މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހަވައްޑޭ ތުއްތީދީގެ ޙިކްމަތްތެރިކަން |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 23 މެއި 2009، 15:36 ހޮނިހިރު | |||
|
ޢަބްދުލްޙަކީމު ޙުސައިން މަނިކު ހަވައްޑޭ ތުއްތީދީއަކީ، ވަރަށް ހިތްވަރުގަދަ ވިސްނުންތެރިއެކެވެ. ތުއްތު އަލިދީދީގެ ސީދީގެ އުމުރުން އަށާރަވަރަކަށް އަހަރުގައި އޭނާގެ ބޮޑު ޅިޔަންބޭބެ އަދި ބޮޑުވަޒީރު އަރިހުގައި ލަންކާޔަށް އިނގިރޭސި ކިޔަވަން ފޮނުވާތޯ ބައްދަލުކޮށްފައި ދަންނަވައިފި އެވެ. ވިދާޅުވީ ބޭބެގެ ކުދިން އިނގިރޭސި ކިޔެވިޔަކަސް، އެންމެންނަކަށް އިނގިރޭސިއެއް ނުކިޔެވޭނެ އެވެ. މި ބަހުން ލިބިވަޑައިގަތް ހިތްވަރުގައި އޮޑިކަނޑައިގެން ހުރަޔަށް އަރުވާލާފައި ހުންނެވި އެއްގަމުގޭ ތުއްތު ޢަލި ދީދީ ނަންގަވައިގެން ލަންއަށް ލަންކާއަށް ކުރެއްވި ހިތްވަރުގަދަ ދަތުރުގައި މާލިމީއަކީ ހަވައްޑޭ ތުއްތުދީދީ އެވެ. އެނގުނީ ހަވައްޑޭ ތުއްތު ދީދީއަކީ، ވަރަށް ކެރޭ ބިރުކުޑަ ބޭފުޅެއްކަމެވެ. ހަވައްޑޭ ތުއްތީދީ ދުށުމުގެ ނަސީބު މި ލިޔާ މީހާއަށް ވެސް ލިބުނެވެ. ހުންނަވަނީ ހަށިކޮޅު ވަރުގަދަ ކޮށެވެ. ހެޔޮވަރެއްގެ އިސްކޮޅެއްގަ އެވެ. ދޮންމަނިކުގެ ދޮންތުއްތުއާ، ހުސައިންމަނިކާ މި އެއްބަނޑު އެއްބަފާ ދެބެން ތުއްތީދިއަށް ކިޔުއްވަނީ ''ހަވައްޑޭބޭބެ'' މި ހެންނެވެ. މި ވާގޮތެއް ބެލިމާ އެނގުނީ އެދެބެންގެ ކާފަ ކަޅު އަލިމަނިކަކީ ތުއްދީދީގެ ވެސް ކާފަ ކަމެވެ. މައިކަނބަލެއް އެނގިފަ އެއް ނުވެއެވެ. އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ، 1343 ރަމަޟާން މަހު ހަވަނަ ދުވަހު އެވެ. އޭގެ ފަހުގައި އަންނަބީލު ޢަބްދުލްމަޖީދު ދީދީ، (ފަހުން އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު) ކުރިން ނުކުރައްވާ ހުރި ވަރަށް ގިނަ ކަންތައްތައް ކުރައްވަން ފައްޓަވައިފި އެވެ. އެއީ ބައްޕަގެ ޙުރުމަތަށްޓަކައި ނުވެވި ހުރި ކަންތައްތަކެވެ. މީގެ ތެރޭން އެއްކަމަކީ، ވޯރާ އިންނަށް މިސްކިތެއް އަޅާނެ ގޯއްޗެއް ދެއްވުމެވެ. މި ބިން ވޯރާ މިސްކިތް ހެދުމަށް ދެއްވައިފި އެވެ. މާކަ ލަހެއް ނުވެ މިސްކިތުގެ ބިންގާ އަޅައިފި އެވެ. ހަވައްޑޭ ތުއްތިދީ އެއް ދުވަހަކު، ކުނބޯ ޙާޖީ ގާތު ވިދާޅުވެއްޖެ އެވެ. ތިޔަ ހުރީ ކުޅަނދުރު ހަތައެއް ހަދަން ފަށާފަ އެވެ. މި ވާހަކަ ޢަބްދުލްމަޖީދު އަރިހުގައި ޙާޖީ ދަންނަވައިފި އެވެ. ޢަބްދުލްމަޖީދު ތުއްތީދީ ބަލައި ފޮނުއްވައިފި އެވެ. ވަޑައިގެންނެވި އިރު، ޢަބްދުލްމަޖީދު ހުންނެވީ ހިސާބަކަށް ކޯފާ ވެފައެވެ. ވިދާޅުވި އެވެ. ތުއްތީދީ އެވެ. ތިޔަ ބުނަނީ އަހަރެން މޮޔަކަމެއް ކުރިވާހަކަހޭ؟ ދެންނެވީޔޭ ނޫން ނޫން! އަޅުގަނޑު ބުނީ ބުއްދިވެރިކަމެއް ކުރެއްވި ވާހަކަ އެވެ. ކުޅަނދުރު ހަތާ ހަދަމުން ގޮސް، ވަރަށް ބޮޑުވީމާ ހަތާ ދޫކޮށްލާފައި ކުޅަނދުރުތައް ހިނގައިދާނެ އެވެ. އޭރުން ހަތާ އަޅުގަނޑުމެންނަށް ލިބުނީ އެވެ. ޢަބްދުލްމަޖީދު ދީދީއަށް ހިނިފުޅުވެޑުވިއްޖެ އެވެ. ހަވައްޑޭ ތުއްތީދި ވިދާޅުވި ގޮތް ވެފައި ހުއްޓައި މި އަދުގެ ޒުވާނުންނަށް ވެސް މިހުރީ ފެންނާށެވެ. އެހެރަ ވަރުގަދަ އިމާރާތް މުޅިން އެޗް ދަގަނޑުން އަޅާފައިހުރި، އަދި އިމްޕޯޓުކުރި ބްރިކް ރަތްމުށިން ރާނާފައިހުރި، ޢިމާރާތް އެހުރީ ދިވެހި ދައުލަތުގެ މިލްކަކަށް ވެފައެވެ. ކުރިން ކިޔަނީ ބުންބާ މީހުންގެ މިސްކިތެވެ. ދެން ކީ ބަންޑާރަ މިސްކިތެވެ. މިހާރު ކިޔަނީ މަސްޖިދުއްސުލްޠާނު މުޙަންމަދު ޝަމްސުއްދީން ތިނެކެވެ. ކޮންމެއަކަސް ނިމުނީ ހަވައްޑޭ ތުއްތީދީ ވިދާޅުވި ގޮތަށެވެ. ކުޅަނދުރުތައް ދިޔައްޔެވެ. ހަތާހުރީ އެވެ. ބުއްދިވެރިންނަކީ މި ކަހަލަ ގޮތްގޮތް ބަސްބަހުން ފުރޮޅާލައިގެން ވެރިންގެ ރުހުން ހޯދާލާ މީހުންނެވެ.
|
| ހަމަ މި ގަލަމުން |
|---|