މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކިތަންމެ މޮޅު ރާނީ އަކަސް...... |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 15 މެއި 2009، 09:37 ހުކުރު | |||
ކިތަންމެ މޮޅު ރާނީ އަކަސް، ފިރިކަލުންގެ ކުރިމަތީގައިވާނީ، އަނބި ކަނބަލަކު ކަމުގައިވާށެވެ!![]() ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން ކްވީން ވިކްޓޯރިޔާ – އިންޑިޔާގެ އެމްޕްރެސް މި ފަދަ މާތް ޢިއްޒަތްތެރި ބޮޑު ރާނީ، އެއްދުވަހަކު ވަޑައިގެން އެކަމަނާގެ ފިރިކަލުން ޕްރިންސް އަލްބަރެޓް އޭނާގެ ލިޔާ ކޮޓަރި ކޮޅުގައި ދޮރުކޮޅު ލައްޕަވައިގެން އިންނަވަނިކޮށް، ދޮރުކޮޅުގައި ޓަކި ދެއްވައިފި އެވެ. ޕްރިންސް: ދޮރުމަތީގައި ކާކުތަ؟ ވިކްޓޯރިޔާ: އިންގްލެންޑްގެ ރާނީ ޕްރިންސް: ހަމަ އެކައްޗެއް ވިދާޅުނުވެ އިންނަވަނިކޮށް، ހަތަރެއް ފަހެއް މިނެޓް އިންނަވައިފައި އަނެއްކާ ޓަކި ދެއްވައިފި އެވެ. ޕްރިންސް: ދޮރުމަތީގައި ކާކުތަ؟ ވިކްޓޯރިޔާ: އިންޑިޔާގެ އިންޕްރެސް ޕްރިންސް: ހަމަ އެކައްޗެއް ވިދާޅުނުވެ އިންނަވަނިކޮށް އަނެއްކާ އެހައިރު ހުންނަވައިފައި ޓަކި ދެއްވައިފި އެވެ. ޕްރިންސް: ދޮރުމަތީގައި ކާކުތަ؟ ވިކްޓޯރިޔާ: މަނިކުފާނުންގެ އަނބިކަނބަލުން. ޕްރިންސް: ފުއްމައިގެން ތެދުވެވަޑައިގެން ދޮރުކޮޅު ހުޅުވައިލައްވައި ހިނިފުޅުވަޑުވައިފައި ވިދާޅުވި އެވެ. އާދޭހޭ އަޅުގަނޑުގެ ގޭގައި އަޅުގަނޑުގެ ކޮޓަރީގައި އިންދައި ދޮރުގައި ޓަކިދޭން އިންގްލެންޑްގެ ރާނީ، އިންޑިޔާގެ އެމްޕްރެސް މިބައިމީހުން އަންނާނޭ ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެހެނެއް ނޫނޭ އަޅުގަނޑުގެ އަނބި މީހާ އަތުވެދާނެ އެވެ. ވިކްޓޯރިޔާ: މާފު ކުރައްވާށޭ. އެއީ އަޅުގަނޑުގެ ކިބައިން އިސްވެ ދިޔަ ކުށް ބަހަކީޔޭ.. ތެދުފުޅެކޭ ތިޔައީ ފިރިކަލުންނޭ މިއީ އަނބިމީހާ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|