މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މޮޅު ޖަވާބެއް |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 16 ޖޫން 2009، 00:02 އަންގާރަ | |||
|
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ މާލޭގައި ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު ވެރިކަން ކުރެއްވި ދުވަސްވަރަކީ ސަބަބުތަކެއް ހުރެގެން ޢާންމު އާދައިގެ މީހުންނަށް ވެސް ޖާސޫސީ ނަޒަރަކުން ބައްލަވަމުން ގެންދެވި ދުވަސްވަރެކެވެ. މިކަން އާދައިގެ މީހުންނަށްވެސް ވިސްނޭމެއެވެ. ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަރިހުގައި ދެތިން މީހަކުތިބެގެން ފަތިސް ނަމާދަށާއި ޢަޞްރު ނަމާދަށް އެކިފަހަރު އެކިމިސްކިތަށް ވަޑައިގަންނަވާކަމަށް ބުނެވެއެވެ. ނަމާދުން ނިމިވަޑައިގެން ފައިބައިވަޑައިގެން އަރިހުގައި ތިބޭބަޔަކާއެކު މަގުމަތީ ނުވަތަ މިސްކިތު ގޯތިތެރޭގައި މަޑުކޮއްލައްވައިގެން ވާހަކަދައްކަވަން ތިއްބަވައެވެ. މިސްކިތުން ފައިބާމީހުން ނުވަތަ މަގުމަތިން ހިނގާމީހުންވެސް ބައެއްފަހަރަށް ކައިރިކޮށްލުމުން އެ މީހުންނާއިވެސް ވާހަކަފުޅު ދައްކަވާކަމުގައިވިއެވެ. ހިނގާމީހުންނަށް ނުވަތަ ޅަފުރައިގެކުދިންނަށް ގޮވާލައްވާ ގެންނަވައި ކޮންމެވެސްއެއްޗެއް ވިދާޅުވާކަމުގައިވެއެވެ.އެއްދުވަހަކު ޢީދުމިސްކިތުން ޢަޞްރު ނަމާދުން ފައިބައިވަޑައިގެން ރަންނަބަޑޭރި ކިލެގެފާނު އެ ކިލެގެފާނު އަރިހުގައި ތިއްބެވި ދެތިންމީހަކާ ވާހަކަފުޅުދައްކަވަން ޢީދުމިސްކިތު ކައިރި ހިސާބެއްގައި ތިއްބެވިއެވެ. މިހެންތިއްބަވަނިކޮން އެމިސްކިތުންފޭބި ގިރާވަރު މީހަކު ޢީދުމިސްކިތުގައިވާ ހިރިގަލުން ބިންވަޅުނަގާފައިވާ ކުރެހުންތަކާއި މަންޒަރުތަކަށް ބަލަމުން އިރުއިރުކޮޅާ ތަންކޮޅެއްބޮޑަށް ގުދުވެ އަތްކާއްތަމުން ބަލަމުން ގެންދެއެވެ. ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނާއި އަރިހުގައި ތިބި މީހުން މިތަން ބަލަމުންގެންދެއެވެ. ރަންނަބަޑޭރި ކިލެގެފާނު އެކަލޭގެޔާ ސަމާސާފުޅު ކޮއްލެއްވުމުގެގޮތުން އެކަލޭގެޔާ މުޚާތަބްކުރައްވާ ވިދާޅުވިއެވެ. ''ކަރޯކިތައްމެވަރަކަށް ބެލިޔަސް ކަރޯއަކަށް ތިޔަކަހަލައެއްޗެއް ހަދާކަށް ނޭގޭނެ!" އެކަލޭގެ ކުއްލިއަކަށް ތެދުވެ ހިންދަމާލާފައި ކިލެގެފާނާއި މުޚާތަބްކޮށް ދަންނަވައިފިއެވެ.'' ކަރޯ ކޮންމެމަހެއްގެ އޮނަތިރީސް ދުވަހު އިރުއޮއްސޭއިރު ބަލަބަލައިފައި އެއުޅޭއެއްޗެއް ކަރޯއަށް ހަދަންއެގިއްޖެތަ؟ '' އެކަލޭގެ އެދިން މޮޅުޖަވާބަކުން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރި އެނބުރި ވަޑައިގެންފިއެވެ. އެކަލޭގެ އެބުނިހެން ކޮންމެމަހެއްގެ 29 ދުވަހު ހަނދުބަލައެވެ. އެއްވެސްމީހަކަށް އެކަހަލަ ހަނދެއް ހަދާކަށް ނޭނގެއެވެ. އެހެންވީމާ ހަދަން ނޭނގޭހައިއެއްޗެއްޗަކީ ނުބަލަންވީ އެއްޗެއް ނޫންތާ އެވެ. ނޯޓް : މިހާރު އަހަރުމެން ރޯދަމަހަށް ހަނދުބަލާފަދައިން އެދުވަސްވަރު ކޮންމެމަހަކަށްވެސް ހަނދުބަލައެވެ. މިހާރު މިގެންގުޅޭ މީލާދީ ތާރީޚަކީ އޭރަކު ދިވެހިން ދަންނައެއްޗަކަށްނުވެއެވެ. މި ލިޔުމާމެދު ފަންވަތް؛ އަލް މުޙުތަރަމް މުޚްތާރު އަބްދުއްރަޙްމާނުގެ ލިޔުއްވުންތަކަކީ ފަންވަތަށް އަލަށް ލިބެންފެށި ލިޔުއްވުންތަކެކެވެ. މި ކަމުގައި މެދުވެރިޔަކީ، ފަންވަތުގެ ދާއިމީ ކިޔުންތެރިއެއްކަމުގައިވާ، އަދި ބައެއް ލިޔުންތައް ވެސް ޝާއިޢު ކުރައްވާފައިވާ، އަލްއަޚު އަޙުމަދު ސަމީޢެވެ. ސަމީޢަކީ މުޚުތާރުގެ ދަރިކަލެކެވެ. ސަމީޢު ބުނުއްވާ ގޮތުގައި ކުރީ ޒަމާނުގައި އޭނާގެ ބައްޕަ ލިޔުއްވާފައިވާ ބޭނުންތެރި ތަފާތު އަދަބީ ލިޔުއްވުންތައް ބައްޕަގެ ފޮތް އަލަމާރީގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޅެންތަކާއި، ތަރުޖަމާ ވާހަކަތަކާއި އެފަދަ ތަފާތު ލިޔުންތައް ހިމެނެ އެވެ. ކުރިޔަށް އޮތްތާނގައި އެ ލިޔުއްވުންތައް ފަންވަތުގެ އަހުލުވެރިންނާ ހަމަޔަށް ފޯރުކޮށްދެއްވާނެ އެވެ. އެހެންކަމުން މި ފުރުޞަތުގައި އަލްމުޙުތަރަމް މުޚްތާރު އަބްދުއްރަޙްމާނަށާއި، އޭނާގެ ލޮބުވެތި ދަރިކަލުން އަޙްމަދު ސަމީޢަށް ފަންވަތުގެ ޓީމުގެ ފަރާތުން އިޚްލާޞްތެރި ކަމާއެކު ޝުކުރު އަދާކޮށްލުމަށް މި ދެތިން ފޮޅުވަތް ލިޔެލީމެވެ. - އާދަމް ނަޞީރު އިބްރާހީމް - މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ސުވާލެއްވެސް އެބައޮތެވެ. ކަރޯއެއީ ކުތިން ކަލޯގެ ބަދަލުގައި ބޭނުން ކރި ބަހެއްތޯއެވެ.