މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޚުލާޞާކުރުން |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 02 އެޕރީލް 2009، 01:36 ބުރާސްފަތި | |||
ޢަބްދުﷲ ނަޢީމު އިބްރާހީމްކިޔަވައިދިނުމުގެ ވައްޓަފާޅި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. ފޮތްވެސް ވަނީ ވަރަށް ބޮޑަށް ބަދަލު ވެގެން ގޮސްފައެވެ. އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ލިޔެފައި ހުންނަ ފޮތްފޮތަކީ މުދައްރިސުންގެ އެހީއާއެކު ކިޔަވަން ލިޔެފައި ހުންނަ ފޮތްފޮތެވެ. މުދައްރިސެއްގެ އެހީއާ ނުލައި އެއިން ފޮތަކުން ކިޔެވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރުގެ ފޮތްފޮތް ލިޔެފައި ހުންނަނީ އަމިއްލައަށްވެސް ކިޔެވޭ ގޮތަށެވެ. ފޮތް ކިޔަން ފެށީމާ އުފެދޭ ސުވާލުގެ ޖަވާބުވެސް ހުންނަނީ ދީފައެވެ. ކިޔަވައި ދިނުންވެސް މިހާރު ތަފާތެވެ. އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު ދިވެހި މުދައްރިސު ކުލާހަށް ދުރުވެ "އިމްލާ ލިޔަން ތައްޔާރުވޭ!" މިހެން ބުނުއްވާފައި ކޮންމެވެސް ލިޔުމެއް ކިޔުއްވަން ފައްޓަވާނެއެވެ. ދެން އަޅުގަނޑުމެން ލިޔަނީއެވެ. ލިޔެ ނިމުނީމާ މުދައްރިސު އެ ބައްލަވާފައި މާކުސް ދެއްވާނެއެވެ. އެހިސާބުން އެ ދުވަހުގެ ފިލާވަޅު ނިމުނީއެވެ. އަނެއް ދުވަހު ދުރުވެފައި ބޯޑުގައި ދެތިން ޕެރެގްރާފް ލިޔުއްވާފައި، "މި ހަތަރު ފޮޅުވަތަށް ޚުލާޞާ ކޮށްލާ!" މިހެން ބުނުއްވާނެއެވެ. އެއީ އެ ދުވަހުގެ ފިލާވަޅެވެ. އަނެއް ދުވަހު ދުރުވެ ބޯޑުގައި ތާނަ ފޮޅުވަތެއް ލިޔުއްވާފައި، އެއް ޞަފްޙާ ފުރެންދެން އެ ފޮޅުވަތް ލިޔާށޭ ބުނުއްވާނެއެވެ. އެއީ ތާނަ ލިޔުން ރީތި ކުރުމުގެ ފިލާވަޅެވެ. އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު އަޅުގަނޑާ އެއް ކުލާހުގައި އުޅުއްވި އެއް ބޭފުޅަކީ ޑޮކްޓަރ މަޢުޞޫމެވެ. އޭނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ ބޭކަލެކެވެ. މަޑުމައިތިރި، އެހެން ނަމަވެސް އެހެން ހުންނަވާފައި މީހުން ހީނހީނ ހަލާކުވާ ކަހަލަ ކަންތައް ކުރައްވާ ބޭކަލެކެވެ. އަޅުގަނޑުމެންނާ އެކީގައި ކިޔަވަން އުޅުއްވި ޝަހީރަކީވެސް އެކަހަލަ ބޭކަލެކެވެ. ޝަހީރަކީ މިހާރު ކުޅިވަރުގެ މައިދާނުގައި ވަރަށް ވިދާ ބޭކަލެކެވެ. މިހާރު މި ދައްކަނީ ޑޮކްޓަރ މަޢުޞޫމްގެ ވާހަކަ ކަމަށް ވާތީ އޭނާގެ ވާހަކައާއިގެން ކުރިއަށް ދާނަމެވެ. އެއް ދުވަހަކު ދިވެހި ގަޑީގައި ހިނގި ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އޭރު އަޅުގަނޑުމެންގެ މުދައްރިސަކީ ޢަބްދުﷲ ޞާދިޤެވެ. ނުވަތަ މުލީ ޞާދިޤެވެ. ނުވަތަ ޞާދިޤްބެއެވެ. ނުވަތަ ޞޯދުބެއެވެ. އެ ދުވަހު އޮތީ ޚުލާޞާ ކުރުމެވެ. ޚުލާޞާ ކުރަން ޖެހުނީ ދެތިން ޕެރެގްރާފްގެ ލިޔުމެކެވެ. އެ ލިޔުން ޚުލާޞާ ކުރަން ޖެހެނީ ހަތަރު ފޮޅުވަތަށެވެ. އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން އަޅުގަނޑުމެން އެ ލިޔުން ޚުލާޞާ ކޮށްފީމެވެ. އެންމެ ފުރަތަމަ ނިންމީ އަޅުގަނޑެވެ. އަޅުގަނޑަށް ކިރިޔާ ހަތަރު ފޮޅުވަތަށް އެ ލިޔުން ކުރުކޮށްލެވުނީއެވެ. ލިބުނީ ސަތޭކައަކުން ހަތްދިހައެވެ. އެއީ އަޅުގަނޑު ޚުލާޞާ ކުރި އިރު ބައެއް މުހިއްމު ތަންތަންކޮޅު މަދު ވެފައި ވާތީއެވެ. އެންމެ ލަހުން ޚުލާޞާކޮށް ނިންމެވުނީ ޑޮކްޓަރ މަޢުޞޫމަށެވެ. އޭނާގެ ލިޔުން ބައްލަވާފައި ޞާދިޤް ހިނިތުންވެ ލެއްވިއެވެ. އަދި ބުނުއްވިއެވެ. "މި ޚުލާޞާއަށް ދޭން ޖެހެނީ ސުމެކެވެ. އެކަމަކު އަހަރެން ދޭން ބޭނުން ވަނީ ސަތޭކައެވެ. އެއީ އަހަރެން ދިން ލިޔުމާ ނުގުޅުނު ނަމަވެސް ލިޔުމުން މާނައެއް ނެރެފައިވާލެއް މޮޅު ކަމުންނެވެ." މުޅި ލިޔުން މިހާރަކު އަޅުގަނޑު ހަނދާނެއް ނެތެވެ. އެކަމަކު ފުރަތަމަ ފޮޅުވަތް މިހާރުވެސް ހަނދާން އެބަހުއްޓެވެ. ފުރަތަމަ ފޮޅުވަތުގައި އޮތީ މިހެންނެވެ. "ދިވެހިރާއްޖޭގެ ތާރީޚަކީ ދިގުވެގެންވާ ތާރީޚެކެވެ." މީގެ އިތުރަށް ހުރި ލިޔުންވެސް ޑޮކްޓަރ މަޢުޞޫމް ވަރަށް ރީތިކޮށް ކުރުކޮށްލެއްވިއެވެ. އެކަމަކު އޭނާގެ ޚުލާޞާއިންވެސް އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައި ހުރީ ހަމައެކަނި ފުރަތަމަ ފޮޅުވަތެވެ. އާދެ، މަތީގައި ދެންނެވުނު ފޮޅުވަތް އޭނާ ޚުލާޞާ ކުރެއްވި ގޮތެވެ. އޭނާ ލިޔުއްވާއި އޮތީ މިހެންނެވެ. "ދިވެހި ތާ އަކީ ދިގު ތާ އެކެވެ." މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މުޙައްމަދު ޒަޔާން އަބްދުﷲ, 2009-04-02 06:02:51
ބޮޑެތި މަޒުމޫންތައް ލިޔުމަކީ އެހާ ފަޞޭހަކަމެއް ނޫނެވެ. އެހެންނަމަވެސް އެ މަޒުމޫންތައް ޢާއްމުނާ ހަމަޔަށް ފޯރުކޮށްދޭންޖެހެއެވެ.މި ގޮތުން އެ މަޒުމޫނެއް ކުރުކޮށް ފޮނިކޮށް ޢާންމުނާ ހަމަޔަށް ފޯރުކޮށްދެވޭ އެންމެ މުޙިއްމު އަދި އެންމެ އަގުބޮޑު ވަޞީލަތަކީ ޚުލާސާކުރުމެވެ. ބައެއް މީހުން ޚާއްސަކޮށް ކިޔަވާ ކުދިން ބުނާގޮތުންނަމަ އެކުދިންނަކަށް ޚުލާސާ ކުރާކަށް ނޭނގެއެވެ. މިކަންދިމާވާ ސަބަބަކަށް އަޅުގަނޑަށް ވިސްނެނީ އެކަށީގެންވާ މަޢުލޫމާތު ނުލިބުމެެވެ. އެހެންނަމަވެސް މިޔަދުގެ ޓެކްނޮލޮޖީގެ އެހީގައި އަޅުގަނޑުމެންނަށް އާއްމުނާ ހަމަޔަށް މަޢުލޫމާތު ފޯރުކޮށްދެވިދާނެއެވެ. ވީމާ މި ފުރުޞަތުގައި އަބްދުﷲ އިބްރާހީމް އިބްރާހީމަށް ޝުކުރުދަންނަވަމެވެ.
