ފަންވަތް ދިވެހި ސަމާސާ އަދަބު ފުރޭތަ ފެންނަ ގޮތް
ބެލި ޢަދަދު: 1855
ފުރޭތަ ފެންނަ ގޮތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
13 އެޕރީލް 2009، 00:10 ހޯމަ


ފަޟީލަތުއްޝައިޚުލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން




އަހުރެން ދާދި ކުޑާއިރު، ކިރިޔާ ހަނދާން ހުންނަ އިރު، އެއްރެޔަކު ވަރަށް ދަންވަރު، ހިވާނީ ފަތިސް ދަންމަތި ވެއްޖެ ހެންނެވެ. މީހަކު ހޭރިގެންފައި އައިސް ލައްޕާފައި ހުރި ދޮރުގައި ޖެހިގެންފައި ދޮރުކައިރިޔަށް ވެއްޓިގެންފިޔޭ. ގޭ ތިބި އެންމެން ހޭލައިގެން ދޮރު ހުޅުވައިގެން ބެލި އިރު މި މީހަކީ ބުސީ ޙަސަން ތައްޚާނެވެ. މިއީ ހަނގުބެއިކަލެކެވެ. ދެން މީނާ ދަމައި ނަގައިގެން ބޮޑު އަށީގައި ބާއްވައިގެން ދަރަވަންދޫގޭގައި އެއިރު އެންމެ ބޮޑު މީހަކަށް ހުންނަ ތަކަންދޫ އަލިފުޅު ދެތިން ފަންޑިތަޔެއް ވެސް ހަދައިގެން ހެއި އަރައްޖެ އެވެ.

ދެއްކި ވާހަކަޔަކީ، ތިމަންނާ ދަމަށް ގޮސް އަށީގައި އޮވެފައި ގިފިއްޔަށް ވަދެލަން ވެގެން އައިސް ގެޔަށް ވަންތަނާ ވާރޭ ވެހެން ފަށައިފި އެވެ. މި ބުނި ގެޔަކީ ދަރަވަންދޫގޭ ކުރިމަތީގައި މިހާރު އާ މިސްކިތު ގަބުރުސްތާނަށް ހިފެވިފައިވާ ގޯއްޗެއްގައި ހުރި ގެއެކެވެ. ދެން ޙަސަން ތައްޚާނު ގަނޑުވަރަށް ދާން ނުކުމެ ހިނގައިގަތްތަނާއި ބޮނޑިބަތްގޭ ފުޅައްޔާ ދިމާ މަގު މެދުގައި  މާ ދިގު އެއްޗެއް ހުއްޓައި ފެނިއްޖެ އެވެ. ޙަސަން ތައްޚާނު ބުނެޔޭ. ތިމަން ކުއްލިޔަކަށް ހުއްޓި މަގުގެ ދެ ކައިރިޔަށް އަރައި ރަނގަޅަށް ބަލާން ފަށައިފީމޭ. ބެލި އިރު އެ އެއްޗަކީ ދިގު އެއްޗެކެވެ. ހަނދު ހުރީ ދަމެއްހައިތަނަށް އަރައިފަ އެވެ. މަގުމަތީގައި އޮތީ ކުޑަކޮށް ފެން ހެދިފަ އެވެ. ދެން ތިމަންމާ މަގުމެދަށް ޖެހި ގުދުވެ ގުދުވެފައި އެ އެއްޗެއް ހުރީ ބިމުގައި ޖެހިގެންތޯ ބަލާން ފަށައިފީމެވެ. މިހެން އުޅެނިކޮށް މި އެއްޗެއް ތިމަންނާޔާ ދިމާޔަށް ދުއްވައިގެންފި އެވެ. ދުއްވައި ގަތުމުން މުޅި މަގުމަތީން ރެދަން ކެނޑޭން ފަށައިފި އެވެ. ދެން ނަސީބުތާޔޭ. މި ގޭ ދޮރޯށްޓާ ދިމާވީކަން. ކޮންމެޔަކަސް މި ގެޔަށް ވަދެވިއްޖެޔޭ. ދެނެއް އިރު ނާރަނީހެއް ހަމަ ނުކުންނާކަށް ނުކެރޭނެޔޭ.

މިހެން އޮއްވައި އިރު އެރި އިރު، ބުސީ ޙަސަން ތައްޚާނަށް ފުރޭތަޔަކަށް ވެގެން މި ފެނުނު މީހާ އޮތީ ކަނޑޫދޫގޭގައި ހަމަ ހަސަން ތައްޚާނަށް ވީވަރު ވެފަޔޭ.  އިރު އަރައި އަލިވީމާ އެ ދެގޭގެ މީހުންނާއި އަދި އެހެން ވެސް މީހުން ހީނ ހީނފައި މި ވާހަކަ ދައްކަނީ އެވެ. ކަނޑޫދޫގެއަށް ވަންމީހާ މުޅިޔަކުން ހެޔެއް ނެތުނު ކަމަކަށް ނުވެ އެވެ. އޭނާ ބުނެޔޯލަ އެވެ. ދަރަވަންދޫގޭ ދޮރޯށްޓާ ދިމާގައި އެ ހުރި އެއްޗެއް ދިގުވެ ދިގުވެފައި ކުރުވެ ކުރުވެފައި އުސްވެ އުސްވެފައި ތިރިވެ ތިރިވެފައި އުޅުނީ ތިމަންނާ ހަމަ ބަލަހައްޓައިގެން ހުއްޓަ އެވެ. ނަސީބުތަޔޭ. ދުވެފައި އައިސް މިގެޔަށް ވެދެވުނުކަން.
------------------------------------------

 މި ކަންތައްވީ ހަނދާން ހުންނަނީ ކިރިޔަ ކިރިޔާ އެވެ.
މި ވާހަކަ މިހެން ރީތިކޮށް ދައްކާން އެނގެނީ މަންމަމެން ވާހަކަ ދައްކާ ތަނުން އޮޅުން ފިލުވައިގެންނެވެ.

ހަވާލާ:

ޙުސައިން ޞަލާޙުއްދީން (1989). ސަމާސާ އަދަބު (1). ދިވެހި ނާދީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ e losi, 2009-04-15 11:24:27
vara molhu

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1855
extra avandia and congestive heart failure