ފަންވަތް ދިވެހި މާދަރީބަސް ނިބޫ - ފަހެ ފަރަގު ދެނެ ތިބޫ ހެއްޔެވެ؟
ބެލި ޢަދަދު: 2442
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނިބޫ - ފަހެ ފަރަގު ދެނެ ތިބޫ ހެއްޔެވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
24 ޑިސެމްބަރ 2008، 11:42 ބުދަ
                       

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)

އެއް ނިބޫވުމަކީ، އެއްމާބަނޑުވުމެވެ. އެއްފަހަރާ ގަރުބަ ގަންނަ ދެކުދީންނަކީ، ނުވަތަ އެއަށްވުރެ ގިނަ ކުދީންނަކީ ނީބޫ ކުދީންނެވެ. މި ފަދަ ކުދީން ބޭރުފުށަށް ފެންނަ ފެނުން ވަރަށް އެއްގޮތެވެ. ސޫރައިގައި މާބޮޑު ތަފާތެއް ނުހުރެއެވެ. އެކަމަކު ވިސްނުމާ ޚިޔާލު އެއްގޮތެއް ނޫނެވެ.  މާނަވީ ސިފަތަކުގައި ހުންނަ ފަރަގުތައް ބޮޑެވެ.  

ނިބޫ ކުދިންގެ ސިފަ އެއްގޮތްކަމުގެ  ސަބަބުން، ބޮޑުވެ ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު، ބައެއް ކަހަލަ،  ލަދުކަންތައްތައްވެސް ދިމާވެފައި ހުންނަ ކަމަށްވެއެވެ. ދެ ފިރިހެން ކުދީންކަމުގައިވާނަމަ އެކަކު ކާވަންޏަކަށް ތައްޔާރު ވެގެން އުޅޭއިރު، އޭނާ ގުޅިފައިވާ އަންހެން ކުއްޖާއަށް ނޭނގި، އޮޅުމުގައި  އަނެއް ނިބޫ ކުއްޖާއާ ބައްދަލު ކުރެވިފައިވެސް އެބަހުއްޓެވެ.  އޭގެ ސަބަބުން ހެއްވާ ނަތީޖާތައް ނިކުމެފައި އެބަހުއްޓެވެ.

ބަހުގެތެރޭގައިވެސް ހިމެނޭ އެއްގޮތް ލަފުޒު ތަކަކީ މި ފަދަ ލަފުޒު ތަކެކެވެ. އޭގެ ބޭރުފުށުން ވަރަށް ކުޑަ ފަރަގެއް ނޫނީ ނުފެނެއެވެ. ވަރަށް އެއްވައްތަރެވެ. އެކަމަކު އެތެރޭގައިވާ މާނަ އުޑާ ބިމާހައި ތަފާތެވެ. އެހެންކަމުން ބަސް ބޭނުން ކުރާ އިރު، މި ފަދަ ލަފުޒުތަކާމެދު ފަރުވާތެރިވުން މުހިންމުކަމަށް ދެކެމެވެ.

ޝަޒާ -  ސަޒާ

''މަގޭ މުހައްބަތުގެ ޗާލު މަލިކާ ޝަޒާ ނުދޭށޭ ޝަޒާ ނުދޭށޭ!''  މި ތާނގައި ޅެންވެރިޔާ ވިދާޅުވާން ބޭނުންފުޅުވަނީ ކީކޭބާއެވެ. ލަވައިގައި އަޑު އިވެނީ މިހެންނެވެ. ޝަޒާ އަކީ މީރުވަހެވެ. ސަޒާއަކީ، އަނިޔާއެވެ. ވޭނެވެ. ޢުޤޫބާތެވެ. އެހެންކަމަށް ވާނަމަ އޭނާ އޭނާގެ ލޯބިވެރިޔާގެ ކިބައިން މި އެދެނީ އެއްވެސް އަރާމެއް އޭނާއަށް ނުދޭށޭ ބާވައެވެ. ނުވަތަ އެއްވެސް ވޭނެއް އަނިޔާއެއް ނުދޭށޭބާވަ އެވެ؟



ބަތްތެލި - ބައްތެލި

''ކުޅުދުއްފުށީ ބޮޑު ބަތްތެލި މާލެދާން ފުރައިފިއެވެ.'' މި މަންޒަރު ސިފަ ކުރެއްވެނީ ކިހިނެއްތޯއެވެ؟ ބަތްތެއްޔަކީ، ބަތްތަވައެވެ. ތެއްޔެއްގައި ބަތް ކެއްކީމާ އެއީ ބަތްތެއްޔެކެވެ.  ބައްތެއްޔަކީ، އޮޑި ދޯނިފަހަރުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކަނޑުދަތުރު ފަތުރުގައި ގިނަ މުދާ އުފުލުމަށްޓަކައި، ފެނަށްގަދަކޮށް، ވަރުހެސަކޮށް ބަނދެފައިވާ އުޅަނދެކެވެ.

ފުޅަލި ފުޅަފި

ފުޅަލި- ފުޅައްޔަކީ، ދަނޑިފަނުން ހަދާފައިވާ ހިޔާވަހި ފަދަ ތަންތަނުގައި ދޮރެއްގެ ގޮތުގައި ބޭނުން ކުރާއެއްޗެކެވެ. ގޯނި ޖަހައިގެން ހަދާފައި ހުންނަ ޒާތެއްގެ ދޮރުފަތެކެވެ. މީގެ އޮނިގަނޑު ހަދާފައި ހުންނާނީ ދުނބުރި ދަނޑި ފަދަ އެއްޗަކުންނެވެ. ފުޅަފި- ފުޅަތްޕަކީ، ދިވެހި ރުކުގެ އިހާގަނޑުގެ ވަށައިގެން އޮންނަ ތޮށިގަނޑެވެ.


ޣަރަޤު   ޢަރަޤު

'' ފިރުޢައުނު ކަނޑަށް ޢަރަޤު ވީއެވެ''  ޢަރަޤަކީ ފަތްޕިލާވެލީގެ ދިޔައެވެ. ހަށިގަނޑުން ހިއްލާ ދަލަށްވެސް ޢަރަޤު ކިޔައެވެ. ޣަރަޤުވުމަކީ ކަނޑުވުމެވެ. ކަނޑަށްފެތި މަރުވުމެވެ. އެހެންވީމާ ކަނޑަށް ޢަރަޤުވެއްޖޭ ބުނެފިނަމަ އެއީ އަޖާބެކެވެ. ކަނޑުގައި ދާހިއްލީ ވިއްޔާއެވެ!


ބަޠަލާ -  ބަތަލާ

މަރިޔަމް ނިޝާއަކީ، ބަތަލާ އެއް ހެއްޔެވެ؟ ނުވަތަ ބަޠަލާ އެއް ހެއްޔެވެ؟ ބަޠަލާއަކީ، ބަޠަލު މިބަހުގެ އަންހެންނަމެވެ. ބަތަލާއަކީ، އޮޑިދޯނި ފަހަރުގެ ކުނބުގަދަ ކުރުމަށްޓަކައި ކުނބުވައްގަނޑާ ދެމެދަށްޖަހާ ލަކުޑިގަނޑެވެ. ދެން ތަފާތު ވިސްނާލައްވާށެވެ!

ޚަބަރު -  ހަބަރު

ޚަބަރުގެ އާންމު އެއް މާނައަކީ، އަލަށް ހިނގާކަމެއްގެ މަޢުލޫމާތެވެ. ހަބަރަކީ، ދިވެހި ބޭހުގެ ބާވަތެކެވެ. ވަރަށް ހިތިރަހަ ގަދަ އެއްޗެކެވެ.