...
ލިޔުނީ މުޙައްމަދު ޒަޔާން އަބްދުﷲ, 2009-04-02 16:09:53
މަޢުލޫމާތުން ފުރިފައިވާ މަޒުމޫނެއް ވަރަށް ފުރިހަމަ އަދި ބޭނުންތެރި މަޢުލޫމާތު ތަކެއް
...
ލިޔުނީ މުޙައްމަދު ޒަޔާން އަބްދުﷲ, 2009-04-02 17:55:53
މަޒުމޫނެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުވަތަ އޭގައި ހުރިހާ މަޢުލޫމާތެއް ހިމެނުމަކީ ފަޞޭހަކަމެއް ނޫނެވެ. އެހެންނަމަވެސް މަޒުމޫންތައް ނުވަތަ ލިޔުންތައް ޢާއްމުނާ ހަމަޔަށް ފޯރުކޮށްދޭންޖެހެއެވެ. މިގޮތުން މިކަން ޢާއްމުނާ ހަމަޔަށް ފޯރުކޮށްދޭން ކުރުކޮށް އަދި ފޮނިކޮށް ހުށަހަޅަންޖެހެއެވެ. އާދެ އެއީ ޚުލާޞާކުރުމެވެ. ބައެއް ޒުވާނުންނާއި ކުޑަކުދިންނަށް ހީވެފައިވަނީ މީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ފަޞޭހަކަމެކެވެ. އަޅުގަނޑު އަބްދުﷲ އިބްރާޙީމް ޢިބްރާޙީމް ގާތު އަހާލަން ބޭނުންވަނީ ކީއްވެތޯއޭ ބައެއް ބޭފުޅުން މިއީ އުނދަގޫ ކަމެއް ކަމަށް ދެކެނީ؟ މި ސުވާލަށް ވަރަށް އަވަހަށް ޖަވާބެއް ލިބޭނެ ކަމަށް ޢުއްމީދު ކުރަމެވެ. ޓެކްނޮލޮޖީގައި މިހާ ކުރިއަރައިފައިވާ ދުވަސްވަރެއްގައި ތަފާތު އެކިކަހަލަ ވަޞީލައްތަކުގެ އެހީގައި ރައްޔިތުންނަށް މަޢުލޫމާތު ހުށަހެޅިދާނެއެވެ. ވީމާ މި ފުރުޞަތުގައި މި އަގުހުރި ލިޔުއްވުން ލިޔުއްވެވި ޢަބްދުﷲ އިބްރާހީމް އިބްރާހީމަށް ޝުކުރުގެ ބަސްތައް ބަރުތީލަކުރަމެވެ. ޚާއްސަކޮށް ތިޔަބޭފުޅާ މި މަޢުޟޫއަށް މަޢުލޫމާތުން ފުރިގެންވާ މަޢުލޫމާތު ތަކެއް ހިމަނުއްވާފައިވާތީ އަޅުގަނޑަށް ވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ލިބުނު ވާހަކަ އުފަލާއެކު ފާހަނގަކުރަމެވެ. އަދި މުސްތަޤްބަލުގައި ތިޔަ ބޭފުޅާގެ އިތުރު ލިޔުންތައް ފެންނާނެކަމަށް ޢުއްމީދުކުރަމުން މި ފުރުޞަތުގައި ތިޔަ ބޭފުޅާއަށް އިތުރު ކާމިޔާބީއަށް އެދެމެވެ.
ޝުކުރިއްޔާ This e-mail address is being protected from spambots. You need JavaScript enabled to view it ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|