މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބަލަ އަނެއްކާ ވެސް މާވަޑިބެޔަށް ގުޅާށޭ ޖެހޭނީ |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 29 ޖޫން 2009، 00:20 ހޯމަ | |||
|
އަޙްމަދު ސަމީޢު ށ.މިލަންދޫ މި ދަންނަވާލަދެނީ އަޅުގަނޑަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. އޭރު އަޅުގަނޑު އުޅުނީ ލަކުޑި ވިއްކާ ފިހާރައެއްގެ ސޭޓަކަށެވެ. މިހެން އުޅެނިކޮން އެއްދުވަހަކު ދެތިން މީހަކު އަތުވެއްޖެއެވެ. އެމީހުން އައީ ދޯންޏެއް ބަންނަންވެގެން އެކަމަށް ބޭނުއްވާ ލަކުޑި ހޯދުމަށެވެ. އެކަމަށްޓަކައި އެމީހުންވަނީ ބޭނުންވާނެ ލަކުޑީގެ ލިސްޓެއް ވެސް އެކުލަވައިލައިފައެވެ. އަޅުގަނޑު އެމީހުން ގެނައި ލިސްޓުގައިވާ ލަކުޑީގެ ހިސާބުހަދައި ބެލިއިރު އެލަކުޑިއަށް ލައްކައިން ގުނާލެވޭ އަދަދެއް އަރައެވެ. އެމީހުންވެސް މި ހައި ބޮޑުވިޔަފާރިއެއްވީމައި ޑިސްކައުންޓު ލިބޭނީ ކިހާވަރެއްތޯއާއި އަދި ބޭރުން އޯޑަރު ކޮށްގެން ގެނެސްފިނަމަ ޖެހޭނީ ކޮންއަގެއްތޯއާ މި ކަހަލަ ސުވާލުތަކެއް ކޮށްފިޔެވެ. އެހިސާބުން އަޅުގަނޑުވެސް ޖެހުނީ ފިހާރައިގެ ވެރިޔާއަށް ގުޅާށެވެ. ފިހާރައިގެ ވެރިޔާއަށް ގުޅާފައި މި ވާހަކަ ދެންނެވުމުން މިވަގުތު އިންނެވީ ހެޑް އޮފީހުގައި ކަމުގައާއި އެމީހުން ބޭނުންވެގެން އެއުޅޭ ލަކުޑީގެ ލިސްޓު ފެކުސް ކޮށްދިނުމަށް ވެރިޔާ ވިދާޅުވެއްޖެވެ. އެހެންވީމައި އަޅުގަނޑު އެލިސްޓު ފެކުސް ކުރުމަށްޓަކައި މެސެނަށް ލެއްވުމާއެކު އެމީހުންގެ ތެރެއިން މީހަކު އެމީހުންގެ ވެރިއަކަށް އައިސްހުރި މީހާގާތު ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ. ހަމަބުނުމާއެކު އެމީހާބުނެފިއެވެ . އެއީތެދެކޭ އިހަށް ތިފޮނުވައިނުލައި ދޭށެވެ. އެ މީހާ އެހެންބުނުމުން އަޅުގަނޑު ފެކުސް ކުރުމަށްޓަކައި މެސިނަށް ލެއްވި ގަނޑު ނަގާ އެމީހުންގެ އަތަށް ދީފީމެވެ. ގަނޑުނަގައި ދިނުމުން އަދި އިތުރު ހުސްގަނޑެއް ދިނުމަށް އެދުނެވެ. ކުޑަވަގުތުކޮޅެއްފަހުން ވެރިޔާ ފޯނުކުރައްވައިފިއެވެ. އަދި ފެކުސް ކޮށްފިންތޯ އައްސަވައިއެވެ. އަޅުގަނޑު ފެކުސް ކުރަން އުޅުމުން ކަންވީގޮތާއި އަދި އެމީހުން އެއަށް އިތުކުރަން އުޅޭކަމަށް ލަފާކުރެވޭވާހަކަ ދެންނެވީމެވެ. ލަސްވަނީ އެހެންވީމައި ކަމަށްވެސް ދަންނަވައިފީމެވެ. ވެރިޔާވެސް ވީއެންމެއަވަހަކަށް ފޮނުވައިދިނުމަށާއި ދޮޅުގަޑިއެއްހައި އިރު ފަހުން މީޓީންނަކަށް ދާންޖެހިފައި އޮތްވާހަކަ ވިދާޅުވެ ފޯނުބާއްވަވައިފިއެވެ. އަޅުގަނޑު މިދެއްކި ވާހަކަ އަޑުއަހައިފައި އެތަނުން މީހަކު ބުނެފިއެވެ. އެއްޗެއް އިތުރު ކުރަނީއަކީނޫނެވެ. މި ފޮނުވާލާއިރު މީގެ ކޮފީއެއް އަހަރުމެން އަތުގައި ނެތިއްޔާ ވަރަށް އުނދަގޫވާނެ ނޫންހޭ؟ އެހެން ވީމާ މީގައި ހުރި އެއްޗެހިތައް ނޯޓު ކޮށްލަނީއެވެ. އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑު ފޮނުވާލާނީ މި އެއްނޫނެވެ. މީގެ ކޮޕީއެކެވެ. އެމީހުން އެހެންވިއްޔާ ރަނގަޅޭ ކިޔާފައި ދީފިއެވެ. އަޅުގަނޑު އަނެއްކާ އެލިސްޓް ގެންގޮސް ފެކުސްމެސެނަށް ލައްވާ ނަންބަރު ވެސް ނުޖެހިގެން އުޅެނިކޮށް އެތަނުން މީހަކު ކުޑަކޮށް ރުޅިއައިސްފައި ބުނެފިއެވެ. ''އަދި ކޮޕީއެއްވެސް ނުނަގަމެންނުން! ބުނީމެއްނުން ކޮޕީއެކޭ ފޮނުވައިލާނީ ! ކޮޕީއެއްނުނަގައި ތިފޮނުވައިލީމާ އަހަރުމެންނަށް ޖެހޭނީ އަނެއްކައި މާވަޑިމީހާއަށް ގުޅާށެއްނުން! މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މާޒީން, 2009-07-02 16:12:35
ހަގީގަތުގައިވެސް ޙުސައިން ޢަލީ މުޙައްމަދުގެ ކޮމެންޓް ވަރަށް މަޖަލެވެ. ވީމައި އަޅުގަނގުވެސް މިޖެހުނީ ތިކަހަލަކަމެއް ހިއްސާކޮއްލަންތާއެވެ. އަޅުގަނޑު ރާއްޖެތެރޭ ރަށަކަށް ދިޔަދުވަހަކު ތިކަހަލަކަމަކާއި ދިމާވިއެވެ. އަޅުގަނޑު ހުރިގޭ މީހުން ފޯނުކުރަން ބޭނުންވުމުންދަނީ ބޫތުދޮށަށެވެ. އަޅުގަނޑު ބޫތު ދޮށައްދާނެކަމެއްނެތޭ މިއޮތީ ގުޅާލާށޭކިޔާއި ފޯނުދިނުމުން އެމީހުންގާތަށް އައީއަކީ އަމަށުކު ހިންޏެއްނޫނެވެ. އަޅުގަނގު އެމީހުން ހެނީ ކީއްވެގެންތޯ އެހުމުން އެމީހުން ބުނީ މިރަށަކީ މޯބައިލްފޯނު ހިދުމަތް ލިބޭރަށެއްނޫންކަމުގައެވެ. އަޅުގަނޑު ފޯނުބަލައިލީ ދެނެވެ. އެއީތެދެކވެ. ރޭންޖޭކިޔާއެތީގެ އެތިފުކެއްވެސް ނެތެވެ. އެކަމަކު އަޅުގަނޑު އެޖީބައްލައިގެންނޭ އެދުވަހު ހަތަރުދަމު އުޅުނީ ! ވާނީވެސް އެހެންތާއެވެ. މާލޭގައި އުޅެބޮޑުވާމީހަކަށް ރާއްޖެތެރޭގައި މޯބައިލު ފޯނުން ނުގުޅޭނެކަމަކަށް ހޔެއްނުކުރާނެއްނުން
އަދިވެސް އެއްވާހަކައެބައޮތެވެ. އެއީ ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ އެމީހުން ރާއްޖެތެރޭ ރަށަކަށް ދަންވެގެން އެރި އޮޑިއަކީ ވަރަށް ޒަމާނީ ފެންވަރުގެ އާލާތްތަށް ހުރިއެއްޗެކެވެ. ިދެންނެވީ ޖީޕީއެސްއޭ މިޔާއެތިވެސް ހުރިވާހަކައެވެ. ދަތުރުކުރަމުން ދަނިކޮން އިއްތިފާގުން އިރުއޮއްސުންގަޑި އުޑުމަތިބަނަކޮއްލައި ވިސްސާރަހަދައިފިއެވެ. ދޯނި ދުއްވަން ހުރީ ދޯނީގެ ވެރިމީހާއެވެ. ދެން ހުރަސް ކުރަން އޮތީ ބޮޑުކަނޑެކެވެ. އޭރު ދޯނި އޮތީ ........... ކައިރީގައެވެ. އެހެންވީމައި އެރަށުގައި ޖައްސައިފި އެވެ އޭނާވެސް އެމިހުން އެތާ މަޑުކުރުމުން ކީއްވީތޯ އާއި ދެން ފުރާނީ ކޮންއިރަކުންތޯ މާލިމީ ކައިރީގައި އަހައިފީމެވެ.އަދި އުޑުމަތިބަނަޔަކަސް ކަނޑުގަދައެއް ނޫނެއްނުންހޭ އަދިމީގައި ޖީޕީއެސްވެސް އެބަހުރިނޫންހޭ އެހެންވީމައި މަޑުކުރަނީ ކީއްވެހޭ؟އެހުމުން މާލިމީބުނީ ޖީޕީއެސް ހުއްޓަކަސް މިހައި ވިލާބޯވީމައި އޭގެބޭނުމެއްވެސް ނުކުރެވޭނެ ނޫންހެއްޔެވެ. ސެޓްލައިޓަކަސް ހުރަހެއް ހުރިއްޔަކާއި ކުރާނެކަމެއް ނޯންނާނެނޫންހޭ! ވިލާތުނިނަމަވެސް ކޮންމެވެސް ވަރަކަށް ސިގުނަލު ލިބުނިސްތޯއްޗެކެވެ. ދެން ޖީޕީއެސްގެ ހަޤީގަތް ކިޔައިދިނީމައި ގަބޫލެއްނުކުރިއެވެ. މާލިމީއާއި ދޯނީގައި ތިބި ބައެއް ފަޅުވެރިންވެސް ބައިވެރިވެ ސިސުނަލުނުލިބޭނެކަމުގެ ދަލީލު ދައްކައިފި އެވެ. ދެއްކި ދަލީލު ދަންނަވައިލާނަމެވެ. އެމީހުން ޖީޕީއެސް ގަންނަންވެގެން ދިޔަފިހާރައިން އެއެތި ޓެސްތްކުރަންވެގެން ފިހާރަމީހުންވެސް އެބޭރަށް ނެރުނުވާހަކައެވެ. ފިހާރަ ތެރެގައި ބަހައްޓައިގެން ނުލިބުނީ ޓިނުފުރާޅެއްގެ ދަށުގައިވީމައިކަމެއް އެމީހުގާތަކު ފިހާރައިން ނުބުނާތީ އެމީހުންނަށް ނޭގުނީ އެވެ. އިއްތިފާގުން އެދަތުރުވީ އެމީހުން ޖީޕީއެސް ބަހައްޓައިގެން ކުރި ފުރަތަމަ ދަތުރަށެވެ. އަދިވެސް އެބައޮތެވެ. އެކަމަކު މާދިގުވެއްޖެ ދެއްތޯ؟ އެހެންވީމައި ނިންމައިލަނީ ވަރަށްސަލާމް ! ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އަޅުގަނޑުމެން ކުރާ ކަންތައްތަކަށް އެމީހުން ވެސް ހަޖޫ ކިޔައެވެ. މާލޭ ދެ އަންހެންކުއްޖަކު ފިހާރައެއްގެ ތެރޭގައި އުޅެނިކޮށް އެ ފިހާރައަށް ވަނތް ރަށްފުށުގެ ކުދިންތަކެއް، މާލޭ ދެ ކުދިންގެ ފައިތިލައަށް ބަލަބަލާފައި ހޭން ފެށިއެވެ. މާލޭ ދެ ކުދިންގެ ފައިތިލައިގައި ހެއްވާކަމެއް ވީތާއެވެ!
ލަކުޑި ގަންނަން ދިޔަ މީހުން ކުރިކަހަލަ ހެއްވާ ކަންތައްތައް ކުރަނީ، ރަށްފުށުގެ ފަސްކުޅަނދު މަދުކަމަށް ބުނާ މީހުން އެކަންޏެއް ނޫނެވެ. ނާސާގެ ސައިންޓިސްޓުން ވެސް އެކަހަލަ ކަމެއް ކޮށްގެން ކުވޭތުގެ ބަދަވީން (ރަށްފުށު މީހުން) އެ ސައިންޓިސްޓުންނަށް ޖޯކުޖެހި ކަމަށް ބުނާ ވާހަކައެއް އަޑުއެހީމެވެ.
ނާސާގެ ސައިންޓިސްޓުންނަށް ވީގޮތަކީ، ކުވޭތުގެ ސަހަރާތެރޭގައި އުޅެނިކޮށް މަގުއޮޅުނީއެވެ. މިކަމަކީ، ސަހަރާގައި ދިރިއުޅޭ ލިޔަން ކިޔަން ނުދަންނަ ބަދަވީންގެ ނަޒަރުގައި ވަރަށް ހެއްވާ ކަމެކެވެ. އެހެނީ، "ހިލައިގައި އަތްލީމާ މަގުފެންނާނެއެވެ. ދާންވީ ފަރާތް އެނގޭނެއެވެ. ވީއިރު، ސައިންޓިސްޓުންނޭ ކިޔާފައި މިތަނަށް އައިސްގެން މިއުޅެނީ ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ ޖާހިލުންތަކެއްތާއެވެ!!!"