މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެކި އަހަރު ރާއްޖެ ވަޑައިގެންނެވި ބައެއް ޢިއްޒަތްތެރިން |
|
|
| ދިވެހި - ތާރީޚް | |||
| 24 ޖެނުވަރީ 2009، 22:28 ހޮނިހިރު | |||
|
އާދަމް ނަޞީރު އިބްރާހީމް(2008) 1972 އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު (2) 15 މާޗު 1972ގައި މާލެ ވަޑައިގަތެވެ. 1983 އޭޕްރީލްމަހުގައި މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙަންމަދު ރާއްޖެވަޑައިގެންނެވިއެވެ. 1984 ދެކުނު އޭޝިޔާ ރީޖަންގައި ހިމެނޭ ޤައުމު ތަކުގެ ފޮރިންމިނިސްޓަރުންގެ ބައްދަލުވުން ދާރުލްޢުލޫމްގައި ބޭއްވުނެވެ. (10 ޖުލައި 1984) ޕަލަސްޓައިން ލިބެރޭޝަން އޯގަނައިޒޭޝަންގެ ރައީސް އައްސައްޔިދު ޔާސިރު ޢަރަފާތު 22 ޖުލައި 1984 ގައި ރާއްޖެ ވަޑައިގަތެވެ. ![]() 1985 ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލްޙައްޤު ރަސްމީ ދަތަރުފުޅެއްގައި، 15 ޑިސެމްބަރ 1985 ގައި ރާއްޖެ ވަޑައިގަތެވެ. ކޮޅުބުގެ ޑެޕިޔުޓީ މޭޔަރ އެމް.ޙުސައިން މުޙައްމަދު 11 ޖެނުއަރީ 1985 ގައި މާލެ ވަޑައިގަތެވެ. ނިޔުޒިލްޑްގެ ބޮޑުވަޒީރު މިސްޓަރ ޑޭވިޑްލޯންގެ ދެކަނބަލުން 14 އޭޕްރީލް 1985 ގައި ރާއްޖެ ވަޑައިގަތެވެ. 1986 އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރަޖީވްގާނދީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ސޯނިޔާ ގާނދީ 7 ފެބްރުއަރީ 1986 ގައި މާލެވަޑައިގަތެވެ. ބަނގްލާދޭޝްގެ ރައީސް ޖެނެރަލް ޙުސައިން މުޙައްމަދު އިރުޝާދުގެ ދެކަނބަލުން 22 ޖުލައި 1985 ގައި ވަޑައިގަތެވެ. ![]() 1987 ސްރީލަންކާގެ ރައީސް ހިޒް އެކްސަލަންސީ މިސްޓަރ ޖޭއާރ ޖަޔަވަރްދަނާގެ ދެކަނބަލުން 2 މާރޗް 1987 ގައި ވަޑައިގަތެވެ. ![]() 1988 ނޭޕާލްގެ ރަސްގެފާނު ބިރެންދުރަ ބީރްބިކް ރަމްޝާހްދޭވާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާނީ އައިޝްވަރްޔާ 28 ސެޕްޓެމްބަރ 1988 ގައި ވަޑައިގަތެވެ. 1990 އިންޑިޔާގެ ބޮޑުވަޒީރު ޝްރީ ވީ.ޕީ ސިންގގެ ދެކަނބަލުން 22 ޖޫން 1990 ގައި ރާއްޖެ ވަޑައިގަތެވެ. ސްރީލަންކާގެ ބޮޑުވަޒީރު އެޗް. އީ. މިސްޓަރ ޑީ.ބީ ވެޖެތުންގަ 25 ޖުލައި 1990 ގައި ރާއްޖެ ވަޑައިގަތެވެ. ![]() 1992 ކުވޭތުގެ އަމީރު ޝައިޚް ޖާބިރު އަލް އަޙްމަދު އައްޞަބާޙް 11 ސެޕްޓެމްބަރ 1992 ގައި ރާއްޖެ ވަޑައިގަތެވެ. ސާރކްގެ ޗެއަރމަނެއްގެ ހައިޘިއްޔަތުން ސްރީލަންކާގެ ރައީސް ހިޒްއެކްސަލެންސީ މިސްޓަރ ރަނަސިންހަ ޕްރެމަދާސަ 10 އޮކްޓޯބަރ 1992 ގައި ރާއްޖެވަޑައިގަތެވެ. 1994 ބަނގުލާދޭޝްގެ ބޮޑުވަޒީރު ބޭގަމް ޚާލިދާޒިޔާ 23 ނޮވެމްބަރ 1994 ގައި މާލެވަޑައިގަތެވެ. 1995 އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ނަރަސިންގހަރާއޮ 15 އެޕްރީލް 1995 ގައި މާލެވަޑައިގަތެވެ. 1998 ޕާކިސްތާނުގެ ބޮޑުވަޒީރު މިސްޓަރ މުޙައްމަދު ނަވާޒް ޝަރީފް 1 އޯގަސްޓް 1998 ރައްޔިތުން މަޖިލީހުގެ އައު ޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް މާލެ ވަޑައިގަތެވެ. 2001 ޗައިނާގެ ބޮޑުވަޒީރު ޗޫ ރޮންގޖީ 16 މެއި 2001 ގައި ވަޑައިގަތެވެ. ![]() 2002 އުތުރުކަރައިގެ ބޮޑުވަޒީރު ޞާޙިބުއްދައުލާ ޝްރީއަތަލް ބިހާރީ ވަޖްޕާއީ ސެޕްޓެމްބަރ 2002 ގައި ރާއްޖެވަޑައިގަތެވެ. ސްރީލަންކާގެ ބޮޑުވަޒީރު ޞާޙިބުއްދައުލާ ވިކްރަމަ ސިންހަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް މައިތިރި ވިކްރަމަ ސިންހަ . 16 ޑިސެމްބަރ 2002 ގައި މާލެ ވަޑައިގަތެވެ. 2004 ސާކުގެ ޗެއަރމަންގެ ޙައިސިއްޔަތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޞާޙިބުއްދައުލާ ޝައުކަތު ޢަޒީޒް އަދި އަނބިކަނބަލުން ބޭގަމް ރުޚްސާނާ 22 ނޮވެމްބަރ 2004 ގައި މާލެ ވަޑައިގަތެވެ. 2005 އެމެރިކާގެ ކުރީގެ ދެ ރައީސުންކަމުގައިވާ، ރައީސް ބިލްކުލިންޓާނާއި، ރައީސް ޖޯޖު ބުޝް 21މޭ 2005ގައި މާލެ ވަޑަައިގަތެވެ. އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކޯފީ އަނާން 10 ޖެނުއަރީ 2005ގައި މާލެ ވަޑައިގަތެވެ. ![]() 2008 ޝްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަ ޕަކްސަ 11 ނޮވެމްބަރ 2008ގައި މާލެވަޑައިގަތެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|