ފަންވަތް ދިވެހި ސަމާސާ އަދަބު ލޯ ފަޅާށޯ ވާނީ!!
ބެލި ޢަދަދު: 2066
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ލޯ ފަޅާށޯ ވާނީ!! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
09 ޖޫން 2009، 00:15 އަންގާރަ
     
އާދަމް ނަޞީރު އިބްރާހީމް (2005)


" ދޮން ހައްވާ! ލޯ ފަޅާށޯ ވާނީ! އުޕުރޭސަނެއް ނުކޮށެއް ދެނެއް ރަނގަޅެއް ނުވާނެޔޯ! އެކަމަކު ހާދަހައިވާ  ބިރެއްގަންނަކަމެކޭ.. މަށަކަށްވާ ހަމަ ލާހިކެއްނޫން!''

ހަސަންފުޅު މި ފަހަރު ވެސް  މާލެ ގޮސްފައި އައިސް އޭނާގެ އަންހެނުން ދޮންހައްވަ ގާތު އެ ދައްކަނީ ހަމަ ކުރީފަހަރު ވެސް ދެއްކި ވާހަކަ އެވެ. މި ފަހަރު ދެއްކި ޑަކުޓަރަކީ އެހެން ޑަކުޓަރަކަށް ވުމަކުން ވަކި ވީ ތަފާތެއް ނެތެވެ. ދިވެހި ޑަކުޓަރަކަށް ނުދައްކައި ބޭރުގެ ޑަކުޓަރަކަށް ދެއްކީ ވެސް އެމީ ހުންނަށް އޮންނަ ''އިތުބާރެއްގެ''  ބޮޑުކަމުންތާ އެވެ!

ޙަޤީޤަތުގައި ހަސަންފުޅަކީ، ޑަކްޓަރީ ބޭހާ ދުރު މީހެކެވެ. މެތުރި ފެނާއި، ދުން މުޖުމަރާތަކާއި، ތަވީދުތަކާ ދޯޅުމީހެކެވެ. ރަށުގެ އޮޑިދޯނި ފަހަރު މަހަށް ތޫނު ކޮށްދީގެން، މާބަނޑުއަންހެނުންނާއި، ޅަކުދީންގެ ހަށީރައްކަލަށް ތަށި، ތަވީދު ލިޔެދީގެން، ވިޔަފާރިވެރިންގެ މަންފާއަށް އަކަ ކުރަހައިދީގެން ދިރިއުޅުން ހޯދަމުން އަންނަ މީހެކެވެ.  

ފަހަކަށް އައިސް ލޮލުގެ ފެނުން ކޮށިވަމުންދާކަން އޭނާ އަށް ފާހަގަ ކުރެވެން ފަށައިފިއެވެ.  އޭނާގެ އަންހެނުންނަށް ވެސް މިކަން އެނގެ އެވެ. މާ ބޮޑުވަރު  ނުވަނީސް މާލެ ގޮސް ޑަކުޓަރަކަށް ދައްކާލައި ފަރުވާ ހޯދުމަށް އޭނާ  ހަސަންފުޅަށް ލަފާދިނީ އެހެންވެގެންނެވެ. އެކަމަކު، ޑަކުޓަރުންނަށް އިތުބާރު ކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  އެ އަށް ވުރެ މާ މުޖައްރިބު ކަންކަން ޚުދު ހަސަންފުޅުވެސް ދަނެތެވެ.  އޭނާ އެއްފަހަރު ކިއްސައްދެއްވަށް، އަނެއްފަހަރު ރިޔަންކޮޅަށް އަނެއްފަހަރު ބަޑިއެދުރަށް ލަޢުނަތްދީ، އެ ތަކެތީގެ ސަބަބުން އޭނާގެ ލޮލަށް ލިބެމުންދާ ގެއްލުމުން ސަލާމަތްވޭތޯ އެކިވަރުގެ އެކި ތަވީދު އަޅާލަ އަޅާލާ ހުރެއެވެ.  ބައެއް ފަހަރަށް ޙަކީމީ ބޭހުގެ އެހީވެސް ހޯދައެވެ. އަނެއްބައި ފަހަރަށް ބޭހާ ފަންޑިތަޔާ ދެބައެވެ.

މާލެ ދަތުރުތަކަށް ފެށުނީ މި މަސައްކަތް ކޮށްކޮށް ހުއްޓައި މާވަރުގަދަޔަށް ލޮލުގައި ރިއްސަންފެށުމުން، އެންމެ ދޮށްޓަށް ހުރި އަމްޖަދު، ހަސަންފުޅަށް އަޑުލާންފެށުމުންނެވެ.  ދޮށީދަރިފުޅުކަމަށްވީތީ އެ ސޮރު ރުޅިއަރުވައިލުމަކީ ވެސް ކުރުން ބުއްދިވެރިކަމެއް ނޫނެވެ. ކަންކަމުގެ އެކޮޅު މިކޮޅެއް އެ ސޮރުމެންނަކަށް ނުވެސް އެނގޭނެ ވިއްޔާ އެވެ!  ކަށަވަރުވާ ކަމަކީ ދެ އިރު ދެދަޅަޔަށް ލޮލުގައި ރިހުމަކީ، ހަތުރެއްގެ އެސްފީނާ އަކުން ނޫނީ ވާނޭ ކަމެއް ނޫންކަމެވެ. އެސްފީނާ ޖަހާނެ މީހާވެސް ރަނގަޅަށް އެނގެ އެެވެ. ޖެހިގެން މިހިރަގޭ ދަލޭކާ އެވެ. އަހަރެމެން ތަންކޮޅެއް ތިޔާގިކޮށް އުޅޭތީ އޭނާގެ ލަގޮނޑިޔަށް ކުރާބާރު މަ ރަނގަޅަށް ދަންނަމެވެ. މިކަން މިހާ ރަނގަޅަށް ވިސްނޭއިރު ކުރީއްސުރެ އެކަމުން ސަލާމަތްވުމުގެ ގޮތުން ލޮލުގައި އަނދުން ކޫރެ ދަމައިގެން އުޅެވުނު ނަމަ މި ބަލާވެރިކަމެއް ނު ވެސް ޖެހުނީހެވެ.

ކޮންމެ އަކަސް ޝައްކުބަލީގައި ހަނާވަމުންދާ ހަސަންފުޅުފަކީރުގެ ލޮލަށް ލުއިކަމެއް ލިބޭނެގޮތެއް ހަމަ ނުވެއެވެ.  ދިރިއުޅުމަށް އޭނާ ކުރާ މަސައްކަތްތަކެއް ވެސް ދުލެއް ނުމެ ކުރޭމެ އެވެ. މީހުންނަށް ތަށިލިޔެދިނުމާއި ނަކަތްރާހި ބަލައިދީ  ކަންކަމަށް މޮޅު އިރުވަރު ބުނެދިނުމަކީ، އޭނާގެ ދިރިއުޅުމުގެ ހުރިހާ އުފަލެވެ.

ދޮށްޓަށް ހުރި އަމްޖަދު ބޯޓު ދަތުރުކުރަން އުޅެފައި، މި  މިދުވަސް ވަރު ރަށަށް އައިސް އެ ހުރީ ޗުއްޓީއެއްގަ އެވެ.

ބައްޕަޔަށް ދިމާވާ މި ބާވަތު ކަންކަމުގައި ބައްޕަޔާ މުޢާމަލާތު ކުރަންވާ ގޮތް އަމްޖަދު ނިކަންާ ރަނގަޅަށް ދަނެއެވެ. މި ހުނަރުގެ ބޭނުން ކުރުމުން ހިތާ ދެކޮޅަށް ނަމަވެސް   އިންޑިޔާ އަށް ލޯދައްކަން ދާން ހަސަންފުޅު އެއްބަސްވެއްޖެ އެވެ.

ދެ ބަފައިންނަށް އިންޑިޔާ އަށް ދެވިއްޖެ އެވެ.  ހަސަންފުޅުގެ ލޯ ވެސް ލޮލުގެ މޮޅު ޑަކުޓަރަކަށް ދައްކައިފި އެވެ.  އާދައިގެ މަތިން ލޮލުގެ ފެނުން  އަޖުމަ ބަލަނީ އެވެ. ފަހަރަކު ބޯޑެއް ދިއްލައި އޭގައިވާ އަކުރުތައް ހަސަންފުޅަށް ދައްކައި އޭނާލައްވަައި އަކުރުތައް ކިޔުއްވޭތޯ ބަލަނީ އެވެ. އެެންމެ ކުދި އަކުރާއި، ދޭތެރޭ މެދުގެ އަކުރު ތަކަށްފަހު އެންމެ ބޮޑެތި އަކުރުތައް ވެސް މެއެވެ.

ނަތީޖާ ނިކުތީ ހަމަ އެއްގޮތަކަށެވެ!  މި ފަހަރުގެ ޑަކުޓަރުވެސް ދެއްވީ، އެއްކަލަ ހަސަންފުޅު ފަކީރު ބިރުން ފިއްކަނޑައިގެންދާ ޖަވާބެވެ. ހަސަންފުޅުގެ  ބަހުރުވައިންނަމަ އެއީ ލޯފެޅުމެވެ. އުޕުރޭސަން ކުރުމެވެ.  ހައްލަކީ، ހަމައެކަނި މިއީ އެވެ.

އޮޕަރޭޝަން ކުރަންވި ދުވަސް ކަނޑައެޅިއްޖެ އެވެ.  މާ ދަމާޔަކީ މީ އެދުވަހެވެ. މި ރެޔަކު ހަސަންފުޅަކަށް ލޮލުފިޔަ އެއް ނުޖެހެ އެވެ.  މާފަތިހާ ތެދުވެ އޭނާ ގެންފުޅޭ ''ތިންމަހުފޮތް'' ނަގައިގެން ކިޔަވަން ވެސް ފަށައިފި އެވެ.

މި ކަންތައްގަނޑުގެ ސަބަބުން އަމްޖަދުވެސް ހިތްބިރުގަނެ، ކަންބޮޑުވާ ގޮތް ވެއްޖެ އެވެ. ބައްޕަޔާ މެދު އިތުރަށް ވިސްނޭ ގޮތް ވެއްޖެ އެވެ. ވިސްނި ވިސްނުމުން ތަފާތު ކަމެއް ފާހަގަ ވެސް ކުރެވިއްޖެ އެވެ.

މި ފަތިހު، ނިދާބޮކީގެ ފަނޑު އަލި ކަމުގައި ވެސް ބައްޕަ ފޮތް ބަލައިގެން ކިޔަވަމުން އެދަނީ ނުލާހިކު ފަރިތަ ކަމާ އެކުގައެވެ.  ބައްޕަގެ ލޯ އެހާ ގޯސް ނަމަ މިއީ ވެގެން ވާނެ ގޮތެއް ނޫނެވެ. ކިތަންމެ އަކުރު ބޮޑު ފޮތެއްކަމުގައި ވިޔަސްމެ އެވެ.

މިހާރު އަމްޖަދުގެ ދެބަފައިން އެތިބީ ޑަކުޓަރު ގާތުގަ އެވެ.  ކުއްޖަކަށް ނަންކިޔަންވެގެން ކަތިލަން  ގެނެވިފައިވާ ބަކަރިއެއްހެން ސިހިސިހި ހަސަންފުޅު ވެސް މި ވަނީ އެހާލުގަ އެވެ.  އެތާކު ހުރި ގޮނޑިއެއްގައި ހަސަންފުޅު އެބަ އިނެވެ.

އޭރު ވެސް ބަލިމީހުން ބެލުމުގެ ކަންކަން  ކުރިޔަށް އެބަ ދެއެވެ.

ކުއްލިޔަކަށް އަމްޖަަދުގެ ހިތަށް ލިބުނީ ވަރަށް އާދަޔާ ޚިލާފު އިލްހާމެކެވެ.  އޭނާގެ ބައްޕަގެ ނަސީބު ފެންމަތި ކޮށްލައިދިން ތަޢުބީރެކެވެ. ބޮޑު ހަލާކަކުން އޭނާގެ ލޮބުވެތި ބައްޕަ މިންޖު ކޮށްދިން ފިކުރެކެވެ.

