ފަންވަތް ދިވެހި ތާރީޚް އިއްޔެގެ މާލެ-1
ބެލި ޢަދަދު: 2034
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އިއްޔެގެ މާލެ-1 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
05 ޑިސެމްބަރ 2008، 02:13 ހުކުރު

މާލޭގެ ފެން

އާދަމް ނަޞީރު އިިބްރާހީމް

1970ވަނަ އަހަރު ރާއްޖޭގައި  މަރުވިކަމަށް ރެކޯޑްކުރެވިފައިވާ ކުޑަކުދިންގެ  %50.5 އަކީ ޞިއްޙީގޮތުން ރައްކާތެރިކަން ނެތް ނުސާފު ފެން ބޭނުންކުރުމުގެ ސަބަބުން މަރުވި ކުދިންކަމަށް އދ.ގެ ޞިއްޙަތާބެހޭ ޖަމިއްޔާއިން ބުނެފައިވެއެވެ.  މި ކަންފާހަގަކުރައްވާފައިވަނީ އެ ޖަމިއްޔާގެ ސެނިޓަރީ އިންޖީނިޔަރ މިސްޓަރ ކުކިއެލްކާގެ ރިޕޯޓެއްގަ އެވެ.  އެއަހަރު 1646 ކުދިން ރާއްޖޭގައި ޅަފަތުގައި މަރުވެފައިވެއެވެ. 


 17ވަނަ ޤަރުނުގެ ތާރީޚީ ލިޔުންތައް ބުނާގޮތުން، އޭރުވެސް މާލޭގެ ފެނަކީ ސާފު، ރައްކާތެރި ފެނެއްނޫނެވެ. އެދުވަސްވަރު ރާއްޖޭގައި އުޅުއްވި،  ފަރަންސޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ ޕިރާޑް ލިޔުއްވާފައިވާގޮތުގައި މާލޭގެ ފެނަކީ ނުސާފުފެނެކެވެ. އެފެނުން ފެންވެރީމާ ގައި ހިރުވައި ގައިކަހައި ބިހިނަގައެވެ. 

އެޗް ސީޕީ ބެލް ފުރަތަމަ ރާއްޖެވަޑައިގަތީ 19ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އޭނާ މާލޭގެ ބޯފެނާބެހޭގޮތުން ތަޙްލީލުތަކެއް ކުރެއްވިކަން ތާރީޚުން އެނގެއެވެ.  މި ތަޙްލީލަށްފަހު އޭނާވަނީ މާލޭގެ ބޯފެނާ ނަރުދަމާގެ ނިޒާމެއް ޤާއިމްކުރަންޖެހޭކަމުގެ އިޝާރާތެއްދެއްވާފައެވެ.

1967ގައި ދުނިޔޭގެ ޞިއްޙަތުޖަމިއްޔާގެ ސެނިޓަރީ އިންޖީނިއަރ މިސްޓަރ ޕީ އެޗް އޭ މާޓިންކޭ މާލޭގެ ކުރެއްވި ފެނާބެހޭ ތަހްލީލު ބުނާގޮތުން އޭރު  މާލޭގެ ބިމުން އެކަށީގެންވާވަރަށްވުރެ ގިނައިން ފެންނެގެއެވެ.

މާލޭގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެއްވުމަށް ސަރުކާރުން ޢަމަލީފިޔަވަޅެއް އެންމެ ފުރަތަމަ އަޅުއްވާފައިވަނީ 1904ވަނަ އަހަރުއެވެ. އެއީ އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު 3ގެ ރަސްކަމުގައެވެ. ޚިދުމަތް ދެއްވީ  މާލޭގެ ދެ އަވަށެއްގައި ދެ ފެންތާނގީ ބައްހައްޓަވައިގެންނެވެ. ފުރަތަމަތާނގީ ބެހެއްޓެވީ 18 އޮގަސްޓް 1906ގައި ހެންވޭރުގައެވެ.  ދެވަނަ ތާނގީ ބެހެއްޓެވީ އޭގެ ތިން އަހަރު ފަހުން 4ޖޫން 1909ގައި މާފަންނުގައެވެ.  މާފަންނުގައި ބެހެއްޓެވިތާނގީ  16ޖުލައި 1983ގައި ތަޅާލެވުނެވެ. ހެންވޭރުތާނގީ ތަޅާލެއްވީ 1ޖުލައި 1984ގައެވެ. މާލޭގެ އާބާދީ އިތުރުވެ މިތާނގީތައްދޮށުގައި މީހުންތައް ތޮއްޖެހެމުންދާތީ އެއަށްވުރެ ބޮޑެތި ތާނގީތަކެއް ހެއްދެވުމަށެވެ. ހަމަ އެހެންމެ 9ޖުލައި 1985ން 1 އޯގަސްޓު 1988އަށް މާލޭގެ ބޯފެނާއި ނަރުދަމާގެ ނިޒާމުރަނގަޅުކުރުމުގެ ޚާއްޞަ މަޝްރޫޢެއް ސަރުކާރުންހިންގެވިއެވެ. އެމަޝްރޫޢަށްފަހު،  ލޮނުފެނަށް ހަދާ ޒަމާނީ ނިޒާމެއް ޤާއިމްކުރެވި މާލޭގެ ގޭގެޔަށް ފެނުގެ ޚިދުމަށް ފޯރުކޮށްދެއްވަމުންގެންދެވި ނަމަވެސް، މި ދެންނެވި ދުވަސްވަރު  އެ ތާނގީތައްދޮށުގައި މީހުން ސަފުދަމާފައި އޮވެއެވެ. ގަދަ އަވީގައި ކަމަށް ވިޔަސްމެއެވެ. އެތައް އިރެއްވަންދެންނެވެ. ބަނޑިޔާތަކާއި ހުސްފުޅިތަކާއި ހަންތައް ހިފައިގެންނެވެ.  އަންހެނުންނާއި ފިރިހެނުންނެވެ. ޢުމުރުންދުވަސްވީމީހުންނާއި ކުޑަކުދީންވެސްމެއެވެ. ބުއިމަށާއި ކެއްކުންފަދަ ކަންކަމަށް ބޭނުންވާ ސާފުފެންހޯދުމަށްޓަކައެވެ. 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ މުދައްރިސެއް, 2008-12-05 15:12:04
ވަރަށް ބޭނުންތެރި މައުލޫމާތުކޮޅެއް. ކުރުކުރުކޮށް ގެނެސްދީފައިވާތީ ވަރަށް ފަސޭހަ. ނިންމުމުގައި ސިފަކޮށްދެއްވި މަންޒަރު ފޮޓޯއަކުން ދައްކައި ދެއްވި ނަމަ ވަރަށް ފުރިހަމަވީސް...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2034
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone