މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިއްޔެގެ މާލެ - މާލޭގެ މަގުތައް |
|
|
| ދިވެހި - ތާރީޚް | |||
| 22 ޑިސެމްބަރ 2008، 19:26 ހޯމަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ މާލެއަކީ ޠަބީޢީގޮތުން، ރާއްޖޭގެ އެހެނިހެން ރަށްރަށްފަދަ ރަށެއްކަމުގައިވާތީ، މާލެއަކީވެސް ކުރީގައި ރުއްގަސްބޯ ވާބޯ ރަށެކެވެ. ފަސްގަނޑަކީ، ވެލިހިމުން ހިރަފުސް ވެލިގަނޑެކެވެ. މާލޭގައި މީހުން އާބާދުވެ ގެދޮރު ޢިމާރާތް ކުރަންފަށައިފައިވަނީ މާބޮޑު ރޭވުމެއް ޕްލޭނެއް އެކަށައަޅައިގެނެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކަންހިނގަމުން ދިޔަ ފަދައިންނެވެ. ވަލުތެރޭން އެމީހަކަށް ގަސްކަނޑައި ސާފުކުރެވުނު ބޮޑުމިނެއް އެއީ އެމީހެއްގެ ގޯތިކަމުގައިވެދެއެވެ. ދައުލަތުގެ ފަރާތުން ގޯތިގޯއްޗާއި ބިންބިމުގެ މިލްކިއްޔާތުގެ ކަންކަން ބަލަހައްޓަވަމުންގެންދަވާތާ ވެސް ޒަމާންތަކެއްވެއްޖެއެވެ. އެހެންނަމަވެސް މަގުތަކުގެ ރީތިކަމާއި ހިނގާބިނގާވެ، ތަކެތިދުއްވާ މީހުންނަށް ފަސޭހަ ނިޒާމުތައް އެކަށައެޅުން އެއީ މާފަހުގެ ކަމެކެވެ. 1976ގެ މިނިވަން ދުވަންދުވަހުގެ އުފަލުގައި ސައިކަލުބުރެއް އިންތިޒާމުކުރުމަށް، ސަރުކާރުން މަސައްކަތްކުރައްވައި، މުޅިމާލޭން އާންމުންގެ 25 ސައިކަލު ހަމަނުވި ކަމަށް ޢުމުރުން ދުވަސްވީ ބައެއް މީހުންގެ ފަރާތުން އެނގިފައިވެއެވެ. ![]() ![]() އެވޭލާ ޒަމާނުގެ މާލޭގެ މަގުތަކަށްބަލާއިރު، މާލޭގައިވެސް އޮތީ ވަލުވަލުތެރޭން ދެވޭ ގޯތި ގޯއްޗާއި، ހަނިގޯޅިތަކެވެ. މަގުމެދާއި އަރިއަރިމަތީގައި ހުންނަ ބިޔަގަސްތަކެވެ. ގޯތިތައް އޮތީ އެއްވެސް ތަރުތީބެއް ނެތި އެތަންމިތަނުގައި އަޅާފައިވާ ދަނޑިފަނުގެ ކޮށިތަކެއްފަދައިންނެވެ. މަގުމަގާއި ގަބުރުސްތާނުތަކާއި މުޅި މާލެތެރޭގައި ވަނީ ގެރިބަކަރީގެ އައިންތަކެވެ. 20ވަނަ ޤަރުނުގެ ކުރީކޮޅުގައި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭެރި ކިލެގެފާނު، މާލޭގެ މަގުތައް ސީދާކުރެއްވުންފަދަ ޢުމްރާނީ ހެޔޮ ބަދަލުތަކެއް ގެންނެވި އެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އަލްފާޟިލް އިބްރާހީމް ނާޞިރުގެ އެންގެވުމަށްވެސް އެފަދަ ބައެއް ބަދަލު ގެންނެވި އެވެ. ނަމަވެސް މީހުނާއި މަސައްކަތާ ގިނަވެ، މާލެ ތޮއްޖެހެމުން ދިޔަވަރަކަށް މަގުމަގުގެ އަޑިގުޑަންކަމާއި ނުސާފުކަންދިޔައީ އިންތިހާޔަށް އިތުރުވަމުންނެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ މުޙަންމަދު ޢުމަރު, 2008-12-22 16:29:46
މި ފަދަ ޙަޤީޤަތްތައް މި އަދުގެ ޒުވާނުންނަށް އެނގެންޖެހޭ. މިއީ ދިވެހިންގެ ތާރީޚު. ދިވެހިންގެ މާޒީ. ދިވެހިންގެ ހާލަތު. ނަސީރު ފަދަ ރާއްޖޭގެ ރަށެއްގެ ކުއްޖަކު މާލޭގެ ތާރީޚަށް ތިޔަ ކުރައްވާ ޚިދުމަތަށްޓަކައި، ޝުކުރު އަދާކުރަން. ދިވެހި މުދައްރިސުން އަހަރެމެންގެ ކުދިދަރީނަށް މި މައުލޫމާތުތައް ފޯރުކޮށްދޭނެކަމަށް ހީކުރަން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|