''ރަބަރު ފަދައިން ދިގުވެ ކުރުވާ ޚަބަރު ވެސް އޭ އެއްޗެކޭ
    ދަބަރު ޚަބަރަށް ލައިފި ނަމައީ، ހަބަރު އޭ ކަމުގައި ހިތާށެ''  - ޢަބްދުﷲ ޖަލާލުއްދީނުލް އަޒުހަރީ –

ދޭހަ: ޚަބަރަކީ ރަބަރު ފަދައިން ދިގުވެ ކުރުވާ އެއްޗެކެވެ. (މާނައަކީ ކަންކަމާބެހޭ ގޮތުން އިވޭ އިވުންތަކަކީ، އެފަދަ މަޢުލޫމާތުތަކަކީ  ތުންތުންމަތިން އެކި ގޮތްގޮތަށް ފުރޮޅި ބަދަލުވަމުންދާނެ އެއްޗެކެވެ.) ޚަބަރުގެ ތެރެއަށް ދަބަރު ލައިފިނަމަ، އެޚަބަރަކީ، ހަބަރެވެ. ( މާނައަކީ، ކަމަކާ ބެހޭ ގޮތުން ގެންނަ މަޢުލޫމާތުގެ ތެރެއަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ލައިފިނަމަ އެއީ ޚަބަރެއް ނޫނެވެ. އެއީ ހަބަރެވެ. (ކަމުނުދާ ނުބައި އެއްޗެކެވެ.)


ސިކާރަކުރުން - ޝިކާރަކުރުން

ސިކާރަ ކުރުމަކީ، އެއްޗަކަށް އެއްޗެއް އަޅާ ފުރާލުމެވެ. މި ސާލަކަށް ގުދަނަށް ގޮދަން އަޅައި ފުރައި ސިކާރަ ކޮށްލައިފިއެވެ. ޝިކާރަ ކުރުމަކީ އެއްގަމު ކެޔޮޅުކަން ކުރުމެވެ.  ދުނިދަނޑިން ޙަމަލާދީގެން ފުއްލާ ފަދަ އެއްޗެހި މެރުމެވެ.


އިސްރާފުކުރުން - އިޝްރާފުކުރުން

އިޝްރާފު ކުރުމަކީ ޙަރާމް ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ސަބަބު ދަންނަވާލާނަމެވެ. އިޝްރާފު ކުރުމަކީ، ތަންތަން ބެލެހެއްޓުމެވެ. ޙަރާމްކަމަކީ އިސްރާފު ކުރުމެވެ.  އިސްރާފު ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، ކަމެއްގައި ހައްދު ފަހަނަޅައި ދިޔުމެވެ.


ނާނޭފުޅު ފިއްލެވުން -  ނާނާކިޔުން
 
ނާނާ ކިޔުމަކީ، ކުދީން ނިންދަން ލަވަކިޔުމެވެ. ނާނޭފުޅުފިއްލެވުން، ނުވަތަ ނާނެފިއްލެވުމަކީ، ފެންވެރުމަށް އެންމެ މާތް ދަރަޖައިގައި ބޭނުންކުރާގޮތެވެ.


ވަކިވެލުމުގެ ކުރިން:  

މި ފަދަ ފަރަގުތައް ހުންނަ އިރު، މި ފަދަ ބަސްތަކަށް ސަމާލުކަން ނުދީ ވާހަކަ ދައްކައި ލިޔެކިޔައި ހެދޭނަމަ އެއީ ވަރަށް ވެސް ދެރަކަމެވެ. އަޑު އަހާ މީހުންނަށް އުނދަގޫވާނެ ކަމެކެވެ. ތިބާ ގަސްތުކުރައްވާ މާނައާއި، އޭން ދޭހަވާނަމަ ތަފާތުވާ ނަމަ ދެއްކި ވާހަކައިގެ މަޤުޞަދު ޙާޞިވުމަކީ، ނާދިރު ކަމެކެވެ. ނަތީޖާއަކީ، ވަގުތު ބޭކާރުވުމެވެ. ތިމާ ބޭޒާރުވުމެވެ. ދިވެހި ވަންތަކަމާއި، ދިވެހިއްޔަތަށް އަނިޔާވުމެވެ.


