މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޖާހިލުންނަށް ފަހުމުވާ ގޮތް |
|
|
| ދިވެހި - ވާހަކަ | |||
| 26 ޖުލައި 2010، 11:38 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ޖާހިލުންނަށް ދޭހަވާ ގޮތް ބުނެދޭ ވާހަކައެއްގައިވެ އެވެ.ރަމަޟާންމަހު ދުވާލު، އަޢުރާބީއަކު މޭބިސްކަދުރު ކޯންޏެއް ކާން ހުއްޓާ ފެނުނު މީހަކު އެ އަޢުރާބީއަށް ބުންޏެވެ. "މިއީ ރަމަޟާންމަސް ކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟" އަޢުރާބީ ބުންޏެވެ. "ނޫނެކެވެ. ރޭ ހާރުކައިގެން މަވެސް ރޯދަހިފީ ތިކަން އެނގޭތީތާ އެވެ!" އެމީހާ ބުންޏެވެ. "ރޯދައަށް ހުރެ ތިކުރަނީ ކީއްހެއްޔެވެ؟" އަޢުރާބީ ބުންޏެވެ. "މާތް ﷲ ގެ އަމުރުފުޅާ ޚިލާފުވެ ފާފައެއް ކުރެވިދާނެތީ ބިރުން ކަނީ އެވެ." އެމީހާ ބުންޏެވެ. "ރަމަޟާންމަހު ދުވާލު ކެއުމަށް މާތް ﷲ އެންގެވީ ކޮންއިރަކު ހެއްޔެވެ؟" އަޢުރާބީ ބުންޏެވެ. "ތިބާޔަކީ، މި ބަރަކާތްތެރި ރަމަޟާންމަހު ޤުރުއާން އަކުރެއް ވެސް ނުކިޔަވާ މީހަކީމުތާ އެވެ! އަންޢާމު ސޫރަތުގެ 141 ވަނަ އާޔަތުގައި އެއޮތީ ކީކޭ ހެއްޔެވެ؟" އެމީހާ ބުންޏެވެ. "އެއާޔަތުގައި އޮތީ ކީކޭކަން ނިކަން ބުނެދީ ބަލާށެވެ!" އަޢުރާބީ ބުންޏެވެ. "އެ އާޔަތުގައި އޮތީ (كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ) މިހެންނެވެ. މި އާޔަތުގައި އަންގަވާފައި މިވަނީ، މޭވާތައް ދޮންވެ ފައްކާވުމުން އެތަކެތި ކެއުމަށެވެ. މޭބިސްކަދުރު މިކަނީ، މާތް ﷲ ގެ މި އަމުރުފުޅާ ޚިލާފުވެއްޖެނަމަ، ފާފަވެރިވެދާނެތީ ބިރުންނެވެ." އެމީހާ ބުންޏެވެ. "މުޅި ކީރިތި ޤުރުއާނުން ތިބާޔަށް ތިޔަ އެނުގުނީ އެންމެ ފަސް ކަލިމަތާ އެވެ! މަށަށް ހިވަނީ ރޯދަ ފަރުޟުކުރެއްވި އާޔަތް އަދި ތިބާޔަށް ނުފެންނަނީ ހެންނެވެ!" (كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ) ގެ މާނައީ، "އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ!" މަޞްދަރު: ޤިއްޞަތުލް އިސްލާމް
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |