ފަންވަތް ދިވެހި ސަމާސާ އަދަބު ފަނަރައަށް ވުރެ ދިހައެއް އަގުބޮޑު
ބެލި ޢަދަދު: 2252
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފަނަރައަށް ވުރެ ދިހައެއް އަގުބޮޑު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
25 އެޕރީލް 2011، 00:20 ހޯމަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަލަށް ހައްޖަށް ދިޔަ މީހެކެވެ. "ކުޑަ" ވިޔަފާރިވެރިޔެކެވެ. މައްކާގައި ތަކެތި އަގުހެޔޮ ވާނެތީ ހިސާބަކަށް އެތަނުން މުދާގަނެގެން ގެނައުގެ ޚިޔާލުވެސް ހައްޖަށް ދިޔައިރު ގެންގުޅުނެވެ.

މައްކާއަށް ދެވިއްޖެ އެވެ. އެއްދުވަހަކު މަސޖިދުލް ޙަރަމުން މެންދުރު ނަމާދުން ފައިބައިގެން ގެޔަށް ދިޔަ މަގުމަތީގައި އެކި ފާޑުގެ އެއްޗެހި ވިއްކަން ފޮތިފޮތިގަނޑުގައި އަތުރައިގެން ބައިވަރު މީހުން ތިއްބެވެ. އޭގެ ތެރެއިން ލަބީބަށް (އަޞްލު ނަމެއް ނޫން) އެންމެ އަޅައިގަތީ ސައިބޯނި ބޮކި އަރުވާ ބަޑިއެކެވެ. މީހުންތައް ގަނެގަނެގެން ގެންދެއެވެ. ފިހާރައަށް ގެންދަން ރަނގަޅު އެއްޗެކޭ ލަބީބު ހިތަށް އެރި އެވެ. ބަސް ނޭނގުނު ނަމަވެސް އަތްފައިގެ ޙަރަކާތުން ކިހާވަރެއްތޯ އަހައިލައިފި އެވެ. މުދަލުގެ ވެރި މީހާ އަނަގަބަހުން "ޚަމްސަތަޢަޝަރަ"، "ލީމާބްލާސް"، "ފިފްޓީން"، ބުނެ ބުނެވެސް ލަބީބަކަށް ނޭނގުނެވެ. ދެން ގަނޑުކޮޅެއްގައި ވިޔައަކުރުން 15 ލިޔެ ދިނީމާ، މާ އަގުބޮޑޭ ހިތައި ނުގަނެ ދިޔައީ އެވެ. ލަބީބަކީ ވަރަށް ހިފެހެއްޓުންތެރި، ލަގޮނޑި ބޮޑު ވެސް މީހެކެވެ. ފުރަތަމަ ދިމާވާ ތަނުން ގަނެގެން ލަނޑެއް ލިބިދާނެޔޭ ހިތައި ދެތިން މީހެއް ކުރެން އެކި ތަންތަނުން އަގުބަލަން ނިންމައިފި އެވެ.

ތަންކޮޅަކަށް ދިޔަތަނާ ހަމަ އެކަހަލަ އެއްޗިހި ވިއްކާ މީހަކާ ދިމާވެއްޖެ އެވެ. އަގަކީ ހަމަ އެއް އަގެކެވެ. 15 ރިޔާލެވެ. އަދިވެސް އިތުރު ތަނެއް ބަލައިލާން ދަނިކޮށް އަނެއްކާ ދިމާވެއްޖެ އެވެ. އޭނާ ކުރެން ކިހާ ވަރަކަށް ތޯ އަހައިލީމާ "ދިވެހިބަހުން" އަށާރަ ރިޔާލޭ ބުނެފި އެވެ. ދިވެހިބަހުން ޢަދަދު ކިޔަން މި މީހުންނަށް ވެސް އެނގެނީތާއެވެ. ޝައްކުވެގެން އަނެއްކާ ވެސް އަހައިލައިފި އެވެ. އޭނާ ފަތިވަރެއްހެން ކިޔަ އެވެ. "އަށާރަ ރިޔާލް، ސެޕުލޯ ރިޔާލް، ....... ރިޔާލް".....
ލަބީބު ހިތަށް އެރި އެވެ. ހުރިހާ ތާކުން 15 އަށް ދޭ އިރު މީނާ އަށާރައަށް ވިއްކަނީ ކީއްވެބާވައެވެ. އެހެން މީހުންވެސް އަގުބޮޑުކޮށްފާނެކަން ނޭނގެ އެވެ. ރުޅިއައިސްފައި ކަލޭ މާ އަގުބޮޑުކޮށޭ ތި ވިއްކަނީ އެހެން މީހުން ފަނަރައަށް އެބަދެޔޭ ކިޔައި ދިވެހިބަހުން ވާހަކަތަކެއް ދެއްކި އެވެ. އެކަމަކު އޭނާ ގޮވާ ފަތިވަރެއް ގޮވަ އެވެ.

ކުރިން އަގު އެހި ތާކަށް ގޮސް 15 ރިޔާލަށް އެއްޗެއް ކަމަށް 150 ރިޔާލަ ދީފައި ދިހަ ބަޑި ގަނެގެން ހޮޓަލަށް ހިނގައްޖެ އެވެ. ދިޔައިރު ވަރަށް ގިނަ މީހުން އެކަހަލަ އެއްޗިހި ގަނެގެން ހިފައިގެން އުޅެ އެވެ. ކިހާވަރަކަށްތޯ އެހީމާ އެހެން މީހުން ބުނީ ގަތީ 10 ރިޔާލަށް ކަމަށެވެ. އަދި ހޮޓަލާ އެންމެ ކައިރިތަނުން އެ ވަރަށް ވިއްކާ ކަމަށާއި އެހެން މީހުން ވިއްކަނީ 15 އަށް ކަމަށް ބުންޏެވެ. ލަބީބު  ބުންޏެވެ. "އެކަމަކު އަހަރެން ގާތު އެތަނުން ބުނީ އަށާރައަށް ކަމަށެވެ. ވަރަށް ނުބައި މީހެއް ތާއެވެ. އެކި މީހުންނަށް އެކި އަގަށް ވިއްކަނީދޯ އެވެ." 

މީހަކު ބުންޏެވެ. "އަށާރައަށޭ ބުނީ ކޮން ބަހަކުން ހެއްޔެވެ؟"

"ބަލަ މަށަށް އެނގޭނީ ދިވެހި ބަހުން ބުނީމާ ނޫންހެއްޔެވެ؟" ލަބީބު ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވެއްޖެ އެވެ.

މުހައްމަދު ގާތަށް ހިނިއައީ ވެގެން އުޅޭ ގޮތް ވިސްނުނީމައެވެ. "ބަލަ މިތނގައި އެއްޗެހި ވިއްކަން ތިބޭ މީހުންނަށް ދިވެހި ދަސްކޮށްދިނީ ކާކުހެއްޔެވެ؟ އެ މީހުން އެ ކިޔަނީ "އަށާރަ"އެއް ނޫނެވެ. "ޢަޝާރަ" އެވެ. ދެން ކިޔާނީ ސެޕުލޯ އެވެ. "ޢަޝަރަ" އަކީ (ޢަރަބިބަހުން) 10 އެވެ. "ސެޕުލޯ" އަކީ މެލޭ ނުވަތަ އިންޑޮނީޝިއާ ބަހުން 10 އެވެ. އެހެންވީމާ މިފަހަރު 50 ރިޔާލް ލަބީބަށް ގެއްލުންވެއްޖެ އެވެ. އަހަރެމެންނާ އެކީ ނޫނީ ދެން ބާޒާރުކުރަން ނޫޅޭއްޗެވެ.
ލަބީބު ވީ ދެރަޔާއި ގަތް ލަދުން އިސްދަށަށްޖަހައިލި އެވެ.
-------------------
(ނިމުނީ)

މި ލިޔުން
      ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ މެންބަރެއް)
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު




މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ސރ, 2011-04-28 01:49:15
ސަޅި މީތި
...
ލިޔުނީ ބޮއްކުރާ އިބްރާހިމް ނަޢީމް, 2011-06-03 20:22:01
ޖަމާލުގެ ލިޔުންތައް އަޅުގަނޑަށް ވަރަށް ކަމުދޭ. ހަމަ ހަބޭސް. :)
...
ލިޔުނީ ބޮއްކުރާ އިބްރާހިމް ނަޢީމް, 2011-06-03 20:25:12
ޖަމާލުގެ ލިޔުންތައް ހަމަ ހަބޭސް
...
ލިޔުނީ އަފުރެ, 2011-07-31 06:31:17
ލަބީބުގެ ހިތާމައިގައި ބައިވެރިވަން..
...
ލިޔުނީ ޝިފާ, 2011-09-21 10:18:59
ހަމަ އޮބި.......

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2252
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone