މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތަލަތަ؟ ދެރަނުވޭ ! |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 16 ނޮވެމްބަރ 2008، 17:10 އާދީއްތަ | |||
|
ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅާ ބޭސް ދީގެން ދިގުކޮށް ތަލަވާހިސާބު ފޮރުވައިލެވޭތޯއެވެ. ފަހަތުން ދިގުކުރާ ތޮރާވެޔޮ ކުރިމައްޗަށް އެއްލައެވެ. އަރިމަތިން ދިގުކުރާ ޕެޝަންފުރުޓްވެޔޮ ބޯމަތިން އަނެއްފަޅިއަށް އެއްލައެވެ. މިފަދަ މީހާ ފެންނައިރު ހީވާނީ ޖެހިގެންއިން މީހާގެ އިސްތަށިގަނޑުގެ ބައެއް ބޮލުގައި އަޅައިގެން އިންނަހެންނެވެ. އެވަރުންވެސް މައްސަލައަކަށް ހައްލެއްނުލިބި އިސްތަށިކޮޅު ފައިބާ ވިއްސިވިހާލިވެ ފަތްވެެރެމުންގޮސް ޑިންތަލަ ނުވަތަ ސެޓީތަލައަކަށް ބަދަލުވެދާނެހެންހީވެ ލޯގަނޑުން އިރުއިރުކޮޅާ ބަލާ ތިންތަލަ ނިތްކުރިމަތިން ބޮލުގެ ދެކައިރިން އިސްތަށިފައިބާނަމަ އާޚިރުގައި ބަދަލުވާނީ ތިންތަލައަކަށެވެ. މާނައަކީ ނިތްކުރިން ތަލަވަމުންދާނީ 3 ގެ ބައްޓަމަށެވެ. މިކަމަށް އޮތް ހައްލަކީ ވަރުގަދަ ލޯބޮޑު އަވިއައިނެއް ހޯދާ ނިތްކުރިން އެ ހުސްވަމުންދާ ބައިގައި އަޅުވާފައި ބޭންދުމެވެ. އެއްކަލަ ވަޅުބުރިއެއްފަދަ ނިތްކުރިއަށް ފުރިހަމަކަން ލިބުނީއެވެ. 2 - ސުންތަލަ 3 - ތިރީސްތަލަ މިއީ “ތިންތަލަ” އާއި “ސުންތަލަ” އާއި ދެ ޕެކޭޖް އެއްކޮށް ލިބުމުން ވާގޮތެކެވެ. ނިތްމަތީ 3 އެޅިފައި އޮންނައިރު ފުއްކިބަ އާއި ދިމާ މަތިން. މެދުގައި އޮންނާނީ ސުމެއް އެޅިފައެވެ. މިފަދަ މީހުންނަށްވެސް އޮތް ހައްލަކީ “ސުންތަލަ” ލިބޭ މީހާ އަމަލު ކުރާހެން އަމަލުކޮށް މިލިޓްރީ ވެލުމެވެ. ނުވަތަ އަނގައިން ހިފަހައްޓައިލުމެވެ. ޒުވާބު ދިނުމުގެ ގޮތުން ބުނާށެެވެ. “ މިއީ 30 ތަލައެވެ. މީގެން އަންގައިދެނީ މަށަކީ 30 އަހަރުގެ ޒުވާނެއްކަމެވެ. ” 4 - އައިލެންޑް ތަލަ އައިލެންޑް ތަލައަކީ ނިތްކުރިމަތީގައި ބޮނޑިއަކަށް އިސްތަށިކޮޅެއް ފަޅުރަށެެއްގެ ސިފައިގައި ހުރެފައި ދެފަރާތު ކައިރިއާއި މަތިން އިސްތަށި ފައިބަމުނ 5 - ޑިންތަލަ ނުވަތަ ސެޓީތަލަ ނުވަތަ ތަލަބިގަރު މިއީ ތަލައިގެ އެންމެފަހު ސްޓޭޖެވެ. އަދި އެންމެ ޤަދީމީ ވައްތަރެވެ. މިއީ މިސްރުގެ މަޝްހޫރު ހާމާންގެ ފުށުން ވާރުތަވެގެން އަންނަ ވައްތަރެކެވެ. މިވައްތަރުގެ ތަލައަށް ބަދަލުވާނީ އިސްތަށި ވެރެމުންގޮސް ކިނދު އިސްތައްޓަށް ބަދަލުވެ އެއިސްތަށިވެސް ފޭބުމުންނެވެ. އެންމެހައި އޮފުވެފައި އޮމާންވާނެއެވެ. މިފާޑުގެ ތަލަ ހުންނަ މީހުންނަށް އޮތް އެޑްވާންޓޭޖަކީ ފަސޭހައިން މަޝްހޫރުކަމެއް ހޯދުމެވެ. ހިކިމީހެއްނަމަ ރެފްރީ ޖަރޒީގައި ގިނައިން އުޅޭށެވެ. ލޯބޮޑުކޮށްގެން ހުންނާށެވެ. ކޮލީނާ ހެދިގެން ޝާއިރަކު ތަލަވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކިޔާފައިވެއެވެ. ޑިންތަލައަކަސް ހިތްދަތި ނުވާށި ސުންތަލައަކަސް މަޑުމޮޅި ނުވާށި އެއީ ވަރަށްބޮޑު ތެދުފުޅެކެވެ. ތިމާއަށް ލިބިފައިވަނީ ޑިންތަލައަކަސް ސުންތަލަތަކަސް ނުވަތަ އެހެން ބާވަތެއްގެ ތަލައަކަސް އެކަމާ ހިތާމަކޮށް މޮޅިކަމާއި ހިތްދަތިކަން ހިތްމައްޗަށް ނުގެންނާށެވެ. ސާމަރާ ދޫނިވެސް އެސޮރުގެ ރީތިކަމާމެދު ފަޚުރުވެރިވެ އުފާކުރަމުންގޮސް އެސޮރުގެ ތޮޮށިކަށިމަތި ފެންނަހިނދު ރޮއި ހިތާމަކުރެތެވެ. އެގޮތަށް ތަލަވާ ގިނަ މީހުންގެ ގައިގައި ބޯކޮށް ހެދިފައި ހުންނަ އިސްތަށި ފެނި ތިމާގެ ފިރިހެންވަންތަކަން ހިތަށް އަރައި ކިބުރުވެރިވެވެއެވެ. އެކަމަކު ލޯގަނޑުން ބޯ ހަމަ ފެނުމާއެކު އެއުފާވެރިކަން ގެއްލި ހިތާމައިގެ ފުން ކަނޑަކަށް ގެނބިގެން ދެއެވެ. އެހެން ނުވިސްނާށެވެ. ހިތްވަރު ކުރާށެވެ. މޫސުމަށް އަންނަ ބަދަލަކާއެކު އަދި ފަހުންވެސް ބޮލުން އިސްތަށި ފަޅާނެކަމަށް އުންމީދު ކުރާށެވެ. ސުނާމީގައި ހިކިފަސްބައެއް ސަހަރާގައި ގަސްވެސް ފެޅީތާއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ތަލަ, 2009-02-14 17:47:30
ޢިލްމީ ނަޒަރަކުން ބަލާނަމަ ވަރަށް ފެންވަރުދަށް ލިޔުމެއް،ސިއްޙަތު މިބައިގައި ހިމަނާފަ އޮތީމަ ހީކުރީ ތަލަވުމުގެ މައްސަލައަށް ޙައްލެއް ގެނެސްދީފަ ނުވަތަ އެކަން އޮންނަގޮތް ކިޔައިދީފަ އޮންނާނެކަމަށް، މި ލިޔުން ހިމަނަން އެންމެ ރަނގަޅުވާނީ މުނިފޫހި މިބައިގަހެން ހީވަނީ،ސަބަބަކީ މި ލިޔުމުގައި ތަލަވުން ބޮޑު މަޖާ ގަނޑަކަށް ހަދާފަ އޮތީމަ. ރަނގަޅަށް މައުލޫމާތު ހޯދައިގެން ލިޔާނަމަ މިހެން ނުވާނެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|