރި؟ ޝަރީފު: މިހާރު ރިސެޕްޝަނާ ހަމަޔަށް އެތެރެއަށް ވަދެވިއްޖެތަ؟ އަޙްމަދު: ރިސެޕްޝަން ކުރިމަތީ މިހިރީ. ޝަރީފު: ދެން ކަނާތަށް އަޅާ. އަޙްމަދު: މިހެން ގޮސް ކިހާ ހިސާބަކަށް. ޝަރީފު: ގަސްއިންދާފައި ހުރި ތަނެއް ފެނޭތަ؟ އަޙްމަދު: ރަނގަޅު. ޝަރީފު: އެ ތަނާ ހަމަވީމާ، ވާތްފަރާތަށް ދޭ. އަޙްމަދު: ކިހާ ހިސާބަކަށް. ޝަރީފު: އެތާ އެބަހުއްޓެއްނު ކޫލަރެއް. އަޙްމަދު: ކޫލަރު.... (ކުޑަކޮށް ވިސްނާލައިފައި) ހޫނނނ! ދުށިން ކޫލަރެއް. ޝަރީފު: ކޫލަރު ފަސްދީ ތަންކޮޅަކަށް އައިސްފާ ލެބޯޓްރީއާ ދިމާޔަށް އާދޭ. އަޙްމަދު: ލެބޯޓްރީއޭ...؟ ނުފެނޭ. ޝަރީފު: ކާނާތަށް ހިނގާއިރު. އަޙްމަދު: އާނ! އެތާ އެބަހުރި ކޮޓަރިތަކެއް. ޝަރީފު: ދެން ސާދަ ނަންބަރު ކޮޓަރި ހޯދާ!... އެތެރެއަށްވަދޭ. އަޙްމަދު: ސާދަ ނަންބަރު؟.. ފެނިއްޖެ،... އެކަމަކު 14 ނަންބަރު ކޮޓަރީގައި އިންނެވީ ޑރ. ރާޒީ. ޝަރީފު: އޭނ! ކީކޭ؟ ޑރ. ރާޒީއޭ؟ ކޮން ހޮސް ހޮސްޕިޓަލެއްގައި ތި އުޅެނީ. އަޙްމަދު: އައި. ޖީ. އެމް. އެޗް. ގާ. ޝަރީފު: އަސްތާ! އެހެންތަ؟ އަހަރެމެން މި ތިބީ އޭ.ޑީ.ކޭ ހޮސްޕިޓަލުގާ!!! ------------------ (ނިމުނީ) ނޯޓު: މި ލިޔުމުގައި ޖަހާފައިވާ ކޮޓަރި ނަންބަރަކީ، ހާދިސާއާ ގުޅިފައިވާ ކޮޓަރީގެ ނަންބަރެއް ނޫނެވެ. އެ ބަދަލު ގެނައީ، ދުލަށްފަސޭހަ، ލޮލަށްރީތި ނަންބަރެއް އިޚުތިޔާރު ކުރުމަށްޓަކަ އެވެ. މި ލިޔުން: ލިޔުން: އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު/އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: '' '' ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ james, 2010-12-01 11:54:10
hehehe....first he should say we are in ADK instead of telling room No:14....good one adam... :)
...
ލިޔުނީ ބާބުލް ތ މަޑިފުށި, 2010-12-01 15:08:06
އަޙްމަދު: ސާދަންބަރު؟.. ފެނިއްޖެ، އެކަމަކު 14 ނަންބަރު ކޮޓަރީގައި އިންނެވީ ޑރ. ރާޒީ.
މިލައިންގައިވާ "ސާދަންބަރު؟.." ގެ ބަދަލުގައި "ސާދަ ނަންބަރު" މިހެން އޮތުން ހެން އަޅުގަނޑަށްހީވަނީ ރަނގަޅު ގޮތަކީ. ކުށަކަށްވާނަމަ އިސްލާޙް ކޮށްލެއްވުން އެދެން. ތިޔަ ކުރައްވާ މަސައްކަތަށް އާދަން ނަޞީރަށް ހަމަ ސާބަސް ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|