ފަންވަތް ދިވެހި ސަމާސާ އަދަބު ކޭލުފެން
ބެލި ޢަދަދު: 1525
ކޭލުފެން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
25 މެއި 2009، 11:11 ހޯމަ

މި އޮއް އެންމެން ގޮވައިގެން ރަސްކަން ކުރަން އިންމީހާ


 ކޭލުފެން ކައްކާ ގޮތް ވެސް ނުދަންނަނީތާ އެވެ.


ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން މުސްކުޅި ބަންޑާރައިންގެ ޒަމާނުގައި އުތުރު ރަށަކުން އަންނަ މުސްކުޅި ބޭބެޔަކު ރަދުންގެ ފައިވާންފުޅު ދެކޭން ގަނޑުވަރަށް އައިސް އުޅެތެވެ. މި ބޭބެގެ ޒާތަކީ، މަލާފަތަކަށް ދެތިން އުޅާލި ލައިގެން ރޯނުގަނޑަކުން ދަމާ ބަނދެގެން ވެސް ރަދުން އަރިހަށް އަތުވެ ދެ އެވެ.

އެއް ފަހަރަކު، ރޯދަ މަހު ހަވީރު މި ބޭބެ އައިމާ ގޮވައިގެން ހިންގަވަމުން ވަޑައިގެން ނާބަ ޖެހީމާ ފަރީއްކޮޅަށް މަތިގޭ ކޮޓަރިކޮޅުގައި އިށީނދެ ވަޑައިގެންފި އެވެ. އަރިހުގައި ހުރި ކަކާ ބޭކަލަކު ގާތުގައި ވިދާޅޫ ބަސްފުޅު އިއްވަވައިފިޔޭ. ތިޔަ ހަރަ ރާޒުވާ ގޮނޑި ދޮށުގައި އެ ބޭބެ ބައިންދާށެވެ.

ދެން މި ތަނުން ތަށިކޮޅަކަށް އެތާ ފަރީއްކޮޅަށް ހުރި އެތައް ޒާތެއްގެ ބާވަތްކޮޅެއް އަޅުއްވާފައި އެ ކަކާބޭކަލަކު ގާތުގައި ވިދާޅު ބަސްފުޅު އިއްވަވައިފިޔޭ. މި ތަށި އެ ބޭބެގެ ކައިރީގާ ގެން ގޮސް ބަހައްޓާށެވެ. ދެން  މި ބޭބެ ކާނޭ ނުކާނޭ ގޮތެއް ނޭނގިގެން އެބަ އުޅެޔޭ. ރަދުން ފަރިއްކުޅުއްވާން އިންނަވައިފައި އެ ކަކާބޭކަލަކު ގާތުގައި ވިދާޅު ބަސްފުޅު އިއްވެވިޔޭ. ބޭބެމެން ރަށުގައި ރޯދަ ވީއްލާ ވަގުތު ކައި އުޅެނީ ކޮން އެއްޗެއްތޯ އަހައިބަލާށެވެ. މި ހެން އެހީމާ އެ ބޭބެ ބުނެފިޔޭ. ކިތަންމެ އެއްޗެއް ވެސް ގެންގުޅެމުވޭ. އެންމެ ރަނގަޅު އެއްޗަކަށް ހުންނަނީ ކޭލުފެނޭ.
 
ރަދުން: އެޔީ ކިހިނަކުން ހުންނަ އެއްޗެއްތޯ އަހައިބަލާށޭ. އެ ބޭބެ އަނގައިން ވެސް ނުބުނެ އިންދާ.
 
ރަދުން: އެއްޗެއް ނުބުނީ ކިޔެއް ވެގެންތޯ އަހައިބަލާށޭ.

އެ ބޭބެ: މި އިނީ ހައިރާން ވެފަޔޭ.

ރަދުން: ކޮން ކަމަކާތޯ އަހައިބަލާށޭ.

އެ ބޭބެ. އާނ! އެހެންނާ ފަހެ، މި ޔޮއް އެންމެން ގޮވައިގެން ރަސްކަން ކުރަން އަރައި އިންމީހާ ކޭލު ފެނެއް ވެސް ނުދަނެޔޭ. ރާއްޖޭގެ ގިނަ މީހުންގެ މޮޅު ކެއުމަކީ، ކޭލުފެނެވެ.

ރަދުން: ތިޔައީ ދޮގެއް ނޫނޭ. ތިޔަ ވެސް ވާނީ ދަންނާށޭ.

ދެން އޭގެ ފަހު ދުވަހު އަޞުރުވީމާ އެ ބޭބެ ގެންނަވައިގެން ރަދުންނާ އެބޭބެ ޔާ ވެގެން ރަންހަދާ ދޮރޯށީތެރޭގައި ކޭލުފެން  ކެއްކެވީ އެވެ. ހޯދި އެއްޗަކީ، ޅަވަރު ކަށިކެޔޮ ގަނޑަކާ ހަނޑުކޮޅަކާ ހަކުރު ކޮޅަކާއެވެ.  މި އެއްޗެއް ކަންކަވައިގެން އު ދުވަހު ރޯދަފުޅު ވީލެވީ އެއިންނެވެ.

ރަދުން ގެ ގާތް ބޭބޭފުޅުން ތިއްބަވާ ގެކޮޅު ގެކޮޅަށް ވެސް ފޮނުއްވިޔޯލައެވެ.

                              (ނިމުނީ)

ހަވާލާ:
ޙުސައިން ޞަލާޙުއްދީން (1997). ފަތްތޫރަ (225). ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ،


ނޯޓު: މި މަޒުމޫނަށް ލިޔުންތެރިޔާ ދެއްވާފައިވާ އަސްލު މައުޟޫޢަކީ،'' މި ޔޮތް އެންމެން ގޮވައިގެން ރަސްކަން ކުރަން އިންމީހާ ކޭލުފެން ކައްކާ ގޮތް ވެސް ނުދަންނަނީތާ އެވެ. '' މި އެވެ. ފަންވަތުގެ މައުޟޫޢު ޖަހާބަޔަށް މި ސުރުޚީ ނުފެތޭތީ ކުރުކޮށްލީ އެވެ. އެހެން ނަމަވެސް އަސްލު މައުޟޫޢު މަޒުމޫނު ފެށުމުގެ ކުރިން ވިދާޅުވެވޭނެ ގޮތަށް، އިސްކޮށް ހުށަހެޅުމާއެކުގަ އެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ އަބަންބަދީ, 2009-05-25 08:38:27
މި ވާހަކައިގަ އެބަ ވޭ ދެއްތޮ ރަސްގެފާނަށް ދީފަ އޮތް ބޮޑު މެސެޖެއް. ރާއްޖޭ އާންމުން ކައި އުޅެނީ ކޯޗެއްކަން އެމަނިކުފާނަށް އެނގިވަޑައި ނުގެންކަން. އެކަމަކު، މުސްކުޅިބޭބެ ބުނެލި ގޮތުން ހީވީ ރަސްގެފާނަށް އެހާ އިއްޒަތްތެރި އިރު ވެސް، އެފަދަ މޮޅު ކެއުމެއް އެނގިވަޑައިނުގެން އޮތީއޭ. މިއީ ދެން ބުނެވިދާނެ، ބޭރުފުށުން އެހެން މާނައެއް ދައްކަވައިގެން، އެމަނިކުފާނަށް މުސްކުޅިބެ ދިން ރަނގަޅު މެސެޖެއްކަމަށް. "މަނިކުފާނަކަށް މަނިކުފާނުންގެ ރައްޔިތުންގެ ހާލެއް އެނގިވަޑައެއް ނުގަންނަވައޭ" އެކަމަކު ބޭރުފުށުން މި ބުނަނީ.. "މިފަދަ މޮޅު ފަރީއްކޮޅެއް މަނިކުފާނަށް އެނގިވަޑައި ނުގަންނަވާތީ ހައިރާންވެއްޖޭ. މަނިކުފާނަކަށް އެހެންވީމާ އަދި މޮޅު ފަރީއްކޮޅެއް ނުފެނޭތާއޭ" އަޅުގަނޑަށް ދޭހަވަނީ އެގޮތަށް. ދެން އަނެއް ތަންކޮޅަކީ ރަސްގެފާނު ވެސް ޚުލުޤު ހެޔޮކަމާ، ހިތްތިރިކަން. އަދި ކޯފާ މަޑުކަން. އަނެއްކޮޅުން ޞަލާޙުއްދީން ފަދަ މޮޅު އަދީބަކު މި ވާހަކަ ލިޔުއްވުމުގައި ވެސް މިފަދަ ޙިކްމަތެއް އެކުލެވިގެން ވުމީ އެކަށީގެންވާކަމެއް.
...
ލިޔުނީ abdulla, 2009-05-26 14:41:34
salaahudheen ge liyunthah kiyaa iru heevanee salaahudheenakee mi zamaanugai ulhuhvaa beyfulheh hen
ehaaves roohu varugada vefa asaru gadha eve
...
ލިޔުނީ ސަމީޢު, 2009-05-28 02:42:09
އަބުދުﷲ ބުނެފައި އެވަނީ ވަރަށް ބޮޑު ތެދެކެވެ. ޞަލާހުއްދީންގެ ލިއުންތަށް ކިޔާއިރު ހީވަނީ މިއަދުލިއުއްވި އެއްޗެއްހެންނެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1525
extra avandia and congestive heart failure