ތެދެކެވެ! ޤުރުއާނު އަކުރު ލޮލަށް އެނގުނެއްކަމަކު، ބައްޕަމެން ބޮޑުވެފައިވަނީ ލިޔުން ކިޔުން ނެތް ތަދު ޒަމާނުގަ އެވެ. މީ ކޮން އަކުރެއްހޭ ކިޔާފައި ކޮންމެ ޑަކުޓަރަކު ވެސް،  ބައްޕަ އަށް މި ދައްކަނީ އިނގިރޭސި ބަހުގެ އެބީ ސީޑީ ގެ އަކުރު ތަކެވެ. ޕްލައިވުޑު ފިލައެއްގައި ކުރަހައިފައި  ދެއްކިޔަސް އޭން ބައްޕަޔަށް  ބުނެދޭން އެނގޭނީ   ކޮންއެއްޗެއްހެއްޔެވެ؟  މައްސަލަ ސާފުވީ އެވެ. މި ފަހަރު ޑަކްޓަރާ ހަމަޔަށް ގެންގޮސް ހިސާބު އަކުރުތައް ދައްކާލުމުން އަކުރުތައް އެހެރަ ކިޔާލަނީ ހިތުދަސް ކޮށްލާފައި ހުރި އެއްޗެއް ކިޔާލާ ހެންނެވެ..

-----------
25އޭޕްރީލް 2005

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ ބިލާލް, 2009-06-09 03:48:40
އަސްލުވެސް ވަރަށް ނަލަ ލިޔުމެއް. ނަސީރަށް ޝުކުރިއްޔާ!
...
ލިޔުނީ އައިޝާ, 2009-06-09 12:24:02
ހިހިހިހިހި...............ވަރަށް މަޖާ. ހީހީ ހަލަކުވެއްޖެ
...
ލިޔުނީ it's me, 2009-06-09 15:31:30
heheheh....varah majaa... hama obinoavey...naseerah hama saabas..thigothugai hifahahtaalaa...
...
ލިޔުނީ އިބްރާހީމް, 2009-06-09 22:26:27
މައުޟޫ އޮތް ގޮތުންނާއި، ފެށިގެން އައިގޮތުން ހީކުރީ ވަރަށް ފައްކާވާނެކަމަށް ، އެކަމަކު ނިންމުމުގައި އެއްވެސް އާކަމެއް ނެތުމުން، މި ލިޔުމުގައި ކޮރު ގޮތެއް އެބަހުރި. " ލިޔަންކިޔަން ނޭނގުމުގެ ސަބަބުން އައިނު އަޅަންޖެހުން، ލޯ އޮޕަރޭޝަންކުރަން ޖެހުން " މީ ވަރަށް ގިނައިން އިވޭ އަޑެއް. ހެއްވާ މަޖާކޮށް ދެކެވޭ ވާހަކަތަކުގައި ވަރަށް ގިނަފަހަރު ބޭނުން ކޮށްލެވޭ ޖޯކެއް. އެހެންވެ މިދެންނެވީ "އާ" ކަމެއް ނެތޭ. މި ދެންނެވި ޖޯކު އިވިފައި ނުވާބަޔަކަށް މިލިޔުން ވަރަށް ކަމުދާނެ. ކޮންމެއަކަސް އާދައިގެ މަތިން ނަޞީރުގެ ލިޔުއްވުންތަކުގައި ހުންނަ ކިޔާލާހިތްވާ ބަހުރުވަ މި ލިޔުމުގައި ވެސް އެބަހުރި.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-06-10 10:24:21
އަޅުގަނޑުގެ މި ލިޔުން ވިދާޅުވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ފާޅުކުރައްވާފައިވާ، އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ވަރަށް އުފާކުރަން. ދެއްވާ ހިތްވަރާއި ބައިވެރިވުން ހެޔޮ ހިތުން ބަލައިގަންނަން.

އިބްރާހީމް ފާހަގަ ކުރެއްވި ނުކުތާއަކީ ވަރަށް ރަނގަޅު ނުކުތާއެއް. އެހެނީ ލިޔުމާ މެދު ޚިޔާލު ފާޅުކުރުމުގައި އޭގެ އަދަބީ ލޮނުހެޔޮވަރުކަމާމެދު އެއްޗެއް ވިދާޅުވުމަކީ، ފާޑުކިޔުމުގެ އުސްލޫބުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ.

ލިޔުމުގައި އާ ކަމެއް ނެތް ކަމަށް އިބްރާހީމް ވިދާޅުވި ވިދާޅުވަކީ، ވެސް ރަނގަޅު ވާހަކައެއް. އެކަމުގެ ސަބަބު ދަންނަވާލާނަން. ''ޖޯކު'' އާއި ''ސަމާސާ އަދަބު'' އާ މިއީ ތަފާތު ދެއެއްޗެއް. ސަމާސާ އަދަބުގެ ގޮތުގައި ގިނަ ފަހަރަށް މީހުން ލިޔެ އުޅެނީ ހަގީގީ ކަންކަން. ''ޖޯކުއެއީ އަމިއްލަޔަށް އުފައްދާއެއްޗެއް. ބައެއް ފަހަރަށް ހަގީގީ ކަންކަމުން ޚިޔާލު ލިބިގަނެގެން އުފައްދާފައި ވެސްހުރޭ. ސަމާސާ އަދަބުގެ ގޮތުގައި އަޅުގަނޑު މި ލިޔާ ކޮންމެ ލިޔުމަކީ ވެސް، ހަގީގީ ހާދިސާއެއް ބަޔާންކޮށްދޭ ބަޔާން ކޮށްދިނުމެއް. އޭގައި އާ ކަމެއް ހުންނަ ނަމަ، ހުންނަ އާ ކަމަކީ، އެ ކަމެއް ހުށަހަޅާ ގޮތް. މި ހާދިސާއަކީ ވެސް ހިނގައި ފައިވާ ކަމެއް. އާ އުފެއްދުމެއް ނޫން..

ވީމާ، ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލީ. ހަމަ އެހެންމެ އިބްރާހީމް އެ ފާޅު ކުރެއްވި ޚިޔާލަކީ، ކުރިޔަށް އޮތްތާނގައި ލިޔާ ލިޔުންތައް އެކުލަވައިލަމުންދާއިރު، އެ ނުކުތާއާމެދު އަޅުގަނޑު ވިސްނާނެ ނުކުތާއެއް ކަމުގައި ދަންނަވަން. އިބްރާހީމަށާއި، ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
...
ލިޔުނީ އާޒިމްބެ, 2009-06-13 05:59:38
މި ލިޔުމާ މެދު އިބްރާހީމް ލިޔުއްވާފައިވާ ޚިޔާލަށް އާދަން ލިޔުއްވި ވާހަކައަށް އިޙުތިރާމްކުރަން. އެކަމަކު އިބްރާހީމް އަށް މި ލިޔުމުގަ އާކަމެއް ނެތްކަމަށް ލިޔުއްވުނު ލިޔުއްވުމާއި އާދަން އެއަށް ލިޔުއްވި ލިޔުއްވުމާމެދު ވިސްނާލާއިރު، ފާހަގަކޮށްލެވޭ ކަމެއް އޮތީތީ ހަމަ ޙިއްސާކޮށްލާހިތްވީ. މި ލިޔުމުގެ ފެށުމުގައި ވާހަކަ ދެކެވިފަ ވާގޮތުން ޙަސަނުގެ ލޮލުގަ މައްސަލައެއް އެބަހުރި. ދުރު ނުވަތަ ކާރި ސާފު ނުވުން ނޫން މައްސަލައެއް ހުރިކަމަށް މި ލޔުމުން ފާހަގަ ކުރެވެ. ބޯޑުދައްކައިގެން އެކި ވަރުގެ އަކުރުތައް ކިޔުއްވަނީ އާންމުކޮށް އައިނު ހެދުމަށް ނަގާ ނަންބަރު ނެގުމަށް. ހަސަންފުޅުގެ ލޮލުގެ ފެނުމަށް މައްސަލައަކަށް ކުރިމަތި ނުވިއެއްކަމަކު، އޭނާގެ ލޮލުގަ ރިއްސާ ރިއްސުމުގެ ސަބަބު، މި ލިޔުން ކީ މީހުންނަށް އޮޅުންފިލުވާދިނުމާއެކެ މި ލިޔުން ނިންމާލެއްވިނަމަ، މި ލިޔުމަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެކަމަށް ޤަބޫލުކުރެވެ. އަދި ލިޔުން ކިޔުމުން އިތުރު މަޢުލޫމާތެއްވެސް ލިބޭނެ ކަމަށް އުންމީދުކުރެވެ. ކޮންމެއަކަސް އާދަންމެން ތިޔަ ކުރައްވާ މަސައްކަތަށް ހިތްވަރުދިނުމާއެކު ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރުވެސް ދަންނަވަން.
...
ލިޔުނީ ސަމީޢު, 2009-06-14 08:21:56
މިވާހަކަ ވަރަށްރަނގަޅު ހީކުރިގޮތަކަށްނޫން ވާހަކަނިމުނީއަކީ ނިމޭހިސާބަށް ދިޔައިރުވެސް ހިތައްވެސްނާރާ މީގެއަސްލުމައްސަލައެއް އެކަމަކު ''މާފަތިހާ ތެދުވެ އޭނާ ގެންފުޅޭ ''ތިންމަހުފޮތް'' ނަގައިގެން ކިޔަވަން ވެސް ފަށައިފި އެވެ.'' މިހިސާބައްކިޔުމުން ހިތައްއެރި މިއޮތީ ނަޞީރުވެސް ގޯހެއްލިޔުއްވާފައޭ މިހެން މިދެންނެވީ އެންމެބޮޑެތި އަކުރު ދެއްކީމާވެސް ކިޔަންނޭގުނު މީހަކު ފޮތްކިޔާނެ ގޮތެއް ނުވިސްނުނީމައެވެ. އެކަމަކު ހީކުރިގޮތަކަށްނޫން ތިނިންމަވާލެއްވީ މިކަމަކީ ނަޞީރުގެ ވާހަކަތަކުގައި ހުންނަ ވަރައްހާއްސަ ސިފައެއްކަމަށް ފާހަކުރެވޭ ވާހަކަވަރަށް ފުރިހަމަ އަދިދަންނަވަމެވެ. އާޒިންބެގެ ކޮމެންޓްގައި ފާހަގަކުރައްވާފައި އެވާ މައްސަލަ އަޅުގަނޑަށްވެސް ފާހަގަކުރެވުނެވެ. ލޮލުގައި ދެއިރުރިހޭ މައްސަލަ ކޮންމެވެސް ގޮތަކަށް ގެންނެވިނަމަ ވަރައް ވަރައް ފުރިހަމަވީސްކަމަށް ފެންނަވާހަކަ ދަންނަވާލަމެވެ.
...
ލިޔުނީ ألم, 2009-06-23 07:57:16
އުސްތާޛުގެ ލިޔުންތަކަށް ފާޑު ކިޔުމަކީ އަޅުގަނޑުމެން ކަހަލަ މީހަކު ފާޑުކިޔުމަކީވެސް ތަންކޮޅެއް ދަށް ކަމެއް ކަން ޤަބުލުކުރާ ޙާލު ބުނަން ބޭނުންވަނީ މިވާހަކައިގާ ކޮންމެ ވެސް މައްސަލަ އެބަ އުޅޭކަމެވެ.
...
ލިޔުނީ ޕަރީ, 2010-06-13 17:34:05
ވަރަށް މަޖާ އަދި ވަރަށް އުއްމީދުނުކުރާ ކަހަލަ ނިއްމުމެއް.. އުސްތާޒަށް އައްސަރި ބަހާ ސާބަސް ..ހިހިހިހި..

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2066
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone