މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގާނދީގެ ފައިވާންޖޯޑުކޮޅު |
|
|
| ދިވެހި - ވާހަކަ | |||
| 13 މާރޗް 2010، 17:39 ހޮނިހިރު | |||
|
ޢަބްދުލްމުޢީދު ޙަސަން ޙިކުމަތްތެރި ވާހަކައެއްގައި ވެ އެވެ.އެއްދުވަހަކު މަހާތުމާ ގާނދީ، ރޭލަކަށް އަރާވަޑައިގެންނެވުމަށްޓަކައި އަވަސްވެވަޑައިގަތެވެ. އޭރު ރޭލު ފުރަން ތައްޔާރުވަނީ އެވެ. ގާނދީ އަވަސް އަވަހަށް ރޭލަށް އަރާވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެއް ފައިންޕުޅުގައިވާ ފައިވާންކޮޅު ވެއްޓުނެވެ. ހަމަ އެހިނދު އެތަނަށް އަނެއް ފައިންޕުޅުގައިވާ ފައިވާންކޮޅު، ގާނދީ ވައްޓަވާލެއްވި އެވެ. މި މަންޒަރު ދުށް މީހުން ވަރަށް ބޮޑަށް ޙައިރާންވި އެވެ. އޭން މީހަކު ރޭލުތެރޭގައި ހުރެފައި ގާނދީއަށް ދެންނެވި އެވެ. "ސާހިބާއެވެ! އެއްފައިންޕުޅުގައިވާ ފައިވާންކޮޅު ވެއްޓުމުން، އެތަނަށް އަނެއް ފައިންޕުޅުގައިވާ ފައިންވާންކޮޅު ވައްޓަވާލެއްވީ ކީއްވެތޯ އެވެ؟" ޙިކުމަތްތެރި ގާނދީ ވިދާޅުވި އެވެ. "ފަޤީރަކު އެ ނަގާއިރު، އޭނާއަށް ދެ ފައިވާންކިބަ ދިނުމަށް އަޅުގަނޑު ބޭނުމެވެ. ދެ ފައިވާންކިބަ ލިބިއްޖެނަމަ އޭނާއަށް އެއިން ފައިދާކުރާނެތީ އެވެ." މަޞްދަރު: އިބްނުމިޞްރު ޑޮޓް ނެޓް.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |