މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މޫސަބޭގެ ކަޅުރަތްހާ |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 22 ޖެނުވަރީ 2009، 00:26 ބުރާސްފަތި | |||
|
އާދަމް ނަޞީރު އިބްރާހީމް (1999) ބަރަކާތްތެރި ރަބީޢުލްއައްވަލު މަހުގެ ބާރަވިލޭރެ އަކީ، ދިވެހީން އިހުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އައި ރެއެކެވެ. ރަބީޢުލް އައްވަލު މަހަށް ހަނދުބަލައިފި ނަމަ ބޮޑު، ޢީދަކަށް ތައްޔާރުވާ ފަދައިން އަންހެން ފިރިހެން ކުދިބޮޑު އެންމެން އެމަހުގެ ބާރަ ވިލޭރެއަށްޓަކައި ތައްޔާރުވާން ފަށައެވެ. އެޒަމާނުގެ މީހުން ގަބޫލު ކުރާގޮތުގައި 12 ވިލޭރޭ ކިޔޭ ބޮޑު މާލޫދަކީ އެކަމުގެ ސަބަބުން އެތައް ބަރަކާތަކާއި ދަރުމައެއް ލިބޭ ކަމެކެވެ. އެހެން ކަމުން ބޮޑުމާލޫދަށް ތައްޔާރު ވަނީ ވަރަށް ފުރިހަމަ އަށެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހާގެ ގެއިން މާލޫދު ހަރުގެޔަށް އެރުވޭ ކޭމަކީ އެންމެ ފެންވަރު ރަނގަޅު ކޭންކަމުގައި ހެދޭތޯ އެވެ. ބޭ ކޮރަސް ކޭން ކޮރު ނުވެ ވޭތޯއެވެ. ބާރަ މާލޫދަކީ ރަށްރަށުގެ ރައްޔިތުން ގުޅިގެން ވަރަސް އެކުވެރި ކަމާއެކު އިޙްތިފާލު ކުރެވޭ '' ޢީދެއް'' ކަމުގައިވ ވިޔަސް ކޮންމެ މީހަކުވެސް ހުންނަނީ ކެއުމުގެ މަޖިލީހުން އެމީހެއްގެ ގެއިން އަރުވާ ކޭމަށް ހޫނު ތަރުޙީބެއް ލިބުން އެދި އެކަމަށް ދަހިވެތިވެފަ އެވެ. ޚާއްޞަކޮށް '' ކުކުޅުލާ ކޭން'' އެއީ ފެންވަރާމެދު އެންމެ ފަރުވާތެރިވާންޖެހޭ ކޭމެވެ. މޫސަބެއަކީ މި ދެންނެވި ދުވަސްވަރު ރާއްޖެތެރޭގެ ''ކޮންެމެ ވެސް ރަށެއްގައި'' އުޅުނު ހެއްވާ މިޒާޖެއްގެ ހެޔޮލަފާ މީހެކެވެ. ދީނީ ކަންތައްތަކަށް ޙުރުމަތްތެރިކޮށް ހިތާ މީހެކެވެ. ދިވެހި އާދަކާދަތައް ހިފަހަށްޓަން މަސައްކަތްކުރާ އަދި އެކަމަށް ލޯބި ކުރާ މީހެކެވެ. އެހެންކަމުން ބާރަމާލޫދަށް އޭނާ ވަރަށް ދުރާލަައި ތައްޔާރުވެ އެވެ. އެއްފަހަރަކު ރަބީޢުލްއައްވަލު މަހަށް ހަނދުބެލުމުން މާލޫދަށް ބޭނުންވާ ހަވާދާއި، މަހާއި ކުކުޅުހާ ފަދަ ތަކެތި ގަތުމަށްޓަކައި މޫސަބެ މާލެ ދިޔައެވެ. މި ދަތުރުވަރުގައި މާލޭ ބާޒާރާއި ފަޅުގައި ހުރި ފަޅު އޮޑި ފަހަރަށް ދާންދެން ބަލައި އަތްފުނާ އަޅައިގެން ވަރަށް މަސްފަލަ ކަޅުރަތް ހާލެއް ގެންފިއެވެ. އެ ދުވަސްވަރަކީ ރިޔަލުގައި ދަތުރު ފަތުރު ކޮށްއުޅުނު ދުވަސްވަރު ކަމަށް ވީތީ މި ދަތުރު ރަށަށް ދެވުނީ ތަންކޮޅެއް ގިނަ ދުވަހު ކަނޑުމަތީ ހޭދަ ކުރުމަށްފަހު ރަބީޢުލް އައްވަލު މަހުގެ އެގާރަ ވަނަ ދުވަހު އެވެ. އެއީ މާލޫދަށް ކައްކާ ދުވަހެވެ. މާލޫދު ފަށާ ކޭމަކީ ކުކުޅުލާކޭމެވެ. އެހެންކަމުން އޮޑި ފަޅަށް ވަނުމާއެކު މޫސަބެ އަވަސް އަވަހަށް އެއްކަލަ މަސްފަލަ ހާލުގެ ހާލަކީ ކޮބައިތޯ ބަލައިލި އެވެ. ބަލައިލި އިރު ކަމަކު ދަކަށް ނެތެވެ. ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ކަނޑުމަތީގައި އެހައި ދިގު ދަތުރެއް ކުރުމުގެ ސަބަބުން ހާ އިނީ ވަރަށްް ލޮޑުވެފައެވެ. އެހެންކަމުން އެއްގަމަށް ދިޔުމަށްޓަކައި އަވަސް އަވަހަށް މޫސަބެ ހާ ހިފައިގެން މޫދަށް ފުންމާލި އެވެ. ގޭތެރެއަށް ވަދެވުމާއެކު އަންެހެނުންނަށް ގޮވާލި އެވެ. ސަންޕާފުޅާއެވެ. އަވަހަށް ގިފިލީގައި އެހެރަ ޕެޓްރޯލުހަން ގެނެސްބަލާށެވެ. މާލޫދަށް ގެނައި ހާލަށް މީނީ ރޯގާ ޖެހިފައެވެ. ރާޅުގެ ހެލުވުމާއި އަވީގެ ހޫނު އުދާހުގައި ލޮޑުވެ ހާލެއް ނެތިފައެވެ. ޕެޓްރޯލުފޮދެއް އަޅައި ބޮލަށް ފިނިކޮށްލަނިކޮށް އިސާހިތަކު މި ލޮޑުކަން ފިލައި ތާޒާވެދާނެ އެވެ. ތިންލިޓަރު ހަމެއްގެ ފުރެންދެން ހުރި ޕެޓްރޯލު އެސޮރު ގަޔަސް އަޅައި ލިއެވެ. ހަމަ އަޅައިލުމާއެކު އެސޮރު ޚަބަރު ހުސްވާގޮތް ވެއްޖެ އެވެ. މޫސަބޭ އެތަން މިތާންގައި ތަޅައިލައި ހަދައިލީމާވެސް ހޭ އަރާ ގޮތެއް ނުވިއެވެ. ކަންބޮޑު ވީވަރުން ހާ ހިފައިގެން ދުވެ ގޮސް ވަނީ ގިފިއްޔަށެވެ. ގިފިލީ ވަޅުގާމަތީ ބާއްވާފައި ބޮޑު ދާނިން ފެން އަޅަން ފަށައިފި އެވެ. ނަމަވެސް އޭރު ހީކަރުވާވަރުން އެސޮރު ތުރުތުރު އަޅަނީ އެވެ. ހަމަޔަށް ކޮޅަށް ވެސް ނުހުރެވެ އެވެ. މޫސަބޭ ކުޑައިރުކޮޅަކު ވިސްނައިލުމަށްފަހު ''ކަށީގެ މަދުން'' ބުއްދިއެއް ނެރެފި އެވެ. އުނދުނު ފުއްޑުނުގައި ގެން ގޮސް ބަހައްޓައި ކުޑަކޮށް ހޫނު ކޮށްލަނި ކޮށް މި ހީ ފިލައިދާނެ އެވެ. ހާލަށް އެޅި ޕެޓްރޯލުގެ އަސަރު އޭގެ ފަތްތަކުގެ ތެރެއިން ފަލައި ނުދަނީސް އަނދަ އަނދާހުރި ތިން އުނދުނުގެ ބިތްދޮށުން ފުއްޑުން މަތީ މޫސަބެ އެ ހާ ގެންގޮސް ބެހެއްޓި އެވެ. ހަމަ ބެހެއްޓުމާއެކު މުޅި ހާލުގައި އެކީ އެއްފަހަރާ ''ޕައް'' ކިޔާފައި ހިފީ ހުޅެވެ. ދެފިޔަ ތަޅައިގެންފައި އެސޮރު ފުންމައިގެން އައިސް ޖެހުނީ މޫސަބެ ފައި ބުޑަށެވެ. އޭރު އެއީ ފުރާނަ ހުރި އަލިފާން ބޯޅައެކެވެ. މޫސަބެއަށް ހަމަ''އަސްތާ''! އޭ ބުނުން ފިޔަވައި މާބޮޑުކަމެއް ނުކުރެވުނެވެ. ހަޅޭފަޅޭލަވައިގަނެވިއްޖެއެވެ. ބަލަހައްޓައިގެން ހުއްޓައި މޫސަބޭގެ ކަޅުރަތްހާ ޕެޓްރޯލުގައި ރޯސްވެ ހަނާވެ ނިމިއްޖެ އެވެ. އާދަމް ނަޞީރު އިބްރާހީމް(1999). މުތާމަ 7 (ވޮލިޔުމް 7) މުދައްރިސުންގެ ތަޢުލީމީ މަރުކަޒު، މާލެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ކުކުޅު, 2009-01-22 19:50:23
މޫސަބެ ޕްޓްރޯލު އަޅާ ތި އަންދާލީ މަގޭ ފިރިކަލުން. އޭނާއަކީ، ޕެޓްރޯލާއި ބޮމާ ދަންނަ މީހެއް ނޫން. ތަންތަން ރޯކޮށް، ބޮންގޮއްވާ އުޅޭ މީހެއް ނޫން. މޫސަބެ އޭނަ ގެންގޮސް އެހެން ހެދީ ކީއްވެބާ؟
...
ލިޔުނީ ދަސްކުރާ ކުއްޖާ, 2009-04-10 18:33:08
ރިޔަލުގައި ދަތުރު ފަތުރު ކޮށް އުޅުނު ޒަމާނުގައި ޕެޓުރޯލް ހުރުމަކީ ވުމަށް ނުވުން ގާތް ކަމެއް ކަމަށް އަޅުގަނޑަށް ހީވެއެވެ. އަނެއްކާ މޫސަބެއަށް ޕެޓްރޯލް ލިބުނީ ކިހިނެއްބާ؟
ލިޔުން ވަރަށް ފުރިހަމަ. ހެހެހެހެހެ
... ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-12-19 11:43:53
ސުވާލު ކޮށްލެއްވީތީ ވަރަށް ބޮޑަށް، ޝުކުރިއްޔާ! ތިޔަ ބަސް އަޅުގަނޑު އަޑު އަހައި އުޅެނީ، '' ބޭ ކޮރަކަސް، ކޭމެއް ކޮރެއް ނުވާނެ'' މި ގޮތަށް.. މި ބަހުގެ އުފެދުން ގުޅިފައިވަނީ ހާދިސާޔަކާ.. މި ހާދިސާ ހިނގިކަމަށްވަނީ މާލޫދު ހަރުގެއެއްގައި. ''ބޮޑުމާލޫދު'' މި މައުޟޫޢުގެ ދަށުގައި އަޅުގަނޑު މަޒުމޫނެއް ލިޔެފައިވާނެ. ފަންވަތުން އެ މަޒުމޫނު ވިދާޅުވަނިކޮށް، މާލޫދުގޭތެރޭގައި ކަން ހިނގައި ނުހިނގާ ގޮތުގެ ފަނޑު ނަމަވެސް ތަސްވީރެއް ލިބިވަޑައިގަންނަވާނެ ކަމަށް ފެނޭ.. އެ މަޢުލޫމާތާއެކީގައި މި ދެންނެވި ހާދިސާ ފަހުންވެ ވަޑައިގަތުން ފަސޭހަފުޅުވާނެ ކަމަށް ފެންނާތީ އެވާހަކަ ދަންނަވާލީ. ދެން މި ދަންނަވާލަނީ އެ ހާދިސާ...
ކޮންމެއަކަސް، ހަރުގެއަށް ކޭންތައް އެރުވިއްޖެ. ކޮންމެ މީހަކު ވެސް އުޅެނީ ރަށުގެ ހަރުކުލައިގެ ފޯރުންތެރިންގެ ގޭގެއިން ގެންނަ މަލާފަތާ ދިމާގައި ނުވަތަ ކޭމާ ދިމާގައި އިށީނދެވޭތޯ... މުސްކުޅި ކޮރު ބޭބެޔަކު ގެނައި ކޭމެއްގައި އިށީންނަން ބައެއް މީހުން ފަސްޖެހުނު ކަމަށްވަނީ.. އެހެންވެ އޭނާ އެމީހުނަށް ބުނެލި ކަމަށްވަނީ، ބޭ ކޮރަކަސް ކޭމެއް ކޮރެއް ނުވާނެޔޭ... އެ ހިސާބުން މި ބަސް މި ސާލު ބަހަކަށްވީ... މި ބަހުން ގަސްތު ކުރެވޭ މާނައަކީ، ކަންކުރާ މީހާގައި އައިބެއް ހުއްޓަސް އޭނާ ކުރާ މަސައްކަތެއްގައި ފުރިހަމަކަން ހުރެދާނެޔޭ.. ނުވަތަ ބައެއް ފަހަރަށް ހުންނާނެޔޭ... އަނިލް އަށް، ވަރަށް ހެޔޮ އެދުން..... ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|