މިވީ ކިހިނެއް؟

އަޅުގަނޑުގެ ރައްޓެއްސަކު ކިޔައިދިނެވެ. ތިމަންނައާ އެއް ކިލާހުގައި މާލޭގެ ޤަދަރުވެރި ޢާއިލާއެއްގެ ބޭފުޅަކު އުޅުއްވަ އެވެ. ތިމަންނަމެން ކިލާހުގައި ވާހަކަ ދައްކައި އުޅެނީ އާދައިގެ ބަހުރުވައިންނެވެ. އެއްދުވަހަކު ކަމެއްގައި ކޮންމެހެން އެގެޔަށް ދާންޖެހިއްޖެއެވެ. ގޮސް ސަލާން ގޮވައިލީމާ ގޭތެރޭން ނިކުތް ކުއްޖާ އަކީ ގޭގައި ގެންގުޅޭ ކުއްޖެއްކަން އެނގުނެވެ. ''ޝާހިދު އުޅުއްވާތަ؟" ތިމަންމަ އަހާލީމެވެ. އެ ކުއްޖާ ގޭތެރެއަށް ވެދެލައިފައި އައިސް ބުންޏެވެ. ''ނޭނޭފުޅު ފިއްލަވަނީ.... ދަންނަވާލަންތަ؟''  '' ނޫނޭ... ނިދާފަ އޮތިއްޔާ ދެން އަޅާނުލާ'' މި ހެންކިޔައިފައި އެނބުރި ހިނގައިގަނެވުނު ތަނާ އެއްކަލަ ކުއްޖާ ހީނގަތް އަޑު އިވުނެވެ. ވީގޮތް އެނގުނީ އަދި ކިރިޔާއެވެ. ހަރުގަންނަވާފައި އަވަހަށް އެގޯތިތެރޭން ވެސް ނިކުމެއްޖައީމެވެ.
 

 
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ ސޭތެށި, 2008-12-24 05:24:07
ގޭތެރޭން ނުކުތް ގެންގުޅޭ ކުއްޖަކީ ނޭފަރު ސޭބޯ ކުއްޖަކަށް ނުވެދާނެޗެ؟ އެހެންޏޭ ފެހެ، އެކީ، ސޭސޭ ކިޔޭ ވެއްތެރެއް ނޭނޭ ނޫންޗެ؟ އޭ، ޗެކޮޔޭ! ބޭފުޅެއްގެ ގޯއްޗެއްގޭ ގެންގުޅުނެއްކަމަކު މެހެމޭނުންނޭ ޗެފޭޑެއް ވޭހެކެ ނުދެއްކޭއްޗޭ.
...
ލިޔުނީ محمد جميل, 2008-12-24 05:47:12
آدم نصير ގެ ލިޔުއްވުންތައް ވަރަށް ދިވެއްސެވެ. عبد الله صادق ފަދަ ބޭފުޅުން ދިވެހި ބަސް ނިންމެވި ހިސާބުން ފަށްޓަވައިގެން ކުރިޔަށް ގެންދަވާނެ ކަމަށް أميد ކުރަމެވެ. އަދި މިނޭވާގައި محمد أمين އާއި إبراهيم شهاب އާއި يوسف محمد ފުޅާއި ނިޔަނދުރު محمد މަނިކު، ތިބޭފުޅާއަށް ވެދުން ދަންނަވާ ވާހަކަ ވެސް މިތަނުގައި ލިޔެލަމެވެ. މިވާގޮތެއް އެނގިވަޑައިނުގެންފި މީހަކަށް ބުނަމެވެ. آدم نصير ގެ ލިޔުއްވުންތަކުގެ صدى، އަތީރުގެ ތެރަށް ފެތުރިގެން ދާ ހިނދު، މައްޔިތުން ވެސް ހޭލައްވާލަނީއެވެ.
...
ލިޔުނީ މޯޑް, 2008-12-26 01:14:01
މިނޫނީ ކިޔާހިތުން ކިޔާލެވުނު މަޒުމޫނެއް އަދި ނުދެކެމެވެ. އާދަމް ނަޞީރަކީ، މިޖީލުގެ މޮޅު ލިއުންތެރިއެކެވެ. އަދި ޓީވީން ފެނުނު، މަޢުލޫމާތު މުއްސަނދި ކުޅަދާން ހުށަހެޅުންތެރިއެކެވެ.
...
ލިޔުނީ މޭން, 2008-12-26 10:42:36
މިމަޒުމޫނަށް އަޅުގަނޑު އިތުރުކޮށްލަން ބޭނުންވާ ދެ ސުރުޚީއެއް އެބައޮތެވެ. އެއީ:

1. ފާރިސް، ފާރިޝް
ފާރިސްއަކީ، އަސްވާރެވެ. އަހަށް ސަވާރުވެ އޭގެމަތީގައި ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާއެވެ. ހިތްވަރުގަދަ ހަނގުރާމަވެރިޔާއެވެ. އަދި ސިންގާއަށް ވެސް "ފާރިސް" އޭ ކިޔައެވެ.

ފާރިޝްއަކީ، ގޭގައި މަސައްކަތްކުރަން ގެންގުޅޭ ނޯކަރުމީހާއަށް ކިޔާ ނަމެކެވެ. ފާރިޝް ކުރަންޖެހޭނީ، ތަންމަތި އެޅުމާއި ކުނިކެހުމާއި ފާޚާނާ ސާފުކުރުން ފަދަ މަސައްކަތްތަކެވެ.


2. ޣައްސާން، ޤައްޝާން
ޣައްސާނަކީ، ޒުވާންކަމުގެ އެންމެ ވަރުގަދަ، އެންމެ ރީތި، އެންމެ ހިތްވަރު ގަދަ ދުވަސްވަރަށް ކިޔާ ނަމެކެވެ.
މިނަން ކިއުނު މީހެއްގެ ކިބައިން ޔަމަނުކަރައިގެ މަޝްހޫރު ޤަބީލާއެއް އުފެދިފައި ވެއެވެ.
އަދި މިނަން ކިޔުނު ފެންގަނޑެއް އޮތެވެ. އެއިން ފެން ބޮއިފި މީހަކަށް ވެސް ޣައްސާނޭ ކިޔައެވެ. އެފެންގަނޑުގެ ކައިރީގައި ދިރިއުޅުނު މީހުންނަށް "ޣަސާސިނާ" އޭ ކިއުނެވެ. ޣަސާސިނާގެ މާނައަކީ، ޣައްސާނީންނެވެ. އެބައިމީހުންނަކީ، ހިތްވަރުގަދަ ހަނގުރާމަވެރިންތަކެއް ކަމުގައިވިއެވެ.

ޤައްޝާންއަކީ، ކުނިގޮނޑުން ހޮވައިގެން ކާ މީހާއެވެ. ނުވަތަ ސަލާންޖެހީމާ، މީހުންދޭ، ބާކީވެފައި ހުންނަ ރޮށިކޮޅުކޮޅު ކައިގެން އުޅޭ މީހާއެވެ. އަދި ކަންނެތް ފާޑަށް ހިނގާ މީހާއަށް ވެސް ޤައްޝާނޭ ކިޔެއެވެ. އެގޮތަށް ހިނގާނީ މަސްތުވާތަކެތި ބޭނުންކޮށްގެން ވަރުދެރަވެފައިވާ މީހުންނެވެ.
...
ލިޔުނީ މީމު, 2008-12-27 13:55:27
ނަސީރުއެވެ. މިޒަމާނުގެ ކުދިންނަށް ވައްގަނޑާއި ވަތްގަނޑު އޮޅޭ ވާހަކަވެސް ވަރަށްގިނައިން އަޑުއަހަމެވެ. މިފަދަ ލިޔުންތައް އާންމުވިވަރަކަށް އެފަދަ ކުދިން ރޯފިލާނެއެވެ. ތިޔަކުރައްވަނީ ޚިދުމަތެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-06 17:31:25
ސަޅި މިބަސް ދިވެހިން މިއަދު ބޭނުންކުރަމުން އަންނަ ގޮތާއިމެދު އަދި މިބަސް ނޭގި ނަމަވެސް އޭގެ ގޯސް ގޮތުގައި ބޭނުން ކުރާމީހުން ވިސްނައިދެއްވުން އެދި ދެންނެވީމެވެ.
...
ލިޔުނީ salaam, 2009-05-15 10:36:46
nice mazumooneh
...
ލިޔުނީ meemu, 2009-05-22 11:59:59
fahungenehsa e othy nidhaafa othiyya alaanulaa kiyaa vaahakaeh myga oi. ey thi badhal kohgen dhehtho

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2442
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone