ފަންވަތް ދިވެހި ސަމާސާ އަދަބު ރަހާގެ ޚަބަރު - 1 ( ސިލްސިލާ ބަޚަބަރު)
ބެލި ޢަދަދު: 1568
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ރަހާގެ ޚަބަރު - 1 ( ސިލްސިލާ ބަޚަބަރު) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
15 ފެބްރުވަރީ 2009، 03:20 އާދީއްތަ

 

އަޙުމަދު ނާޞިރު – ޑައިމަންޑްވިލާ ، ސ. ހިތަދޫ

ޓީވީ ޚަބަރު ބެލުމަކީ  ރަހާ ނިކަން ކުރާހިތްވާ ކަމެކެވެ. މިގޮތުން އެއްދުވަހު 8 ގެ ޚަބަރު ބެލުމަށް ރަހާ ޓީވީ ކައިރީގައި، ފެންޑާގައިހުރި ސޯފާއެއްގައި އިށީނެވެ. ޚަބަރުތަކުގެ ސުރުޚީތަކަކަށްފަހު ތަފްސީލު ހުށަހެޅެމުންދިޔައެވެ. މިހެންގޮސް ވަކިހިސާބަށް ދެވުނުތަނާ ރަހާ ވަރަށް ސީރިއަސް ވެ އިންތަންފެނުނެވެ. އޭރު ކިޔަމުން ދާ ޚަބަރަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލިހުގެ އިންތިޚާބުގެ ވާހަކައެވެ. އޭގައި އެއްވެސް ޕާޓީއަކަށް އެކަށީގެންވާ ވަރަށް ގޮނޑި ނުލިބޭ ކަމާއި ކާމިޔާބު ކުރުމަށް މަދުވެގެން 200 ގޮނޑި ހޯދަންޖެހޭނެކަމަށް އެޚަބަރުގައި ބުންޏެވެ. މިހިސާބަށް ދިޔަތަނާ ރަހާ ޓީވީގެ އަޑުކަނޑާލާފައި ދެންތިބިމީހުންނާ މޫޚާޠަބުކޮށް ބުންޏެވެ. " މިއީ ހާދަހާ ފަޤީރު ބައެއް. އެއިން އެއްވެސް ބަޔަކަށް 200 ގޮނޑި ނުލިބުނު. މިހާރު މަމިއިންތަނުން ތެދުވެ ނިކުމެގެން ދިޔަޔަސް 15 މިނެޓް ތެރޭ 200 ގޮނޑި ގެންނާނަން"


ރަހާ އެހެން ބުނެފައި ޓީވީގެ އަޑު ޖެއްސުމާއެކު ދެން އިވިގެން ދިޔަ އަނެއް ޚަބަރަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަނެއްކާވެސް އާޕާޓީއެއް ރަޖިސްޓްރީ ކުރިވާހަކައެވެ. ނަމަވެސް އަޑު ޖެއްސިއިރު ސިޔާސީ ޕާޓީއޭ ބުނެވުނުތަންކޮޅުގޮސް އިވުނީ ހަމައެކަނި ދަފްތަރުގެ ވާހަކައެވެ. އެހިސާބުން ރިމޯޓު ބާއްވާފައި ވަނީއެތެރެއަށެވެ. އިރުކޮޅަކުން އައިސް ދައްކާލީ ބޮޑު ސިޓީބަރިއެކެވެ. އެތާތިބިމީހުން ތީކޮންސިޓީތަކެއްތޯ ސުވާލުކުރުމުން ރަހާ ބުންޏެވެ. " މިތިބަ އުޅޭމީހުން ކަންތައްކުރާގޮތް ނިކަންބަލާބަލަ. އަހަރެން މާލޭގައި އުޅޭތާ އެތައް ދުވަސް ވެ ކުދިންބުދިންވެ މިހިސާބަށް އާދެވި އަހަރުމެން އެދަފްތަރުގައި ޖެއްސުމަށްއެދި މުނިސިޕަލްޓީއަށް އެތައް ސިޓީއެއް އެތައް ފަހަރަކު ލިޔުނިން. މިތިބީ އެސިޓީތައް. ނިކަން ބަލާބަލަ އެމީހުންގެހުރި ގޮތްކުޑަކަން . އަހަރެން އަތުގަ ލާރިނެތުނީމަ ބުނީ ތިކަން އަދިކޮށްދެވެންނެތޭ. އެމީހުން ސިޔާސީ ޕާޓީ މީހުން ވީމަ ލާރި ހުންނާނެއެއްނޫން. އެހެންވީމަ އެދިނީނުން. އިތުރު ސުވާލެއްވެސް ނުކުރެއެއްނު. މިހިރީ މިމީހުން ކަންތައް ކުރާގޮތް. ދެން މާދަމާ އަހަރެން ނިކުމެ މިވާހަކަ ދެއްކީމަ ބުނާނެ ސަރުކާރާ އިދިކޮޅު ހަދަނީޔޯ. މިމީހުން އެކިމީހުންނާ ދޭތެރޭ ހަދަނީ އެކިގޮތަށޭ މަބުނަނީ އެހެންވެ". މިހެން ބުނެފައި ރުޅިއައިސްގެން ޓީވީ ނިއްވާލައިފިއެވެ. 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ޚިޔާލު އުންޗާ., 2009-02-15 22:45:07
އެހާ ފަންވަތްތެރިއެއް ނޫން. ފަހަރެއްގަ ވުން އެކަށީގެންވޭ ނާޞިރަކީ އަދި ހަމަ "ޅަފަތުގެ ދައުރުގެ" ލިޔުންތެރިއެއްކަމަށް. މިދެންނެވީ އަދި ހަމަ އަލަށް ފެށްޓެވި ބޭފުޅަކަށް ވުން އެކަށީގެންވެޔޭ. އެހެންކަމަށް ވާނަމަ، ލިޔުއްވުމަށް ތިބަހަށްޓަވާ ޝައުޤުވެރިކަމަށް މަރުހަބާ. ދެން، ފަންވަތް ޓީމުން ލިޔުންތައް ޝާއިޢްކުރައްވަނީ މިންގަނޑެއްގެ ދަށުންކަމަށް ޤަބޫލުކުރަން. ކަން އެހެން އޮތަސްވެސް، އަޅުގަނޑު ފަންވަތް ކިޔަނީ މިކަހަލަ ފަންވަތްތެރިނޫން ލިޔުންތަކާ ދިމާނުވާނެކަމަށް ހިތާ. މިދަންނަވާ އެއްޗަކީ މިސާލަކަށް، "މުސްލިމް ސައިންސް ދާން"، "މިބިމަކީ މުޤައްދަސް ބިމެކެވެ" މި ވަރުގަދަ ދެ ސުރުޚީގެ ދެމެދުން މިކަހަލަ ފަނޑު ލިޔުމެއް ފެންނާން އޮތީމާ ކިޔުންތެރިއެއްކަމަކު ދެން ވަކި ދެންނެވޭނީ ކީކޭތޯއޭ ؟
...
ލިޔުނީ ސައީދު, 2009-02-16 17:52:44
ފަންވަތުގައި އެބަހިމެނޭ މުނިފޫހިފިލުވާ ބައެއްވެސް. އެއީ އޭގެ ބައެއްހެން ބޮޑަށްހީވަނީ އެއީ ލިޔުމެއްނޫން. ނާސިރުގެ އެބަހުރި ބައެއް ރަނގަޅު ލިޔުންތައްވެސް. ނާސިރަކީ ޅެންވެރިއެއްވެސްމެ. ޅެންވެސް ލިޔުއްވޭނެޔޭ. ނާސިރުގެ ސުރުޚީތައް އެކަމަކު ވަރަށް ފާހަގަކުރެވޭ. މުޖުތރަމައާ މެދު ވަރަށް ވިސްނަވާ ބޭފުޅެއްކަން ފާހަގަކުރެވޭ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1568
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone