މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ސައިތާނު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 02 މާރޗް 2009، 01:11 ހޯމަ | |||
|
ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން {ޚަލީފާ ހޫރާނުއްރަޝީދު ރަސްގެފާނުންގެ އާދަފުޅަކީ ދެ އަހަރުން އެއް އަހަރު ޙައްޖަށް އަނެއް އަހަރު ހަނގުރާމައަށް ވަޑައިގަތުމެވެ. އެއް އަހަރު ޙައްޖަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ބަޣުދާދަށް އަރައިވަޑައިގަތް ދުވަހު ރަށު އެންމެންހެން خلق الله ރަށް ބޭރަށްނުކުމެ އެއްވެފައިވެއެވެ. ރަސްގެފާނު ވަރަށްބޮޑު ހުދު އެތެއްގެ މަތީގައި ނޫކުލައިގެ ގުއްބެއް ބަހައްޓަވައިގެން އޭގެ ތެރޭގައި ފޮރުވިވަޑައިގެން އިންނެވޫއެވެ.} ދެކޭން ބޭނުންވެގެން ތިބޭ ލޯތަކަށް ނުފެންނާން
ފޮރުވިގެން އޮންނަ ކޮންމެ މީހަކީ ޝައިޠާނެކެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ޚަލީފާ ހޫރާނުއްރަޝީދު ރަސްގެފާނުންގެ އާދަފުޅަކީ ދެ އަހަރުން އެއް އަހަރު ޙައްޖަށް އަނެއް އަހަރު ހަނގުރާމައަށް ވަޑައިގަތުމެވެ. އެއް އަހަރު ޙައްޖަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ބަޣުދާދަށް އަރައިވަޑައިގަތް ދުވަހު ރަށު އެންމެންހެން خلق الله ރަށް ބޭރަށްނުކުމެ އެއްވެފައިވެއެވެ. ރަސްގެފާނު ވަރަށްބޮޑު ހުދު އެތެއްގެ މަތީގައި ނޫކުލައިގެ ގުއްބެއް ބަހައްޓަވައިގެން އޭގެ ތެރޭގައި ފޮރުވިވަޑައިގެން އިންނެވޫއެވެ. މިހެން ވަޑައިގަންނަވަނިކޮށް بهلول المجنون މަށަންދައްޗެއްގެ މަތީން ދެފަރާތަށް ދެފައި ބައިލައިގެން އަސްދުއްވާހެން ދުވަމުން އައިސް މިއެތާއި އަރައި ހަމަވެފައި بسم الله الله اكبر ކިޔައި ހަޅެއިލައިގެންފައި ހިލައެއް އެއްލައި ޖެހިޖެހީނުން ރަސްގެފާނު ވަޑައިގެންވާ ގުއްބުގެ ބިއްލޫރި ދޮރުކޮޅެއް މުގުރައި ލައިފިއެވެ. މިތާނގައި ތިބި މީހުން ބަލަގަ ބަލަގަޔޭ ކިޔައި ހަޅޭލައިގަތީމާ ގޮވައިލިޔޭ. ހަޅެއިނުލާށޭ. އަހަރެމެނަށްވެސް ދެވުނު ހިސާބަކުން ފެނުނު جمرة އަކަށް ވާނީ ހިލަ އުކާށެވެ. ދެން މީސްތަކުން މީނާ ހިފައި ހައްޔަރު ކުރަނިކޮށް ރަސްގެފާނުން އަވަސް އަވަހަށް އެތްމަތީން ފައިބައި ވަޑައިގެން އަހެއްގެ މައްޗަށް ސަވާރުވެ ވަޑައިގެން ހަރު އަޑުފުޅުން ވިދާޅު ބަސްފުޅު އިއްވައިފިޔޭ. މީސްތަކުންނޭވެ. އޭނާ ދޫކޮށްލާށެ. އަވަހަށް ދޫކޮށްލާށެ. އޭނާ އަހަރެންނަށް ހަނދާންކޮށްދީ ހެއިއަރުވައި އެދިނީ ވަރަށްބޮޑު ކަމެއްގެ މައްޗަށެވެ. މިހެނީ ދެކޭން ބޭނުންވެގެން ތިބޭ ލޯތަކަށް ނުފެންނާން ފޮރުވިގެން އޮންނަ ކޮންމެ މީހަކީ ޝައިޠާނެކެވެ. ނޯޓު: މި މަޒުމޫނުގެ މައުޟޫޢު ދިގުކަމުން ފަންވަތުގެ މައުޟޫޢު ލިޔާ ޖާގައަށް ނުފެތުނީއެވެ. އަސްލުމައުޟޫޢާއެކު، ވަކިން ފެށުމެއްގައި ފަށައިގެން ގެނެސްދީފައިވަނީ، އެސަބަބަށްޓަކައެވެ. -ފަންވަތް-
|
| ހަމަ މި ގަލަމުން |
|---|