މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތިޔަ ބޭފުޅުންނަށްޓަކައި (2) |
|
|
| ދިވެހި - މާދަރީބަސް | ||||||||||||||||||||||||||||||||||||||||||
| 15 މާރޗް 2011، 01:23 އަންގާރަ | ||||||||||||||||||||||||||||||||||||||||||
ބަހުގެ ދަރަޖައިގެ ދެވަނަ ފިލާވަޅު:ދަރަޖަ، ޝަޚުޞަށް ގެންނަ ބަދަލު އެކުވެރި ކިޔުންތެރިޔާ އެވެ! މި ސިލްސިލާގެ ފުރަތަމަ ފިލާވަޅުގައި އަޅުގަނޑުމެން ދަސްކުރި މައިގަނޑު ނުކުތާ ހަނދުމަފުޅު އެބަހުރި ދޮގެއްތޯ އެވެ؟ އެ ފިލާވަޅުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ދަރަޖައިން މާތްކުރެވެނީ ވާހަކަ ނިސްބަތްކުރެވޭ މީހާއެވެ. ޝަޚުޞެވެ. އޭނާ އަށް ނިސްބަތްވާ ތަކެއްޗެއް ނޫނެވެ.މި ފިލާވަޅުގައި އަންނަނިވި ސުވާލުގެ ޖަވާބު ހޯދައިލަމާ ހިންގަވާށެވެ! ''ދަރަޖަ ޝަޚުޞަކާ ގުޅުމުން އެޝަޚްސެއްގެ ހައިސިއްޔަތަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟ ނުވަތަ މިއަށްވުރެ ސާދާ ބަހުރުވަޔަކުން ދަންނަވާނަމަ، މީހެކޭ، ބޭކަލެކޭ، ބޭކަނބަލެކޭ، ބޭފުޅެކޭ މި ކިޔެނީ ކޮން ހަމަޔަކުންހެއްޔެވެ؟'' ޖަވާބައިގެން ކުރިޔަށްދަމާ ހިންގަވާށެވެ! ތިރީގައިވާ ބަދަލުތަކަށް ވިސްނަވާށެވެ! ދަރަޖަ، ޝަޚުޞަށް ގެންނަ ބަދަލު ދައްކައިދޭ ތާވަލު:
އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހި ބަހުގައި ވާހަކަ ދެއްކުމުގެ މައިނގަޑު ތިންދަރަޖައެއް އޮވެއެވެ. އެއީ، އާނހޫނގެ ދަރަޖައާއި، ލައްބަދުރުވުމުގެ ދަރަޖައާއި، އާދެވަޑައިގަތުމުގެ ދަރަޖަ އެވެ. އާނހޫނގެ ދަރަޖައަކީ، ދޭދޭރަޙްމަތެރިން ވާހަކަ ދައްކައި އުޅޭ ސާދާ ދަރަޖަކަމުގައި ދެންނެވިދާނެ އެވެ. ލައްބަދުރުވުމުގެ ދަރަޖައަކީ، އޭގެ މަތީ ދަރަޖަ އެވެ. މާތްދަރަޖަ އެވެ. އާދެވަޑައިގަތުމުގެ ދަރަޖައަކީ، އެންމެ މަތީ ދަރަޖަ އެވެ. އެންމެ މާތް ދަރަޖަ އެހެންނޫންތޯ އެވެ. ތިބާ އަކުރާމާ މުޚާޠަބު ކުރައްވަން ބޭނުންފުޅުވަނީ ކޮން ދަރަޖަޔަކުންތޯ އެވެ؟ ބޭނުންފުޅު ދަރަޖައެއް އިޚްތިޔާރު ކުރައްވާށެވެ! ތާވަލު އެކެއްގައި އެވާފަދައިން، ދަރަޖަ ޝަޚުޞަކާ ގުޅޭ ގޮތެއްގެ މައްޗަށް ބިނާކޮށް ޝަޚުސުގެ ހައިސިއްޔަތު ބަދަލުވާނެ އެވެ. މީހަކަށެވެ. ބޭކަލަކަށް ނުވަތަ ބޭކަނބަލަކަށެވެ. އަދި ބޭފުޅަކަށެވެ. ''އިސްތިސްތިސްނާއެއް ނެތްތަ؟'' ފަހަރެއްގައި ތިބާގެ ސުވާލަކަށް ވެދާނެ އެވެ. އެކަމަކު ރަސޫލުބޭފުޅުންނޭ ކިޔާއަޑު ވަރަށް ނީވެ އެވެ؟ އަޞްޙާބު ބޭފުޅުންނޭ ބުނެވޭ އަޑުވެސް ވަރަށް ނީވެ އެވެ. ސީރަތުގައިވެސް ކިޔާތީ އަޑު އިވެނީ ރަސޫލުބޭކަލުން، އަޞްޙާބު ބޭކަލުން، އިމާމުވެރި ބޭކަލުން މި ގޮތަށެވެ! ހަމައެހެންމެ، އެއިން ޝަޚްޞަކަށް ދަރަޖަ ދޭވޭއިރު، ބޭކަލެކޭ ބުނެވޭ ހިނދެއްގައި ވެސް ''ދުރުވުން'' މި ލަފުޒު ބޭނުންކުރެވޭ އަޑެއް ނީވެ އެވެ. މި ވަނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ، އެއީ އިސްތިސްނާއެއްކަމުގައި ދެންނެވުމެވެ. ރަސޫލުބޭފުޅުންނޭ، އަޞްޙާބު ބޭފުޅުންނޭ ބުނެވޭނަމަ އެއީ ކުށްގޮތެކެވެ. ރަނގަޅު ގޮތަކީ ރަސޫލުބޭކަލުންނޭ ބުނުމެވެ. ހަމަ މި ނުކުތާގައި ހަނދުމަފުޅު ބަހައްޓަވަންވި މުހިންމު އަނެއްކަމަކީ، އެތާނގައި ބޭކަލުންނޭ ބުނެވުނު ކަމުގައި ވިޔަސް، އެ މަޤާމުގައި ބޭކަލުން އެ ބޭނުން ކުރެވެނީ އެންމެ މަތިވެރިވެގެންވާ ދަރަޖައިގައިކަމެވެ. އެހެންކަމުން އެއިން ބޭކަލަކަށް ނިސްބަތްކޮށް ދުރުވުން، ބުނުއްވުންފަދަ ބަސްތައް ބޭނުންކުރުމަކީ ވަރަށްވެސް ނޭދެވޭކަމެކެވެ. އޭރުން އެވާގޮތަކީ އެބޭކަލުންނަށް ބޭއިޙްތިރާމު ކުރެވެނީ އެވެ. އިހާނެތިވެވެނީ އެވެ. ބައެއް ފަހަރަށް މަލާއިކަތްބޭކަލުންނޭ ބުނެވޭ އަޑު އިވެ އެވެ. އެކަމަކު މަލާއިކަތުންނަށް ނިޞްބަތްކޮށް ބޭކަލުން އިތުރު ކުރުމަށްވުރެ ނުކުރުން ރަނގަޅު ކަމަށްފެނެ އެވެ. ތަޢުލީމުއްދިޔާނާގައި އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލުދީދީ ވެސް ލިޔުއްވައިފައިވަނީ، ''މަލާއިކަތުންނަށް އީމާންވުން'' މި ގޮތަށެވެ. ލަފާކުރެވޭ ގޮތުން މަލާއިކަތް ބޭކަލުންނޭ ނުލިޔުއްވައި އެ އޮތީ، ދިވެހިބަހުގައި ބޭކަލުންނޭ ކިޔައި އުޅެނީ ހަމައެކަނި ފިރިހެނުންނަށް ކަމަށްވާތީ އެވެ. މާތްﷲ މަލާއިކަތުން ޚަލްޤުކުރައްވައިފައިވަނީ، އެގޮތުގަ އެއް ނޫނެއްނޫންތޯ އެވެ! ދަރަޖައާއެކު ބައެއް ބަސްތައް ބަދަލުވެގެންދާގޮތް:
ނަތީޖާއަކީ ކޮބާ؟މި ފިލާވަޅުން ތިބާއަށް ޙާޞިލްވެވަޑައިގަތް މުހިންމު ނުކުތާތަކަކީ ކޮބައިތޯ އެވެ؟ ވަގުތު އޮތިއްޔާ، ތިރީގައި މިވާ ސުވާލުތަކާއި އޭގެ ޖަވާބުތަކާމެދު އަލުން ވިސްނައިލަމާ ހިންގަވާށެވެ! 1- އެބޭފުޅާ ދުރުވެ ބުނުއްވިޔޭ ލިޔުން ނުވަތަ ބުނުން ރަނގަޅު ހެއްޔެވެ؟ ނޫނެކެވެ. ރަނގަޅެއް ނޫނެވެ. ސަބަބަކީ، އެބޭފުޅާއޭ ބުނުމުން އެނގެނީ އެއީ ވާހަކަދެއްކުމުގެ އެންމެ މަތީ ދަރަޖަކަމެވެ. އެހެންކަމަށްވާނަމަ، ދުރުވުމޭ ބުނުއްވުމޭ ލިޔުމުގެ ބަދަލުގައި، އެ ބޭފުޅާ ވަޑައިގެން ވިދާޅުވިޔޭ ލިޔަން އާދަ ކުރަމާ ހިންގަވާށެވެ! 2- އަޞްޙާބުބޭފުޅުން، ރަސޫލުބޭފުޅުން ކިޔުން ރަނގަޅުތޯ އެވެ؟ ނޫނެކެވެ. ސަބަބަކީ އެބޭކަލުންނަށްވަނީ ވަކި ޚާއްޞިއްޔަތެއް އެރުވިފަ އެވެ. އެއީ ބޭކަލުންނެވެ. އެކަމަކު އެންމެ މަތީދަރަޖައިގަ އެވެ. ބަހުގެ ހަމަ ނިޔާކުރާ ގޮތަކީ އެއީ އެވެ. 3- ތިބާ ހިތްޕުޅަށް އަރައިފާނެ އެވެ. އަހަރެން، އެންމެ މާތްބަހުން ވާހަކަ ދައްކާނީ ކޮންބަޔަކާހެއްޔެވެ؟ ލައްބަދުރުވުމުގެ ދަރަޖައިން މުޚާޠަބު ކުރާނީ ކޮންބަޔަކާހެއްޔެވެ؟ އޮފީހުގެ ވެރިޔާއާ މުޚާޠަބު ކުރާނީ، އޭނާއާ ޖެހިގެން ހުންނަ ވެރިޔާއާ މުޚާޠަބު ކުރާނީ ކިހިނެއްހެއްޔެވެ؟ ތިޔަ ސުވާލުތަކުގެ ޖަވާބުގައި ދަންނަވައިލަންޖެހެނީ، މިޒަމާނުގައި ދަރަޖައިގެ ބަހުރުވައަކީ، އޮފީސްބަހުރުވަކަމަށްވެއްޖެ އެވެ. އެހެންކަމުން އެންމެ މާތްބަހުން ކޮންމެ މީހަކާވެސް ވާހަކަ ދެއްކުމުގެ އިޚްތިޔާރު ތިބާއަށް ލިބިވަޑައިގެންވެ އެވެ. އެކަމުގައި އޮތް އުފަލަކީ، ކަމޭހިތުމާއި، ޤަދަރުކުރުމުގެ އިޙްސާސްތައް އާލާވެ ހިތަށް ލިބޭ ފިނިކަމެވެ. ދެފަރާތަށްމެ ލިބޭ ހިތްހެޔޮކަމާއި، މިތުރުވެރި ހިނިތުންވުމެވެ* ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. އިރާދަ ކުރެއްވިއްޔާ ދެން އޮތް ފިލާވަޅެއްގައި ވާހަކަ ދައްކާނީ ބަދަލުނަމާ ބެހޭގޮތުންނެވެ. ---------------- (ނިމުނީ) މި ސިލްސިލާގެ ބޮޅުތައް: މި ލިޔުން: ލިޔުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) އަލުންބެލުން: '' '' ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|