މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވަޢުދު |
|
|
| ދިވެހި - ވާހަކަ | |||
| 09 ސެޕްޓެމްބަރ 2010، 00:08 ބުރާސްފަތި | |||
|
ފާޠިމަތު އަނޫޝާ / ނީލްވިލާ، ށ. ފުނަދޫ އިންސާނާއަށް ދެހިތް ދެއްވާފައިވާ ނަމަ އެވެ. ކަމެއް ހިތުން ފުހެލަން ބޭނުންވާ އިރަށް އެކަން ކުރުމުގެ ކުޅަދާނަކަންވެސް ދެއްވާފައިވީ ނަމަ އެވެ. ހިތާމައަކީ އެއިން އެއްވެސް ކަމެއް ފަހިވެފައި ނެތުމެވެ. ހިތުންކަމެއް ފުހެލުމާއި ހިތުގައި ކަމެއް ހަރުލެއްވުމަކީ ވެސް އިންސާނާގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. އޮންނަ ނަމަ އޭނާގެ ނަން އަހަރެން ފުހެލީމުހެވެ. އެ ނަމުގެ މަތީގައި ޓިޕެކްސް ޖަހާ އެ ނަމުގެ އަކުރުތަކާ ނިޝާންތައް ވެސް ފުހެލީމުހެވެ. ބޭކާރުމީހުން ހަނދާން ކުރަންވީ
ކީއްކުރަން ހެއްޔެވެ؟ އޭނާ އަކީ އަހަރެންގެ ޙަޔާތަށް ބޭނުން މީހެއް ނޫނެވެ. އެއީ ބޭކާރު މީހެކެވެ. ބޭވަފާތެރިއެކެވެ. ބޭވަފާތެރިންގެ މަތިން ހަނދާންކޮށް ކަރުނަ ތަކެއް ބޭކާރު ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ދެން އެ ބޭވަފާތެރި ސުހާގެ މަތިން ހަނދާނެއް ނުކުރާނަމެވެ. އެހަނދާންތައް ހިތުން ފުހެލާނަމެވެ. އަބަދުގެ އަބަދަށް ހަނދާން ނައްތާލާނަމެވެ. އެކަމަކު...އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ ސުހާއަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެން އޭނާ ދެކެވީ ޙަޤީޤީ ލޯތްބެވެ. އޭނާ އަށް އަހަރެންގެ ލޯބީގައި އެއްވެސް އަގެއް ނެތަސް އަހަރެން އެ ލޯބި ދެކެނީ ވަރަށް އަގުބޮޑު މާތް އެއްޗެއްގެ ގޮތުގަ އެވެ. އެ ލޯތްބަށްޓަކައި އަހަރެންގެ ހުރިހާ އެއްޗެއް ޤުރުބާން ކުރީމެވެ. މަންމާއާއި ބައްޕަ ދޫކޮށްލީމެވެ. ގާތްތިމާގެ މީހުން ދޫކޮށްލީމެވެ. ކުޑައިރުއްސުރެ ފުލުހަކަށްވާން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ފުރުޞަތު ލިބިފައި ވަނިކޮށް އެކަންތައް ވެސް ހުވަފެންއްގެ ގޮތުގައި ބޭއްވުމަށް ނިންމީމެވެ. ހަމައެކަނީ އަހަރެންގެ ލޯތްބަށް ޓަކައެވެ. ލޯބިވާ ސުހާ އަށް ޓަކަ އެވެ. ސުހާ އަހަރެންގެ ޙަޔާތަށް އައުމުން އަހަންނަށް ހީވީ ހަތްވަނަ އުޑަށް އެރުނުހެންނެވެ. އުފާވެރިކަން 24 ގަޑިއިރު އަހަރެންގެ ވަށައިގެން ވި އެވެ. އަހަރެން ކުރާ ހުރިހާކަމަށް ލިބޭ ހިތްވަރަކަށް އޭނާވި އެވެ. އެ ދުވަސްތަކަކީ ދިރި ހުރިހައި ދުވަހަކު ހިތުން ފިލުވައި ނުލެވޭނެފަދަ އުފާވެރި ދުވަސް ތަކެކެވެ. ފޮނި ހަނދާން ތަކެކެވެ. ނަމަވެސް ސުހާ އަހަރެންގެ ހަޔާތުން ނިކުމެގެން ދިޔައީ މުޅި ހަޔާތް އަންދާ އަޅިއަށް ހަދާލާފަ އެވެ. މި އަދު އެ ހަނދާން ތަކަކީ ހިތި ޒަހަރެކެވެ. އިރެއްގައި ފޮނި ނަމަވެސް މިހާރު އެއީ ކުދިކުދިވެ ޒަޚަމް ވެފައިވާ ހިތެއްގައި އެޅޭ ލޮނުމިރުސް ގަނޑެކެވެ. ނާޒުކު ހިތަށް ހެރޭ ވިހަ ގަދަ ކަށި ތަކެކެވެ. އަހަރެންގެ މި ހިތް ޒަޚަމް ވެފައިވަނީ ދުވަހަކު ވެސް އެ އަށް ފުރިހަމަ ޝިފާއެއް ނުލިބޭނެހާ ބޮޑަށެވެ. އަހަރެންގެ މި އެކަނިވެރި އަނދިރި ޙަޔާތަށް ލޮލުކޮޅުން ވެސް އަލިކަމުގެ ނިޝާނެއް ނުފެނެ އެވެ. އަހަރެންގެ ހަފަރާތް ވަށާލާފައިވަނީ މޮޅިވެރިކަމާއި އެކަނިވެރިކަމެވެ. ސުހާ އަހަރެންނާއި ލޯބީގެ ގޮތުން ގުޅުނީ ރައްޓެހިން އޭނާއަށް މި ކަމެއް ނުވާނޭ ބުނުމުން، ވާކަން ދައްކާލުމުގެ ގޮތުން ނޯލަ އެވެ. ސުހާ އެހެން ބުނީ ކިހާ ފަސޭހައެއްކޮށް ހެއްޔެވެ؟ އެކަމަކު އެ ކަމުގެ ސަބަބުން އަހަންނަށް ކުރިމަތިވި ދަތި އުނދަގޫ ތަކާއި އުފުލަން ޖެހުނު ބުރައާއި ހިތާމަ އޭނާއަކަށް ނޭނގޭނެ އެވެ. އަހަރެންގެ މުޅި ދިރިއުޅުން ބޮއްސުންލީ އެވެ. މައިންބަފައިންގެ ލޯބިން މަޙުރޫމު ވީއެވެ. ޢާއިލާގެ މީހުންގެ ކުރިމަތީގައި އަގު ވެއްޓުނީ އެވެ. ޢާއިލާގެ އަގު ވެސް ވެއްޓުނީ އެވެ. އެންމެންގެ ނަފުރަތުގެ ޝިކާރައަކަށް ވީ އެވެ. އެ ބޭވަފާތެރި ސުހާ އަހަރެންގެ ޙަޔާތަށް އައީ ސުނާމީއެއްގެ ސިފައިގަ އެވެ. ދިޔައިރު ދިޔައީ ހުރިހާ އުފާތަކެއް ދޮވެލާފަ އެވެ. ނަމަވެސް އެއްވެސް ބަދަލު ހިފުމެއްނެތި އަހަރެން ކެތް ކުރީމެވެ. ލޯބި ވާތީ އެވެ. ނަމަވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފި އެވެ. އަހަރެންގެ ހިތުގައި ވެސް ނަފުރަތުގެ ހުޅު ރޯވެއްޖެ އެވެ. އިންތިޒާރު ކުރެވެނީ އެ ހުޅުގަނޑު އިތުރަށް ބޮޑުވާނެ އިރަކަށެވެ. އޭރުން އަހަންނަށް އެ ބޭނުމެއް ނެތް ހަނދާންތަކާ ދުރަށްދާން ފަސޭހަވާނެ އެވެ. އޭނާގެ ހަނދާންތަކާއެކު މިހާރު ލައްކަ ދުވަހު އުޅެވިއްޖެ އެވެ. އިތުރަށް އެކަމުގައި ރޯކަށް ބޭނުމެއް ނޫނެވެ. އެ ބޭވަފާތެރި ސުހާ އަށް ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ. އަހަރެން އެހަނދާންތައް ހިތުން ނެރެލާނަމެވެ. ސުހާއަކަށް އަހަރެންގެ ހިތަކުން ދެން ޖާގައެއް ނުލިބޭނެ އެވެ. އަހަރެން އޭނާއަށާއި އޭނާ ހަދިޔާކުރި ހަނދާންތަކަށް އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާނަމެވެ. މިއީ އަހަރެންގެ އަމިއްލަ ނަފުސަށް ކުރާ ވަޢުދެކެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (17)
![]()
...
ލިޔުނީ بلا إسم, 2010-09-08 19:40:44
ތިޔަ ވާހަކަ އަޅުގަނޑުގެ ގަލަމުން ލިޔަންވެސް ޖެހެއެވެ. އެކަމަކު ސުހާގެ ނަމުގެ ބަދަލުގައި އެހެން ނަމެއް ލިޔެގެނެވެ. ތިވާހަކަ ކިޔުމުން ވަރަށް އަސަރުކޮށްފިއެވެ.
...
ލިޔުނީ ޖުނައިދު, 2010-09-09 03:13:34 އިބާރާތްތައް ފުދޭވަރަކަށް ރަނގަޅު. ވަރަށް ކުރު. ވަރަށް ސާފު. އެހެންކަމުން ލިޔުންތެރިޔާގައި ހިތްވަރެއް ހުރިޔާ މި ރޮނގުން ކުރިޔަށް ދެވިދާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށްފެނޭ.. ވީމާ އެ ގޮތުގައި ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރަން. ދެން އޮތީ މި ވާހަކައިގެ ވާހަކަ. ފަންނީ ގޮތުން ބަލާއިރު، ލިޔުމެއް ކުރުވާހަކައަކަށްވަނީ ވަކި ޝަރުޠުތަކަކާއެކީގައި. އޭގައި ކަމެއް ހިނގަންޖެހޭ.. އެކަން ފެންނަންޖެހޭ.. ކިޔައިދިނުމުގެ ބައެއް އޮންނަން ޖެހޭ. ވާހަކައިގެ ރޭވުމެއް ޕްލޮޓެއް އޮނަންޖެހޭ.. ކުންނެއް އޮންނަންޖެހޭ.. މި ލިޔުމުގައި މި ދެންނެވި ސިފަތައް ހުރިހަމަ ވަރަށް ރީތި ކުރުވާހަކަ އަކަށްވީސް... ވީމާ، ކުރުވާހަކަ ލިޔުމުގެ ފަންނީ ހަމަތައް ދަސްކުރައްވައި ތިޔަ ހުނަރު ތަރައްޤީ ކުރައްވާނެ ކަމަށް އުންމީދު ކުރަން. ލިޔުމުގެ ޝައުޤު ހުރި ޒުވާނެއްކަމަށް ފެންނާތީ، އެކަމަށްޓަކައި ވަރަށް އުފާކޮށް ޝުކުރުވެރިވަން.
...
ލިޔުނީ china, 2010-09-09 15:35:28
ވާހަކައިގެ ސިފަކުރުންތަށް ރަނގަޅުކަމުގައި އަލުގަނޑަށްފެނޭ...... އެކަމަކު ވާހަކައިގެ ކުންނު ގެނުވިފައި ނުވާކަން ފާހަގަކޮށްލަން.......ލިޔުންތެރިކަމުގައި ކުރިޔަށް ދެވިދާނެ ފަރާތެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.......
...
ލިޔުނީ miss lonly, 2010-09-14 11:01:10
varah reethi mivaahaka kiyaafa rovun. haadha byvafaa therin ves midhuniyega ulheydw.meii mashah ves hama veegoii.
...
ލިޔުނީ sham, 2010-09-16 05:55:33
cant say it is a nice story.vaahkaige kunnu genevifa inn henneh hi eh nuvay.
...
ލިޔުނީ ނިހާ , 2010-09-19 07:48:36
ރީތި ވާހަކައެއް. ނަމަވެސް ވާހަކައިގާ ކުންނު ގެނެވުނު ނަމަ މިއށްވުރެވެސް ރީތިވީސް ................
...
ލިޔުނީ ފާތުމަތު ހުސައިން, 2010-09-20 06:30:10
ވާހަކަ ވ.ރީތި ، އެކަމަކު މިގޮތަށް ކަން ތައް ކުރާ ފިރެހެން ކުދިން ނެއްވެސް މަދެއްނޫން. ބޭވަފާ ތެރިވަނީ ހަމައެކަނި އަންހެންކުދިން އެކަންނެއް ނޫން........................................... އަޅުގަނޑަކީވެސް ތިކަހަލަ ގުރުބާނީ އެއްވުމުގެ ސަބަބުސް މިއަދު ހިތާމަކޮށް ރޯންޖެހިފައިވާ މީހަކީމު.
...
ލިޔުނީ ބޮއްކުރާ އިބްރާހީމް ނަޢީމް ( ބިން ), 2010-10-01 20:55:12
މިފަދަ ކަންތައް ދިމާވާ ފިރިހެނުންވެސް ވަކި މަދެއް ނޫން. އެމީހަކަށްޓަކާ އަހަރެންގެ މުޅި ޒުވާން އުމުރު ހުރިހާ އުފާތަކެއް މަހުރޫމު ކޮށްލައިގެން ބުނިހާ ގޮތެއް ހަދައިގެން އުޅުނު އަހަރެން އެމީހަކު ދެކެ އަދިވެސް އެންމެ ލޯބިވާ މީހާ މަށައްވެސް އެންމެފަހުވަގުތު ހަމަ ލަނޑުދިނީ.ރައްޓެހިވެގެން 4 އަހަރަށްވުރެ ގިނަދުވަހު އުޅުނިން. އުޅެނީ ކިހިނެތް ކޮންތާކު ކަމެއްވެސް ނޭނގެ. މީގެ 1 ހަފްތާ ކުރިން އޮންލައިން ކޮށް ދިމާވި. ބުނީ ތިމަންނަ ދެކެ ލޯބިވާނަމަ ތިމަންނާ ބޭނުންނަމަ 2012 ވަނަ އަހަރުގެ 30 ވަނަ ދުވަހު ސުނާމީ ބިނާ ކައިރި ހުންނާށޭ! ޤަބޫލެއްވެސް ދަތި. އެހެންނޫންތޯ؟؟
މަށަށް ހެޔޮލަފާ ސޯލިހް އަންބެއް ދެއްވާތޯ ހުރިހާ ކުދިން ދުޢާ ކޮށްދޭތި !!!
...
ލިޔުނީ ismail shifaz, 2010-10-02 15:58:35
varah nce vaahakaeh.dhuniyeyga mikahala firehen kudhin naa adhi unhenkdhinves ulheykun kashavaru
...
ލިޔުނީ NAAFIZA , 2010-10-05 06:42:07
thiya vaahaka ragalhau kamah faahagakurevey. ekamu kunnu adives furihama kohlan jeheykan faahaga kohla. thirogun kuriah dhiun rangalhu.
...
ލިޔުނީ rosy, 2010-10-08 16:06:27
v fonikoh kurukoh oith vaahaka eh....rosy loabivaa meehakah beyvaffatheri vumn vaaa asaru v rangalhah liyuntheriyaa haamakoffi..........
...
ލިޔުނީ ammar, 2010-10-10 06:33:16
Thiya hithaama thakaai thiya barubaadh kuraa kanthah ufulan jeheyne theeve Allah engevee ekalaange engevi gothah ulhen. egothah ulhuneemakaa eh evves gothakah hithaama kuraakah nujheyne. allah mainbafainnah kiyaman gathumashaairahimge gulgun haraam kamekkamugai lavvavaafai vee iru ekan kureema dhen vaane goythah thiya fennanee. evves haaleggai thimaa ah thimaage kusheh nufenuneemaa vaanee thihen. anhen kujja kuvveri nukurey. evves nafasakah enafseh amille ah jessi burakameh noonee nujeheyne. THiya hithaama thakaai hiydhthikan libigathee amille ah. allah hadhumakurumun hiydhathikan filaane kamah engevi iru ekan nukuranee keevve? kurevunee kusheh eyge maana akee thaubaa eh nethetheytha? noon insaanunnah kuh kureveynee. veemaa enme ragalhu gothakee thubaave manibafainnaai aailaage meehunge kibain maafah edhun. eyrah thiya hithaama thah kuraakah nujeheyne insha allah. dhen bakee oythanugai islaamee shriyyathugai vaagothah amal kureemaa hunnaanee rgalhah. goodluck. may allah bless u ol.
...
ލިޔުނީ މާކުންބޭ., 2010-10-20 18:53:45
ތިބާގެ ގާތަށް ސުހާ އައީ ސުނާމީއެއްގެ ސިފައިގާ ކަމަށް ވާހަކައިގާ ބަޔާންކޮށްދީފައި އެބައޮތެވެ. "އެ ބޭވަފާތެރި ސުހާ އަހަރެންގެ ޙަޔާތަށް އައީ ސުނާމީއެއްގެ ސިފައިގަ އެވެ. ދިޔައިރު ދިޔައީ ހުރިހާ އުފާތަކެއް ދޮވެލާފަ އެވެ." ސުނާމީއެއްގެ ސިފައިގާ އައިއިރު އެއިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭނެއެވެ. ސުނާމީއެއް ދާއިރު ދާނީ އުފާތަކާއި ބުފޭތަށްވެސް ހިފައިގެންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
އެހެންވީމާ އަނޫޝާއެވެ. ސިފަކުރުންތައް މިއަށްވުރެ ރަނގަޅުކޮށްލާށެވެ! ހުނަރު އެބަހުށްޓެވެ. ބިންމާ އިބްރާހީމް ވަޙީދު ލިއާފެންވަރަށް ވާހަކަ ލިޔެވޭނެއެވެ. ހިތްވަރުކޮށްލާށެވެ! ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|